ފަންވަތް އެނގޭތަ ދުނިޔޭގެ އެންމެ ބޮޑު 10 ކުތުބުޚާނާ
ބެލި ޢަދަދު: 1198
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ދުނިޔޭގެ އެންމެ ބޮޑު 10 ކުތުބުޚާނާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
އެނގޭތަ - އެނގޭތަ
30 ޖެނުވަރީ 2011، 01:16 އާދީއްތަ

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ފޮތަކީ ޢިލްމު އުނގެނުމަށާއި، އެހެންމީހުންގެ ތަޖްރިބާތައް ދަސްކުރުމަށްޓަކައި ލިބިފައިވާ އެންމެ ރަނގަޅު އެއްވަސީލަތެވެ. ޢިލްމުވެރިންގެ މިފަދަޢިލްމީ މަސައްކަތްތައް ހޯދުމަށްޓަކައި ދާންއޮތް އެންމެ ރަނގަޅު އެއްތަނަކީ ކުތުބުޚާނާ އެވެ. އަޅުގަނޑުމެންގެ ތެރޭގައިކުތުބުޚާނާތައް އަދިވެސް ވަރަަަށް މަދެވެ. އަދި މި ލައިބްރަރީތައް ވެސް ވަރަށް ފަގީރެވެ. މުސްލިމުންގެ ތެރޭގައި ވެސް މިއީ ނިސްބަތުން ވަރަށް މަދު އަދި ވަރަށް ފެންވަރު ދެރަކޮށް ހުރި ކުތުބުޚާނާ ތަކެކެވެ. ދުނިޔޭގެ އެންމެ މަޝްހޫރު 10ކުތުބުޚާނާ ގެ ތެރޭގައި އިސްލާމީޤައުމެއްގެ ލައިބްރަރީއެއް ނުހިމެނެއެވެ. ނަމަވެސް އިސްލާމީ ޙަޟާރަތުގެ ރަންޒަމާނުގައި ބަޣްދާދު ފަދަ ސަހަރުތަކުގައި ހުރި ލައިބްރަރީތަކަކީ އޭރުގެ ދުނިިޔޭގައި މަޝްހޫރު އަދި މުއްސަނދިި ލައިބްރަރީތަކެކެވެ.


1-    އެމެރިކާގެ ކޮންގްރެސް ލައިބްރަރީ

 

 
އެމެރިކާގެ ކޮންގްރެސް ލައިބްރަރީއަކީ މީލާދީން 1800 ވަނައަހަރު ޤާއިމުކުރެވުނު ކުތުބުޚާނާއެކެވެ. މިއީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ ބޮޑު ލައިބްރަރީ އެވެ. މި   ލައިބްރަރީގައި ހުރި ފޮތުގެ ޢަދަދަކީ 30 މިލިއަނެވެ.


2-     ސީނުކަރައިގެ ޤައުމީ ލައިބްރަރީ
(National Library of China)
 

ވެރިރަށް ބޭޖިންގ ގައި 1909 ވަނައަހަރު ޤާއިމުކުރެވުނު މި ކުތުބުޚާނާ އަކީ އެ ސަހަރުގެ މުހިއްމު މަލަތަކުގެ ތެރެއިން މަލައެކެވެ. މި ލައިބްރަރީގައި ހުރި ފޮތުގެ ޢަދަދަކީ 22 މިލިއަނެވެ.


3-  ރަޝިއަން އެކެޑަމީ އޮފް ސައެންސަސް  ލައިބްރަރީ
  (Library of the Russian Academy of Sciences)  

 
ރަޝިއަން އެކަޑަމީ އޮފް ސައެންސަސް ލައިބްރަރީ ހުންނަނީ ސޭން ޕީޓަރސްބަރގް ގަ އެވެ. މި ކުތުބުޚާނާ ބިނާކުރެވުނީ 1714 ވަނަ އަހަރު އެވެ. މި ލައިބްރަރީގައި ހުރި ފޮތުގެ ޢަދަދަކީ 20މިލިއަނެވެ.


4- ކެނެޑާގެ ޤައުމީ ލައިބްރަރީ
(National Library of Canada)



 
ކެނެޑާ ގެ ވެރިރަށް އޮޓާވާ ގައި ހުންނަ މި ކުތުބުޚާނާ ބިނާކުރެވުނީ 1953 ވަނައަހަރުގަ އެވެ. މި ލައިބްރަރީގައި ހުރި ފޮތުގެ ޢަދަދަކީ 18.8 މިލިއަނެވެ.


5-  ޖަރުމަނުގެ ޤައުމީ ލައިބްރަރީ
 (German National Library)



ސަރުކާރުގެ މިލްކެއްކަމުގައިވާ މި ކުތުބުޚާނާ ބިނާކޮށްފައިވަނީ  1990 ވަނައަހަރު ފްރޭންކްފަރޓް ސަހަރުގަ އެވެ. މި ލައިބްރަރީގައި ހުރި ފޮތުގެ ޢަދަދަކީ  18.5 މިލިޔަނެވެ.

6- އިނގިރޭސިވިލާތުގެ ލައިބްރަރީ  
 
(British Library)

 

އިނގިރޭސިވިލާތުގެ ލައިބްރަރީ ހުންނަ ޢިމާރަތަކީ ލަންޑަނުގެ އެންމެ ޤާދީމީ ޢިމާރާތްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. މި ލައިބްރަރީ ބިނާކުރެވުނީ 1753 ވަނައަހަރުގަ އެވެ. މި ކުތުބުޚާނާ ގައި ހުރި ފޮތުގެ ޢަދަދަކީ 16 މިލިއަނެވެ.


7- ރަޝާގެ އިންސްޓިޓިއުޓް ފޮރ ސައެންޓިފިކް އިންފޮރމޭޝަންގެ ލައިބްރަރީ
(Institute for Scientific Information)
 

ވެރިރަށް މޮސްކޯގެ މެދުތެރޭގައި ހުންނަ މި ކުތުބުޚާނާ ބިނާކުރެވުނީ  1969 ވަނައަހަރު އެވެ. މި ކުތުބުޚާނާ ގައި ހުރި ފޮތުގެ ޢަދަދަކީ  13.5 މިލިއަނެވެ.


8- ހާވަރޑް ޔުނިވަރސިޓީ ލައިބްރަރީ
(Harvard University Library)

 

ހާވަރޑް ޔުނިވަރސިޓީ ލައިބްރަރީ ގައި ހުރި ފޮތްތަކަކީ 1638 ވަނައަހަރުން ފެށިގެން އެއްކުރެވިފައިވާ ފޮތްތަކެކެވެ. އެމެރިކާގެ މެސަޗޯސެޓްސް ސްޓޭޓްގައި ހުންނަ ހާވަރޑް ޔުނިވަރސިޓީ ކުތުބުޚާނާ ގައި ހުރި ފޮތުގެ ޢަދަދަކީ  13.1 މިލިއަނެވެ.


9- ޔުކްރޭން ގެ ވަރނަޑްސްކީ ނޭޝްނަލް ސައެންޓިފިކް ލައިބްރަރީ 
 (Vernadsky National Scientific Library of Ukraine)

 

ވެރިރަށް ކިޔީފް ގައި ހުންނަ މި ކުތުބުޚާނާ  ބިނާކުރެވުނީ 1919  ގައެވެ. މި ކުތުބުޚާނާ ގައި ހުރި ފޮތުގެ ޢަދަދަކީ 13މިލިއަނެވެ.



10-  ނިވްޔޯރކް ޢާއްމު ލައިބްރަރީ
(Public Library of New York )
 


ނިވްޔޯރކް ގައި ހުންނަ މި ކުތުބުޚާނާ ބިނާކުރެވުނީ 1895 ވަނައަހަރުއެވެ. މި ލައިބްރަރީ ގައި ހުރި ފޮތުގެ ޢަދަދަކީ  11 މިލިއަނެވެ.

---------------
(ނިމުނީ)

މި ލިޔުން:

    ފޮނުވުން؛ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
    އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން: ''         ''


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ޔުމް, 2011-01-30 02:56:33
އެއްފަހަރު ކުތުބުޚާނާ އަނެއްފަހަރު ލައިބްރަރީ އޮތުމުން ކިޔަން އުނދަގޫ އުންމީދުކުރަން މިފަދަ ކަންތައްތައް ރަނގަޅު ކޮށްލާނެ ކަމަށް
...
ލިޔުނީ محمد آدم على, 2011-01-30 06:07:14
ވަރަށް ރަގަޅު މަޢްލޫމާތުތަކެއް ލިއްބައިދިން ލިޔުމެކެވެ. މިއަދުގެ މުސްލިމުން ފޮތް ކިޔުމަށް ވެފައިވާ އިހްމާލަކީ ދުނިޔަވީ ގޮތުން ބޮޑު ގެއްލުމެކެވެ. ދީނީ ގޮތުން އެއީ ފާފަ އަކާ ކައިރި ކުރާ ނުބައި ކަމެކެވެެ. މިކަމާ ހިތާމަ ކުރައްވަމުން ޢަރަބި ލިޔުންތެރިއަކު ވިދާޅުވެފައި ވެއެވެ. أمّــة "اقرأ" لا تقرأ މުރާދަކީ اقرأ "ފޮތް ކިޔާށޭ" މި އަމުރުފުޅުން މުޚާޠަބު ވެފައިވާ އުއްމަތަކީ މިއަދު ފޮތް ކިޔާ ބައެއް ނޫނެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. ވިސްނަވާށޭވެ! ޔޫރަޕް ގެ އެންމެ ޤައުމެއް ކަމަށް ވާ ގްރީސް (ނުވަތަ ދިވެހިން ކިޔާގޮތުން ނަމަ ގްރީކް) ގައި އަހަރަކު ޕަބްލިޝް ކުރެވޭ ފޮތުގެ ޢަދަދު މުޅި ޢަރަބި ދުނިޔޭގައި ޗާޕް ކުރެވި އަހަރަކު ޝާޢިޢު ކުރެވޭ ފޮތަށް ވުރެ ގިނައެވެ. ހުޅަނގުގެ ޤައުމުތަކުގައި ބަސް، ޓްރޭން އަދި ޓްރޭމް ފަދަ މުވާޞަލާތީ ވަސީލަތްތަކުގައާއި ރެސްޓޯރެންޓް ފަދަ ތަންތަނުގައާއި ޕަބްލިކް ލޯންޑްރީ ފަދަ ތަންތަނުގައި ފޮތް ކިޔަން ތިބުމަކީ ވަރަށް އާންމު ކަމެކެވެ. اقرأ ގެ އިލާހީ އަމުރުފުޅަށް އިހުމާލުވެގެން މުސްލިމުން މި ތިބޭ ތިބުމަކީ ކުރަން ހެޔޮވާނޭ ކަމެއްނޫނެވެ. ދެން އަނެއް ކަމަކީ ފޮތް ކިޔާ އިރުވެސް ދީން ޤަބޫލު ކުރާ އަދި ދުނިޔެއިން ފައިދާ ލިބިދޭ ފޮތް ކިޔުމަށެވެ. ރާއްޖޭގައި ފޮތް ކިޔާ މީހަކުވެސް ހީވާ ގޮތުން ގިނައިން ކިޔަނީ "މިލްސް އޭންޑް ބޫން" ގެ ބޭކާރު ޢިޝްޤީ ވާހަކަތަކެވެ.
...
ލިޔުނީ ހަސަނު, 2011-02-15 08:37:25
ވަރަށް މައުލޫމާތު ހަނިކޮށް ލިޔެވިފައިވާ ލިޔުމެއްކަން ފާހަނގަކުރެވޭ.. އިތުރަށް ތަހުލީލުކޮށް

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1198
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone