މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އިސްލާމީ ފަންޑަމެންޓަ ލިސްޓެއް އަދި ޓެރަރިސްޓެއް |
|
|
| އެނގޭތަ - އެނގޭތަ | |||
| 28 ޖެނުވަރީ 2009، 20:17 ބުދަ | |||
|
ޝިފްޒާން އަޙްމަދު (ޒާން) ''ޓެރަރިސްޓު'' އަދި ''ފަންޑަމެންޓަލިސްޓް'' މި ދެނަމަކީ، މި އަދު މުސްލިމުންގެ ވާހަކަ ދެކެވޭ ކޮންމެ ތަނެއްގައި ދީނުގެ ޢަދާވަތްތެރިން ބޭނުންކުރާ ދެނަމެވެ. ބޭނުމަކީ މުސްލިމުންގެ ޝަޚްޞިއްޔަތު ހީނަރުކޮށް، މާތްވެގެންވާ އިސްލާމްދީނުގެ ޞޫރަ ހުތުރު ކޮށްލުމެވެ. އެހެންކަމުން، މި ކަމާގުޅިގެން ޑރ. ޒާކިރު ނާއިކަށް ދެންނެވުނު ސުވާލަށް އޭނާ ދެއްވާފައިވަނީ ވަރަށް އާދަޔާ ޚިލާފު ޖަވާބެކެވެ. ސުވާލު: މުސްލިމުންކުރެގިނަ ބަޔަކު ފަންޑަމެންޓަލިސްޓުންނާއި ޓެރަރިސްޓުންކަމުގައި ހިމެނެނީ ކީއްވެ؟؟ ޖަވާބު: މުސްލިމުންނާއި ސީދާގޮތުންނާއި ނުސީދާގޮތުން ކުރިމަތިކުރެވޭ ސުވާލެކެވެ. ސުވާލުކުރަން ޖެހޭ ސަބަބަކީ އިސްލާމްދީނާއި މުސްލިމުންނާއި ބެހޭގޮތުން ހުޅަނގުގެ ނުފޫޒުގަދަ މީޑިޔާއިން ފަތުރަމުންދާ ދޮގު މަޢުލޫމާތެވެ. އެކަމުގެ ސަބަބުން މުސްލިމުންނަކީ ޓެރަރިސްޓުންކަމުގައި ބެލެވެނީއެވެ. އަދި އެފަދަ ޙާލަތުގައި އިސްލާމީ "ފަންޑަމެންޓަލިޒަމް"ގެ ވާހަކަ އިވިވަޑައިގަންނަވާނެއެވެ. މިސާލަކަށް ދަންނަވާނަމަ އޮކްލަހޮމާގައި ހިނގި ބޮންގޮއްވުމުގެ ހާދިސާއެވެ. އެފަހަރުވެސް އާދައިގެމަތިން އެކަމަކީ މުސްލިމުން ކުރިކަމެއްކަމުގައި އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނަންފެށި އެވެ. އަދި އެޙަމަލާއަކީ މެދުއިރުމަތީގެ ރޭވުމެއްކަމުގައި ޞިފަކުރަމުންގެންދިޔައެވެ. އެހެންނަމަވެސް ފަހުން އެނގުނު ގޮތުގައި މިޖަރީމާ ހިންގީ އެމެރިކާގެ ލަޝްކަރުގައި ކުރިން އުޅުނު މީހެކެވެ. އެފަހަރުވެސް އިސްލާމީ ފަންޑަމެންޓަލިސްޓުންނޭ މީޑިޔާގައި ކިޔާތީ އަޑުއިވުނެވެ. އެހެންކަމުން މުސްލިމުންނަކީ ފަންޑަމެންޓަލިސްޓުންނޭ ބުނެވޭ ބަހުގެ މާނަ ދެނެގަންނަމާތޯއެވެ؟ "ފަންޑަމެންޓަލިސްޓު"އޭ ބުނެވާ ބަހުގެ މުރާދު: ފަންޑަމެންޓަލިސްޓަކީ އެމީހަކު ޤަބޫލުކުރާ ނަޡަރިއްޔާއެއް ނުވަތަ ދީނެއްގެ އަސާސީ ހަމަތަކަށް ކިޔަމަންވެގެން އުޅޭ މީހާއެވެ. ނުވަތަ ކަމެއްކުރަން އޮންނަ ގޮތަށް އެކަންކުރާ މީހާއެވެ. ރަނގަޅު ޑަކްޓަރަކަށް ވާންބޭނުންވާ މީހާ ޑަކްޓަރީ ދާއިރާގެ އެންމެ އަސާސީ ކަންތައްތައް ހިފަހައްޓައި އެކަންކަން ދަސްކުރަންޖެހޭނެއެވެ. އެހެންކަމުން ރަނގަޅު ޑަކްޓަރަކީ އޭނާގެ ދާއިރާގައި"ފަންޑަމެންޓަލިސްޓެ"ކެވެ. ހުރިހާ ފަންޑަމެންޓަލިސްޓުންގެ ޙުކުމް ހުރިހާ ފަންޑަމެންޓަލިސްޓުންނަކީ ރަނގަޅު ބައެއްކަމުގައި ނުވަތަ ނުބައި ބައެއްކަމުގައި ނުނިންމޭނެވެ. ނުބައި ރަނގަޅު ކަޑައަޅާނީ އެމީހަކު ފަންޑަމެންޓަލިސްޓަކަށްވާ ދާއިރާދެނެގަނެގެނެވެ. މިސާލަކަށް: ލޫޓުވުމުގައި ފަންޑަމެންޓަލިސްޓަކީ ރަނގަޅު މީހެއްނޫނެވެ. އެހެނީ އޭނާގެ ސަބަބުން ލިބެނީ ގެއްލުމެވެ. ކުރިމަތިވަނީ ދަތިކަމެވެ. އެކަމަކު ބޭސްވެރިކަމުގެ ދާއިރާގެ ފަންޑަމެންޓަލިސްޓަކީ ރަނގަޅު މީހެކެވެ. އެހެނީ އޭނާގެ ސަބަބުން ކުރަނީ ފައިދާއެވެ. ބަސްފޮތުގައި ފަންޑަމެންޓަލިޒަމް: މިދެންނެވުނު މާނައަކީ މަންޠިޤީ މާނައެކެވެ. ދެންއޮތީ ބަސްފޮތަފޮތުގައި މިބަހުގެ މާނަކަމަށް ބުނާމާނައެވެ. ވެބްސްޓަރގެ ބަސްފޮތުގައި ވާގޮތުން ފަންޑަމެންޓަލިޒަމްއަކީ 20ވަނަ ސައްތައިގައި އެމިރާގެ ޕްރެޓެސްޓެނިޒަމްއަށް ތަބާވާ މުޖުތަމަޢުގައި އުފެދުނު ޙަރަކާތަކަށްކިޔުނު ނަމެކެވެ. އެޙަރަކާތަކީ މަސީޙީދީން ޒަމާނަށް ފެއްތުމަށް ކުރެވުނު މަސައްކަތްތަކާ ދެކޮޅު ޙަރަކާތެކެވެ. އަދި އިންޖީލަކީ ނުވަތަ ބައިބަލްއަކީ މާތްﷲގެ ކަލާމްފުޅުކަމުގައި ފަންޑަމެންޓަލިސްޓުން ބުންޏެވެ. އެހެންކަމުން އެބަދަލުކުރުމަކީ ނުކުރެވޭނެ ކަމެއްކަމުގައި ބުނަމުންގެންދިޔައެވެ. އެހެންކަމުން ފަންޑަމެންޓަލިޒަމް ބޭނުންކުރެވުނީ މަސީޙީންގެ ތެރެއިން ބައިބަލްއަކީ މާތްﷲގެ ކަލާމްފުޅުކަމަށް ބުނިބަޔަކަށް ނިސްބަތްކޮށެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއްބަސްފޮތްކަމުގައިވާ އޮކްސްފޯޑް ޑިކްޝަނަރީގައި މިބަހުގެ މާނަލިޔެފައިވާގޮތް ދަންނަވާލާނަމެވެ. "ދީނެއްގެ އަޞްލު އުޞޫލުތަކުގައި ސާބިތުކަމާއެކު ހިފަހެއްޓުމެވެ. ޚާއްޞަކޮށް އިސްލާމްދީނުގެ އަޞްލުތަކުގައި ހިފަހެއްޓުމެވެ." އެހެންނަމަވެސް މިއަދު މީހަކު ފަންޑަމެންޓަލިސްޓެކޭ ބުނެވިއްޖެނަމަ ހީކުރަނީ އެބުނެވުނީ މުސްލިމް ޓެރަރިސްޓެއްގެ ވާހަކަ ކަމުގައެވެ. ޓެރަރިސްޓު އަދި ބަޠަލް: އިންޑިޔާގެ މައްޗަށް އިނގިރޭސީން ވެރިކަން ހިންގި ދުވަސްވަރު އެބައިމީހުންނާ ދެކޮޅަށް ތެދުވެ ހަނގުރާމަކުރި މީހުންނަކީ އިނގިރޭސީންނާއި އެމީހުންނަށް ވާގިވެރިވީ މީހުން ކުރިމަތީގައި ޓެރަރިސްޓުންނެވެ. އެހެންނަމަވެސް މިނިވަންކަން ލިބުމަށް އެދި އެދި ތިބި އިންޑިޔާމީހުންގެ ކުރިމަތީގައި އެމީހުންނަކީ ބަޠަލުންތަކެކެވެ. އެއްޢަމަލުތަކެއް ހިންގުމުން ދެވޭ ދެލަޤެބެކެވެ. ބަޠަލުގެ ލަޤަބާއި ޓެރަރިސްޓުގެ ލަޤަބެވެ. އިސްރާއީލު މީހުންގެ އަނިޔާއިން ފަލަސްޠީން މިންޖުކުރުމަށް މަސައްކަތްކުރުމުގެ ސަބަބުން ޙަމާސް ޓެރަރިސްޓު ޖަމްޢިއްޔާއެއްކަމުގައި އެމެރިކާއިން ބުނެއެވެ. އެކަމަކު ފަލަސްޠީނުގެ ރައްޔިތުންގެ ކުރިމަތީގައި ޙަމާސްއަކީ މިނިވަންކަމުގެ ރަމްޒެކެވެ. ކޮންމެ މުސްލިމަކީ ޓެރަރިސްޓެއްހެއްޔެވެ؟ ކޮންމެ މުސްލިމަކު ޓެެރަރިސްޓެއްކަމުގައި ވާންޖެހޭނެއެވެ؟ އެކަމަކު ކޮންކަމެއްގައި ހެއްޔެވެ؟ ޓެރަރިސްޓުގެ މާނައަކީ ބިރުގަންނަވާ މީހާއެވެ. ކޮންމެ މުސްލިމަކީވެސް ނުލަފާ މީހުންގެ ކުރިމަތީގައި ޓެރަރިސްޓެއްކަމުގައި ވާންޖެހޭނެއެވެ. ވައްކަންކުރާ މީހުންފަދަ ނުބައި މީހުންނަށް މުސްލިމުންނަކީ ޓެރަރިސްޓުންނެވެ. ބިރުވެރިބައެކެވެ. އެހެންނަމަވެސް ޢާންމު ފަރުދުންނަށް މުސްލިމުންނަކީ ޓެރަރިސްޓުންނެއްނޫނެވެ. މުސްލިމުންނެވެ. މުސްލިމްގެ މާނައަކީ ސަލާމަތްކަން ފޯރުކޮށްދޭމީހާއެވެ. އަމާންކަމުގެ ނިޝާނެކެވެ. ނިންމުން: އިސްލާމްދީނުގެ އަޞްލުތަކާއި އުޞޫލުތަކުގައި ހިފަހައްޓާ ކޮންމެ މީހަކީ "ފަންޑަމެންޓަލިސްޓެ"ކެވެ. އަދި އަމިއްލަ ދީނާއި ވަޠަނުގެ ދިފާޢުގައި ބަސްބުނާ ކޮންމެ މުސްލިމަކީ "ޓެރަރިސްޓެ"ކެވެ. އެހެންކަމަށް ވާނަމަ، އަޅުގަނޑަކީ އިސްލާމީ "ފަންޑަމެންޓަލިސްޓަ"ކީމެވެ. އަދި "ޓެރަރިސްޓަ"ކީމެވެ މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ އެޑިޓަރ, 2009-01-28 16:12:07
މިސައިޓް ރަނގަޅަށް ކިޔުމަށްޓަކައި Faruma ފޮންޓް އިންސްޓޯލް ކުރަންޖެހޭނެ. އެންމެމަތީ މެނޫއިން ޑައުންލޯޑްކުރަށްވާ. ނުވަތަ http://www.fanvai.info/downloa...i.info.ttf
...
ލިޔުނީ އެޑިޓަރު, 2009-01-28 16:29:19
ޝުކުރިއްޔާ އިޔާޒު! ތިޔަ ފާޅުކުރެއްވި ޚިޔާލާމެދު އަޅުގަނޑުމެން ގެންގުޅުނު ވިސްނުން ބަޔާން ކޮށްދޭ ލިޔުމެއް އިސްވެ ހިމެނިފައި ވެއްޖެއެވެ. އެ ލިޔުމުގައި އަޅުގަނޑުމެން ތިޔަ ނުކުތާގައި ބެލި ފަންނީ ގޮތް ބަޔާން ކުރެވިފައިވާނެއެވެ. ''ހޯދާ'' ގައި ޖައްސަވައިލައްވަނިކޮށް އެ ލިޔުން ފެނިވަޑައިގަންނަވާނެ އެވެ. ފަންވަތް ބައްލަވައި ލެއްވީތީ ޝުކުރުވެރިވަމެވެ.
...
ލިޔުނީ Abdul rasheed, 2009-01-31 05:05:25
a*slaam alikum
alhu ganduge khiyaalakee.. zaakir naik ge varah gina dbts eba huri e echehives migothah publish kurumee muslimun varah baynunvaane kameh. muslimun ge joash dheenaamedhuga aavaane kameh. dhen huri dbts thah ves miah vureh thafseel koh publish kurevidhaane dho?? alhu ganduge varah bodu edhemeh e,ee coz miraajjaygai mikaha echchehi nufennaathee muslimun dheenaa medhuga mi thibenee gaafil vefa, miskuthah araa meehun madhu. fathis namaadhuga thibenee 3 or 4 meehun. 100% muslimunna nuvaane egothah kanthah vanyaamu. dheenaamedhuga modah samaalukan dheegen, dheenaa dhekolhah kommeh meehaku kuraa kameh ves publish kurumakee v muhiimu kameh, meehaage name nubunyas ekan kurevidhaane. noontha.
...
ލިޔުނީ ayatollah, 2009-01-31 16:06:52
Dr.zakir naik ge debate tha shaairu kurun v.ran galhu vaane.Media in islaamunnaa behey gothun dhakkaa dhogu vaahaka thakaa be hey gothun eyna v.gina lecture dheefa vaane.misaalakah MEDIA WAR OR PEACE fadha lecture thakuge than than kolhu shaairu kurun rangalhu vaane.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|