ފަންވަތް
ބެލި ޢަދަދު: 5486
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ޙާފިޡުގެ ފުރަތަމަ ޣަޒަލު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
19 ނޮވެމްބަރ 2008، 15:16 ބުދަ


ދިވެހި ބަހަށް ތަރުޖަމާކުރީ: ޢަބްދުލްމުޢީދު ޙަސަން

1. ޝަރާބުގެ އާރަކުން ސާޤީ މަށަށް ކޫޒެއް އަޅައި ދެއްޗޭ!
                 އެއަށްވާ ޝައުޤަކުން ވަޖިދުވެ މަވީތީ ލަސްނުކޮށް ދެއްޗޭ!

2. އިހަށް ކައިރީގަވީ ޢިޝްޤީގެ މަންޒިލު މާދުރަށް ދިއުމުން،
                 ހިތަށް މިލިބުނު ތަދަށް ފަރުވާ، ތަފާތެއް ނެތި މަށަށް ދެއްޗޭ!


3. ޖެހޭ ހެނދުނުގެ ނަޔާ ވައިރޯޅިޔާ އެކުގައި ޚަބަރު އައުމަށް،
                 އަދައި އުންމީދުތައް ކުރި ބީވުމުން ފިޔަވަޅު އެޅޭ ކައްޗޭ!

4. "މަޖޫސީ ޝޭޚު" ދަނެޔޭ ތެދުމަގާ ދުނިޔޭގެ ހަމަ ލަމަތައް،
                 ހަޖޫ ނުކިޔާ، ބުނެފިނަމަ، "ޖާމަކުން" ތަޤުޥާ ފަވާލައްޗޭ!

5. އުދާހުގެ ފުން ކަނޑެއްގެ ތެރޭ، ނަގާ ހޮޅި ރާޅުތަކުގެ ތެރޭ،
                 މިދާހާ ރޭތަކެއް ދާއިރު، ޢިތާބުގެ ހިލަ ނުއެއްލައްޗޭ!

6. އަމާން ބައްރުގެ މަތީ ދާއިރު، އަޅާ ދުރުމިން ނުފެންނަންޏާ،
                 ޔަޤީން ކޮށްލަން އައިސް ކައިރިން މަގޭ ޙާލަތު ބަލައިލައްޗޭ!

7. ހަވާނަފުސަށް ތަބާވެވުމުން، މަގޭ ބަދުނާމުވީ ޝުހުރަތު،
                 ނިވާކޮށްލަން ހިތައި އުޅުނަސް، މަޙާފިލުގައި މިކަން ދައްޗޭ!

8. އެދޭ ނަމަ ލޯބި ދަމަހައްޓާން، ޚިޔާލަށް ލޯބިވާ އައުމުން،
                 ދުރަށްލައި ޙާފިޡޭ މިދުނިޔެ މުޅިން އިހުމާލުކޮށްލައްޗޭ!!!



މިއީ ޙާފިޡުއްޝީރާޒީގެ ފުރަތަމަ ޣަޒަލެވެ. އޭނާގެ ޣަޒަލުތަކަކީ، އިންސާނުން މިދުނިޔޭގައި ދިރި ތިބިހާ ހިނދަކު، އާކަންމަތީ ދެމިގެންވާނެ ޅެންތަކެއް ކަމުގައި ބުނެވެއެވެ. ޙަޤީޤަތުގައި މިއީ ޞޫފި ޣަޒަލުތަކެކެވެ. މީގައިވާ ބަސްތަކުގައި އެވަނީ އެއިން ދޭހަވާ ލަފުޒީ މާނަތަކެއް ނޫނެވެ. އެކަމަކު އޭގެ ފަހަތުގައި ފޮރުވިފައިވާ ޞޫފި މާނަތަކެއް ވެއެވެ. ރީތިކަމާއި ޗާލޫކަން ވަނީ އެ މާނަތަކުގައެވެ.

މިސާލަކަށް: ހަތަރުވަނަ ބައިތުގެ ޞަދުރުގައިވާ "މަޖޫސީ ޝޭޚު" ގެ މާނައަކީ ކޮބައިތޯއެވެ؟ ޞޫފީންގެ ބަހުގައި މަޖޫސީ ޝޭޚަކީ، ޞޫފީންގެ އިމާމެވެ. އެ ބައިތުގެ ޢަޖުޒުގައިވާ "ޖާމަކީ" ޝަރުބަތް ތަށްޓެއް ނޫނެވެ. އެކަމަކު އެއީ، އަޅުކަމާއި ހެޔޮ ޢަމަލެވެ.

ޞޫފި މާނައިން މާނަކުރިޔަސް، ލަފުޒީ މާނައިން މާނަކުރިޔަސް، ޙާފިޒުގެ ޣަޒަލުތަކަކީ، ރިވެތި މުތީތަކަކުން އަމުނާލެވިފައިވާ ޖާދޫގެ ހާރުތަކެކެވެ. އެހެން ޅެންތަކުގައި ނުވާ ޖަޒުބާތެއް މި ޣަޒަލުތަކުގައި ވެއެވެ. އެއް ބަޔަކަށް މި ޅެންތަކަކީ، ލޯބީގެ ލަވަތަކެކެވެ. ނަމަވެސް އަނެއް ބަޔަކު މިއާމެދު ދެކެނީ، ޚުޝޫޢަތްތެރިކަމާއެކު، މާތްﷲގެ ޙަޟުރަތަށް ދެންނެވޭ ތަޢުރީފާއި ސަނާތަކެއް ކަމުގައެވެ.

މި ޣަޒަލުތަކުގައި، ޙާފިޡުގެ ލޯބިވެރިޔަކީ މާތްﷲ އެވެ. ލޯބިވެރިޔާގެ މަތިން ހަނދާންވާ ހިނދު، ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗެއް ދޫކޮށް އެތަކެތި އިހުމާލުކޮށްލަން ގޮވާލަނީ އެހެންވެގެންނެވެ.

މާތްﷲގެ ވާގިފުޅާއެކު، އެހެން ފަހަރަކުން، ޙާފިޡާއި އޭނާގެ ޣަޒަލުތަކާބެހޭ ގޮތުން، މަޒުމޫނެއް ލިޔެވޭތޯ ބަލާނަމެވެ. އެފަދަ މަޒުމޫނެއްގައި ނޫނީ، މިކަންކަން ސާފުކޮށް ބަޔާންކޮށް ނުދެވޭނެއެވެ.

 

 

 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ އުސްމާން, 2008-11-27 09:03:55
މިއީ ޙާފިޡުއްޝީރާޒީގެ ފުރަތަމަ ޣަޒަލެވެ. އޭނާގެ ޣަޒަލުތަކަކީ، އިންސާނުން މިދުނިޔޭގައި ދިރި ތިބިހާ ހިނދަކު، އާކަންމަތީ ދެމިގެންވާނެ ޅެންތަކެއް ކަމުގައި ބުނެވެއެވެ. ޙަޤީޤަތުގައި މިއީ ޞޫފި ޣަޒަލުތަކެކެވެ. މީގައިވާ ބަސްތަކުގައި އެވަނީ އެއިން ދޭހަވާ ލަފުޒީ މާނަތަކެއް ނޫނެވެ. އެކަމަކު އޭގެ ފަހަތުގައި ފޮރުވިފައިވާ ޞޫފި މާނަތަކެއް ވެއެވެ. ރީތިކަމާއި ޗާލޫކަން ވަނީ އެ މާނަތަކުގައެވެ.
...
ލިޔުނީ ad, 2009-05-11 12:10:51
muweeduge liyunthah arimathin nufen naathee varah derave
editor mikamaa samaalu kan dehvaane nama

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ފިޠުރަތުގެ ދީން
ވަރަށް އިބްރަތްތެރި ލިޔުމެއް. ނަޢީމަކީ ވަރަށް މޮޅު ލިޔުންތައް ގެނެސްދެއްވާ އަޅުގަނޑުގެ އެންމެ މަޤުބޫލު އެއ...
ސާދަ ވިލޭރޭ (11)
އަނެއްކާވެސް ވަކިހިސާބަކުން މިވާހަކަ ހުއްޓާ ނުލިއްޔާ ވެދާނެ، މިހެންވާތީއޭ ވާހަކަ ކިޔަންވެސް ފޫހިވަނީ،
ތަބްރޭޒީތޯ؟ ނުވަތަ ބަރުބަރީތޯ؟
މިލިޔުމުން އަޅުގަނޑަށް ފާހަގަކުރެވުނީ "ހުށްޓެވެ" މި ޖުމްލަ ލިޔާއިރު "ށ" ގައި ސުކުން ކޮށްފައިވާކަމެވެ. އަޅުގަ...
އާޔަތަކާއި ފޮޓޯއެއް: ހިނިތަކުގެ އެހީތެރިކަން
ސުބުހާނަ ﷲ
ސާދަ ވިލޭރޭ (11)
kalo haada xamaaneh kohlaafa thi upload kuree
ބޭރުފައިސާ (އޮންލައިންކޮށް ގަނެ ވިއްކައިގެން ފައިދާ) ...
"އިހްސާން" އަރޓިކަލް ލިޔުނު ބޭފުޅާއަށް ކޮމެންޓް ކޮށްލައްވާ! ހީވެސް ނުކުރާފަދަ އެހީތެރިކަމެއް ލިބިވަޑައިގަނ...
ސައިމާސައި – ތަފާތު ރަހަމީރު ބުއިމެއް...
ރާއްޖޭގައި މިހުންނަ ސައިމަލުންވެސް ތި ސައި ހެދޭނެބާ؟ އެހެންކަމަށްވާނަމަ ސައި ހަދާނެ ގޮތުގެ އިތުރު ތަފުސީލܮ..
ހުވަފެން ހަނދާން ބަހައްޓާނީ ކިހިނެތް؟
one day ti tried this. that was 3 years back. my keywords were sun, midnight, musical chairs, beach, unknown neighbor, doctor poison, my childhood
ރަށްފުށުގެ ދިރިއުޅުން (12)
ހުވާ ކޮއްފާބުނަން މީމަކީ އެންމެ ރީތިވާހައެވެ. މިކަހަލަ އަދަބީ ރީތި ވާހަކަތަށް ވަރަށް ކިޔާހިތުން ހުރިކަން އܮ..
ބަރަބޯ ބޯކިބަލާއި ބޯތަށި
ނާޖިޙުގެ ކޮމެންޓުގައި މަލިކާއި އައްޑޫގެ މެދަށް ފުވައްމުލައް އިތުރުކޮށްލެއްވުން އެދެމެވެ. ފުވައްމުލަކުގަ ވ...
ސައިމާސައި – ތަފާތު ރަހަމީރު ބުއިމެއް...
ތިއިން ތައްޓެއް ބޯލާ ހިތްވެއްޖެ... ވަރަށް މައޫލޫމާތު ގެ ގޮތުން މުއްސަނދި ލިޔުމެއް...
ބޭރުފައިސާ (އޮންލައިންކޮށް ގަނެ ވިއްކައިގެން ފައިދާ) ...
ރަޖިސްޓްރީ ވެއްޖައިން. އެކަމަކުވެސް ބޭނުން ކުރަންވީ ގޮތެއް އެހާ ފުރިހަމައަކަށް ނޭނގޭ. އެހީއެއް ވެދީބަލަ
އަރަތް - 19
ކަރު - މަކަރު - ވަކަރު - ކަރުނަ
ފޮތުގެ ތަޢާރުފު (5)
އަޅުގަނޑަށް އަބަދުވެސް ފެންނަނީ ސާނަވީ އިން ފެށީގެ މަތީގެ ގުރޭޑް ތަކުގެ ފެންވަރު ރަނގަޅު ކުރަން ބޭނުން ކުރܮ..
އާދަޔާ ޚިލާފު ކުލަބުތައް
varah ragalhu vaane moyainge kulabeh hulhu viyas
އެހެން ގޮތަކަށް ރޯދަހިފާ މީހެއް!
...maa majaa jokehnoo...roadhaige maana neigihure roadhahifaa meeheh kaneigemee
ހިނދުކޮޅެއް
nice..keep it up..
ހިޔުމަން ރިސޯސް ޕްލޭނަކީ ކޮބާ؟
ވަރަށް މޮޅު ލިޔުމެއް! އުންމީދު ކުރަނީ މިކަހަލަ ލިޔުންތައް މުސްތަޤުބަލުގައި ގިނަގިނައިން ފެންނާނެކަމަށް!
ޙިމާރުގެ ކައިވެނި
????adaai basmagu reethikuran buni himaaruge basmagaai adu reethibaavaey hithah araa
ނުކުރާކަމަކަށް އަދަބު...
dharivaru kudakoh budhi hamanugehey kamah lafaa kurevenee...lalala

މިވަގުތު ފަންވަތުގައި

މިވަގުތު 19 ކިޔުންތެރިން އޮންލައިން

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 3547300
ބެލި ޢަދަދު: 5486
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone