ފަންވަތް އެނގޭތަ ވަކަރު ކޮއްޓި
ބެލި ޢަދަދު: 927
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ވަކަރު ކޮއްޓި ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
އެނގޭތަ - އެނގޭތަ
16 އޮގަސްޓް 2010، 17:06 ހޯމަ

ޢާމިރު ރަޝީދު
 
ސްލެޓް ވްޑްޕެކާރ (Woodpecker)ގެ ނަމުން ނަންދީފައިވާ މިދޫނީގެ ދިގުމިނުގައި 11 އިންޗި ހުރެއެވެ.
މިހާތަނަށް މިދޫންޏަށް ދިވެހިނަމެއް ދެވިފައި ނުވުމާއި އެކު، ދޫނީގެ ދިރިއުޅުން ހުންނަގޮތަށްބަލައި މިދޫނީގެ ދިވެހިނަމެއްގެ ގޮތުގައި އަޅުގަނޑު "ވަކަރު ކޮއްޓި" ބޭނުންކޮށްފައިވަނީ އެވެ.

ވަކަރު ކޮއްޓި ޢާއްމު ގޮތެއްގައި ދިރިއުޅެނީ ގަސްގަހުގައި ހޮހަޅަ ހަދައިގެން، އެ ހޮހަޅަ ތަކުގައެވެ.
ޢާއްމު ގޮތެއްގައި މި ދޫނި އޭގެެ ދިގު ތުންގަނޑު ބޭނުންކޮށްގެން ގަސްގަހުގެ ވަކަރު ވަކަރުގަނޑު ތެރޭގައި ދިރިއުޅެމުންދާ އެކި އެކި ސޫފާ ސޫފި ހޯދުމަށް ވަކަރުގަނޑުގައި ތުނބުން ކޮށައި ކައިއުޅެއެވެ. އަދި ތުންގަނޑު ބޭނުންކޮށްގެން ހޮހަޅަ ހަދައި އެ ހޮހަޅަ ތަކުގައި ހާލިހަދައިގެން ދިރިއުޅެމުންދެއެވެ. ނަމަވެސް ކޮންމެ އަހަރަކު  ހާލިހަދާ ތަން އާކުރެ އެވެ.  އެއް ހާއްޔެއް ދެފަހަރަކު ބޭނުމެއް ނުކުރެއެވެ. މިފަދަ ހާލިތައް "ވަކަރު ކޮއްޓި" ތައް ދޫކޮށްލުމުން ދެން މިފަދަ ހާލިތައް ބައެއް އެހެނިހެން ދޫނިތައް ހާލީގެ ގޮތުގައި ބޭނުން ކުރެއެވެ. އެގޮތުން ބަކަމޫނު އަދި ބާޒު ފަދަ ދޫނިތައް މިފަދަ ހާލިތައް ބޭނުންކޮށް އުޅެއެވެ.

މިދޫނީގެ ތުންގަނޑު، މިފަދަ އިތުރު ދޫނިތަކަށް ކަންކަން އެންގުމުގެ ގޮތުން ވެސް ބޭނުން ކުރެއެވެ. (ކޮމިޔުނިކޭޓުކުރުމަށް)
 
ދުނިޔޭގެ އެކި ހިސާބުތަކުގައި ވަކަރު ކޮއްޓި އާއިލާގެ 200 އަށްވުރެ ގިނަ ވައްތަރުގެ ދޫނި އުޅެއެވެ.
އުމުރު : ޢާއްމު ގޮތެއްގައި ވަކަރު ކޮއްޓިއެއްގެ އުމުރަކީ 4 އަހަރާއި 11 އަހަރާ ދެމެދެވެ.
މައިގަނޑު ކެއުން : އެކި އެކި ސޫފާސޫފި އަދި ގަސްގަހުގެ މޭވާ.
ކޮންމެ ދޫންޏެއްގެ ފައިގައިވެސް 4 އިނގިލި ހުރެއެވެ. ( ދެ އިނގިލި ކުރިމައްޗަށް ވާގޮތަށް އަދި އަނެއް ދެ އިނގިލި ފަހަތަށް ވާގޮތަށް)
އާއްމު ގޮތެއްގައި އައިން ހަދައިގެން އުޅުމުގެ ބަދަލުގައި ވަކަރުކޮއްޓި ފެންނާނީ އެއް ދޫނި ނުވަތަ ދެ ދޫނި އެކީގައި ތިއްބައެވެ.

މިދޫނި އާއްމުގޮތެއްގައި ދޭކާ އަށަކާ ދެމެދުގެ ޢަދަދަކަށް ބިސްއަޅައެވެ. އަދި ބިސްފީކުރުމުގައި އަންހެން ދޫންޏާއި ފިރިހެން ދޫނި އެއްވަރަކަށް ހިއްސާވެއެވެ.
ފިނިސަރަހައްދުތަކާއި އޮސްޓްރޭލިއާ، ނިއު ގިނީ، މަޑަގަސްކަރަ އަދި ނިއުޒިލޭންޑް ފަދަ ގައުމުތައް ފިޔަވައި ދުނިޔޭގެ އެހެނިހެން ހުރިހާ ހިސާބެއްގައިވެސް ވަކަރު ކޮއްޓި ދިރިއުޅެއެވެ.
 
އެނގޭތަ؟

ވަކަރު ކޮއްޓިއަކަށް މިނެޓަކު 20 ފަހަރު ހުއްޓާނުލާ ގަސްގަހުގެ ވަކަރުގައި ކޮށާލެވެއެވެ.
ދުނިޔޭގައި އުޅޭ އެންމެ ބޮޑެތި ވަކަރުކޮއްޓި ދިރިއުޅެމުންދަނީ އޭޝިޔާ ބައްރުގައެވެ.




(ނިމުނީ)

މައުލޫމާތު ހޯދީ :
 އާމިރު ރަޝީދ
http://www.defenders.org/wildlife_and_habitat/wildlife/woodpeckers.php#
http://www.ohio-nature.com/woodpecker-facts.html
http://lifestyle.iloveindia.com/lounge/facts-about-woodpeckers-1989.html
ފޮޓޯހޯދީ :
http://www.flickr.com/photos/alodor/2998193670/
http://www.flickr.com/photos/donaldsducks/3094326034/

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)Add Comment
...
ލިޔުނީ އަޙްމަދު, 2010-08-18 03:17:05
ބޭނުންތެރި މަޢުލޫމާތު ކޮޅެކެވެ. ނަމަވެސް ދެއްވާފައިވާ ނަން " ވަކަރު ކޮއްޓި" އެހާ ގުޅޭ ކަމަކަށް ނުފެނެއެވެ. ސަބަބަކީ ވަކަރަކީ ރުކުގައި ލާ އާރެވެ. ގަސްގަހުގައި ހުންނަނީ ލަކުޑި ނުވަތަ އާރެވެ. އަޅުގަނޑަށް ފެންނަނީ " ލަކުޑިކޮއްޓި" ނުވަތަ "ގަސްކޮއްޓި" ކިޔުމެވެ. ނޫންނަމަ "ގަސްކޮންނަ" ކިޔުމެވެ.
...
ލިޔުނީ angel, 2010-08-18 08:53:33
hehe ya dho ahmed :D thiya buny rangalhah "gaskotti" enme gulheny hehe
...
ލިޔުނީ ޝުޖާޢު, 2010-08-19 09:47:09
އަޅުގަނޑުގެ އުމުރުން 13 ވަރަކަށް އަހަރުގައި ބައްޕަ ގެނެސްދެއްވި ފޮތެއްގައި "ވުޑްޕެކަރ" އަށް "ލަކުޑިކާދޫނި" މިނަން ދީފައިވަނިކޮށް ދުށިމެވެ. އެއީ ތަފާތު ޖަނަވާރުންގެ އިނގިރޭސިނަމާއި ދިވެހިނަން (ފޮޓޯއާއެކު) ހިމަނާފައިވާ ފޮތެކެވެ. އެއީ 90 ގެ އަހަރުތަކުގެ ކުރީކޮޅުގައި ނެރެފައިވާ ފޮތެކެވެ. އެފޮތުން ވަރަށް ގިނަ އާ ނަންތައް ދަސްވިއެވެ. ހިތާމައަކީ މިހާރު އެފޮތުގެ ނަން ހަނދާންނެތްކަމެވެ.
...
ލިޔުނީ އަލީ, 2010-08-20 05:26:55
ކޮންމެހެން ނުޖެޙޭ ކަންނޭގެ ބަހުން ބަހަށް އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާއެއް ކުރާކަށް. އޭރުން އެބަހުގެ ބަސްވަންތަކަން ގެއްލި ހިނގައިދާނެއެވެ.އެހެން ކަމުން "ގަސް ކާ" ނުވަތަ "ގަހޭ" ފަދަ ނަމެއް ދެވިދާނެކަމަށް ފެނެއެވެ.
...
ލިޔުނީ hasan, 2010-10-15 15:04:42
horuhoruga, baazu haali hadhayyeh noolheyeh noontha
...
ލިޔުނީ އާމިރު ރަޝީދު, 2010-11-04 18:36:57
ކިޔުންތެރިން ތިޔަ ދެއްވި ބިނާކުރުވަނިވި ޚިޔާލުތަކަށް ޝުކުރުވެރިވަމެވެ. އަދި ކުރިއަށް އޮތްތާނގައި މިފަދަ އިތުރު ލިޔުންތައް ފަންވަތުގެ އަހުލުވެރިންނަށް ގެނެސް ދިނުމަށް މަސައްކަތް ކުރާނަމެވެ. ޝުޖާޢުގެ ޚިޔާލަށް ވަރަށްބޮޑަށް ތާއީދުކުރެވެއެވެ. ފަންވަތް ވެބްސައިޓު ހިންގާ ފަރާތުން މިލިޔުމުގައި ބޭނުން ކޮށްފައިވާ ނަން " ވަކަރު ކޮއްޓި " މި ނަމުގެ ބަދަލުގައި "ލަކުޑިކާދޫނި" ބޭނުން ކުރުން އެދެމެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 927
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone