މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އިންސާނާގެ ބަނޑުގައި މަޢުދަން ވިރުވާ އެސިޑެއް |
|
|
| އެނގޭތަ - އެނގޭތަ | |||
| 24 އޮގަސްޓް 2009، 11:55 ހޯމަ | |||
|
އަޙްމަދު ރަޝީދު - އެސްޖެހިގެ ލ. ފޮނަދޫ އެއާރޕޯރޓްތަކުން ސެކިއުރިޓީ ޗެކް ކުރާއިރު މިހާރަކަށް އައިސް ދިޔާތަކެތި އަތުން ނުވަތަ އަތްދަބަހުގައި އުފުލުމަކީ މަނާ އަދި ނުކުރެވޭ ކަމެކެވެ. ނުވަތަ މަނާކަމެކެވެ. އެހެންނަމަވެސް ވަރަށް ނުރައްކާތެރި ދިޔާއެއްޗެއް އިންސާނާއާއި އެކު އެއް މަންޒިލުން އަނެއް މަންޒިލަށް ގެންދަމުން ދެއެވެ. އެ ރައްކާކޮށްފައި ހުންނަނީ އިންސާނާގެ ގޮހޮރުގައެވެ. އިންސާނާގެ ބަނޑުގެ އެތެރޭގައި ހުންނަ ސެލްތަކުން ހައިޑްރޯ ކުލޮރިކް އެސިޑް (އަލިފާން އާވި) އުފައްދައެވެ. މި އެސިޑަކީ މަޢުދަނުން ސިނާޢީ މަސައްކަތްކުރާ ކާރުޚާނާތަކުގައި މަޢުދަން ވިރުވުމާއި މަޑުކުރުމަށް ބޭނުންކުރާ އެއްޗެކެވެ. މި އެސިޑުން ދަގަނޑު މަޑުކޮށްދެއެވެ. (ބިލިމަގު ރާހުތަށް އެޅުމުން އެ ބިލިމަގު މަޑުވެފައި ހުންނަގޮތަށެވެ.) މިހާ ބާރުގަދަ އެސިޑަކަސް މި އެސިޑް ބަނޑާއި ގޮހޮރުތެރޭގައި ރައްކާތެރިކަމާއި އެކު ހިފަހައްޓައެވެ. ބަނޑަށް ނުވަތަ ގޮހޮރަށް އެއްވެސް ގެއްލުމެއް ނުދެއެވެ. ކާބޯތަކެތި ކުދިކުދިކޮށް ހަޖަމުކުރުމުގައި މި އެސިޑް ޙަރަކާތްތެރިވެއެވެ. ހައިޑްރޯ ކުލޮރިކް އެސިޑްގެ ބާރުގަދަކަން ވަޒަންކޮށްލުމަށް އެސިޑްގެ ތެރެއަށް ރޭޒަރުތިލައެއް ލުމުން އެނގޭނެއެވެ. ފެންތައްޓަކަށް ކެލްސިއަމް ވިޓަމިން – ސީ ގުޅައެއް ވައްޓާލުމުން ވިރިގެންދާގޮތަށް ރޭޒަރުތިލަ، އެސިޑްތެރޭގައި ވިރިގެން ދާނެއެވެ. މިހާ ބާރުގަދަ އެސިޑެއް ނަމަވެސް މި އެސިޑަކީ ކާބޯތަކެތި ހަޖަމްކުރުމަށް ލައްވާފައިވާ އެސިޑެކެވެ. މާތްﷲގެ ކުޅަދުންވަންތަކަން އެހެން ހުރިހާކަމަކަށް ވުރެވެސް ބޮޑެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|