ފަންވަތް
ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (9) ޕްރިންޓް އީމެއިލް
ދިވެހި - ތިމާވެށި
30 ޖުލައި 2010، 00:05 ހުކުރު

ބިންމާ އިބްރާހީމް ވަޙީދު

24 ޖުލައި(ހޮނިހިރު) އާ ގުޅޭ.....

ހިތްހަމަޖެހިގެން ދިރިއުޅުމަށްޓަކައި، ކާނާ އަކީ ކިހާ މުހިންމު އެއްޗެއްކަން އެންމެންނަށް އެނގެ އެވެ. އެކަމަކު، ކަސްރަތާ މެދު އެހާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. ގިނަ ފަހަރަށް، ކަސްރަތަކީ، ވަގުތު ބޭކާރުވުމުން ކުރާ ކަމަކަށް އޮންނަނީ ވެފަ އެވެ. ކަސްރަތުކުރަން ވަގުތު ހުސްކުރުމަކީ ކުރެވޭވަރުގެ ކަމަކަށްނުވެ އެވެ. ވަގުތު ހުސްކުރެވުމުން ވެސް، އެ ވަގުތުކޮޅުގަ ވެސް ކުރެވެން އުޅެނީ އެހެން ކަމެކެވެ. ރައްޓެއްސަކާ އެކުގައި ކޮފީއަކަށް ދިޔުމެވެ. ނުވަތަ ވަޒީފާއިން ސަލާމަތް ނުވެވުމެވެ. ނިދިއައިސްގެން ޖައްސާލެވުމެވެ.
އިތުރަށް...
 
ކަނޑުގެރިޔާ ހަމަލާ ދެވޭނީ ހިތްވަރުގަދަމީހުންނަށެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
29 ޖުލައި 2010، 00:05 ބުރާސްފަތި

ލިޔުނީ: އަޙްމަދު ޙުސައިން

މީލާދީ ސަނަތުން ހާހާއި ނުވަސަތޭކަ ނުވަދިހައިގެ ކުރީކޮޅެވެ. އެ ދުވަސްވަރު ތިލަދުންމަތިން ފުރައިގެން މާލެ ދެވޭނީ އެއް ރޭ ނައިފަރުގައި ޖައްސާފައި އަނެއް ރެއަށެވެ. މިގޮތްމަތިން އެ އަތޮޅުގެ ބައިހެޔޮ ރަށަކުން މާލެދާން ފުރި ބައްތެއްޔަށް ދަތުރުވެރިއެއްގެގޮތުން އެރި ޒުވާނަކުހުއްޓެވެ. އެކަމަކު އޮޑީ މީހުންނާ ހުންނަ ގާތްކަމަކުންވެސް ތޯޗެކޭ... ފަޅުވެރިއެކޭ މީނާއެކޭ ބައްތެލީ ތެރޭގައި ތަފާތެއްނެތެވެ. ހެނދުނުފަތިހާ ފުރައިގެން ހަރުގަންނަވާފައި ދުއްވިއިރުވެސް.... އިރުއޮއްސި މޫނުއަނދިރިކަން ނުކެނޑެނީސް ނައިފަރު ފަޅަށްވަދެ އޮޑި އެޅުނީ ހަމަ ކިރިޔާއެވެ.
އިތުރަށް...
 
1431 ވަނައަހަރުގެ ރަމަޟާންމަހުގެ ހަނދު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދީން - ދިރާސާ
28 ޖުލައި 2010، 01:33 ބުދަ

އިބްރާހީމު ރަޝީދު މޫސާ


ހަނދުބެލުމާ ބެހޭ އިސްލާމީ  މަޝްރޫޢު ބުނާގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ ހުޅެވިހަނދާބެހޭގޮތުން އެ އިދާރާއިންކުރި ދިރާސަތައް ދައްކާ ގޮތުގައި އިސްލާމީ ގިނަޤައުމުތަކަށް މިއަހަރުގެ ޝަޢުބާންމަހުގެ އެއްވަނަދުވަސް ވެފައިވަނީ ޖުލައިމަހުގެ 13ވީ އަންގާރަދުވަހެވެ. އެހެންކަމުން ރަމަޟާންމަހަށް ހަނދުބެލުން އޮންނާނީ އޮގަސްޓްމަހުގެ  10 ވާ އަންގާރަދުވަހުއެވެ.
އިތުރަށް...
 
ޙާފިޡުގެ 15 ވަނަ ޣަޒަލު ޕްރިންޓް އީމެއިލް
ދިވެހި - ވަޒަންބަހުރުވަ
27 ޖުލައި 2010، 20:22 އަންގާރަ

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1. ވަޔާއޭ މެންދަމަށް މިޖެހޭ،  ކޮބައިހެ؟ ހަނދާ  މަގޭ މަޢުޝޫޤު،
            މަށަށް  ބުނެދީބަލާށެ ތިބާ  މަ ދާންވީ  މަންޒިލާ،  މާ މަގު.

2. މިވާދީގައި ބިރެއް ނެތަކަސް، އަމާން ތަނަކަށް މިތަން ވިޔަކަސް،
            ނެތޭ ޠޫރުގެ މަތީ  ނޫރެއް  އެނގޭނޭ ހެން  އަރާ  އުދަރެސް.
އިތުރަށް...
 
ޢިއްޒަތްތެރި މެހުމާނަކާއެކު މުޙާވަރާއެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދީން - ސުއާލާއި ޖަވާބު
26 ޖުލައި 2010، 23:52 ހޯމަ

ޢަބްދުލްމުޢީދު ޙަސަން


އައްސަލާމު ޢަލައިކުމް ވަރަޙުމަތު ﷲ ވަބަރަކާތުހް.
ވަޢަލައިކުމުއް ސަލާމް ވަރަޙުމަތު ﷲ ވަބަރަކާތުހް.


ތިޔައީ ކާކުހެއްޔެވެ؟

އަހުރެންނަކީ ތިޔަބައިމީހުންގެ ގާތަށް އައުމަށްފަހު އެނބުރިދާ މެހުމާނެކެވެ.
ތިޔަބައިމީހުންނާއެކު ކުޑަ ދުވަސްކޮޅެއް ހޭދަކޮށްލުމަށް އަންނަ ދަތުރުވެރިއެކެވެ.
އިތުރަށް...
 
ހިޔަރަކާތުގެ ބައެއް ބިދުޢަތައް ޕްރިންޓް އީމެއިލް
އެނގޭތަ - އެނގޭތަ
26 ޖުލައި 2010، 19:50 ހޯމަ

ޢަބްދުލްމުޢީދު ޙަސަން


ޝަޢުބާން މަސް ދެބައިވާ ރޭގައި ބައެއް މުސްލިމުން ކުރާ ނަމާދެއް ވެ އެވެ. އެ ނަމާދަށް ދިވެހިން ކިޔައިއުޅެނީ ހިޔަރަކާތް ނަމާދެވެ. ހިޔަރަކާތް އުފެދިފައިވަނީ ހިޔައާއި ރަކާތުންނެވެ. ހިޔައަކީ "ނުވަދިހަ ހަޔެއް" އެވެ. ރަކާތަކީ "ރަކުޢަތް" އެވެ. އެހެންވީމާ ހިޔަރަކާތުގެ މާނައަކީ، ނުވަދިހަ ހަ ރަކުޢަތެވެ. މިނަމާމެދު ވިސްނާލާއިރު، މިނަން އުފެދިފައިވަނީ، ހިސާބުގެ ދިހަ ވަޅުގެ ނިޒާމު ދިވެހިންގެ ތެރޭގައި ޢާއްމުވުމުގެ ކުރިން ކަމަށް
އިތުރަށް...
 
ފަރުޟު ރޯދަ ޤަޟާނުކުރެވެނީސް މަރުވި މީހާގެ ރޯދަ ޕްރިންޓް އީމެއިލް
ދީން - ފަތުވާ
26 ޖުލައި 2010، 19:01 ހޯމަ

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ސުވާލު:

އަޅުގަނޑުގެ މަންމަ ބަލިވެއުޅުމުގެ ސަބަބުން ރަމަޟާން މަހު އަށްދުވަހު ރޯދަ ނުހިފަ އެވެ. އަދި ރަމަޟާން މަސް ނިމުނުތާ ތިން މަސްދުވަސް ވީފަހުން މަންމަ ނިޔާވެއްޖެ އެވެ.

ފަހެ، މަންމަގެ ބަދަލުގައި އަޅުގަނޑު އަށްދުވަހު ރޯދަހިފަން ޖެހޭނެތޯ އެވެ؟
އިތުރަށް...
 
ޖާހިލުންނަށް ފަހުމުވާ ގޮތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
26 ޖުލައި 2010، 11:38 ހޯމަ

ޢަބްދުލްމުޢީދު ޙަސަން


ޖާހިލުންނަށް ދޭހަވާ ގޮތް ބުނެދޭ ވާހަކައެއްގައިވެ އެވެ.

ރަމަޟާންމަހު ދުވާލު، އަޢުރާބީއަކު މޭބިސްކަދުރު ކޯންޏެއް ކާން ހުއްޓާ ފެނުނު މީހަކު އެ އަޢުރާބީއަށް ބުންޏެވެ.

"މިއީ ރަމަޟާންމަސް ކަން ތިބާއަށް ނޭނގެނީ ހެއްޔެވެ؟"

އަޢުރާބީ ބުންޏެވެ.
"ނޫނެކެވެ. ރޭ ހާރުކައިގެން މަވެސް ރޯދަހިފީ ތިކަން އެނގޭތީތާ އެވެ!"
އިތުރަށް...
 
މިނިވަން خيال ގެ ވާހަކަ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
26 ޖުލައި 2010، 00:59 ހޯމަ

އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލު

"وادي الجهالة" އެވެ ކިޔުނު ވާދީގައި އާދަމުގެދަރީންގެބައަކު ދިރިއުޅޭތާ އެތަކެއްހާސް އަހަރުވެއްޖެއެވެ. މާޒީއާއި އެކުވެގެން އެތަކެއްސަތޭކަ قرن ފާއިތުވެގެން ހިނގައްޖެއެވެ. އެތާނގެ އަހުލުވެރީން ވޭތިކުރަމުންގެންދާ حياة އަކީ ހަމަހިމޭންކަމާއި އަމާންކަމުގެ حياة އެކެވެ.

ވާދީގެ ވަށައިގެން ހަތަރުފަރާތުން އުޑަށް ސަލާމްގޮވޭ ހިސާބަށް އުސްވެފައިވަނީ، ބޮޑެތި ހިލަފަރުބަދަތަކެކެވެ. "ماضي" ގެ ފަރުބަދަތަކުގެ މަތީގައިވާ منبع އަކުން ދެމިގެން ވާދީގެ މެދުން، ވަރަށް ހަނިމަގަކުން އެދާ ފެންކޯރަކީ، معرفة ގެ ކޯރެވެ. އެކޯރުގެ ފެންގަނޑުގޮސް އޮހެނީ، مستقبل ގެ خبر ނޭނގޭ ފުންކަނޑަށެވެ.
އިތުރަށް...
 
މިދިވެހި ޤައުމާއި މިދިވެހި އުންމަތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
25 ޖުލައި 2010، 18:00 އާދީއްތަ
dhivehi dhidha

ލިޔުނީ: އަޙްމަދު އަޖްމަލް ޙާމިދު

ޤައުމަކީ ކޮބައިތޯ؟

އާއްމު ބަސްމަގުގައި ޤައުމަކީ ސިޔާސީ ގޮތުން ވަކިވަކި ދައުލަތްތަކެވެ. ޖޯޣްރަފީ މުޞްޠަލަޙުގައި ޤައުމަކީ ސިޔާސީ ގޮތުން ބައިވެފައިވާ ވަކި ބިމުގެ ނުވަތަ ޖޯޣްރަފީ ސަރަޙައްދެކެވެ. މިމާނައިގައި ޤައުމެއް ޤައުމުއްގެ ގޮތުގައި އޮތުމަށް ބޭނުންވާ އަސާސަކީ ސިޔާސީ ގޮތުން މިނިވަންވެފައިވާ ވެރިކަމަކާއި ބަޔާންވެގެން، އިންކަނޑައެޅިފައިވާ ސަރަޙައްދެކެވެ. ދިވެހި ބަސްފޮތުގައި "ޤައުމު"، މިލަފުޒުގެ މާނަޔެއް ނެތްކަން މިރުފުޞަތުގައި ފާހަގަކޮށްލަމެވެ. މަތީގައިވާ ތަޢުރީފުތަކަކީ ވިކިޕީޑިޔާއިން ނެގިފައިވާ ތަޢުރީފުތަކެކެވެ.
އިތުރަށް...
 
ލޯބީގެ ދަތުރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
25 ޖުލައި 2010، 00:18 އާދީއްތަ

އަޙްމަދު މުޖުތަބާ

ފެނިގެން ކަލާ ކުރިއޭ އަސަރު، ފުރިހަމަކަމެއް ނެތުމުން ތިވަރު
             މިހިތުން ފިލާގޮސް ބައު ދަބަރު، ލޯބިން ދެލޯ ވެއްޖޭ  އަވަރު

ލިބިފާ ނުވޭ މަށަކަށް ޚަބަރު، ދުނިޔޭގެ ވާކަން ފުރިހަމަ ތިވަރު   
             ލިބިފާ ތިވާ ބޮޑުކަން ފަރަގު، ފެނުމުން ކަތުން ކުރެޔޭ ފިކުރު.
 
އިތުރަށް...
 
ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (8) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
24 ޖުލައި 2010، 00:40 ހޮނިހިރު

ބިންމާ އިބްރާހީމް ވަޙީދު

05 ޖުލައި(ހޯމަ) އާ ގުޅޭ.....

ހިތްހަމަޖެހިގެން ދިރިއުޅުމަށްޓަކައި، ހައިނުކޮށް ކަސްރަތުކުރުމާއި، ކެއުންބުއިން ކޮންޓްރޯލުކުރުމާއި އަދި ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެންނަންޖެހޭ ބަދަލުގެ އިތުރުން ވެސް ބައެއް ކަންތައް ކުރަންޖެހެއެވެ. އޭގެތެރޭގައި، ކުރިން ބުނިހެން، ތިމާގެ މިޒާޖު ހަރުދަނާ ކުރުމާއި، ބުއްދީގެ އަހުލުވެރިއަކަށް ވުމާއި، ކެރިގެން ކުރިމަތިލުން ހިމެނެ އެވެ. އެ ކަންތައްތައް ފުރިހަމަވުމުން، ހަރޮށި ދިރިއުޅުމެއް ލިބުމުގެ އިތުރަށް، ދިރިއުޅުމުގައި ތިމާ އަކީ ކާމިޔާބު އިންސާނަކަށް ވާނެ އެވެ. ހިތްހަމަޖެހޭނެ އެވެ. ސިކުނޑި އަށް އަރާމު ވެސް ލިބޭނެ އެވެ. ތިމާގެ ހިތްވަރަކީ، ހަޔާތުގެ ފަސްގަނޑުގައި އިންދޭ އޮށެކެވެ. މުސްތަޤުބަލުގައި އެ އޮށުން، ކާމިޔާބުގެ އާރުލާ ކުރިތައް ފަޅައި، އެ ކުރިތަކުން ހިތްހަމަޖެހުމުގެ ގޮފިތައް ނުކުމެ، އެ ގޮފިތަކުގައި އުފާވެރިކަމުގެ ފޮނި މޭވާ އަޅާނެ އެވެ.
އިތުރަށް...
 
ބަރުބާދުވީ ލޯބީގެ ދުނިޔެ (1) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
24 ޖުލައި 2010، 00:02 ހޮނިހިރު

ތާނަކުރީ: މުޙަންމަދު ޝާހިދު ޙަލީމް (1987)


ކުޑަކުޑަ ޖުމުލައެއް އިންސާނާގެ ދިރިއުޅުމަށް ކިހައި ވިހައެއް ލައިފާނެކަން ފަރީއަށް ލަފާކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެއީ އެ ޖުމުލަ ބުނީ ވެސް އޭނާ ކަމަށް ނުވާ ހިނދުގައެވެ. އަދި ކީއް ހެއްޔެވެ؟ އެ ޖުމުލަ އިވުމުން ވެސް ކުޑަކުއްޖަކަށް ލިބޭ ކަހަލަ އުފަލެއް އިޙްސާސްކޮށްފައި އޭނާ ހިމޭންވެފައި ވާ ހިނދުގައެވެ.
ފަސް އަހަރު ކުރިއެވެ. ޒުވާން ކޮންމެ އަންހެން ކުއްޖެކޭ އެއްފަދައިން އޭނާ އުންމީދުތަކާއި އެދުންތަކުގެ ފާލިކީ ޒީނަތްތެރިކޮށްގެން ޖަމާލުގެ އަލަތު އަތްނބަކަށް ވިއެވެ. އޭނާ އަލަތު އަތްނބެއްގެ ގޮތުގައި ޒީނަތްތެރިވެގެން އިންދައި ފެނިފައި އެންމެން ތާރީފުކުރިއެވެ.
އިތުރަށް...
 
30 ވަނަ އަރަތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
މުނިފޫހި - އަރަތް
23 ޖުލައި 2010، 11:13 ހުކުރު

ޢަބްދުލްމުޢީދު ޙަސަން


އެއް ކަމެއްގައި ތަފާތު އެތައް ގޮތަކަށް ޢަމަލުކުރެވޭނެ މަގު މާތްވެގެންވާ އިސްލާމްދީނުގައި ލައްވާފައިވެ އެވެ. އެކަމަކީ، މި މާތް ދީނުގެ ތަނަވަސްކަން ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ.

މިއަރަތުގައި ގެނެސް ދީފައި ވާނީ، އެއް ކަމެއް ކުރި ފަސް މީހެއްގެ ވާހަކަ އެވެ. ނަމަވެސް އެ ފަސް މީހުންގެ މައްޗަށް އޮތީ އެއް ޙުކުމެއް ނޫނެވެ. އެއިން ކޮންމެ މީހެއްގެ ޙާލަތު ތަފާތުވުމުން އެމީހެއްގެ މައްޗަށް އޮތް ޙުކުމް ތަފާތުވެފައިވެ އެވެ.
އިތުރަށް...
 
ތައުބާ ނަމާދު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދީން - ފަތުވާ
22 ޖުލައި 2010، 15:06 ބުރާސްފަތި

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ސުވާލު

ތައުބާ ނަމާދުކުރާނީ ކިހިނަކުންތޯ އެވެ؟ އެ ނަމާދުގައިވަނީ ކިތައް ރަކުޢަތްތޯ އެވެ؟ އަދި ޢަޞްރު ނަމާދަށްފަހު އެ ނަމާދު ކުރެވިދާނެތޯ އެވެ؟


ޖަވާބު

މާތް ﷲ ގެ ޙަޟުރަތަށް ޙަމްދު ހުށްޓެވެ. އެކަލާނގެ މި އުންމަތަށް ލައްވާފައިވާ އެންމެ ބޮޑު އެއް ރަޙުމަތަކީ، ތައުބާވުމުގެ ދޮރު މިއުންމަތަށް ހުޅުވާލައްވާފައިވާ ކަމެވެ. ނޭވާހޮޅިޔާ ހަމަޔަށް ފުރާނަ ވާޞިލުވެއްޖައުމަށް ދާންދެން ނުވަތަ ހުޅަނގުފަރާތުން އިރު އަރައްޖައުމަށް ދާންދެން ތައުބާގެ ދޮރު ބަންދެއް ނުވާނެ އެވެ.
އިތުރަށް...
 
ތައުބާވުމުގެ ފައިދާތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދީން - ދިރާސާ
21 ޖުލައި 2010، 02:58 ބުދަ

ޢަބްދުލްމުޢީދު ޙަސަން


މާތް ﷲ ، އާދަމުގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ޚަލްޤުކުރައްވާފައިވަނީ، ފާފަކުރާ ބަޔެއްގެ ގޮތުގަ އެވެ. މިކަން އޮޅުންފިލާ ޙަދީޘްފުޅެއްގައިވެ އެވެ.

(كُلُّ ابْنِ آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ)

ރިވާކުރެއްވީ އައްތިރުމިޛީ އާއި އިބްނު މާޖާ.
މާނައީ، "ކޮންމެ އާދަމުގެދަރިޔަކީ ފާފަވެރިއެކެވެ. އަދި ފާފަވެރިންގެ
އިތުރަށް...
 
ދުނިޔެވަނީ އިންތިޒާރުގައެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދީން - ދިރާސާ
21 ޖުލައި 2010، 00:45 ބުދަ

ޢަބްދުﷲ ފާރޫޤު ޙަސަން

    އާރނަލްޑް ޖޭ.ޓޮއިންބީއަކީ މަޝްހޫރު އިނގިރޭސި މުއައްރިޚެކެވެ. އޭނާ ލިޔުއްވި ފޮތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްފޮތަކީ، ތަހުޒީބުގެ އިމްތިޙާން (Civilization in Trial, London 1948) އެވެ. މުޞަންނިފް ވިދާޅުވާގޮތުގައި، އޭނާ ލިޔުއްވި 263 ޞަފްޙާގެ މިފޮތަކީ، އިންސާނާގެ މިހާރާއި، އޭނާގެ ކުރިމަގާމެދު މުއައްރިޚަކު ދެކޭގޮތް ހާމަކޮށްދޭ ފޮތެކެވެ.

    މި ފޮތުގައި މުޞަންނިފް ލިޔުއްވައިފައިވާ ވާހަކަތަކުގެ ތެރޭގައި ވެއެވެ.
އިތުރަށް...
 
އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (16) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދުނިޔެ - ދުނިޔެ
20 ޖުލައި 2010، 00:06 އަންގާރަ

އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައ
ް
29 މާރޗް (ހޯމަ ) އާ ގުޅޭ....

8 ވަނަ ބާބު – އިންތިފާޟާއާއި އޭގެ ނަތީޖާތައް (ށ)


އިންތިފާޟާ ފެށިގެން އައީ ޕީއެލްއޯގެ އެއްވެސް ކަހަލަ އަތެއް ނެތިއެވެ. އިންތިފާޟާގެ ޙަރަކާތްތައް ރާވައި ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ސަރަޙައްދުގައި ތިބި ފަލަސްޠީނީންގެ ތެރެއިން ބައެކެވެ. އިންތިފާޟާގެ ކަންތައް އިންތިޒާމު ކުރުމަށްޓަކައި "ޔުނައިޓެޑް ނެޝަނަލް ލީޑަރޝިޕް އޮފް ދި އަޕްރައިޒިންގ" ގެ ނަމުގައި އެބައިމީހުން ޖަމާޢަތެއް ކަހަލަ ޙަރަކާތެއްވެސް ހިންގަން ފެށިއެވެ. ނަމަވެސް މާ ލަސްތަކެއް ނުވެ ޕީއެލްއޯގެ ޒައީމް ޔާސިރު ޢަރަފާތު މި ދެންނެވި އިންތިފާޟާގެ ލީޑަރުންނާ ގުޅުން އުފައްދަވައި ޕީއެލްއޯގެ ދަށަށް އެބައިމީހުން ގެންނެވިއެވެ.
އިތުރަށް...
 
ޙައްޖާޖާއި ރޯދަވެރިޔާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
19 ޖުލައި 2010، 21:55 ހޯމަ

ޢަބްދުލްމުޢީދު ޙަސަން


ވަރަށް ހޫނުގަދަ ދުވަހެއްގައި ޙައްޖާޖު ބިން ޔޫސުފާ އެކު މެންދުރު ކެއުމުގައި ބައިވެރިވާނެ ފަޤީރަކު ހޯދައިދިނުމަށް އޭނާ އެދިވަޑައިގަތެވެ. ދެން އޭނާގެ ޚާދިމުން ފަޤީރަކު ފެނޭތޯ ހޯދަމުން ދަނިކޮށް ފެނުނު ފަޤީރު އަޢުރާބީންގެ މީހަކު އޭނާގެ އަރިހަށް ގެންދިޔަ އެވެ. (އަޢުރާބީންނަކީ ޢަރަބިކަރައިގެ ރަށްފުށު މީހުންނެވެ.) ޙައްޖާޖާއި އެ އަޢުރާބީއާ ދެމެދުގައި
އިތުރަށް...
 
ޝަޢުބާން މަހުގެ ފަހު ދެ ދުވަހު ރޯދަހިފުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދީން - ފިޤުހު
18 ޖުލައި 2010، 21:14 އާދީއްތަ

ޢަބްދުލްމުޢީދު ޙަސަން


ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަޞްޙާބު ބޭކަލަކާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިކަމަށް ރިވާވެފައިވެ އެވެ.

(أَصُمْتَ مِنْ سَرَرِ شَعْبَانَ)
ރިވާކުރެއްވީ މުސްލިމު.

މާނައީ، "ޝައުބާން މަހުގެ ސަރަރުގެ ތެރެއިން ދުވަސްތަކެއްގައި ކަލޭގެފާނު ރޯދަހިއްޕެވިންތޯ އެވެ؟"
އިތުރަށް...
 


ސަފްހާ 1 ގެ 66
މިދިވެހި ޤައުމާއި މިދިވެހި އުންމަތް
" ކަލާނގެ ސަފުން ......." މިބައިތަކީ، ޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ބައިތެއް ނޫނެވެ. އެއީ އަލްފާޟިލް ޢަބްދުﷲ ޞ...
30 ވަނަ އަރަތް
ފުރަތަމަ މީހަކީ މީހަކު މަރައިފައި ހުރި މީހެއް ދެވަނަ މީހަކީ މީހަކާ އިނޤެންއުޅޭ މީހެއް ތިންވަނަ މީހަކީ މީހަܮ..
ޙައްޖާޖާއި ރޯދަވެރިޔާ
މި އައުރާބީކަލޭގެޔަކީ ހާދަ ޙާޟިރީ ޖަވާބަށް ވަރުގަދަ މީހެކޭ ދޯ!! ﷲ އިރާދަ ކުރެއްވިއްޔާ ފުރިހަމަ މުސްލިމުންގܮ..
ބަރުބާދުވީ ލޯބީގެ ދުނިޔެ (1)
އަޅުގަނޑު ވަރަށް ކުޑައިރު މި ނަން ކިޔާ ވާހަކައެއް ކީން. އެކަމަކު މިހާރު އޭގަ ވާގޮތެއް އެއްގޮތަކަށް ވެސް ހަނܮ..
1431 ވަނައަހަރުގެ ރަމަޟާންމަހުގެ ހަނދު
" އާރޖެންޓީނާގެ ޤުރްޠުބާ" މީ މިމަޒްމޫނުގެ ސަބަބުން އަޅުގަނޑަށް އަލަށް އެނގުނު މަޢުމޫމާތެކެވެ. މިހާތަނަށް އަ...
އަރަތް 2: ކުކުޅު ބެހުން
Seventeen cannot be divided equally between 3 people because it is a prime number. A prime cannot be divided by any number other than itself and 1. So he took 1 chicken with him and added it to 17 ch...
އަޅުގަނޑުގެ ނަޒަރުން ... ބައެއް އަދަބީބަސް (3)
mi basthakaa ehkoh kuru haadhisaa eh genessa oi nama varah furihama vees hen heevany
އަރަތް 11: ބަރުވާނީ ކޮންއެއްޗެއް؟
Barudhan vaanee ehvareh tonne is the measurement of ma*s of two objects. Ma*s is the amount of matter in an object. Having 1 tonne means both have got same amount of matter. Weight of an object depe...
އަރަތް 8: ހަތަރުވަނަ ދަރިފުޅުގެ ނަމަކީ ކޮބާ؟
konmves dhuvahaku heyanboa gaves mikahala ratheh fonuvi. varah majaa aratheh. javaabaki Ahmaday
އަރަތް 23
furathama dhuvas : 5 -4 = 1 dhevana dhuvas : furathama dhuvagu erunee 1 footasheve. Ehenveema (5+1)-4 =2 Thinvana dhuvas: (5+2)-4= 3 Furathama dhuvahu erenee 1 footasheve. Dhevana dhuvahu 2 footashe...
ޕާޓީ
Is it real
އަރަތް 13: ކިތައް މީހުން؟
It is a tricky one . My answer is 12. U can try my method and find out if I made any mistake. What u can do is copy the two pictures separately and paste it on Microsoft word. Place the picture with ...
އިންޓަރނެޓް
this is a very good one
30 ވަނަ އަރަތް
އަޅުގަނޑު މި އަރަތަށް ޖަވާބު ދިނިން. އެކަމަކު ޖަވާބު ޚިޔާލު ތަކުގެ ތެރެއިން ނުފެނޭ. އެއީ ކީއްވެގެންތޯ؟
އަރަތް - 20
hijuree thaareekh mathin handhaan nuvaathy kamah fennany rangalhu javaabu nudhevigen ulheny smiley
30 ވަނަ އަރަތް
(އޭގެތެރެއިން ފުރަތަމަ މީހާގެ މައްޗަށް ވާޖިބުވީ ޤަތުލުކުރުމެވެ.) މިމީހާއަކީ ކާފިރެކެވެ. (ދެވަނަ މީހާގެ މައްܮ..
ދޮންބަންޑާރައިންގެ ޖިހާދު
ވަރަށް ފުރިހަމަ ޅެމެއް.....ޅެންވެރިކަމުގެ ހަމަތަކަށްވެސް ވަރަށް ރަނގަޅަށް ފެތޭ.....
ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (8)
v gina vanavaru libih'je
ބަހުގެ ބަނޑުގާ - ކީއްކުރާ އެއްޗެއް؟
ރާނާ އިރު އަޅާ ބަނޑު ގަލަކީ ސިމެންތި ނުވަތަ އުވަ ހަރަދު ކުޑަކުރަން އަޅާއެއްޗެއް!!! އެކަމަކު ބަހަށް ބަޑުގާ އެܮ..
ވިގަނި
nt bad ingey..ekam vaahaka adhi ninimey kanneynge dhn oi bai liyun nama v reethi vaane

މިވަގުތު ފަންވަތުގައި

މިވަގުތު 70 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300703
free counters