މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ފަސޭހަ ގޮނޑިއެއްގައި އިނދެވޭނީ ކިހިނެއް؟ |
|
|
| ދުނިޔެ - ދުނިޔެ | |||
| 06 އޮކްޓޫބަރ 2010، 00:26 ބުދަ | |||
|
ތަރުޖަމާ: އާދަމް ޝަރީފް ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުގެ ހުރިހާ ހިސާބަކުން ވެސް ފެންނަމުންދިޔައީ ޤައުމު މަރާމާތު ކުރަމުންދިޔަ މަންޒަރެވެ. މިޔުނިކުގައި ހުރި އަހަރެންގެ ޒަމާންވީ ރަހުމަތްތެރި ޕްރޮފެސަރެއްގެ ކޮލެޖަކަށް އަހަރެން ޒިޔާރަތް ކުރީމެވެ. އޭރު އެތަން ވަނީ ބޮން އެޅުމުގެ ސަބަބުން ހަލާކު ވެފަ އެވެ. އޭނާ ގެއަށް ވެސް ނުގޮސް ކޮލެޖުގައި މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ޕްރޮފެސަރު އިނީ ބިމުއަޑީގައިވާ އޭނާގެ ލެބޯޓްރީގަ އެވެ. އޭނާގެ އަޒުމަކަށް ވެފައި އޮތީ ލެބޯޓްރީގެ މަސައްކަތް އަލުން ފެށޭވަރަށް މަރާމާތު ކުރެވެންދެން އެތަނުގައި މަސައްކަތް ކުރުމެވެ. އޭގެ ކުރިން ގެއަށް ނުދިއުމެވެ. ޖަރުމަނުގެ ހުރިހާ ހިސާބަކުންވެސް މިފަދަ ރޫހެއް އަހަންނަށް ފެނުނެވެ. ބައްދަލުވުން ނިންމާލަމުން އަހަރެންގެ ހޮޓަލަށް ސަޔަށް އައުމަށް ދައުވަތު ދިނީމެވެ. އެ ދައުވަތު ޤަބޫލުކޮށް އޭނާ އައެވެ. އިސްޕަންޖު ޖެހި ފަސޭހަ ގޮނޑިއެއްގައި ބައިންދަން އުޅުމުން އޭނާ ބުންޏެވެ. ''އަހަރެމެންގެ ޤައުމު ހަލާކުވެ ވިރާނާވެފައިވާތަނެއް ތިބާއަކަށް ނުފެނޭ ހެއްޔެވެ؟ އަހަރެމެންނަށް މިހާރު ޖެހިފައިވަނީ ޤައުމު މަރާމާތު ކުރުމުގެ ބުރަ މަސައްކަތެވެ. އެހެންވީމާ ފަސޭހަ ގޮނޑިއެއްގައި އަރާމުގައި އިނދެވޭނީ ކިހިނެއް ހެއްޔެވެ؟ އެންމެފަހުން ލަކުޑި ގޮނޑިއެއް ގެނެސްގެން ނުނީ އޭނާ ހިތްހަމައެއް ނުޖެހުނެވެ. (ނިމުނީ) ހަވާލާ: މި ލިޔުމަކީ ވިސްޓަމް މެގަޒިން (wisdom magazine) އިން ނަގާފައިވާ ލިޔުމެކެވެ.
|
| ހަމަ މި ގަލަމުން |
|---|