ފަންވަތް އެނގޭތަ މަޠުމާޠާ: ބިންގަރާހުގެ އަހުލުވެރިންގެ ރަށް
ބެލި ޢަދަދު: 1527
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
މަޠުމާޠާ: ބިންގަރާހުގެ އަހުލުވެރިންގެ ރަށް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
އެނގޭތަ - އެނގޭތަ
16 އޮކްޓޫބަރ 2010، 08:12 ހޮނިހިރު

ޢަބްދުލްމުޢީދު ޙަސަން

މިހާރުވެސް އެރަށުގައި މީހުން ދިރިއުޅެ އެވެ. އެރަށަށް ޒިޔާރަތްކުރާ މީހަކަށް ފެންނާނީ، ފަޅުވެފައިވާ ޞަޙަރާއެއް ފަދަ ބިމެކެވެ. ދިރިތިބީންގެ އެއްވެސް އަސަރެއް ބިންމަތިން ނުފެންނާނެ އެވެ. ނަމަވެސް ބިމުގައި ކޮނެފައިވާ ވަޅުގަނޑަކަށް ފައިބައިފިނަމަ، ދިރިއުޅުމުގެ ހުރިހައި ކަމެއް ފެންނާނެ އެވެ.

މަޠުމާޠާ އޮންނަނީ ޓިއުނީޝިއާގެ ދެކުނުގަ އެވެ. އެރަށުގެ ބިމުގައި ކޮނެފައިވާ ކޮންމެ
 ވަޅުގަނޑަކީ، އަވަށެކެވެ. އެއިން ކޮންމެ ވަޅުގަނޑެއްގެ ތެރޭގައި ކޮނެފައިވާ ކޮންމެ ބިންގަރާހަކީ ގެއެކެވެ. އެ ގެތައް ހަދާފައިވަނީ، ވެލިހިލަ ކޮނެގެން، އެ ހިލަތަކުގެ ތެރޭގަ އެވެ.


މަޠުމާޠާގެ އަހުލުވެރިންނަށް އެންމެ ބޮޑު އާމުދަނީއެއް ލިބެނީ، އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުންނެވެ. މިހާރު އެރަށުގައި ދިރިއުޅެނީ މަދު ބަޔެކެވެ. ނަމަވެސް އެމީހުންގެ ޢަދަދު ފަސްސަތޭކައަށް ވުރެ މަދެއް ނުވާނެ އެވެ. އެރަށުގެ ގިނަ ބަޔަކު ވަނީ ކޮންކްރީޓުން އަލަށް ބިނާކުރެވޭ މަޠުމާޠާއަށް ހިޖުރަކޮށްފަ އެވެ.


މަޠުމާޠާގެ އަހުލުވެރިންނަކީ، ބަރުބަރީ ޤަބީލާއެކެވެ. އެމީހުން ބިންގަރާހުގައި ދިރިއުޅެން ފެށީ ހަނގުރާމަވެރިންގެ ނުރައްކަލުން ސަލާމަތްވުމަށްޓަކަ އެވެ. ފިނި މޫސުމާއި ހޫނު މޫސުމުގައި އެމީހުންގެ ބިންގަރާސްތަކުގެ ފިނިހޫނުމިން ހަމަހަމަ އެވެ.


މަޠުމާޠާ މަޝްހޫރުވީ، " ތަރި ހަނގުރާމަ" ނަމަކަށް ކިއުނު ފިލްމުގައި އެމީހުންގެ ބިންގަރާސްތައް ތަސްވީރުކުރެވުނު ފަހުންނެވެ. އޭގެފަހުން އެމީހުންގެ ގާތަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުވަނީ ގިނަގުނަވެފަ އެވެ.


މަޠުމާޠާ އަކީ، އާކިޓެކްޗަރ ކިޔަވާ ދަރިވަރުންނަށް އަގުހުރި ފިލާވަޅުތަކެއް ލިއްބައިދޭނެ ރަށެކެވެ.


މަޞްދަރުތައް:
www.libyanyouths.com
http://en.wikipedia.org
http://blog.hotelclub.com



ނޯޓް: މި ލިޔުމުގައިވާ ފޮޓޯތައް ފަންވަތަށް ގެނެސްފައިވަނީ، މަޞްދަރު ސައިޓުގައި ދީފައިވާ ފާލަންތަކުންނެވެ. އެ ފާލަންތަކުން މި ފޮޓޯތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް ފަންވަތަށް ވެސް އަންނާނެ އެވެ.



މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)Add Comment
...
ލިޔުނީ m, 2010-10-16 05:01:17
Not "thari han'guraama" but " Star Wars". Don't translate everything, too much of anything is good for nothing , you know.
...
ލިޔުނީ މާލިމީ, 2010-10-16 12:49:00
މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. ބިންގަނޑުގަނބައިގެން ގޮއްސިނަމަ އެއްފަހަރާ ކިތައް ފުރާނަ ގެއްލިގެން ދާނެތޯއެވެ؟
މިއީވެސް ވިސްނާލަން ޖެހޭކަމެކެވެ.
ފަންވަތުގައި މިފަދަ އާދަޔާ ޚިލާފު ކަންތައްތައް ގެނެސްދިނުމުގައި މުޢީދު ތިއަކުރައްވާ މަސައްކަތްޕުޅަށް ހަމަ އައްސަރިބަހާއި ސާބަހެވެ.
...
ލިޔުނީ މިސްރާބު, 2010-10-17 02:56:02
ބިންގަނޑު ކަނޑައިގެން ދާއިރުވެސް ރައްކާތެރިކަން ބޮޑީ މިމީހުންނަށެވެ. މިމީހުން މިއުޅެނީ ބިމުގައިވާ ފަސްގަނޑު ކޮނެގެނެއް ނޫނެވެ. މިމީހުން ޖަގަހަތައް ހަދާފައިވަނީ ހިލައިގައެވެ. މިޖަގަހަތައް ހަދާފައިވަނީ ވަރަށް ރައްކާތެރި ގޮތަކަށެވެ. ތުރުކީވިލާތާއި އަލްޖީރިއާގައި ވެސް މިގޮތަށް މީހުން ދިރިއުޅެއެވެ. ބިންހެލުން އައިސް، އުސް އިމާރާތްތައް ވެއްޓޭއިރު އެއިމާރާތްތަކުގައިވާ މީހުން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި މިބިންގަރާސްތަކުގެ މީހުން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިމީހުންނަށް ނުރައްކާވާނީ މިމީހުން ދިރިއުޅޭ ބިންގަނޑު ގަންބަވައިގެންފި ނަމައެވެ.
...
ލިޔުނީ މާލިމީ, 2010-10-17 12:12:30
މިމީހުން ޖަގަހަ ހަދާފައިވަނީ ހިލައިންކަމެއް ފިލައިންކަމެއް މި ލިއުމަކުން އެނގޭކަށް ނެތެވެ. މިޞްރާބަށް އެކަން އެނގުނީ ކިހިނަކުންތޯއެވެ؟ ވަޙީއަކުން ނުވަތަ އިލްހާމަކުންތޯއެވެ. ނުވަތަ އތަނުން އެޕާޓުމަންޓެއް ކުއްޔަށް ހިއްޕަވައިގެން އެތަނުގައި ދިރިއުޅުއްވަނީތޯއެވެ؟
...
ލިޔުނީ keyoLu, 2010-10-19 15:48:08
hama varah sareehakoh miliyumuge dhevana peragraph genimey thaaga e othy veli hila konegen ulheyvaahakabunefa eve.. maalimy furaigen thiya ulhuhvany dhurumi naalhuvvaa kamuga keyolhah fene eve. veemaa enme rangalhu gothakah vaany thankolheh rangalhah liyun alun balun dhurumi alhuvvaigen kiyaa levvumeve. eyrun ekam saafuvedhaane dhogeh tho eve.
...
ލިޔުނީ މާލިމީ., 2010-10-20 12:27:24
ކެއުޅާއެވެ! ވެލިހިލައަކީ ވެސް ހާދަހާ ވަރުގަދަ އެއްޗެކެވެ. އެއިން އުސް ބިނާތައް ޢިމާރާތްކޮށްފައިވެއެވެ. އެތައް ޤަރުނެއްވެފައިވާ އެފަދަ ބިނާތައް އެބަހުއްޓެވެ. ޘަމޫދު ބާގައިގެ މީހުން ހަރުހިލައިގައި ކޮނެގެން ގެދޮރު ހެދީ އެމީހުން ދިރިއުޅުނު ވެށީގައި ފަރުބަދަހުރީމާތާއެވެ! ނަމަވެސް މިމީހުންނަކަށް އެކަމެއް ނުކުރެވޭނެކަން ޔަޤީނެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި މިމީހުން ވެސް ދިރިއުޅޭނެ ތަނެއް ހަދާފައި މިވަނީ މިމީހުންގެ ތިމާވެށްޓާއި މިމީހުންގެ ޙާލަތާ ގުޅޭ ގޮތަށެވެ. (7. ކިއުންތެރިން ފޮނުއްވާ ޚިޔާލުފުޅުތައް ޝާއިޢު ކުރުމާއި ނުކުރުމާއި އަދި އެ އެޑިޓްކުރުމުގެ ޙައްޤު މިސައިޓުގެ އެޑިޓަރުންނަށް ލިބިގެން ވެއެވެ.)

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1527
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone