މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަސްޖިދުލް އަޤުޞާ އާއި ޤުއްބަތުއް ޞަޚުރާ |
|
|
| އެނގޭތަ - އެނގޭތަ | |||
| 13 ޑިސެމްބަރ 2009، 00:56 އާދީއްތަ | |||
|
ޢަބްދުލްމުޢީދު ޙަސަން ޤުއްބަތުއް ޞަޚުރާގެ ފޮޓޯ ވަރަށް ގިނައިން ފެނެ އެވެ. އޭގެ ބޮޑެތި ޕޯސްޓަރުތައް ވެސް ހަދާފައި ހުރެ އެވެ. ނަމަވެސް މަސްޖިދުލް އަޤުޞާގެ ފޮޓޯ ފެންނަނީ ވަރަށް މަދުންނެވެ. މިއަހަރު، ޙައްޖާޖީން ކުޑަކުދިންނަށް ގެނައި ބައެއް ހަދިޔާތަކުގައި ވެސް، ޤުއްބަތުއް ޞަޚުރާގެ ފޮޓޯ ޖަހާފައިވެ އެވެ.ޤުއްބަތުއް ޞަޚުރާގެ ފޮޓޯ މުސްލިމުންގެ ތެރޭގައި ޢާއްމުކުރަނީ، ކޮން ބޭނުމަކު ބާވައެވެ؟ މިހާރު މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ހީކުރާ ގޮތުގައި، ޤުއްބަތުއް ޞަޚުރާ އަކީ، މަސްޖިދުލް އަޤުޞާ އެވެ. މާދަމާ، ޔަހޫދީން މަސްޖިދުލް އަޤުޞާ ތަޅާލައިފިނަމަ، މުސްލިމުން ހީކުރާނީ، އަދިވެސް މަސްޖިދުލް އަޤުޞާ އެބަހުރި ކަމަށެވެ. ތިރީގައި މިވަނީ މި ދެ މިސްކިތުގެ ފޮޓޯ އެވެ. މީގެ ތެރެއިން ޤުއްބަތުއް ޞަޚުރާގެ ފޮޓޯ، ބައެއް ޣައިރު މުސްލިމުން ފަތުރަނީ މުސްލިމުންނަށް އޮޅުވާލުމަށްޓަކަ އެވެ. ގިނަ މުސްލިމުންނަކަށް މިކަމެއް ނޭނގެ އެވެ. ![]() ޤުއްބަތުއް ޞަޚުރާ ![]() މަސްޖިދުލް އަޤުޞާ މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ އަޙްމަދު, 2009-12-12 18:55:46
ވަރަށް ރަނގަޅު ވަރަށް ބޮޑަށް އޮޅިފައި އޮތް ކަމެއް ތިވިދާޅުވެދެއްވީ އަޅުގަނޑަށް މިލިޔުން ފުރަތަމަ ކިޔާފައި ގަބޫލު ކުރަންވެސް ދަތިވިއެވެ. ތިބޭފުޅުންނަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. ޒަމާނުންސުރެވެސް ދައްކާފައިވަނީ އެތަން ކަމަށް ވާތީއެެވެ.
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2009-12-12 23:20:03
އަޅުގަނޑު ހީކުރީ ދިރާސާއެއްގެ މައްޗަށް ލިޔުއްވާފައި އޮންނާނެ މަޒުމޫނެއް ކަމަށެވެ. އެކަމަކު ކިޔާ މީހުންނަށް މާބޮޑު ބުރައެއް އުފުއްލަން ނުޖެހޭ ގޮތަށް، ދެ ފޮޓޯ އިން ނިންމަވައިލައްވައިފި އެވެ.
ކޮންމެ އަކަސް ތިޔަ ނުކުތާއަކީ މުހިންމު ނުކުތާއެކެވެ. އެހެނީ، އިންޓަރނެޓްގައި ވެސް މަސްޖިދުލްއަޤުޞާގެ ނަން ސަރޗުކުރީމާ ވަރަށް ގިނައިން ދައްކަނީ ޤުއްބަތުއްޞަޚްރާ އެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި މައްސަލައާ މެދު ދިވެހިން ހޭލުންތެރި ކުރުވުމަށް އެންމެ ފުރަތަމަ ތަފުޞީލު ރިޕޯޓެއް، ޓެލެކާސްޓްކުރީ ޓީ .ވީ . އެމް ގެ ހޭޔަމްބޯޝޯވްގެ ޕްރޮގްރާމެއްގަ އެވެ. އެ ރިޕޯޓުގައި ވަރަށް ތަފުޞީލުކޮށް މި މައްސަލައިގެ މައްޗަށް އަލި އަޅުއްވާލައިދެއްވާފައި އޮތެވެ. ލިޔުމުންނާއި، ވީޑިޔޯއިންނާއި، އަދި ގްރެފިކްސް ބޭނުން ކުރައްވައިގެންނެވެ. އެ ރިޕޯޓަށް ވަރަށް ގިނަ ބައެއްގެ ތަރުޙީބު ލިބުނެވެ. ހަނދާންވާ ގޮތުގައި އެ ރިޕޯޓުގައި ވެސް އެންމެ ބާރުލައި ކުރައްވާފައިވާ އެއް ސުވާލަކީ، އުސްތާޛު މުޢީދުގެ ތިޔަ ސުވާލެވެ. ހުޅަނގުގެ މީޑިޔާ އިން، މަސްޖިދުލްއަޤުޞާއާއި، ޤުއްބަތުއްޞަޚުރާ، އެއް މަފުހޫމެއްގައި އާންމު ކުރުމުގެ ބޭނުމަކީ ކޮބައިބާވަ؟ ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|