މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މި ވާހަކަ ނުކިޔައްޗެވެ. |
|
|
| އެނގޭތަ - އެނގޭތަ | |||
| 13 ނޮވެމްބަރ 2010، 19:12 ހޮނިހިރު | |||
|
މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާ އެވެ. ލަޠީފު އަޙްމަދު ފަށަމުން ވެސް ބުނަމެވެ. މި ވާހަކަ ނުކިޔާށެވެ. އަހަރެމެންނަކީ ތިން އެކުވެރިންނެވެ. ނޫނެކެވެ. ޝައިޠާނާއާ އެކު ހަތަރު އެކުވެރިންނެވެ. އަހަރެމެން އެއްތަންވަނީ މަޖާކުރާށެވެ. ކުޅޭށެވެ. ''ބިޓުން'' ނަގާށެވެ. އަންހެންކުދިން އަހަރެމެންގެ މަޅީގައި ޖައްސަމެވެ. މޮޅެތި ވާހަކަތައް ދައްކައިގެންނާއި، ހިތްއެދޭ ހަދިޔާތައް ދީގެންނާއި، ތަފާތު ރޭވުންތައް ރާވައިގެންނެވެ. އެ ގޮތުން ރެސްޓޯރެންޓް، ކެފޭ ތަކަށާއި، ރަށުން ދުރުގައިވާ ދަނޑުހައްދާ ހިސާބަށާއި އަތިރިމައްޗަށް އެ ކުދިންގޮވައިގެން މަޖާނަގަން ދަމެވެ. ބައެއްފަހަރު ކާރަކީ ވެސް އަހަރެމެންގެ ''މަޖަލުގެ ދާނެކެވެ.'' އަދި މި ވާހަކަ ދައްކާ ވަރަށްމަޖާކަމެއް ކަމުގައި ދެކިގެން އަހަރެމެން އުޅެމުން ދިޔައީމެވެ. ހިތަށް އެއްވެސް އެއްޗެއް ނާރަ އެވެ. މި ގޮތަށް ދުވަސްތައް ފާއިތުވަމުން ދަނިކޮށް އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާ ފަދަ ދުވަހެއް އަ އެވެ. އަދިވެސް މި ވާހަކަ ތި ކިޔަނީ ދޯއެވެ؟!އަހަރެމެން ތިން އެކުވެރިން އާދައިގެ މަތިން މީހުން އުޅޭހިސާބާ ދުރު، ދަނޑުތައް އޮންނަ ހިސާބަށް ދިޔައީމެވެ. ކޮންމެ މީހަކާއެކު އަންހެން ކުއްޖެއްވެސް ގޮވައިގެންނެވެ. ބަނގުރާއާއި، މި ނޫން ވެސް ބޭނުންވާނެ ހުރިހާ ސާމާނެއް ގެންދިޔައީމެވެ. ހަނދާން ނެތި ނުގެންދެވުނީ އެންމެ އެއްޗެކެވެ. އެއީ ކާނެ އެއްޗެކެވެ. ދަނޑު އޮންނަ ''މިނިވަން'' ސަރަޙައްދުގައި އަހަރެމެން ފާޙިޝް ޢަމަލުތައް ކުރަމުން ދިޔައީމެވެ. ރާގެ މަސްތުގައި ތިބެ އެވެ. ނުކުރާ އެއްވެސް ނުބައިކަމެއް ނޯންނާނެއޭ ބުނެވިދާނެ އެވެ. އެތައް އިރަކަށްފަހު އަހަރެމެން ބަނޑުހައިވެގެން އެ ވާހަކަ ދައްކަން ފެށީމެވެ. އަދި އެކަކު ކާއެއްޗެއް ގަންނަން ކާރުގައި ނައްޓާލި އެވެ. އޭރު ރޭގަނޑު 8 ޖަހާނީ އެވެ. ވަގުތު ހުއްޓުމެއްނެތި ހިނގަމުން ދިޔަ އެވެ. 9 ޖަހައިފި އެވެ. އެކުވެރިއާގެ ޚަބަރެއް ނުވި އެވެ. އަހަރެމެން ކަންބޮޑުވާގޮތްވި އެވެ. ދިހައެއް ވެސް ޖަހައިފި އެވެ. ދެން މަޑުން ނުތިބޭން އަހަރެމެން އަހަރެންގެ ކާރުގައި އެކުވެރިޔާ ހޯދާން ނައްޓާލައިފީމެވެ. ބޮޑުމަގުން ބާރަށް ދުއްވާފައި ދަނިކޮށް މާދުރުން އަލިފާންގަނޑެއް މަގުގެ އެއްފަރާތަކުން ފެނިއްޖެ އެވެ. އެ ހިސާބަށް ދިޔަތަނާ އަހަރެމެން ދިޔައީ ސިއްސައިގެންނެވެ. މަގުގެ އެއްފަރާތުގައި ފުރޮޅާލައިފައި އެ ވަނީ އަހަރެމެންގެ އެކުވެރިޔާގެ ކާރެވެ. ބޯ ދުންތަކަކާއެކު މުޅިކާރުގައިވަނީ ހުޅުހިފާފަ އެވެ. އަހަރެމެންނަށް ވީގޮތެއް ވެސް ނޭނގުނެވެ. މޮޔައިންތަކެއް ފަދައިން ދުވެގޮސް ބަލައިލިއިރު މޫނުވަތަށް ވެއްޓިފައިވާ އެކުވެރިޔާގެ ގައިގައި ރޯވެފައިވަނި ދަރުގަނޑެއްގައި ރޯވެފައިވާފަދައިންނެވެ. އެހެނަސް އޭނާގެ ފުރާނަ ހުއްޓެވެ. އަހަރެމެން އޭނާގެ ގަޔަށް ވެލިއަޅާ އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތްކުރީމެވެ. އަދި ވީ އެންމެ އަވަހަކަށް އޭނާ ނަގައި އަހަރެންގެ ކާރުގެ ތެރެއަށް ލައިގެން ހޮސްޕިޓަލަށް ގެންދިއުމަށް އަވަސްވެގަތީމެވެ. ކުޑަހިނދުކޮޅަކަށްފަހު އޭނާ ލޯ ހުޅުވާލާފައި .. އަލިފާން .. އަލިފާން .. މިހެންބުނެލި އެވެ. އޭނާ ކާރަށް އެރުވުމަށްފަހު އަވަސްއަވަހަށް ހޮސްޕިޓަލަށް ދިއުމަށް ދުއްވާލައިފީމެވެ. އޭރު އަހަރެމެންތިބީ ހަދާނެނަހަދާނެ ގޮތެއްނޭގޭ ޙާލުގަ އެވެ. އޭނާ މަޑުމަޑުން ބުނެލި އެވެ. ދެން އެއްވެސް ފައިދާއެއް ނެތެވެ. އަހަރެމެންގެ އެކުވެރިޔާ މަރުވެގެންދާ މަންޒަރު އަހަރެމެންގެ ކުރިމަތީގައި މިއޮއް ފެންނަނީ އެވެ. ކޮންފަދަ ޙާލެއްގައި އޮވެހެއްޔެވެ؟ ކުއްލިއަކަށް އޭނާ ހަޅޭލަވައިގަތެވެ. އެއާއެކު ބުންޏެވެ. އަހަރެން އެފަރާތަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ދެންނެވޭނީ ކީކޭ ހެއްޔެވެ؟ އަހަރެން ހާސްވެ އިނދެ ބުނީމެވެ. ކޮން ފަރާތަކަށް ހެއްޔެވެ؟ މަޑުމަޑުން އޭނާ ބުނީ ﷲ އެވެ. ﷲ ... އެއާއެކު އަބަދުގެ އަބަދަށް އޭނާ ލޯމަރާލި އެވެ. އަހަރެމެންނަށް އަޑުން އަޑުނަގާ ރޯންފެށުނެވެ. ހީބިހި ނަގާ ތުރުތުރު އަޅައިގަތެވެ. އަހަރެމެންގެ އިޙްސާސްތައް މަރުވެއްޖެ އެވެ. ޝުޢޫރުތައް ނެތިހިނގައްޖެ އެވެ. މުޅިން މީހާ ގަނޑުވެއްޖެ އެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ އެވެ. އެހެނަސް ހިތަށް އެއްވެސް ފިނިކަމެއް ނުލިބި އެވެ. ހާސްވުމާ ކަންބޮޑުވުމުގެ ތެރޭގަ އެވެ. އަރާމު ނިންޖެއް ވެސް ނުލިބި އެވެ. ފެންނަނީ އެއް މަންޒަރެކެވެ. ގަންނަނީ އެއް ބިރެކެވެ. އެންމެ ގާތް އެކުވެރިއާގެ މަރެވެ. މަރުވި ގޮތެވެ. ކާރާއި އޭނާގެ ގައިގައި ހިފާފައިވާ އަލިފާނެވެ. އެއީ އާދައިގެ އަލިފާނެކެވެ. އަދި ނަރަކައިގެ ޙާލު ހުންނާނެ ގޮތް ވިސްނާލަބަލާށެވެ. އެތާނގައި ލިބޭ ޢަޒާބާމެދު ވިސްނާލަ ބަލާށެވެ. މަރުވެ އެދިޔައީ އެކުވެރިއެކެވެ. އަދި އަހަރެން ކޮބައި ހެއްޔެވެ؟ އެތައް ހާސް ސުވާލެކެވެ. އުޅެވެމުން ދިޔަ ގޮތްތަކެވެ. ރޭގަނޑުގެ ނިދި ނުލިބި އެފަދަ ބިރުވެރި ކަމެއްގެ ތެރޭގައި އޮއްވާ ދުރުދުރުން އިވޭންފެއްޓި އަޑެކެވެ. އެއަޑަށް ފުރަތަމަ ފަހަރަށް ސަމާލުކަން ދެވުނެވެ. އާނއެކެވެ. އެއިވެނީ ފަތިސްނަމާދަށް ބަންގި ގޮވާ އަޑެވެ. ހާދަ ހިތްގައިމު އަޑެކެވެ. އަހަރެންގެ އެތެރެއިން ގޮވާލިހެން ހީވި އެވެ. އަވަހަށް ތެދުވާށެވެ. ނަމާދަށް ދާށެވެ. އަހަރެން ކުއްލިއަކަށް ތެދުވީމެވެ. އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެންވަރާލައިގެން ވުޟޫކޮށްގެން ފަތިސް ނަމާދަށް މިސްކިތަށް ދިޔައީމެވެ. މިއީ އަހަރެންގެ ހަޔާތުގައި ވެސް ފަތިސްނަމާދަކަށް މިސްކިތަށްދިޔަ ފުރަތަމަ ފަހަރެވެ. އަހަރެން ޖަމާޢަތުގައި ނަމާދު ކުރީމެވެ. ދުޢާ ކުރީމެވެ. އަހަރެންގެ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބުނެވެ. ފިނިކަމެއް ލިބުނެވެ. މާތް ﷲ އަހަރެންނަށް ހިދާޔަތުގެ އަލިކަން ދެއްކެވީ އެވެ. ފުރަތަމަ ވެސް ހިތަށް އެރީ އެހެންނެވެ. އާނއެކެވެ. އެއީ އަހަރެންގެ ފެށުމެވެ. މިއަދު އަހަރެން އެއްނަމާދު ވެސް ދޫނުކޮށް ހުރިހާ ނަމާދެއް ޖަމާޢަތުގައި ކުރަމެވެ. މިއަދު އަހަރެންގެ އެކުވެރިއަކީ ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތެވެ. ﷲ ގެ އަމުރުފުޅުތަކެވެ. -------------- (ނިމުނީ) ހަވާލާ؛ www.saaid.net މި ލިޔުން؛ ފޮނުވުން: އަލްފާޟިލް ލަޠީފު އަޙްމަދު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް) އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު) ޝާއިޢުކުރުން: '' '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (13)
![]()
...
ލިޔުނީ hawwa, 2010-11-13 12:55:37
nukiyan huntaaves kiege varah ehenkahala ihusaaseh thaubaavumuge furushathu ekimeehunah dhankavaanee ekigothan
...
ލިޔުނީ ބަސް ދަންނަވާމީހާ, 2010-11-13 23:33:21
ލަތީފް އަހުމަދަށް ދަންނަވާލަން ބޭނުން ބޭނުން. މި ވާހަކަ ނުކިޔާށޭ، މި ލިޔުން ނުކިޔާށޭ މިބާވަތުގެ ފާޑު ފާޑުގެ މަޢުޟޫ ގައި އެކި ބާވަތުގެ ލިޔުން މީހުން ލިޔެ އުޅޭ، އެކަމަކު މިކަހަލަ ޢިބުރަތްތެރި ވާހައެއްގައި މިފަދަ ސުރުޚީ އެއް ބޭނުންކުއްވާފައި ވަނިކޮށް ފެނުނު މީ ފުރަތަމަ ފަހަރު. މި ސުރުޚީން އަޅުގަނޑަށް ދޭހަވަނީ މި ކިޔާފާ އެހެން މީހަކަށް ޢިބުރަތެއް ޙާސިލް ވެދާނެތީ ލަތީފު އުޅުއްވާހެން. ސުރުޚީ ނަންގަވާ އިރު މިކަހަލަ ކަންތައްތަކަށް ވިސްނަވާ ލެއްވުން ރަގަޅު ކަމުގައި ދެކެން. ލިޔުން ވަރަށް ޢިބުރަތްތެރި....
...
ލިޔުނީ ލަޠީފް އަޙްމަދު, 2010-11-15 06:33:27
ބަސްދަންނަވާ މީހާގެ ލިޔުން ކިޔާލާފައި ޝުކުރުވެރިކަމާއެކުދަންނަވާލަން ބޭނުންވަނީ މި ލިޔުމަކީ ތަރުޖަމާއެއް ކަމުގައެވެ.
އަދި ސުރުޚީ އަކީ އެ ލިޔުމުގައި ބޭނުންކޮށްފައިވާ ސުރުޚީކަމުގައެވެ. ފަހަރެއްގައިވެސް އެއީ އަޅުގަނޑުގެ ސުރުޚީއެއް ނޫނެވެ. ދެއްވި ކިޔާލަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ. އަދި މި ލިޔުން ތަރުޖަމާ ކުރުމުގެ އެންމެބޮޑު ބޭނުމަކީ މިއިން ޢިބްރަތެއް ޙާޞިލް ވުމެވެ. އަޅުގަނޑުގެ މަޤްޞަދަކީވެސް ހަމަ އެއީއެވެ.
...
ލިޔުނީ ކިޔުންތެރިއެއް, 2010-11-15 11:54:22
މި ވާހަކަ ނުކިޔާށޭ ލިޔުއްވާފައި އެ އޮތީ ކިޔުންތެރިން ލައްވާ ކިޔުއްވަން ވެގެން ........... އާއްމުކޮށް ނުކުރާށޭ ބުނާ ކަންތައް މީހުން ކުރާ ހިތްވާނެ އަދި އެކަމެއް ކުރުމަށް ބޮޑަށް ޝައުގު ވެރިވާނެ.
...
ލިޔުނީ yellow butterfly, 2010-11-24 14:13:01
i just loved the story..and wen it finsihed,my eyes were filled with tears..truly inspiring...
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|