|
ޑައުންލޯޑް -
އީ-ފޮތް
|
|
05 މާރޗް 2009، 18:57 ބުރާސްފަތި |
ޕީ.ޑީ.އެފް | 23 ސަފްހާ
ކީރިތި މާތް ރަސޫލާގެ ލޮބުވެތި އަނބިކަނބަލުން، އައްސައްޔިދާ ސައުދާގެ ސީރަތުގެ މައްޗަށް އެކުލަވައި ލައްވާފައިވާ މި ލިޔުމަކީ ވަރަށް މަޢުލޫމާތު ތަނަވަސް ލިޔުމެކެވެ. ފުން ދިރާސާތައް ހިމެނޭ ޢިލްމީ ލިޔުމެކެވެ. ލިޔުން އެކުލަވައިލައްވައި، ފަންވަތަށް މި ލިޔުން ހަދިޔާ ކޮށްދެއްވީ އަލްއަޚު އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަނެވެ.
އަލްއަޚު ފާރޫޤު ޙަސަނަކީ، އިސްލާމީ ތާރީޚުގެ އުޖާލާ ފަތްފުށްތަކާއި، އިންސާނުންގެ ޙަޔާތުގެ އަގުތައް އިޙްސާސްކޮށްދޭ، ޢިލްމީ ފިކުރީ ލިޔުންތައް ލިޔުއްވުމުގައި ވަރަށް މުރާލިފުޅު އެހާމެ ޤާބިލް ބޭފުޅެކެވެ. ޒަމާންވީ ތަޖުރިބާކާރު ލިޔުންތެރިއެކެވެ.
އޭނާގެ މި އަގުހުރި މުތްތައް ފަންވަތަށް ހަދިޔާ ކުރައްވާކަމީ ފަންވަތާމެދު ބަހައްޓަވާ ގާތްކަމުގެ ރަމްޒެކެވެ. މުޖުތަމަޢު ހެޔޮ މިސްރާބަށް ދަތުރު ކުރާ މަންޒަރު ދެކެވަޑައިގަތުމަށް އެދިވަޑައިގަންނަވާ މިންވަރު ހާމަވާ، އެކަމުގެ ހެއްކެކެވެ. އެހެންކަމުން މި އަގުހުރި ފޮތް ފަންވަތަށް ހަދިޔާ ކޮށްދެއްވި ކަމަށްޓަކާ، ފަންވަތުގެ ކިޔުންތެރީންނާއި، އެހެނިހެން ލިޔުންތެރީންނާއި، އިދާރީ ފަރާތްތަކުގެ ހެޔޮ އެދުމާއި، މިންއްނެތް ޝުކުރު އަލްއަޚް އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަނަށް ބަރުތީލަ ކުރަމު އެވެ. އަރަހުށި ﷲ މި މާތް ޚިދުމަތުގެ ހެޔޮ ދަރުމަ ލިޔުންތެރިޔާއަށް މިންވަރު ކުރައްވާށިއެވެ!
|