މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ހުވަފެން ތަޢުބީރު: ޖިންނި، ޝައިޠާނުން |
|
|
| އެނގޭތަ - އެނގޭތަ | |||
| 13 މާރޗް 2010، 13:01 ހޮނިހިރު | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން އަލްއުސްތާޛު އަބޫ ސަޢުދު ވިދާޅުވެފައިވެ އެވެ. ތިމާ ޖިންނިއަކަށް ބަދަލުވާތަން ހުވަފެނުގައި ފެނިއްޖެނަމަ، އޭގެ މާނައަކީ އެމީހެއްގެ މަކަރުވެރިކަން ވަރުގަދަ ވެއްޖެ އެވެ.ޖިންނީންގެ ސިޙުރުވެރިން ހުވަފެނުގައި ފެނުން ދަލީލުކުރަނީ، ސިފަ ބަދަލުކުރާ ޖިންނިއަށެވެ. ގެއާ ކައިރީގައި ޖިންނި އުޅެނިކޮށް ހުވަފެނުގައި ފެނިއްޖެނަމަ، އެއިން ދަލީލުކުރެވެނީ ތިންކަމަކަށެވެ. ފުރަތަމަ ކަމަކީ، ގެއްލުމެވެ. ދެވަނަ ކަމަކީ، ނިކަމެތިވުމެވެ. ތިންވަނަ ކަމަކީ، ނަދުރެއް ނުފުއްދާ އޮތުމެވެ. ތިމާގެ ކިބައިން ޖިންނީން ކީރިތި ޤުރުއާން ދަސްކުރާތަން ނުވަތަ ތިމާ ކީރިތި ޤުރުއާން ކިޔަވާ އަޑު ޖިންނީން އަޑުއަހާތަން ފެނިއްޖެނަމަ، އެމީހަކަށް ވެރިކަމެއް ލިބޭނެ އެވެ. ގެއަށް ޖިންނީން ވަދެގެން އުޅެނިކޮށް ފެނިއްޖެނަމަ، އެގެއަކަށް ވަގުން ވަންނާނެ އެވެ. ނުވަތަ ޢަދާވާތްތެރިން އެގެއަށް ވަދެ، އެ ގޭގައި އުޅޭ މީހުންނާ ދިމާކުރާނެ އެވެ. ޖިންނީން ހުވަފެނުގައި ފެނުން ގުޅިފައިވަނީ، ދުންޔަވީ ކަންކަމާ އެވެ. ޝައިޠާނުން ހުވަފެނުގައި ފެނުން ގުޅިފައިވަނީ ދީނާއި ދުންޔަވީ ކަންކަމާ އެވެ. ޝައިޠާނާއަކީ ދީނާއި ދުނިޔޭގެ ޢަދާވާތްތެރިޔާ އެވެ. މީހަކު ޒިކުރުކުރަން ނުވަތަ އަޅުކަންކުރަން އިންދާ ޝައިޠާނުންތަކެއް އޭނާއާ ބެހޭތަން ފެނިއްޖެނަމަ، އޭގެ މާނައަކީ އެމީހެއްގެ ޢަދާވާތްތެރިން ގިނަވެއްޖެ އެވެ. އެ ޢަދާވާތްތެރިން އޭނާއަށް ގެއްލުންދޭން މަސައްކަތްކުރެ އެވެ. ނަމަވެސް އެކަމެއް ނުވާނެ އެވެ. ޝައިޠާނެއްގެ ފަހަތުން ގިނިހިލައެއް ދާތަން ފެނިއްޖެނަމަ، އެއިން ދަލީލުކުރެވެނީ ދީންވެރިކަމުގެ ގޮތުން އެމީހަކީ ރަނގަޅު މީހެއްކަމަށެވެ. ޝައިޠާނަކު މީހަކަށް ބިރުދައްކާތަން ފެނިއްޖެނަމަ، އެއިން ދަލީލުކުރެވެނީ އެމީހަކީ ދީނަށް އިޚުލާޞްތެރި މީހެއް ކަމަށެވެ. އަދި އެމީހަކަށްވަނީ އަމާންކަން ލިބިފައި ކަމެވެ. ޝައިޠާނާ އުފާކުރާތަން ފެނިއްޖެ މީހާ، ދުންޔަވީ އެދުންތަކާއިގެން މަޝްޣޫލުވާނެ އެވެ. ޝައިޠާނާ މީހެއްގެ ގައިގައި ބީހޭތަން ފެނިއްޖެނަމަ، އޭގައި ދެ މާނައެއް އެކުލެވެ އެވެ. އެއް މާނައަކީ، އޭނާގެ އަނބިމީހާއާ އަޅައިގަނެގެން އުޅޭ ފިރިހެނަކު އެބައުޅެ އެވެ. އަނެއް މާނައަކީ، ބަލިމަޑުކަމަކުން ނުވަތަ ދުއްތުރާލަކުން އޭނާއަށް ސަލާމަތްވުން ގާތްވެއްޖެ އެވެ. މީހެއްގެ ފަހަތުން ޝައިޠާނާ ދާ ތަން ފެނިއްޖެނަމަ، އޭނާއަށް މަކަރުހަދާ ޢަދާވާތްތެރިޔަކު އެބައުޅެ އެވެ. އެ ޢަދާވާތްތެރިޔާ އޭނާގެ މަސައްކަތް އުނިކޮށް، އޭނާގެ ޖާހާއި ޢިއްޒަތް ނަގާލަން މަސައްކަތްކުރާނެ އެވެ. އެމީހަކަށް ޖިންނީން ކިޔަމަންވެފައިވަނިކޮށް ހުވަފެނުގައި ފެނިއްޖެ މީހަކަށް، ވެރިކަމާއި ހައިބަތު ލިބޭނެ އެވެ. ޝައިޠާނުން ހައްޔަރުކޮށް ކަސްތޮޅު އަޅާތަން ފެނިއްޖެނަމަ، އެމީހަކަށް ނަޞްރެއް ލިބޭނެ އެވެ. މީހެއްގެ ކައިރިއަށް ޝައިޠާނެއް ފައިބާތަން ފެނިއްޖެނަމަ، އެމީހަކު ފާފައެއްކޮށް ދޮގުހަދާނެ އެވެ. މީހަކު ޝައިޠާނުންނަށް ގޮވަނިކޮށް ފެނިއްޖެނަމަ، އެމީހަކު ޢަދާވާތްތެރިންނާ މަޝްވަރާކުރާނެ އެވެ. މީހަކު ޝައިޠާނުންނާ ވާހަކަދައްކަނިކޮށް ފެނިއްޖެނަމަ، އެމީހަކު ހަދަހަދައިގެން ވާހަކަ ދައްކާނެ އެވެ. ނުވަތަ މީސްތަކުންނަށް މަކަރުހަދާނެ އެވެ. ނުވަތަ ދޮގުހިމަނައިގެން ޅެން ހަދާނެ އެވެ. ހުވަފެނުގައި ފެންނަ ދައްޖާލަކީ، މީސްތަކުންނަށް މަކަރުހަދައި ފަސާދަކުރާ އިންސާނެކެވެ. (ނުނިމޭ) މަޞްދަރު: ތަފުސީރުލް އަޙުލާމް (އިބްނު ސީރީން)
|
| ހަމަ މި ގަލަމުން |
|---|