މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހަމަ ޙަޤީޤަތުގައިވެސް އިންސާނެއްގެ ބޮލުން ދަޅު ފަޅައިފި |
|
|
| އެނގޭތަ - އެނގޭތަ | |||
| 14 މާރޗް 2010، 00:03 އާދީއްތަ | |||
|
ޅޮހީ ޢަބްދުއްރަހީމް ޗައިނާގައި އުމުރުން ސަތޭކަ އެއް އަހަރުގެ އަންހެނެއްގެ ބޮލުގައި ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ދެ ދަޅު އެބަފަޅަ އެވެ. އޭނާ ގެ ދެ ދަޅު ފަޅަނީ ނިތް ކުރިންނެވެ. ލިންލޯ ވިލެޖުގެ ޒަންގް ރުއިފަންގު ނަމަކަށް ކިޔުނު މި އަންހެން މީހާގެ ބޮލުގައި ފަޅަމުންދާ ދަޅުގެ ސަބަބުން އޭނާގެ ޢާއިލާއާއި އަދި ހިސާބުގަނޑު މީހުން ވަނީ ހައިރާންވެ އަންތަރީސްވެފަ އެވެ. މި ދަޅު ފަޅަން ފެށީ މި ދިޔަ އަހަރުގެ ތެރޭގައި ކަމަށްވެ އެވެ. މިހާރު އެއްދަޅުގެ ދިގުމިން 6 ސެންޓިމީޓަރަށް ދިގުވީއިރު، ދެވަނަ ދަޅު ކިރިޔާ ނިތްކުރިން "މަލަސް'' ދައްކާލީ އެވެ. ހަތްކުދިންގެ މަންމައެއް ކަމަށްވާ ޒަންގު ރުއިފަންގު ގެ ޢާއިލާވަނީ މިކަމާއި ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފަ އެވެ. އޭނާގެ ފަސްދޮޅަސް އަހަރުގެ ހަގު ދަރިފުޅު ކަމަށްވާ ޒަންގް ގުވޯޒެން ބުނިގޮތުގައި ނިތްކުރީގައި މި ދިޔަ އަހަރު ހަންބޯވާން ފެށުމުން އެމީހުން މާބޮޑަށް އަޅާނުލައި ތިއްބާ މިހާރު ހުރި ވަރަށް ދަޅު ދިގުވީ އެވެ. އަދި އަނެއް ފަރާތުން މިހާރު ހަމަ އެގޮތަށް ހަންބޯވަމުންދާ ކަމަށާއި އެއީ ވެސް ހަމަ މިކަހަލަ ދަޅެއް ކަމަށް ވެދާނެކަމަށް ލަފާކުރެވޭ ކަމުގައި އޭނާ ބުނެ އެވެ. މި އަންހެން މީގެ އެންމެ ދޮށީ ދަރިފުޅުގެ އުމުރަކީ 82 އަހަރެވެ. މި ދަޅު އެއީ ކޮންއެއްޗެއްކަން އަދި މިހާތަނަށް ވަނީ ނޭނގިފަ އެވެ. އެ ދަޅު އުފެދިފައިވަނީ އަޅުގަނޑުމެންގެ ނިޔަފަތި އުފެދިފައި ހުންނަ މާއްދާއެއް ކަމަށްވާ ( ކެރަޓިން) އިން ކަމަށްވެ އެވެ. މިފަދަ ހާދިސާތަކުގައި ބައެއްފަހަރު ކެންސަރު ބައްޔަށް ވުމަކީ ވެސް ދިމާވާ ކަމެކެވެ. ނަމަވެސް މި އާދަޔާ ޚިލާފު ދަޅުގެ ޙަޤީގަތެއް އަދި ވަނީ ނުހޯދިފަ އެވެ. ސާރޖަރީ ހަދައިގެން މި ދަޅު ނެގުނު ކަމުގައި ވިޔަސް އެއީ އެތެރެއިން އުފެދެމުންދާ އެއްޗަކަށް ވާތީ އެކަމުގެ އެއްވެސް ފައިދާއެއް ނުކުރާނެ އެވެ. މުހިންމު ނޯޓެއް: މީގެ ދެއަހަރު ކުރިން އަޅުގަނޑު ސީއެޗްސީގައި އުޅުނު އިރު 2008 ވަނަ އަހަރު އަންހެނުން ދަޅު ފަޅައިފިނަމަ ވާނެ ގޮތްތަކާއި ބެހޭގޮތުން ވާނީ ވާހަކައެއް ލިިޔެފަ އެވެ. އޭގެ ބަރާބަރު ދެ އަހަރު ފަހުން މީހަކު ގައިން، ދަޅެއް ފެޅި ވާހަކަ ފުރަތަމަ ރަޙްމަތްތެރިއެއްގެ ފަރާތުން އަޑު އިވުމުން އަޅުގަނޑު ވެސް ގަތީއަކީ އަމަށަކު ބިރެއް ނޫނެވެ. އަނެއްކާ އޭގެ ދަޅެއް އަޅުގަނޑުގެ ބޮލުގައި ނުފެޅިއްޔާ ކަލާކޯ އެވެ! މިލިޔުމުގެ އަސްލު ބެއްލެވުމަށް؛ http://uwillreadnews.blogspot.com/2010/03/goat-woman-chinese-grandmother-101.html '' ދެ ދަޅު'' މި ވާހަކަ ބައްލަވައިލެއްވުމަށް؛ http://www.fanvai.info/dhivehi/vaahaka/1096-2009-10-06-14-54-27.html (ނިމުނީ)
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |