ފަންވަތް އެނގޭތަ ހުވަފެން ތަޢުބީރު: ބަންގި
ބެލި ޢަދަދު: 1449
ހުވަފެން ތަޢުބީރު: ބަންގި ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
އެނގޭތަ - އެނގޭތަ
09 މާރޗް 2010، 22:14 އަންގާރަ

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


އެއް ފަހަރު ނުވަތަ ދެ ފަހަރު، ތިމާ ބަންގި ގޮވައި ޤަމަތްދީފައި ފަރުޟު ނަމާދެއް ކުރަނިކޮށް ހުވަފެނުގައި ފެނިއްޖެނަމަ، އޭގެ މާނައަކީ، އެމީހަކަށް ޙައްޖުވުމުގެ ފުރުޞަތު ލިބުން ގާތްވެއްޖެ އެވެ.

މީހަކު މުންނާރަކަށް އަރާހުރެ ބަންގި ގޮވަނިކޮށް ފެނިންޖެނަމަ، އެމީހަކީ ޙައްޤުގެ މަގަށް ގޮވާލާނެ މީހެއް ކަމުގައި ވާނެ އެވެ. އަދި އެމީހަކަށް ޙައްޖުވުމުގެ ފުރުޞަތު ލިބިދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

ވަޅެއްގެ ތެރޭގައި ހުރެ ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، ދުރު ދަތުރެއް ކުރުމަށް އެމީހަކު އެހެން މީހުންނަށް ބާރުއަޅާނެ އެވެ.


މިސްކިތުގައި ބަންގި ގޮވުމަށް ހަމަޖެހިފައި ނުވާ މީހަކަށް އޭނާ ބަންގި ގޮވަނިކޮށް ހުވަފެނުގައި ފެނިއްޖެނަމަ، އޭނާ ގޮވި ބަންގީގެ އަޑު ފޯރި ހިސާބަށް އޭނާގެ އާރާއި ބާރު ފޯރާފަދަ ވެރިކަމެއް އޭނާއަށް ލިބޭނެ އެވެ. ނަމަވެސް މިކަން އޭނާއަށް ޙާޞިލުވާނީ، އެފަދަ ވެރިކަމަކަށް އޭނާ އަހުލުވެރިވެފައިވާނަމަ އެވެ.
އުސް ބިންގަނޑެއްގެ މަތީގައި ހުރެ ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، އެމީހަކަށް ވެރިކަމެއް ލިބޭނެ އެވެ. ވެރިކަމަކަށް އަހުލުވެރިވެފައި ނުވާ މީހެއްނަމަ، ވިޔަފާރިއަކުން ނަފާވާނެ އެވެ. ނުވަތަ ފައިދާހުރި މަސައްކަތެއް ލިބޭނެ އެވެ.

ބަންގީގެ ކަލިމަތައް އުނިކޮށްގެން ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، އެމީހަކު ބަންގިން އުނިކުރި ވަރަކަށް މީސްތަކުންނަށް އަނިޔާވެރިވާނެ އެވެ.
ހެޔޮލަފާ މީހަކަށް އޭނާ މަގުމަތީގައި ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، އޭނާއަކީ ހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައިކަންތައްތައް ނަހީކުރާ މީހަކު ކަމުގައި ވާނެ އެވެ.
ނުބައި ނުލަފާ މީހަކަށް އޭނާ މަގުމަތީގައި ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، އޭނާގެ ގައިގައި ތަޅައި އޭނާއަށް އަނިޔާކުރެވޭނެ އެވެ.



ފާރެއްގެ މަތީގައި ހުރެ ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، ކޮންމެވެސް މީހަކު އިޞްލާޙުވުމަށް އޭނާ މަގުދައްކާނެ އެވެ.
ގެއެއްގެ ފުރާޅު މަތީގައި ހުރެ ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، އެގޭގެ އަހުލުވެރިން މަރުވާނެ އެވެ.
ތިމާގެ އަވަށްޓެރިޔާގެ ގޭގެ ފުރާޅު މަތީގައި ހުރެ ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، އެމީހަކު އޭނާގެ އަވަށްޓެރިޔާއަށް ޚިޔާނާތްތެރިވާނެ އެވެ.

ބަޔެއްގެ ތެރޭގައިހުރެ ބަންގި ގޮވައި، އޭނާގެ ބަންގިއަށް މީހުން އިޖާބަ ނުދޭތަން ފެނިއްޖެނަމަ، އޭނާ ދިރިއުޅެމުންދަނީ އަނިޔާވެރި ބަޔެއްގެ ތެރޭގަ އެވެ.
ޤަމަތް ދެނިކޮށް ފެނިއްޖެނަމަ، އެމީހަކު ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތެއް ދިރުވާނެ އެވެ. އަދި ބިދުޢައެއް ނައްތާލާނެ އެވެ.



ކުޑަކުއްޖަކު ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، އޭނާގެ މަންމައާއި ބައްޕަ، ބޮޑުވެގެންވާ ދޮގަކުން ބަރީއަވާނެ އެވެ.
ރަސްގެފާނު ނުވަތަ ރައީސްގެ ގަނޑުވަރުގެ ދޮރުކޮޅުގެ ކުރިމަތީގައި ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، އެމީހަކު ޙައްޤުގެ ބަހެއް ބުނާނެ އެވެ.

ހައްޔަރުކޮށްފައިވާ މީހަކަށް އޭނާ ޤަމަތްދީ ނަމާދުކުރާތަން ފެނިއްޖެނަމަ، އޭނާ ދޫކޮށްލެވޭނެ އެވެ.
ހައްޔަރުކޮށްފައި ނުވާ މީހަކަށް އޭނާ ޤަމަތްދީ ނަމާދުކުރާތަން ފެނިއްޖެނަމަ، އެމީހަކަށް މަތިވެރިކަމެއް ލިބޭނެ އެވެ.
ގޭގެ ދޮރުގެ ކުރިމަތީގައި ހުރި އެނދެއްގެ މަތީގައި ހުރެ، އެމީހަކު ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، އެމީހަކު މަރުވުން ގާތްވެއްޖެ އެވެ.

ކުޅިވަރެއްގެ ގޮތުގައި ތިމާ ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، އެމީހަކަށް ބުއްދި ގޯސް ކަންތައްތައް ކުރެވޭނެ އެވެ.
ބަންގި ގޮވައި ޤަމަތްދީ ނަމާދު ފުރިހަމަކުރިތަން ފެނިއްޖެނަމަ، އެއީ އެމީހަކު މަރުވުން ގާތްވެއްޖެ ކަމުގެ ދަލީލެކެވެ.
ބާޒާރުމަތިން ބަންގި ގޮވާ އަޑު ހުވަފެނުގައި އިވިއްޖެނަމަ، އެ ބާޒާރުން މީހަކު މަރުވާނެ އެވެ.
ކުނިގޮނޑެއްގައި ބަންގި ގޮވާއަޑު އިވިއްޖެނަމަ، އެމީހަކު، ތަންދޮރު ނުދަންނަ ނުވިސްނޭ މީހަކަށް ހެޔޮކަމަކަށް ގޮވާލާނެ އެވެ. ނަމަވެސް އޭނާގެ ގޮވާލުމަށް އެ ނުވިސްނޭ މީހާ އިޖާބައެއް ނުދޭނެ އެވެ.
ގެއެއްގެ ތެރޭގައި ބަންގި ގޮވާއަޑު އިވިއްޖެނަމަ، އެމީހަކު އަންހެނަކު ޞުލްޙަވެރިކުރަން އުޅޭނެ އެވެ.


ޢާއްމު ނަޒަރަކުން ބަލާއިރު:

ބަންގިއަށް އަހުލުވެރިވެފައިވާ މީހަކަށް، ބަންގި ގޮވަންޖެހޭ ތަނެއްގައި ބަންގި ގޮވަނިކޮށް ހުވަފެނުގައި ފެނިއްޖެނަމަ، އެއީ ހެޔޮކަމެއް ކުރިމަތިވުމުގެ ޢަލާމާތެކެވެ.

ބަންގިއަށް އަހުލުވެރިވެފައި ނުވާ މީހަކަށް، ބަންގި ގޮވަންޖެހޭ ތަން ނޫންތަނެއްގައި ބަންގި ގޮވަނިކޮށް ހުވަފެނުގައި ފެނިއްޖެނަމަ، އެއީ ނުބައިކަމެއް ކުރިމަތިވުމުގެ ޢަލާމާތެކެވެ.


ރިވާވެފައިވެ އެވެ.

މީހަކު އިބްނު ސީރީންގެ އަރިހުގައި ދެންނެވި އެވެ.
"ބަންގި ގޮވަނިކޮށް ތިމަންނައަށް ހުވަފެނުގައި ފެނިއްޖެ އެވެ."

އިބްނު ސީރީން ވިދާޅުވި އެވެ.
"ތިބާ ޙައްޖުވާނެ އެވެ."

އަދި އެހެން މީހަކު އައިސް އިބްނު ސީރީނުގެ އަރިހުގައި ދެންނެވި އެވެ.
"ބަންގި ގޮވަނިކޮށް ތިމަންނައަށް ހުވަފެނުގައި ފެނިއްޖެ އެވެ."

އިބްނު ސީރީން ވިދާޅުވި އެވެ.
"ތިބާގެ އަތް ބުރިކުރާނެ އެވެ."

އިބްނު ސީރީނުގެ އަރިހުގައި ދެންނެވުނެވެ.
އެ ދެ މީހުންނަށް ފެނުނީ އެއް ހުވަފެނެއް ނޫންތޯ އެވެ؟ އެ ދެ މީހުންކުރެ ކޮންމެ މީހަކަށް އެއްގޮތަކަށް ފެނުނު ދެ ހުވަފެނުގައި ވަނީ، ތަފާތު ދެމާނައެއްކަން އެނގިވަޑައިގަތީ ކިހިނަކުންތޯ އެވެ؟

އިބްނު ސީރީން ވިދާޅުވި އެވެ.
"ފުރަތަމަ މީހާގެ ކިބައިން އޭނާއަކީ، ހެޔޮލަފާ ޞާލިޙު މީހެއް ކަމުގެ ޢަލާމާތް ފާޅުވެފައި ވެއެވެ. މިހެންވެ އޭނާގެ ހުވަފެން (وَأَذِّن فِي النَّاسِ بِالْحَجِّ) މިއާޔަތުގެ މައްޗަށް ބުރަވެ ތަޢުބީރުކުރީ އެވެ."

"ދެވަނަ މީހާގެ ކިބައިން އޭނާއަކީ، ޞާލިޙު މީހެއް ނޫން ކަމުގެ ޢަލާމާތް ފާޅުވެފައި ވިއެވެ. މިހެންވެ އޭނާގެ ހުވަފެން (ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا الْعِيرُ إِنَّكُمْ لَسَارِقُونَ) މިއާޔަތުގެ މައްޗަށް ބުރަވެ ތަޢުބީރުކުރީ އެވެ."

(ނުނިމޭ)


މަޞްދަރު:
ތަފުސީރުލް އަޙުލާމް (އިބްނު ސީރީން)
ނޯޓް: މިފޮތުގައިވަނީ، އިބްނު ސީރީން ތަޢުބީރުކުރެއްވި ހުވަފެންތަކުގެ މާނަ ކަމަށާއި، މި ފޮތް ލިޔުނީ އޭނާގެ ދަރިވަރުން ކަމަށް ރިވާވެފައި ވެ އެވެ.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ‰‰‰މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-03-10 03:33:57
ޔާ ﷲ! ފަންވަތުގެ މަޢުލޫމާތުން ފުރިގެންވާ މިވެށީގައި، އިބަރަސްކަލާނގެ އަޅުތަކުން ފައިދާ ކުރަނިވި، ޢިބްރަތް ލިބިދެނިވި ފަދައަކުން ލިޔުންތަށް އަކުލަވާލުމުގެ ހެޔޮ ތައުފީޤު، މިވެށީގައި ލިޔުއްވަމުން ގެންދަވާ ލިޔުއްވުންތެރީންނަށް ދެއްވައިފާންދޭވެ. އަދި އެފަދަ ލިޔުންތަކުން މަންފައު ކުރާނޭ މީހުންތެރޭގައި މިނިކަމެތި އަޅާވެސް ލައްވައިފާންދޭވެ. އާމީން
ދެން އޮތީ ފަންވަތަށް، މިލިޔުމުގެ މަޢުޟޫއާއި ގުޅޭގޮތުން ދަންނަވައިލާ ސުވާލެކެވެ.
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ތިމާއަށް ފެންނަ ހުވަފެން، އަނެކުންނަށް ކިޔައިދީ ހަދައި އުޅުމަކީ، އިސްލާމްދީނުގެ އަލީގައި ރަނގަޅު ކަމެއް ނޫން. ނަމަވެސް ހުވަފެން ކިޔައި ދެނީނަމަ ތިމާގެ އަހުލުންގެ ތެރެއިން، ތިމާގެ މަންމައާއި ބައްޕައަށް އެހުވަފެން ކިޔައި ދެވިދާނޭ ކަމަށް ވެއެވެ. އެއީ ރަނގަޅު ނުވަތަ ނުރަނގަޅު ހުވަފެނެއް ކަމުގައި ވިޔަސް ހެވެ. އަދި އެހެން އަޚެއްގެ އަޅުގަނޑަށް ކިޔައި ދެއްވި ގޮތުގައި، ކީރިތި ޤުރުއާނުގައި ޔޫފުސުޢަލައިހިއްސަލާމް އެކަލޭގެފާނުންގެ މާތް ބައްޕާފުޅަށް ޔަޢުޤޫބުޢަލައިހިއްސަލާމަށް، އެކަލޭގެފާނަށް ފެނިވަޑައިގެންނެވި 11 ތަރިއާއި އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދާކުރާ ޙާލުގައި ފެނުނު ހުވަފެން ކިޔައިދެއްވި ޙާދިޘާއިން މިކަމަށް ދަލީލު ލިބެއެވެ. ޔަޢުނީ، ތިމާގެ ހުވަފެން އެނެކުންނަށް ކިޔައިދިނުމީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ތިމާގެ އަހުލުންގެ ތެރެއިން ބައްޕަ ފިޔަވައެވެ. އެއީ އެއާޔަތުން ދަލީލު ލިބޭގޮތް ކަމުގައި، އަޅުގަނޑުގެ އަޚް ވިދާޅުވެ ދެއްވިގޮތެވެ. ވީމާ މިކަމުގައި ފަންވަތަށް އަޅުގަނޑު ދަންނަވަން އޮތް ސުވާލަކީ އިސްލާމްދީނުގެ އަލީގައި މިކަމުގެ ހުކުމް އޮތީ ކިހިނެއްތޯއެވެ. މިކަމާއި ގުޅޭގޮތުން ދީނީ ޢިލްމުވެރި ދަންނަބޭކަލެއް ބަސްފުޅަކަށް އެދި އިންތިޒާރުކުރަމެވެ. ވައްސަލާމް.
...
ލިޔުނީ nAashiru, 2011-01-04 10:20:57
ithuru ba eh liyaany kon dhuvahakuntho . v inthiraaru kurevey
...
ލިޔުނީ ރަމީޒު, 2011-09-18 18:42:18
މަށަށް ފެނުނު ބަންގި ގޮވަނިކޮށް ހުވަފެނުނުގައި އަދި ހޭލެވުނީވެސް ބަންގި ގޮވަނިކޮށް ހަމަ ބާރުބާރަށް..........ދެން މަށަށް ވާނީ ކީއްތަ.............މަށަކީ މުދިމެއް.......އެއިރު ބަންގި ގޮވަން ދަސްކުރަން މުދިން ކޯހެއް ހަދަން މާލޭގައި ހުރީވެސް..................

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1449
extra avandia and congestive heart failure