ފަންވަތް އެނގޭތަ ޕައިރާނާ ފިޝް (މިނިކާ މަހެއް)
ބެލި ޢަދަދު: 1933
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ޕައިރާނާ ފިޝް (މިނިކާ މަހެއް) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
އެނގޭތަ - އެނގޭތަ
06 އެޕރީލް 2009، 01:03 ހޯމަ

ޝާކިރު

މިވައްތަރުގެ މަހަކީ މަސްމަހާމެއްސާއި ވެޔޮވެލާވެއްޔާއި ގަސްގަހާގެހި ކެއުމުގެ ގާބިލުކަން ލިބިފައިވާ މަހެކެވެ. މިއީ ސައުތު އެމެރިކާގެ ފެން ކޯރުތަކުގައި ދިރިއުޅޭ މަހެކެވެ. މި މަސް ޚާއްޞަވެގެންދަނީ މިމަހުގެ ތޫނު ދަތަކުގެ ސަބަބުންނާއި މަސްކެއުމަށް އޭގައި ހުންނަ ޝައުގުވެރި ކަމުންނެވެ. އެކަމަކު މިއީ، މަސް ޝިކާރަކޮށްގެން ކާ މަހެއް ނޫނެވެ. މަރުވެފައި ހުންނަ މަސްކައި ހަދާ މަހެކެވެ. މި މަހުގެ 38 ނުވަތަ 39 ވައްތަރުގެ ތަފާތު މަސް އުޅެއެވެ.

ޕައިރާނާ މަހެއް އާންމުކޮށް ބޮޑުވަނީ 15-25 ސީ އެމް (6-10 އިންޗި) އަށެވެ. މީގެ ބައެއް ވައްތަރުގެ މަސް މިއަށް ވުރެ ބޮޑުވެއެވެ. މިމަހުގެ އަނގައިގެ މަތީ ދަތްޕިލާގައާއި ތިރީ ދަތްޕިލާގައި އެއް ބަރިއަށް ތޫނުދަތްތަކެއް ހުރެއެވެ. މިދަތްތައް އެތުރިފައި ހުންނަނީ ކޮންމެ ދެދަތެއްގެ ދެމެދަށް ދަތެއް ފެތި ރަގަނޅަށް ހަމަޖެހި ދެދަތްޕިލާ ތަޅުވާ ގޮތަށެވެ. މިހެން ހުރުމުން މިމަސް ދަތްއަޅާތަނެއް ފަސޭހަކަމާއެކު ކަނޑާލައެވެ. ކޮންމެ ދަތެއްވެސް ހުންނަނީ ދަތުގެ ކުރި ތޫނުކޮށް ދަތުބުޑު ފުޅައުކޮށް ފަތިކޮށް ތިނެސް ކަނަށެވެ. ދަތްހުންނަނީ ތިލައެއްގައި މިޔަލެވިިފައި ހުންނަގޮތަށް އެޅިފައެވެ.

އާންމުކޮށް މަސްވެރިން ޕައިރާނާ ބާނައިގެން އާންމު މާރުކޭޓްގައި ވިއްކައެވެ. މިމަސް ކެއުމަށް ބޭނުންކުރެއެވެ. ޕައިރާނާ މަސް އުޅޭ ކޯރުކޯރުގައި އުޅޭ ދިރޭ އެއްޗިއްސަށާއި އެފަދަ ތަންތަނަށް އެރިއުޅޭ އިންސާނުންނަށް އެ ސޮރުމެން ޙަމަލަދެއެވެ.

ޕައިރާނާ މަހުގެ ގިނަވައްތަރުތައް އެކްއެރިއަމް ތަކުގައި ގެންގުޅެއެވެ. އާންމުކޮށް އެކްއޭރިއަމް ތަކުގައި ގެންގުޅެނީ ބަނޑުދޮށް ރަތްކުލައިގައި ހުންނަ ޕައިރާނާ މަހެވެ.

ޕައިރާނާ މަސް ދެއެތިން ދެއެތިން އުޅުމުގެ ބަދަލުގައި އުޅޭނީ ހަތަރެތިން ހަތަރެތިން ނުވަތަ އެއަށް ވުރެ ބޮޑުކޮށް ގުރޫޕް ހަދައިގެންނެވެ. މިގޮތަށް އުޅޭ އިރު މަހެއް ބަލިވެއްޖެނަމަ އެމަހެއް ދެންތިބި މަސްތައް ކާލައެވެ. މިމަހުގެ ތެރޭގައި އޭގެ އެކަތި އަނެކައްޗާ ތަޅާފޮޅުމަކީ ވަރަށް އާންމު ކަމެކެވެ. މިގޮތަށް އުޅޭ ޕައިރާނާ މަސްތަކުތެރޭގައި ދެލޯ ސަލާމަތުން ނުހުންނަ މަސް ގިނައިން ފެނެއެވެ. އެހަލާކުވެފައި ހުންނަ ލޮލަކީ އެވެރިންގެ ކޮންމެވެސް ތަޅާ ފޮޅުމެއްގައި ހަމަލާއަރާ ހަލާކުވެފައިވާ ލޮލެކެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ nux, 2009-04-06 17:01:24
nice article eh
i like this article
...
ލިޔުނީ ޕްރިންސަސް އޭންޖަލް , 2012-03-10 02:52:29
މީގައި ބުނާ ގޮތުގައި މި މަހަކީ ވަރަށް ބިރުވެރި އަދި ނުރައްކާ މަހެއް އެކަމަކު މަށަކަށް ވަކި ނުރަށްކަލެއް ނޫން.....

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1933
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone