މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސުއާލާއި ޖަވާބު (1) |
|
|
| އެނގޭތަ - އެނގޭތަ | |||
| 16 ސެޕްޓެމްބަރ 2009، 22:55 ބުދަ | |||
|
ޢަބްދުލްމުޢީދު ޙަސަން ތިރީގައި މިވަނީ، މަޢުލޫމާތަށް ލޯބިކުރައްވާ ބައެއް ފަރާތްތަކުން ކުރައްވަމުން ގެންދަވާ ބައެއް ސުއާލުތަކުގެ ޖަވާބެވެ. ފޯނުން ގުޅުއްވައިގެން ޖަވާބު ހޯއްދެވުމުގައި ބައެއް ބޭފުޅުންނަށް ދަތިތައް ކުރިމަތިވާތީ މި ސުއާލުތަކުގެ ޖަވާބުތައް ފަންވަތް މެދުވެރިކޮށް އެ ބޭފުޅުންނަށް އަރިސްކުރަމެވެ. އިތުރު ސުއާލެއް ވާނަމަ، ޚިޔާލު ހުށަހަޅުއްވާ ބައިގައި ލިޔުއްވުން އެދެމެވެ.1. ސ. ކީރިތި ޤުރުއާނުގައިވާ އެންމެ ބޮޑަށް އުންމީދު އާކޮށްދޭ އާޔަތަކީ ކޮބާ؟ ޖ. އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތް. (قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنفُسِهِمْ لا تَقْنَطُوا مِن رَّحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ) 2. ސ. ޢަދުލުވެރިވުމަށް މާތް ﷲ އަމުރުފުޅުކުރައްވާކަން ބަޔާންކުރައްވާފައިވާ އާޔަތަކީ ކޮބާ؟ ޖ. އަންނަޙުލު ސޫރަތުގެ 90 ވަނަ އާޔަތް. (إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاء ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ) 3. ސ. އެންމެ ބޮޑަށް މައިންބަފައިންނަށް ކަމޭހިތުމަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ އާޔަތަކީ ކޮބާ؟ ޖ. އަލްއިސްރާ ސޫރަތުގެ 23 ވަނަ އާޔަތް. (وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاهُمَا فَلاَ تَقُل لَّهُمَا أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا) 4. ސ. ނުވަވަނަ އެއް ނުވާ އަށަކީ ކޮބާ؟ ޖ. މާތްﷲ ގެ ޢަރުޝި އުފުއްލަވާ 8 މަލާއިކަތުން. (وَالْمَلَكُ عَلَى أَرْجَائِهَا وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ) ސޫރަތުލް ލްޙާއްޤާ: 17 5. ސ. ފުރާނައަކާ ނުލައި ނޭވާލަނީ ކޮންއެއްޗެއް؟ ޖ. ފަތިސް. (وَالصُّبْحِ إِذَا تَنَفَّسَ) ސޫރަތުއްތަކުވީރު: 18 6. ސ. އެއެއްޗެއް މާތް ﷲ ޚަލްޤުކުރެއްވުމަށްފަހު، އެއާމެދު އިސްތިންކާރުގެ ބަސްފުޅު ވަޙީކުރެއްވީ ކޮންއެއްޗަކާމެދު؟ ޖ. ޙިމާރުގެ އަޑާމެދު. (إِنَّ أَنكَرَ الأَصْوَاتِ لَصَوْتُ الْحَمِيرِ) ސޫރަތު ލުޤުމާން: 19 7. ސ. ދުނިޔޭގައި އެންމެ ފުރަތަމަ ހިންގުނު މީހަކު މެރުމުގެ ޖަރީމާ ބަޔާންކުރައްވާފައިވަނީ ކީރިތި ޤުރުއާނުގެ ކޮން ސޫރަތެއްގެ ކޮން އާޔަތެއްގައި؟ ޖ. އަލްމާއިދާ ސޫރަތުގައި. (فَطَوَّعَتْ لَهُ نَفْسُهُ قَتْلَ أَخِيهِ فَقَتَلَهُ فَأَصْبَحَ مِنَ الْخَاسِرِينَ) ސޫރަތުލްމާއިދާ: 30 8. ސ. މިއަދާ ހަމައަށް ދިރި ދުނިޔޭގައި ހުންނެވީ ކޮން ނަބީބޭކަލެއް؟ ޖ. ސަލާމް ލެއްވި ޢީސާގެފާނު. (ސަލާމްލެއްވި ޢީސާގެފާނު މިއަދާ ހަމަޔަށް ދިރި ދުނިޔޭގައި ހުންނެވި ކަމީ، އެންމެހައި ޢިލްމުވެރިން އެއްބަސްވާ ކަމެއް ނޫންކަން، ކިޔުންތެރިންގެ މަޢުލޫމާތަށްޓައި ދަންނަވަމެވެ.) 9. ސ. ކީރިތި ޤުރުއާނުގައި (العيد) މިކަލިމަ ވާރިދުވެފައިވަނީ ކިތައް ފަހަރު؟ ޖ. އެއްފަހަރު. (قَالَ عِيسَى ابْنُ مَرْيَمَ اللَّهُمَّ رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاء تَكُونُ لَنَا عِيداً لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ) ސޫރަތުލްމާއިދާ: 114 10. ސ. ކީރިތި ޤުރުއާނުގައި (السِّجْنُ) މިކަލިމަ ވާރިދުވެފައިވަނީ ކިތައް ފަހަރު؟ ޖ. ދިހަ ފަހަރު. 11. ސ. ނަރަކައިގެ ދޮރުތަކުގެ ޢަދަދު ބަޔާންކުރައްވާފައިވަނީ ކޮން އާޔަތެއްގައި؟ ޖ. އަލްޙިޖުރު ސޫރަތުގެ 44 ވަނަ އާޔަތުގައި. (لَهَا سَبْعَةُ أَبْوَابٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ) 12. ސ. ޝައިޠާނާއާ ތަބާވީ މީހުންނާ، ޤިޔާމަތް ދުވަހު، ޝައިޠާނާ މުޚާޠަބުކުރާގޮތް ބަޔާންކުރައްވާފައިވާ އާޔަތެއް ކީރިތި ޤުރުއާނުގައި ވެއެވެ. އެއީ ކޮން އާޔަތެއް؟ އަދި އެ އާޔަތް ވަނީ ކޮން ސޫރަތެއްގައި؟ ޖ. އެއީ، އިބްރާހީމު ސޫރަތުގެ 22 ވަނަ އާޔަތް. (وَقَالَ الشَّيْطَانُ لَمَّا قُضِيَ الأَمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ وَمَا كَانَ لِيَ عَلَيْكُم مِّن سُلْطَانٍ إِلاَّ أَن دَعَوْتُكُمْ فَاسْتَجَبْتُمْ لِي فَلاَ تَلُومُونِي وَلُومُواْ أَنفُسَكُم مَّا أَنَاْ بِمُصْرِخِكُمْ وَمَا أَنتُمْ بِمُصْرِخِيَّ إِنِّي كَفَرْتُ بِمَا أَشْرَكْتُمُونِ مِن قَبْلُ إِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ) 13. ސ. އަހަރު ދުވަހުގައިވާ މައްސަރުތަކުގެ ޢަދަދާއި ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ޢަދަދު ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވަނީ ކޮން އާޔަތެއްގައި؟ ޖ. އައްތައުބާ ސޫރަތުގެ 36 ވަނަ އާޔަތުގައި. (إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَات وَالأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلاَ تَظْلِمُواْ فِيهِنَّ أَنفُسَكُمْ وَقَاتِلُواْ الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً وَاعْلَمُواْ أَنَّ اللَّهَ مَعَ الْمُتَّقِينَ) 14. ސ. އެންމެހައި ނަބީބޭކަލުންގެ ދޫފުޅުން ތަކުރާރުވި ބަސްފުޅަކީ ކޮބާ؟ ޖ. (اعْبُدُواْ اللَّهَ مَا لَكُم مِّنْ إِلَهٍ غَيْرُهُ) ސޫރަތު ހޫދު: 84 15. ސ. އަޙުކާމުލް މަވާރީޘް (ވާރުތަ މުދަލުގެ ޙުކުމް) ބަޔާންކުރައްވާފައިވަނީ ކިތައް އާޔަތުގައި؟ ޖ. 13 އާޔަތުގައި. 16. ސ. އެއްހާސް ދުއިސައްތަ މަސްދުވަސް ވަންދެން މަރުގެންނެވުމަށްފަހު، އަލުން ދިރުއްވެވީ ކޮން ބޭކަލެއް؟ ޖ. ޢުޒައިރުގެފާނު. (أَوْ كَالَّذِي مَرَّ عَلَى قَرْيَةٍ وَهِيَ خَاوِيَةٌ عَلَى عُرُوشِهَا قَالَ أَنَّىَ يُحْيِي هَذِهِ اللَّهُ بَعْدَ مَوْتِهَا فَأَمَاتَهُ اللَّهُ مِائَةَ عَامٍ ثُمَّ بَعَثَهُ قَالَ كَمْ لَبِثْتَ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ قَالَ بَل لَّبِثْتَ مِائَةَ عَامٍ فَانظُرْ إِلَى طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ وَانظُرْ إِلَى حِمَارِكَ وَلِنَجْعَلَكَ آيَةً لِّلنَّاسِ وَانظُرْ إِلَى الْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًا فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ) ސޫރަތުލް ބަޤަރާ: 259 17. ސ. ކީރިތި ޤުރުއާން ކިޔަވާވިދާޅުވި އެންމެ އަޑުފުޅު ރިވެތި ބޭކަލަކީ ކޮބާ؟ ޖ. ޢަބްދު ﷲ ބިން މަސްޢޫދު. 18. ސ. އެ ބޭކަނބަލަކަށް މާތް ﷲ ވަޙީ ބާވައިލެއްވި ކަމަށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވަނީ ކޮން ބޭކަނބަލަކަށް؟ ޖ. ސަލާމްލެއްވި މޫސާގެފާނުގެ މަންމާފުޅަށް. (وَأَوْحَيْنَا إِلَى أُمِّ مُوسَى أَنْ أَرْضِعِيهِ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِي الْيَمِّ وَلا تَخَافِي وَلا تَحْزَنِي إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ) އަލްޤަޞަޞް: 7 މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ދަރިވަރެއް, 2009-09-21 18:25:11
މި މަޢުލޫމާތުގެ ޚަޒާނާއިން އަޅުގަނޑަށް ފާހަގަ ކޮށްލެވޭ ދެކަމެއް ލިޔެލާނަން :
(1)ސަލާމްލެއްވި ޢީސާގެފާނު މިއަދާ ހަމަޔަށް ދިރި ދުނިޔޭގައި ހުންނެވިކަމަށް އެންމެހައި ޢިލްމުވެރިން އެއްބަސްނުވާއިރު މި ސުވާލުގެ(8 ވަނަ ސުވާލު) ޖަވާބަކަށް ސަލާމްލެއްވި ޢީސާގެފާނު ވާންވީ ކީއްވެތޯ؟ (2)އަށާރަ ވަނަ ސުވާލުގެ ޖަވާބުގައި ސަލާމްލެއްވި މޫސާގެފާނުގެ މަންމާފުޅުކަމަށް ބުނެފައިވާއިރު،ޤުރްއާނުގެ ނައްޞުން އެކަމުގެ ދަލީލެއްގެ ގޮތުގައި ލިޔެފައިވާ އާޔަތުން (ސޫރަތު ޔޫނުސްގެ 87 ވަނަ އާޔަތް) ، އެ ބޭކަނބަލަކަށް މާތް ﷲ ވަޙީ ބާވައިލެއްވި ކަނބަލަކީ ސަލާމްލެއްވި މޫސާގެފާނުގެ މަންމާފުޅުކަމަށް ދޭހައެއް ނުވޭ! އަޅުގަނޑު ދެވަނަޔަށް މި ފާހަގަކުރި ސުވާލުގެ (18 ވަނަ ސުވާލު) ޖަވާބުގައި އެވާ ދަލީލަކީ އުސްތާޛް މުޢީދަށް އޮޅިގެން ލިޔެވިފައިވާ ދަލީލެއް ކަމަށް ފެނޭ! އެހެންކަމުން އެ ކުށް އިޞްލާޙުކޮށްލަން ފެނޭ! ކުށުގެ އިޞްލާޙު:( وأوحينا إلى أم موسى أن أرضعيه فإ ذا خفت عليه فأ لقيه فى اليم ولا تخا فى ولا تحزنى إنا رادوه إليك وجاعلوه من المرسلين)-سورة القصص:7، ސޫރަތު އަލްޤަޞަޞް:7-
... ލިޔުނީ عبد المعيد حسن, 2009-11-02 07:07:44
ފާހަގަކުރެއްވި ނުކުތާތަކާއި ކުރެއްވި އިޞްލާޙަށްޓަކައި، ދަރިވަރަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.
18 ވަނަ ސުވާލުގެ ޖަވާބުގައި އެ އާޔަތް ލިޔެވިފައިވަނީ އޮޅުމަކުންނެވެ. އެއީ "ކެފުމާއި" "ތަތްކުރުމުގެ" ތެރޭގައި ހިނގާފައިވާ ކަމެކެވެ. މިހާރު ލިޔުމުން އެ ކުށް އެބަ އިޞްލާޙުކޮށްލަމެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|