ފަންވަތް އެނގޭތަ މަޝްހޫރު މީހުންގެ މަރު: ޖަވާބެއްނެތް ސުވާލު ތަކެއްގެ ތެރޭ!
ބެލި ޢަދަދު: 1778
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
މަޝްހޫރު މީހުންގެ މަރު: ޖަވާބެއްނެތް ސުވާލު ތަކެއްގެ ތެރޭ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
އެނގޭތަ - އެނގޭތަ
10 ޖުލައި 2009، 02:27 ހުކުރު

 ޝާކިރު

މައިކަލް ޖެކްސަން 2009 ޖޫން 25 ވަނަ ދުވަހު ކުއްލަިއަކަށް މަރުވުމާ ގުޅިގެން ދުނިޔޭގެ މީޑިއާގައި ތަފާތު ގޮތްގޮތަށް ވާހަކަތައް ލިޔެ ފަތުރަމުން ގެންދިއައެވެ. މިގޮތުން ދެކެވުނު ވަހަކަތައް ދިފާއުކުރަމުން ސިލްފާ ބަންސާލް ބެންގްލޯރ ޓައިމްސް ގައި ލިޔެފައިވެއެވެ.

ޕޮޕް އައިކަން މައިކަލް ޖެކްސަން، އިއްޔެ ވަޅުލައިފިއެވެ.  މައިކަލް ޖެކްސަންއަކީ އެމީހެއްގެ މަރުގައި ޖަވާބެއް ނެތް ސުވާލުތަކުން ފުރިފައިވާ ހަމައެކަނި މަޝްހޫރު މީހާއެއް ނޫނެވެ. ދަ ޓައިމްސް އޮފް އިންޑިއާ 8 ޖުލައި 2009 ގެ ބެންގަލޯރ ޓައިމްސް ގައި Shilpa Bansal ލިޔެފައިވެއެވެ.


2009 ޖުލައި 7 ވަނަ ދުވަހު މައިކަލް ޖެކްސަން ޕްރައިވެޓް ސެރަމަނީއެއްގައި ވަޅުލައިފިއެވެ. އޭގެ ކުރިން ކުއްލިއަކަށް އޭނާގެ ހިތް ހުއްޓި މަރުވި ސަބަބު ހޯދުމަށް ނިއުރޯޕެތުއޮލޮޖީ ޓެސްޓްކުރުމަށް އޭނާގެ ސިކުނޑި ވަނީ ނަގައިފައެވެ. މައިކަލް ޖެކްސަން ޖޫން 25 ވަނަ ދުވަހު ހިތްހުއްޓިގެން މަރުވުމުގައި ތަހުގީގުކުރާ މީހުނަށް ހަގީގަތް ހާމަކޮށް ނުދެވުނު ކަންތައްތަކެއް ވެއެވެ. ރިޕޯޓްތައް ބަޔާންކުރާގޮތުގައި މި މަޝްހޫރު ލަވަކިޔުން ތެރިޔާ މަރުވުމުގެ ދެގަޑިއިރު ކުރިން ބޭއްވި ރިހާސަލްގައި އޭނާގެ ހާލު މުޅިން ރަނގަޅެވެ. މިހެން ވުމުން އޭނާ (ޕޮޕް މިޔްޒިކްގެ ރަސްގެފާނު) ގެ މަރުގެ ކުއްލި ޚަބަރާއި ގުޅިގެން އެއްވެސް އަސްލެއްގެ މައްޗަށް ބިނާކުރުމެއްނެތި  ފެތުރިގެން ދިއަ ވާހަކައަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެގެން ދިއަވާހަކަތަކެއް ނޫނެވެ.

މިއަދާހަމައަށް މިފަދަ ހައިރާންކުރުވަނިވި ގޮތަކަށް މަރުވެފައިވާ މީހަކީ ހަމައެކަނި މައިކަލް ޖެކްސަނެއް ނޫނެވެ. މަޝްހޫރު އެތައްމީހަކާއި އެތައް ތަރިންނެއް ކުއްލިއަކަށް ހައިރާންކަންލިބި އަޖާއިބުވާގޮތަށް މަރުވެފައި ވެއެވެ.

އެގޮތުން؛

މެރިލީން މޮންރޯ Marilyn Monroe

އޮޓޯޕްސީ ޓެސްޓްއިން ދައްކަނީ ފިލްމީ ތަރި މާރިލީން މަރުވީ ޑްރަގް އޯވަރ ޑޯޒް ވެގެން ކަމަށެވެ. މިހެންވުމުން ނިންމީ އަމިއްލައަށް މަރުވީ ކަމަށެވެ. މި ފަތްމިނި ތަރި ލޯބީގެ ގުޅުމުން ގުޅިފައިވަނީ ޖޯން އަދި ބޮބީ ކެންޑީ އާއެވެ. ގިނަ މީހުން މެރިލީންގެ މަރާއި ގުޅުވީ މިކަންތަކާއެވެ. ޖޯން އެފް. ކެނެޑީގެ ސިޔާސީ މުޝީރު ލޯބީގެ ގުޅުމެއް ބޭއްވިކަމަކަށް އެއްބަހެއް ނުވެއެވެ. އެކަންތަކުން މީހުން ހީކުރީ ޕްރެޒިޑެންޓްގެ ސިޔާސީ ހަޔާތަށް ވިރާނާކަމެއް އަންނާނޭކަމެއް ކަމުގައެވެ. މެރިލީންގެ މަރުގައި އެތައް އުދަގޫ ވިސަނައިގަންނަން ދަތިކަންތައްތަކެއް ހިނގާފައިވެއެވެ. މެރިލިނީ އަމިއްލައަށް މަރުވިއިރު ސުއިސައިޑް ނޯޓެއް ނުލިޔުނީ ކީއްވެ ހެއްޔެވެ؟ ފަހަރެއްގައި ވެސް ކޭސް ރަޖިސްޓަރީ ކޮށްފައި ނުވަނީ ކީއްވެ ހެއްޔެވެ؟  މެރިލީންގެ އާދައިގައި ކަންތައްކުރާގޮތާ ތަފާތުކޮށް އެރޭގައި ކަންތައް ކޮށްފައިވަނީ ކީއްވެ ހެއްޔެވެ؟





ބުރޫސް ލީ Bruce Lee

ފިލްމީ ތަރި ބުރޫސް ލީ މަރުވި ދުވަހު އޭނާވަނީ އެނާގެ އަންހެނުންނާއި ޑިރެކްޓަރާއި އޭނާ ކުޅެން އޮތް ފިލްމު 'ދަ ގޭމް އޮފް ޑެތު' އާއި  ބެހޭގޮތުން ވާހަކަދައްކާ ފައެވެ. އޮޓޮޕްސީ ރިޕޯޓްގައި ލީ މަރުވި ސަބަބުކަމަށް ރަސްމީގޮތުން ލިޔެފައިވަނީ ސެރެބްރަލް އެޑީމާ ނުވަތަ ސިކުނޑި ދުޅަވުން ކަމުގައެވެ. ފަހަރެއްގެ މިހެންދިމާވީ އެދުވަހު ލީ ބޭނުންކުރި ޕެއިން ކިލަރ ގެ ސަބަބުން ވެދާނެ ކަމެއްކަމުގައެވެ. އެކަމަކު އިތުރަށް ހޯދި ހޯދުންތަކުން އެނގުނީ ލީ މަރުވީ އެޕްލިޓިކް ހާލަތުގައި ކަމެވެ. މިކަން ފުރަތަމަ އެނގުނީ ލީ   މަރުވިތާ 20 އަހަރު ފަހުންނެވެ. އެކަމަކު ގިނަބަޔަކު ލީ ގެ މަރު ބަލައިގަތީ،  ލީ މަރުވީ ނުބައި ރޫހެއް ގެ ސަބަބުން ކަމުގައެވެ. އަދި ބުރޫސް ލީގެ ދަރިފުޅު ބްރޭންޑަން ލީ ވެސް ޒުވާންކަމުގައި މަރުވީ އެހެންވެގެން ކަމުގައެވެ.




އެލްވިސް ޕްރެސްލީ Elvis Presly

މަޝްހޫރު ލަވަކިއުން ތެރިޔާ އެލްވިސް ގެ މަރުވެފައިވާ ހަށިގަނޑު އެލްވިސް ގެ ލޯބިވެރިޔާ ޖިންޖަރ އޯލްޑިން އަށް ފެނުނީ އެލްވިސް ފެންވަރާކޮޓަރީންނެވެ. އެލްވިސްގެ ހަށިގަނޑު ފެނުނުއިރު އޭނާ މަރުވެފައި އޮންނަތާ ކިތަންމެ އިރެއް ވެދާނެކަމަށް ބުނެއެވެ. އެލްވިސް އޭނާގެ އާދައިގެ މަތިން ނިދާ ވަގުތު ނިދާކަށް ނުދެއެވެ. އެލްވިސްގެ އޮޓޯޕްސީ ހެދި ޝެލްބީ ކައުންޓީގެ ޗީފް މެޑިކަލް އެގްޒާމިނަރ ޑރ.ޖޯން ފްރޭންސިސްކޯ ބުނެފައިވާކަމަށް ރެކޯޑްކުރެވިފައިވަނީ އެލްވިސް މަރުވީ މެންދުރުން އަނބުރާ 3:30 ގައި ކަމަށާއި އެލްވިސް މަރުވީ ކްރޯނަރީ އެރިތިމިއާ ގައި ކަމަށެވެ. އެކަމަކު ނޫހުގައި ލިޔެފައިވަނީ އެލްވިސް މަރުވިކަމަށް ދީފައިވާ ގަޑިއަކީ އެލްވިސްގެ ބަސްދީގަތުން އެމީހުން ރެކޯޑް ކުރި ގަޑިކަމުގައެވެ. ނޫހުގައި ބަސްދީގަތުމުގެެ ސުރުޚީ އަށް ދީފައިވާ ނަމަކީ "އިންޓަރވިޔު އާފްޓަރ ޑެތު" އެވެ.




ޖޭމްސް ޑީން James Dean

ފިލްމީ ތަރި ޖޭމްސް ޑީން މަރުވީ 24 ގައި ދުއްވާފައި ދަނިކޮށް މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައެވެ. ޖޭމްސް މަރުވުމަށްފަހު އެ އެކްސިޑެންޓު އަލުން އުފައްދާ ތަމްސީލު ކުރުމަށްފަހު އެކަމުގެ މާހިރުން ބުނީ އެ ވަރުގެ ކުޑަ އެކްސިޑެންޓެއްގައި މީހަކު މަރުނުވާނެ ކަމަށެވެ. އެބައިމީހުން ނިންމީ ހަގީގީ އެކުސިޑެންޓް ވަނީ ރާވައިފައި ކަމުގައެވެ.



ކާޓް ކޯބައިން Kurt Cobain

ދަ ނިރުވާނާ ގެ ލީޑް ސިންގަރ ކާޓް މަރުވީ 27 އަހަރު ގައެވެ. އޮޓޯޕްސީ ހެދުމުން އެގުނީ ލަވަކިޔުންތެރިއާ ކާޓް މަރުވީ ޑްރަގް އޯވަރ ޑޯޒްވެގެން ކަމެވެ. ފުލުހުން ބުނަނީ އެމީހުންނަށް ކާޓް ގެ ހަށިގަނޑު ބުލެޓް އިން ޒަޚަމް ވެފައި ހުއްޓާ ފެނުނު ކަމަށެވެ.







ޕްރިިންސަސް ޑަޔާނާ Princess Diana

ޕްރިންސަސް ޑަޔާނާ އަވާހަރަވީ ކާރު އެކްސިޑެންޓެއް ގައެވެ. އޭގެ އެއް އަހަރުފަހުން ޑަޔާނާގެ ޑްރައިވަރ ޢަޖާއިބު ކުރަނިވި ގޮތަކަށް މަރުވެފައި ވެއެވެ. މެރިލީން މޮންރޯ ގެ ކޭސް ގޮތަށް ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ވެއެވެ. އެކަމަނާގެ ކާރުކޮޅުގެ ކޮމްޕިއުޓަރގެ ޗިޕް އަށް ވީ ކިހިނެއް ހެއްޔެވެ؟ އެކްސިޑެންޓް ވީތާ ހަފުތާއެއްވީއިރު ކާރުވީ ކޮންތަނެއްގައި ހެއްޔެވެ؟ ކުންފުނިން ކާރުގައި މައްސަލައެއް ހުރިތޯބެލުމަށް ކަމާބެހޭ ފަރާތްތަކުން ހުއްދަނުދިނީ ކީއްވެގެން ހެއްޔެވެ؟





ހީތު ލެޖަރ Heath Ledger

ފިލްމީ ތަރި ހީތު މަރުވީ 28 އަހަރުގައެވެ. އެކަމަކު އޭނާގެ އޮޓޯޕްސީ އިން ނަތީޖާއެއް ނުނެރެވުނެވެ. ފުލުހުން ބުނަނީ ހީތު މަރުވެފައިވާ ކަމަށް ލަފާކުރެވެނީ ޕްރެސްކްރިޕްޝަންގަައިވާ ޑްރަގް (ބޭސް) ބޭނުން ކުރަން ހުއްދަ ކޮށްފައިވާ ވަރަށްވުރެއް އިތުރަށް ބޭނުން ކޮށްގެން ކަމުގައެވެ. އެކަމަކު ހީތުގެ އެޕާޓްމަންޓްއިން ބޭސް އަޅާފައިވާ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.
 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ ހައިރާން , 2009-07-10 15:24:58
އަޅުގަނޑަށް މި މަޒުމޫނު ވެގެން ދިޔައީ ވަރަށް އިބްރަތްތެރި މަޒުމޫނަކަށް. ސަބަބަކީ، މަޝްހޫރު ވަރަށްގިނަ މީހުންގެ ދިރިއުޅުމާ މެދު ބައެއް މިހުން ހީކުރޭ. އެފަދަ މީހަކަށް މަ ވެސް ވާނެ ނަމައޭ. ޚާއްޞަކޮށް މިޔުޒިކު ކުޅުމާއި ފިލްމުކުޅުން ފަދަ ބަދު އަޚުލާޤީ އަމަލުތައް ފަތުރައި މުޖުތަމަޢު ފަސާދަ ކުރާމީހުން ދެކެ ބައެއް މީހުންނަށް ވަރަށް ލޯބި ވެވޭ.. އެ ފަދަ މީހުން އެ ނުބައި ހުތުރު އަމަލުތައް ރީތި ކަންތައްތަކުގެ ގޮތުގައި ބަލައިގަނެވޭ.. މި މަޒުނޫނުން އެނގުނީ އެފަދަ މީހުންގެ ވެސް އަސްލު ހާލު.. ހުރި ނިކަމެތިކަން..، ގިނަ މީހުން މަރުވެފައި އެހެރީ ކޮކަޑިކައިގެން މަރު މީދާ ހިކަނދި މަރުވާގޮތަށް..
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2009-07-10 15:30:07

މި ލިޔުމުން އަޅުގަނޑުގެ ހިތުގައި މައިގަނޑު ދެ ޚިޔާލެއް އުފަން ކުރުވި އެވެ.

1- މި ފަދަ މީހުންނަކީ ހަގީގަތުގައި ހާދަ ނިކަމެތި ބައެކެވެ. އަމިއްލަޔަށް މަރުވުމާއި އޯވަޑޯޒުވުމުން އެނގެނީ އެފަދަ މީހުންވަނީ ނުތަނަ ވަސްކަމާއި ހާސްކަމުގެ ހުރަގެއެއްގައި ހަފުސްވެފައިކަމެވެ. ކަލާނގެ އޯގާވަންތަކަމަށް އެދެން ނޭނގުމުން އަމިއްލަޔަށް ނިކަމެތި ކަމާއެކު ފަނާވެގެން ދަނީ އެވެ. އަބާއްޖަވެރިކަމާއި ފުރެދުންތެރިކަމުގެ ތެރޭގަ އެވެ. އެހެންކަމުން އެމީހުންނަކީ، ބަޔަކު ލޯބިކޮށް، ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭވަރުގެ ބައެއް ނޫނެވެ.

2- މަޝްހޫރު މީހުންގެ މަރުވެސް މަޝްހޫރު ވަނީ އެވެ. މަޝްހޫރު ނުވެ މީހަކު، ކިތަންމެ ނިކަމެތި ހާލުގައި މަރުވިޔަސް، އެކަން ދެކޭނެ ލޮލެއް އަހާނެ ކަންފަތެއް، ލިޔާނެ ގަލަމެއް، މޫވީ ކޮށް ފޮޓޯ ނަގާނެ ކެމެރާއެއް ނެތީ އެވެ.
...
ލިޔުނީ އަބްދުﷲ, 2009-07-11 15:25:50
އަޅުގަނޑު ހަދާންނަށް އައީ މީގެ ދެތިން އަހަރެއްހާ ދުވަސް ކުރިން ދަރުމަ މަޖައްލާގައި ލިޔެފައިވާ ލިޔުމެއްމަތިން. އެލިޔުމުގައި މިއުޒިކު ކުޅޭ ވަރަށްގިނަ ފާނާނުންގެ މަރުގެ ޚާދިޠާތަށް ލިޔެފައިވޭ. މިޔަދު
...
ލިޔުނީ ސަމީޢު, 2009-07-11 15:39:00
ވަރަށް ރަނގަޅު ލިޔުމެއް އާދަން ނަޞީރުގެ ކޮމެންޓްވެސް ވަރަށް ފާހަގަކޮއްވެވޭ ވަރަށް ޢިލްމީ އަދިހާސަކޮން 2ވަނަ ޕެރެގުރާފު ގައި ވިދާޅުވެފައި އެވާ ވާހަކަތަކެވެ.
އެކަމަކު ކުރާނީ ކީތްތޯއެވެ. މިހާރު އުޅޭ ގިނަކުދިން ދެކެނީ ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު އުފަލަކީ މަސްހޫރުވުން ކަމަށެވެ. ވީމައި މީސްތަކުން މަސްހޫރު ވުމަށްޓަކައި ހަރާމެއް ހަލާލެއް ބެލުމެއްނެތި ރެއާއި ދުވާލު ކުރެވުނުހައި މަސަތްކަތެއް ކުރެއެވެ. މިހެން އުޅެނިކޮން މަސްހޫރުވުމުން އެކަމުގެ ހުރި ވޭން އިހްސާސް ކުރެވެއެވެ. އުފާ ހޯދުމަށްޓަކައި ކުރަމުން އައި ތފާހިސް އަމަލުތަކާއި ކޮންމެވެސް ވަރަކަށް ދުރުވަންޖެއެވެ. ނުވަތަ ދުރުވުމަށް މަޖުބޫރުވެއެވެ. އެހިސާބުން އެމީހުންގެ ހަޔާތުގެ ހިއްދަތިސަފުހާތައް ފެށެއެވެ. މަސްހޫރުވުމުން ޕުރައވެސީއޭ މިކިޔާއެތި ގެއްލުމުން ދެން އެކުވެރިޔަކަށް ވަނީ ޑުރަގެވެ. (މިކަމުގެ ހައްލު އޮތީ އާދަންނަސީރުގެ [މެންދަމެއްގެ އަރާމު] ޅެމުގައެވެ)

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1778
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone