ފަންވަތް އެނގޭތަ އެންމެ އަގު ބޮޑު 10 ހާދިސާ
ބެލި ޢަދަދު: 2039
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އެންމެ އަގު ބޮޑު 10 ހާދިސާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
އެނގޭތަ - އެނގޭތަ
15 ނޮވެމްބަރ 2010، 00:58 ހޯމަ


ދުނިޔޭގެ ތާރީޚުގައި ހިނގާފައިވާ އެންމެ އަގު ބޮޑު 10 ހާދިސާ


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ދުނިޔޭގެ ތާރީޚަށް ބަލާއިރު އިންސާނުންނާ ވަރަށް ތަފާތު ހާދިސާތަކާއި ކާރިސާތަކާ ކުރިމަތިވެފައިވެ އެވެ. ޤުދްރަތީ ކަންތައްތަކާއި އިންސާނުންގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކެވެ. ބައެއް  ހާދިސާތަކުގެ ގެއްލުން ވަރަށް ބޮޑެވެ. އަނެއްބައި ހާދިސާތަކުގެ ގެއްލުމުގެ މިންވަރު އަގުކުރަން ވެސް ނޭނގޭހާ ބޮޑެވެ. ބައެއް ހާދިސާތަކުގައި އެތައް އިންސާނުންނެއް މަރުވެ ފަނާވެފައިވެ އެވެ. ބޮޑެތި ރަށްތައް މުޅިންނެތިވެ ފުހެވިފައިވެ އެވެ.
ހަނގުރާމަތަކާއި ޤުދުރަތީ ބޮޑެތި ކާރިސާތަކާއި ޓެރަރިޒަމްގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަކީ އަގުކުރެވޭނެ އެއްޗެއްނޫނެވެ. މި ތާނގައި މި ދަންނަވާ  ހާދިސާތަކަކީ އަގުކޮށް ބެލުނު ހާދިސާތަކުގެ ތެރެއިން  އެންމެ އަގުބޮޑު 10 ހާދިސާ އެވެ.


10 ވަނަ ހާދިސާ

ޓައިޓެނިކް  ބޯޓު

150 މިލިއަން ޑޮލަރު

 


ޓައިޓެނިކް ބޯޓު ފެތުނު ހާދިސާއަކީ ބޯޓެއް ޣަރަޤުވި އެންމެ މަޝްހޫރު ހާދިސާކަމަށް ވެދާނެ އެވެ. މި  ފަތުރުވެރި ބޯޓު ފެތުނީ އެ ބޯޓުގެ އެންމެ ފުރަތަމަ ދަތުރުގަ އެވެ. މި ހާދިސާ ހިނގީ 1912 ވަނަ އަހަރު އެޓްލާންޓިކް ކަނޑުގަ އެވެ. މި ހާދިސާގައި 1500 މީހުން މަރުވެފައިވެ އެވެ. މި ބޯޓު ބަން ދުވަސްވަރު މި ބޯޓުގެ އަގަކީ 7މިލިޔަން ޑޮލަރެވެ. މި އަދުގެ ބަޒާރު އަގަށް ބަލާއިރު އެއީ 150 މިލިއަން ޑޮލަރުކަމަށް ބެލެވެ އެވެ. މި ބޯޓު ބަނުމަށްފަހު ފުރަތަމަ ދަތުރު ފެށީ ﷲއަށް ގޮންޖަހަމުންނެވެ. ކަލާނގެއަށް ވެސް މި ބޯޓު ފައްތާނުލެވޭނެކަމަށް ބުނެ ބޮޑާކަމާ ކިބުރުވެރިކަމާއެކުގަ އެވެ. ބޯޓު އަޑިއަށް ދިޔައީ ކުޑަކުޑަ ގަނޑުފެންކޮޅެއްގައި ޖެހިގެންނެވެ.

ނުވަވަނަ ހާދިސާ
ތެޔޮ ލޮރީއަކާއި ފާލަމެއް
358 މިލިއަން ޑޮލަރު
 



2004 ވަނަ އަހަރު 3200 ލިޓަރުގެ ތެޔޮ އަރުވައިގެން ދަތުރުކުރި ލޮރީއެއް  ޖަރުމަނުގެ ވެހްލްޓާލް ފާލަމުގައި ޖެހި ގޮވުމުގެ ސަބަބުން މި ފާލަމުގެ ބޮޑުބައެއް ހަލާކުވި އެވެ. ހަލާކުވި ފާލަން އަލުން ހެދުމަށް 358މިލިއަން ޑޮލަރު ހޭދަވި އެވެ.

އަށްވަނަ ހާދިސާ

މެޓްރޯލިންކް

500 މިލިއަން ޑޮލަރު



2009 ވަނަ އަހަރު ކެލިފޯނިޔާގައި ދެރޭލެއް ޖެހުނެވެ. މި ހާދިސާ ހިނގީ ރަތްބޮކި ދިއްލާފައި ހުއްޓައި އޭގެ ތެރެއިން އެއްރޭލު ވަރަށް ބާރު ދުވެއްޔެއްގައި   މަގު ހުރަސްކުރުމުންނެވެ. މި ހަދިސާ ހިނގީ  ރޭލުގެ ޑްރައިވަރު އެސް. އެމް. އެސް އެއް ލިޔަން އިނުމުގެ ސަބަބުންކަމަށް މަސްއަލަ ތަޙްޤީޤު ކުރި ޓީމުގެ ރިޕޯޓްގައި އައިސްފައިވެ އެވެ. މި ހާދިސާގައި 25މީހަކު މަރުވެފައިވެ އެވެ. މި މަސްއަލާގައި މެޓްރޯލިންކްސް ވަނީ 500 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ.

ހަތްވަނަ ހާދިސާ
ބީ 2 މަތިންދާބޯޓެއް ވެއްޓުން
1.4 ހާސް މިލިއަން ޑޮލަރު

 



ބީ 2 މަރުކާގެ ސްޓިލްތު މަތިންދާ ބޯޓު ވެއްޓިފައިވަނީ 23 ފެބްރުއަރީ 2008 ވަނަ އަހަރު ގުއާމް ވައިގެ ބޭހުން އުދުއްސައިގަތް ތަނާ އެވެ. މިއީ ބޮންއަޅާ ބޯޓެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ތެތްފިނީގެ ސަބަބުން ބޯޓުގެ ކޮމްޕިޔުޓަރުގެ ބައެއް ބައިތަކުގެ މަސައްކަތް ހުއްޓުމެވެ. މިއީ ޖައްވުގައި ހިނގި އެންމެ އަގު ބޮޑު ހާދިސާ އެވެ. މި ބޯޓުގެ ދެ ޕައިލެޓުން ވެސް ކުޑައިން ފުންމާލައިގެން ސަލާމަތްވި އެވެ.

ހަވަނަ ހާދިސާ

ތެޔޮ އުފުލާ އުޅަނދު އެކްސަން ވެލްޑިސް

2.5 ހާސް މިލިއަން ޑޮލަރު

 



24 މާޗު 1989 ގައި  އެކްސަން ވެލްޑިސް ނަމަކަށް ކިޔާ ތެޔޮ އުފުލާ އުޅަނދުން ތެޔޮ ބޭރުވާންފެށްޓެވެ. މި ހާދިސާ ހިނގީ އެ އުޅަނދު އަމީރު ވިލިއަމް ކަނޑުއޮޅިތެރެއިން ދަތުރުކުރަނިކޮންނެވެ. މި އުޅަނދުން ބޭރަށް ނުކުތް ތެޔޮތައް ސާފުކުރުމަށްޓަކައި އެކުންފުންޏަށް 2.5 ހާސްމިލިއަން ޑޮލަރު ހޭދަކުރަން ޖެހުނެވެ.
 

ފަސްވަނަ ހާދިސާ

ތެޔޮނެގުމަށް ބޭނުންކުރާ އަލްފާ ބޭސް ޕްލެޓްފޯމް

3.4 ހާސް މިލިއަން ޑޮލަރު




މިއީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ތަނެވެ. ދުވާލަކު 317000 ފީފާގެ ތެޔޮ މި ތަނުން އުފައްދަ އެވެ.  6  ޖުލައި  1988 ވަނަދުވަހު މި ބޭހުގެ ފަންނީމީހުން ގަވާއިދުގެ މަތިން އެ ތަން ސަރވިސްކުރި އެވެ. މި މަސައްކަތުގެ ތެރޭގައި 100ވަރަކަށް ބަންދު  ހުޅުވި އެވެ. އެއީ  ނުރައްކާތެރި ދިޔާ ގޭސްތައް ސާފުކުރުމަށްޓަކަ އެވެ. ނަމަވެސް އެމީހުންނަށް  ހެދުނު ކުށެއްގެ ސަބަބުން 2ގަޑިއެއްހާ އިރުގެ ތެރޭގައި މުޅި ޕްލެޓްފޯރމް ގައި ރޯވި އެވެ. މި ހާދިސާގައި މުޅި ޕްލެޓްފޯމް އަނދައިގެން ދިޔަ އެވެ. އަދި 167 މީހަކު މަރުވި އެވެ. މި ހާދިސާގެ ސަބަބުން އެ ކުންފުންޏަށް 3.4 ހާސްމިލިއަން ޑޮލަރުގެ ގެއްލުންލިބުނެވެ.

ހަތަރުވަނަ ހާދިސާ
ޖައްވީ އުޅަނދު ޗެލެންޖަރު ގޮވުން
5.5 ހާސް މިލިއަން ޑޮލަރު


 
 ޖައްވީ އުޅަނދު ޗެލެންޖަރު ގޮވާފައިވަނީ ބިމުން އުދުއްސައިގަތްތާ  73 ސިކުންތުގެ ތެރޭގަ އެވެ. 28  ޖެނުއަރީ 1986 ގައި ހިނގި  މި ހާދިސާ ހިނގައިފާ ވަނީ ފަންނީ ކުށެއްގެ ސަބަބުންނެވެ. މި ހާދިސާގައި ހަލާކުވި ތަންތަނާއި މެޝިންތަކާއި އުޅަނދު އަލުން ބަނުމަށްޓަކައި 5.5 ހާސްމިލިއަން ޑޮލަރު ޚަރަދުވި އެވެ.

ތިންވަނަ ހާދިސާ
ތެޔޮ އުފުލާ އުޅަނދު ޕްރިސްޓިޖް
12 ހާސްމިލިއަން ޑޮލަރު



2002 ވަނަ އަހަރު ހިނގި މި ހާދިސާ  ހިނގާފައިވަނީ ސްޕޭންގެ އައްސޭރިފަށުގަ އެވެ. 77ހާސް ޓަނުގެ ތެޔޮ އަރުވައިގެން ދަތުރުކުރި މި ބޯޓު ގެ ތެޔޮ ތާނގީއެއް ފަޅައިގެން ދިޔައީ ޠޫފާނެއްގެ ސަބަބުންނެވެ. ބޯޓުގެ ކެޕްޓަން އެހީއަށް އެދުމުން ފަރަންސޭސިވިލާތުންނާއި ސްޕޭނުންނާއި ޕޯޗްގީޒުން މި ބޯޓަށް އަމުރުކުރީ  އެ ޤައުމުތަކުގެ ގޮޑުދޮށްތައް ހަޑިވެދާނެތީ އައްސޭރިފަށާ ފޭވުމަށެވެ.  މި ޠޫފާނުގެ ސަބަބުން ބޯޓު ދެފަޅިވެ އަޑިއަށް ދިޔަ އެވެ. މި ހާދިސާގެ ސަބަބުން 12ހާސްމިލިއަން ޑޮލަރު ޚަރަދުކުރަން ޖެހުނެވެ.

ދެވަނަ ހާދިސާ

ޖައްވީ އުޅަނދު ކޮލަމްބިއާ

13 ހާސް މިލިއަން ޑޮލަރު




މި ޖައްވީ އުޅަނދު ގޮވައިފާވަނީ ބިމަށް އަނބުރާ އަންނަނިކޮށް ޓެކްސާސް މަތީ އޮއްވަ އެވެ. މި އުޅަނދު ގޮވީ ފިޔަގަނޑުގައި އެޅުނު ލޯވަޅެއްގެ ސަބަބުންނެވެ. މި ހާދިސާގެ އަގަކީ 13ހާސްމިލިއަން ޑޮލަރެވެ.

އެއްވަނަ ހާދިސާ
ޗަރްނޯބަލް އެޓަމިކް އުދުން
200ހާސް މިލިއަން ޑޮލަރު





މި ހާދިސާ ހިނގައިފާ ވަނީ 1986 ވަނަ އަހަރު ޔުކްރޭން ގަ އެވެ.  ޔުކްރޭންގެ މުޅި ސަރަހައްދުގެ ދެބައިކުޅައެއްބަޔަށް މި ހަދިސާގެ އަސަރު ފޯރި އެވެ. މި ހާދިސާ ހިނގި ސަރަޙައްދުގައި ދިރިއުޅުނުމީހުންގެ ތެރެއިން 1.7 މިލިއަންމީހުންގެ ޙަޔާތަށް މި ހާދިސާގެ ނުބައި އަސަރު ފޯރާފަައިވެ އެވެ. މި ހާދިސާގައި ސީދާ މަރުވިމީހުންގެ އަދަދަކީ 175ހާހެވެ. ޔުކްރޭންގެ މި އެޓަމިކް އުނދުނުގެ ކާރިސާގެ ގެއްލުންތަކުގެ މިންވަރަކީ 200ހާސްމިލިއަން ޑޮލަރުކަމަށް ލަފާކޮށްފައިވެ އެވެ.
----------------
(ނިމުނީ)


މި ލިޔުން؛

   ފޮނުވުން:   އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
   އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   ޝާއިޢުކުރުން:  ''          ''

 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ ހަމްދޫން, 2010-11-14 19:02:56
ޖަޕާންގެ ހީރޮޝިމާއާއި ނަގަޒާކީއަށް އެޓަމް ބޮން އެޅި ހާދިސާ ނުހިމެނޭތޯ؟
...
ލިޔުނީ mariyam sama, 2010-11-16 07:59:45
ya..hamdhoon ebunahen..hiroshi ma aa nagasaki ah dhin bomuge hamalaa aky mulhi dhuniye ah mashhooru hamalaa eh.adhives hiroshima gai e bomuge uranium ge asaru ebahuri..e hamalaa dhiny 1940 ge aharu thakuge therein aharaku..ehaathanun mihaathanah jehendhen hiroshima in e haadhisa ge gellun thah foobedhdhumah heydhavi faisaa ge adhadhu bodu vaane kamah lafaa kurevey..mee ves kiha bodu gellumeh thoa....
...
ލިޔުނީ އަބަންބަދީ, 2010-11-18 13:10:46
އަޅުގަނޑަށް މި ލިޔުމުން ވިސްނުނު ގޮތުގައި ލިޔުންތެރިޔާ ފާހަގަކޮށްފައި އެވަނީ ޙާދިސާތަކެއްގެ ވާހަކަ. އިނގިރޭސި ބަހުން މި ކިޔާ "އެކްސިޑެންޓް" ގެ މާނައިގައި. ހީރޯޝީމާ ބޮމުގެ ޢުދުވާނަކީ ގަސްތުގައި ދިން ހަމަލާއެއް. އެކްސިޑެންޓެއް ނޫން. އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުން ޢަރަބި ބަހުގައި ޙާދިސާ ކިޔައި އުޅޭ އެކްސިޑެންޓަށް. ދިވެހިބަހުގައި ބޭނުންކުރާ މާނަތަކަކީ ކޮބައިކަމެއް ނޭނގެ. ދުނިޔޭގައި ހިނގާ ހުރިހައިކަމަކަށް ހާދިސާ ކިޔާ އުސޫލުން ގުދުތަރަތީ ކާރިސާތަކަށް ވެސް ބައެއް ފަހަރު އެއީ ހާދިސާއެކޭ މީހުން ބުނެއުޅޭ. އެހެންކަމުން އެފަދަ ޝާމިލް މާނައެއްގައި "އަގުބޮޑު ހާދިސާ" ބަލަންވެއްޖެނަމަ، ސުނާމީ ވެސް އޮންނާނީ މަތީ ނަންބަރަކުން ޖާގަ ހޯދާފައި ދެއްތޮ؟
...
ލިޔުނީ ޒާހިދު, 2010-11-18 13:27:24

އެއްޗަކަށް ފާޑު ކިޔުމުގައި އޭގެ ހުރިހައި ކަންކޮޅަކަށް ބެލުން މުހިންމުކަމަށްފެނޭ.. ނޫންނަމަ، މާކަނައެއަކީ، ގުޑުގުޑާ ނޮޅިއެއްކަމަށް ބެލިދާނެ. އެކަމަކު އެއީ ހަމަ އެކަނި އޭގެ ކަރަށް ބަލައިފިނަމަ.

މި ލިޔުމުގައި ލިޔުންތެރިޔާ ވިދާޅުވެފައިވާ މި އަންނަ ޖުމުލަތަކުން ނެރެދެނީ ކޮންމާނަތަކެއްބާ؟ ހަމްދޫނު އެކުރައްވާ ސުވާލަށް ޖަވާބު ނުލިބޭބާ؟

''ބައެއް ހާދިސާތަކުގެ ގެއްލުން ވަރަށް ބޮޑެވެ. އަނެއްބައި ހާދިސާތަކުގެ ގެއްލުމުގެ މިންވަރު އަގުކުރަން ވެސް ނޭނގޭހާ ބޮޑެވެ. ބައެއް ހާދިސާތަކުގައި އެތައް އިންސާނުންނެއް މަރުވެ ފަނާވެފައިވެ އެވެ. ބޮޑެތި ރަށްތައް މުޅިންނެތިވެ ފުހެވިފައިވެ އެވެ.
ހަނގުރާމަތަކާއި ޤުދުރަތީ ބޮޑެތި ކާރިސާތަކާއި ޓެރަރިޒަމްގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަކީ އަގުކުރެވޭނެ އެއްޗެއްނޫނެވެ. މި ތާނގައި މި ދަންނަވާ ހާދިސާތަކަކީ އަގުކޮށް ބެލުނު ހާދިސާތަކުގެ ތެރެއިން އެންމެ އަގުބޮޑު 10 ހާދިސާ އެވެ. ''

ބައެއް ހާދިސާތަކުގެ އަގުކޮށް ބެލިފައި ނެތްވާހަކަ އެބަ ވިދާޅުވޭ.. ހަނގުރާމައިގެ ގެއްލުންތައް އޭގެތެރޭގައި އެބަ ހިމަނުއްވާ.. ހީރޯޝީމާގެ ހާދިސާއަކީ ހަނގުރާމައިގެ ހާދިސާއެއް ނޫންބާ؟ ހަމަ އެހެންމެ ލިޔުންތެރިޔާ އެ ވިދާޅުވަނީ މި ފާހަގަ ކޮށްލައްވަނީ އަގުކޮށް ބެލިފައިވާ އެންމެ ބޮޑު 10 ހާދިސާކަމަށް.. ވީމާ، މި އަށްވުރެ މާބޮޑެތި ހާދިސާތައް ހިނގައިފައިވާކަމާއި، އެކަންކަން އަގުކޮށް ބެލިފައި ނެތްކަން އެ އިބާރާތުން އެބަ ދޭހަވޭ..
މީދެން އަޅުގަނޑަށް ވިސްނުނުގޮތް.
...
ލިޔުނީ ibey, 2010-11-18 15:51:14
އަޅުގަނޑަށް ފާހަގަކުރެވުނު ކަމެއް ދަންނަވަންތޯއެވެ. ސުރުހީ " އެންމެ އަގުބޮޑު 10 ހާދިސާ" މިހެން ލިޔުއްވުމުގެ ބަދަލުގައި " އެންމެ ގެންލުން ބޮޑު 10 ހާދިސާ" ލިޔުއްވުން ކިހިނެއްވާނެތޯއެވެ. ބަސްފޮތުގައި " އަގުބޮޑު" މިބަހުގެ މާނައަށް ބެލުމުންވެސް މިލިޔުމުގައި ބޭނުންކުރައްވާފައިވާގޮތް އެންމެ ރަނގަޅުކަމަކަށް ނުފެނެއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2039
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone