ފަންމާފާނު |
ފަންމާފާނު
''ފަންމާފާނު'' މި ބަހަކީ، މި ސައިޓުގެ ނަމާގުޅުވައިގެން އުފައްދާފައިވާ ބަހެކެވެ. ފަންމާފާނުން ގަސްތުކުރެވޭ މާނައަކީ، ސައިޓުގައި ހިމެނޭ ލިޔުންތަކުގައި އެކުލެވިގެންވާ ތަދު ބަސްބަހުގެ މާނަ ޖަމާކުރެވިފައިވާ ފަންވަތުގެ ޚަޒާނާއެވެ. ނަން އުފެއްދުމުގައި ފިކުރު ނަގައިފައިވަނީ، ލޯމާފާނު، އެކުމާފާނު މި ނަންނަމުންނެވެ.
ފަންމާފާނުގައި ބަސްބަހުގެ މާނަ ގެނެސް ދިނުމުގައި ދިވެހި ބަހުގެ ރަސްމީ ބަސްފޮތާއި ތަފާތުކަމެއް ހުރެދާނެއެވެ. ސަބަބަކީ، ބަސް ފޮތުގައި ހިމެނޭ ބައެއް ބަސްބަހުގެ މާނަ ބުނެދިނުމަށް ގެނެވިފައިވާ ޢިބާރާތްތަކުގައި ހިމެނޭ ބައެއް ލަފުޒުތަކުގެ މާނަވެސް މިޒަމާނުގެ ބައެއް ކުދީންނަށް ދެނެގަންނަން ދަތިކަމަށް ފެންނާތީއެވެ. ޚާއްޞަކޮށް ބޯދާ ބަސްބަހެވެ. އެހެންކަމުން ފަންވަތުގެ މަޤުޞަދަކީ، ދިވިެހި ބަހުގެ ރަސްމީ ބަސްފޮތުގެ އެހީލިބިގަނެގެން، އެ ފޮތް އަސްލަކަށް ބަލައިގެން، ފަންމާފާނު މެދުވެރިކޮށް ބައެއް ބަސްބަހުގެ އިތުރު ދޭހަ ގެނެސްދިނުމެވެ.
އިތުރު ތަފްސީލު
|