މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އަޙްމަދު - أحمد މި ނަންފުޅުން ރަމްޒުކޮށްދެނީ . . . . |
|
|
| އެނގޭތަ - އެނގޭތަ | |||
| 06 މާރޗް 2011، 01:09 އާދީއްތަ | |||
|
އަޙުމަދު ރަޝީދު "އަޙްމަދު" މި ނަމަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތް ކުރެވޭ އެހެން ނަންފުޅެކެވެ. އުޑުތަކުގެ މަލާއިކަތްބޭކަލުން ބޭނުންކުރައްވަނީ މި ނަންފުޅެވެ. މި ނަމުގެ މާނައަކީ ގިނަގިނައިން މާތްﷲ އަށް ޙަމްދުކުރާ މީހާއެވެ. މި ނަމަކީ ދުނިޔޭގައި އެންމެ ޢާއްމުކޮށް މީހުންނަށް ކިޔައިފައިވާ ނަންތަކުގެ ތެރޭގައި ގުނައިލެވޭ ނަމެކެވެ. އެމެރިކާގެ މުސްލިމުންގެ ކޮންމެ 1220 މުސްލިމެއްގެ ތެރެއިން 1000 މުސްލިމުންގެ ނަމުގެ ކުރިއަށް "އަޙްމަދު" ކިޔައިފައިވާކަން އެމެރިކާގައި ކުރެވުނު ދިރާސާއަކުން ދައްކައެވެ.އަޅުގަނޑު މި މަޒުމޫނު ލިޔަން ޤަޞްދުކުޅައީ ކޮންމެހެން އަޅުގަނޑަށް އަޙްމަދު ކިޔާތީ އެކަމާ ފަޚްރުވެރި ވެގެންނެއް ނޫނެވެ. މި މަޢުޟޫއަށް، ހިތުގައި އުފެދޭ ބައެއް ޝުޢޫރުތައް ހިންގައިލަން މަޖުބޫރުވީ މީގެ ދެމަހެއްހައި ދުވަސްކުރިން އިންޓަރނެޓްގެ އެކިއެކި ފަތްފުށްތައް ހާވަނިކޮށް ފެނުނު ފޮޓޯއަކާ ގުޅިގެންނެވެ. މަތީގައި އެވާ ފޮޓޯ ނުވަތަ ކުރެހުންފެނި، އެއިން އެ ރަމްޒުކޮށްދޭ ކަންކަމާމެދު ވިސްނައި ފިކުރުކޮށްލާ ކޮންމެފަހަރަކު މާތްﷲގެ ކުޅަދުންވަންތަކަމާއި އެކަލާންގެ މަތިވެރިކަން ހިތަށް ވެރިވެގެންދާ މިންވަރު ވަކިން ބޮޑަށް އިތުރުވެގެން ދާތީ އެވެ. އެހެންކަމުން މި ކުރެހުމުން ސިފަވެގެންދާ ކަންކަމާ ިމެދު ބައެއް މަޢުލޫމާތުތައް ޙިއްޞާ ކޮށްލާނަމެވެ. އިސްލާމްދީނުގެ މައިގަނޑު ތަނބުކަމުގައިވާ ފަރުޟު ފަސްނަމާދުގައި އަޅުގަނޑުމެން ތިބޭ ތިބުމާއިމެދު ވިސްނައި ފިކުރު ހިންގައިލަމާތޯއެވެ؟ އެންމެ ފުރަތަމަ ހަށަންބަނދެގެން ކޮޅަށް ތިބޭ ތިބުމާއި އިޢުތިދާލުގައި ހުންނަހުރުމެވެ. އަޅުގަނޑުމެން ކޮޅަށް ތިބޭހިނދު އެ މަޤާމުން ރަމްޒުކޮށްދެނީ أحمد މި ލަފުޒުގެ "އަލިފް" އެހެން ނޫންތޯއެވެ. ރުކޫޢުގައި އޮންނަ މަޤާމުން ރަމްޒުކޮށްދެނީ أحمد މި ލަފުޒުގެ "ޙާ" އެވެ. ސަޖިދައިގައި އޮންނަ މަޤާމުން ރަމްޒުކޮށްދެނީ أحمد މި ލަފުޒުގެ "މީމް" އެވެ. ދެސަޖިދަ ދެމެދުގަޔާއި އައްތަޙިއްޔާތަށް އިނުމުގެ މަޤާމުން ރަމްޒުކޮށްދެނީ أحمد މި ލަފުޒުގެ "ދާލް" އެވެ. މިދެންނެވި މަޤާމުތަކުގައި ހުންނަހުރުމާއި ތިބޭ ތިބުމުގެ ފޮޓޯތަކެއް ވަކިވަކިން ނަގައިގެން އެފޮޓޯގަނޑުތަކުގައި ހުންނަ މީހާގެ ސޫރަ ކަފައިގެން ނުވަތަ ފޮޓޯ އެޑިޓްކުރާ ސޮފްޓްވެއަރ އަކުން އެޑިޓްކޮށް ކައިރީގައި އަތުރާލުމުން މިދެންވިގޮތަށް أحمد މި ލަފުޒު ވަރަށް ރީތިކޮށް ސިފަވެގެންދާނެއެވެ. މިކަމުން ރަމްޒުކޮށްދެނީ އަޅުގަނޑުމެން ނަމާދުކުރުމުގައި ހޭދަކުރާ ވަގުތުތަކުގައިވެސް މާތްﷲ އަށް ޙަމްދު ކުރުންމަތީގައި ޖިސްމާނީގޮތުންނާއި ރޫޙާނީގޮތުން ވެސް ތިބެވޭކަމެވެ. އަދި މިނޫންވެސް މިފަދަ ކިތަންމެ ކަމެއް އިންސާނުންގެ ގުނަވަންތަކުންނާއި އެކަލާންގެ ޚަލްޤުކުރެއްވި އެކިއެކި މަޚްލޫޤްތަކުންގެ ފަރާތުން ފެނިގެންދާކަމެވެ. މާތްﷲގެ ކުޅަދުންވަންތަކަމާއި މަތިވެރިކަން އެހެންހުރިހައި ކަމަކަށްވުރެންވެސް ބޮޑެވެ. الله أكبر -------------- (ނިމުނީ) މި ލިޔުން ފޮނުވީ: އަލްފާޟިލު އަޙުމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިޔެއް) އަލުންބެލީ: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ޝާއިޢުކުރީ: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ މުޙައްމަދު މުސްލިމް ޙަސަން, 2011-03-06 02:42:54
މުޞްލިޙުގެ ޚިޔާލުފުޅަށް އިޙުތިރާމް ކުރުމާއެކު ދަންނަވަން ޖެހެނީ އެހެން ވާހަކައެކެވެ. ﷲ ގެ ކުޅަދުންވަންތަކާމަެދު ވިސްނައި ފިކުރަުކުރާ ކަމަށް ވާނަމަ ގިނަ ހެކިތަކާއި ގިނަ މުޢުޖިޒާ ފެންނާނެ އެވެ. އެހެންކަމުން ކުރިން އެނގިފައިނުވާ ނުވަތަ އަންގަވއިފައިނުވާ ހެތްކެއް ފެނިގެނ އެ ވާހަކަ ދެއްކުމުން އުފެދޭނެ އެއްވެސް ނުބައެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންވީމާ "އަޙުމަދު"ން ފެންނަ ޙަޤީޤަތްތަކާ މެދު ވާހަކަދެއްކުމުން އީމާންކަން އިތުރުވުން ނޫން ދެން ނުކުންނާނީ އެހެން ކޮން ނަތީޖާއެއް ބާވައެވެ؟؟؟؟ އަޅުގަނޑަކަށް ނުވިސްނުނެވެ. މި ލިޔުން ލިޔުއްވި އަޙުމަދު ރަޝީދުގެ އަރިހުން އަޅުގަނޑު އެދެނީ މިފަދަ އެހެން ލިޔުންތައްވެސް ހުށަހަޅުއްވައިދެއްވުމަށެވެ. މާތްﷲގެ ކުޅަދުންވަންތަކަމާއި މަތިވެރިކަން އެހެންހުރިހައި ކަމަކަށްވުރެން ވެސް ބޮޑެވެ. الله أكبر ....... އެފަދަ ލިޔުންތައްވެސް "ފަންވަތުން "ރިޖެކްޓް" ނުކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ.
...
ލިޔުނީ މިސާލު, 2011-03-06 11:14:29
އަޅުގަނޑަށް ފެންނަފެނުން ގޯސްވުމަކީ، އަސްލަށް ބަދަލު އަންނަން ވީކަމެއްކަމުގައި ނުދެކެމެވެ. އަސްލު އޭގެގޮތުގައި ހެއްކެއް ކަމަށް ފުދެއެވެ.
...
ލިޔުނީ ކިއުންތެރިއެއް, 2011-03-07 01:00:38
މިލިއުމުގައިވަނީ މުއުޖިޒާތެއް ނޫނެވެ. މިއީ ޢަރަބި މުލްޙިދުންނޭ ބަޔަކު ހަދަހަދައިގެން ފަތުރާ މުއުޖިޒާތްތަކެކެވެ. ބޭނުމަކީ އިސްލާމްދީނާމެދު މުސްލިމުންގެ ހިތުގައި ޝައްކު އުފެއްދުމެވެ. މިކަހަލަ ކަލިމައަކުން މުއުޖިޒާތެއް ހަދައިގެން އެމީހުން ދައްކައެވެ. ދެން މީހުން އެމުޢުޖިޒާތް ގަބޫލުކޮށް އިސްލާމީ ވެބްސައިޓްތަކާއި ފޯރަމްތަކުގައި ރަނގަޅަށް ވައިގައި ހިފީމާ އޭގެ އަނެއްކޮޅު ޝާއިޢުކުރެއެވެ. މުއުޖިޒާތެއްކަމުގައި ހަދައިގެން ދެއްކި ކަލިމައިން ނުބައި އެއްޗެއް ދޭހަވާނެހެންނެވެ. އެކްސެލުން ހެދި މުއުޖިޒާތެކޭ މިޔެކޭ ތަފާތެއް ނެތެވެ. މުސްލިމުންގެ ޒުވާންކުދިންގެ ޅަފިކުރުން މިފަދަ މުޢުޖިޒާތްތަކާމެދު ދެކެނީ ހެޔޮހިތުންނެވެ. ނަމަވެސް ފަރުދާގެ އަނެއްފަރާތުގައި އެހެން ކަންތައްގަނޑެއް އެބަހިނގައެވެ. މިއީ ޢަބްދުލްމުޢީދު ޙަސަންގެ ލިއުމެއް ކަމަށްވީނަމަ، މުސްލިޚުގެ ކޮމެންޓް ހާދަހާ ހަރުކަށިވީހެވެ. ކޮމެންޓްތައް ވެސް މިއަންނަނީ ވަރަށް ޒާތީކޮށްތާއެވެ.
...
ލިޔުނީ އިބްރާ, 2011-03-07 09:58:11
ލިޔުންތެރިޔާ ގެންއުޅުއްވާ ވިސްނުން ރަގަނޅުކަމަށް ފެނެއެވެ. ނަމަވެސް ފޮޓޯގައި "ދި ޕްރެޔާރ މޫވްސް ފްރޮމް ދި ނޭމް އޮފް ގްރޭޓް ޕްރޮފެޓް އަޙްމަދު" ލިފަޔަ އޮތީމަ އަސްލު މިކަންކުރި މީހުންގެ މަޤްސަދާމެދު ސުވާލު އުފެދިއްޖެއެވެ. އެބަޔަކު މީގެ މާނަޔަށް ބެލުމުގެ ބަދަލުގައި ރަސޫލާ (ސ.ވ) މިކަން ނިސްބަތް ކޮށްފަ ވާކަމަށް ވިސްނެއެވެ..އެހެންވީމަ މިފަދައިން ފެންނަ އެއްޗެއްސާ މެދު ރަނގަޅަށް ދިރާސާ ކުރުމަށް ފަހު މިފަދަ ލިޔުންތަށް ޝައިއުކުރެއްވުން އެދެމެވެ.
... ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2011-03-08 16:12:38
ނަމާދުގައި ފެންނަ ނަމާދުގެ ރުކުންތައް ނުވަތަ މައިގަނޑު ޙަރަކާތްތަކުން މިހަދާފައިވާ ފޮޓޯގައި ބައެއްބައި އުނިކޮށްފައި. އެހެނީ ނަމާދުގެ ރަކުޢަތެއްގައި ހިމެނޭ ޙަރަކާތްތަށް ތަރުތީބު ކުރާއިރު އެތަރުތީބު ކުރެވެންވަނީ އަންނަނިވި ފަދައިން. 1) ޤިޔާމް؛ 2) ރުކޫޢު؛ 3) އިޢްތިދާލް؛ 4) ސަޖިދަ؛ 5) ދެސަޖިދަ ދެމެދު އިނުން؛ 6) ސަޖިދަ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
މިޚިޔާލާއި ހިތުގައި ބުރަކަމެއް ނުބޭއްވުމަށް އެދި ދަންނަވަމެވެ.