ފަންވަތް ފަންވަތް ފަންވަތުގެ ހަމަތައް
ބެލި ޢަދަދު: 8703

މަރުޙަބާ

ފަންވަތުގެ ހިޔާވަހިކަމަށް ޒިޔާރަތް ކޮށްލެއްވިކަމަށްޓަކައި ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައި، ޝުކުރު އަދާކުރަމެވެ. ފަންވަތަށް ލިޔުމެއް ހުށަހަޅުއްވައި އެރޮނގުން ކިޔުންތެރިންނަށް އަގުހުރި ހަދިޔާއެއް ކުރައްވާނަމަ ޝުކުރު ތަކުރާރު ކޮށްލަމެވެ. ލިޔުން ޝާއިޢު ކުރެއްވުމުގެ ކުރިން، ނުވަތަ ލިޔުން އީމެއިލް ކުރެއްވުމުގެ ކުރިން ''ފަންވަތުގެ ހަމަތައް'' ވިދާޅުވެލެއްވުން މުހިންމުކަމުގައި ދަންނަވަމެވެ.



ފަންވަތުގެ ހަމަތައް



ތަޢާރުފު:


މިއީ، ޚަބަރާއި ސިޔާސަތާ ދުރު، މަޢުލޫމާތުގެ ސައިޓެކެވެ.
މި ސައިޓަށް ލިޔުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައި ވެއެވެ.


މަޤުޞަދު:

1. ދިވެހިންގެ ދީނީ ޝަޚުޞިއްޔަތު، ދިވެހިންގެ ތާރީޚާއި ސަގާފަތު، ދިވެހިވަންތަކަމާއި ޤައުމިއްޔަތު، ދިރުވާ އާލާކުރުމަށް މަގުފަހިކޮށްދޭނެ ތަފާތު މަޢުލޫމާތު ފޯރުކޮށްދިނުން.
2. އިންސާނީ ސުލޫކާއި ރިވެތި އަޚްލާޤަށް ފަރިތަވެފައިވާ ތަހުޒީބު މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ވުމަށް ބޭނުންވާ ރަނގަޅު އަދަބީ ލިޔުންތައް ފަންވަތުގެ ބައިވެރިންނާ ހިއްސާކުރުން.
3. ދުނިޔެ ދެކެމުންދާ ޢިލްމީ ފަންނީ ކުރިއެރުންތަކަށް ފަންވަތުގެ ބައިވެރިން އަހުލުވެރި ކުރުވުން.
4. މުނިފޫހި ފިލުވައިދޭ މަޢުލޫމާތާއި އެފަދަ ސިކުނޑީގެ ކަސްރަތުތައް ގެނެސްދިނުން.
5. ތަފާތު އުމުރުފުރާތައް، އާއިލީވެށީގައި، ހިއްސާކޮށްލެވޭނެ ގޮތުގައި މަޢުލޫމާތު ގެނެސްދިނުން.


ލިޔުން ޝާއިޢު ކުރުމުގެ އުސޫލުތައް:

1. މި ސައިޓުގައި ހިމަނަންވާނީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރާއްޖޭގެ ޤާނޫނާއި، ދިވެހިންގެ ޒަމާންވީ ރީތި އާދަކާދަތަކުގެ ޙުރުމަތްތެރިކަން ހިފަހައްޓައިދޭ ލިޔުންތަކެވެ.
2. މި ސައިޓުގައި ހިމެނޭ އެއްވެސް ލިޔުމަކުން، އެއްވެސް ފަރާތެއްގެ ސިޔާސީ މަޞްލަޙަތަކަށް އުނިކަމެއް، އަދި މަންފާއެއް ލިބިގެން ނުވާނެއެވެ.
3. މި ސައިޓުގައި ޝާއިޢުކުރާ އެއްވެސް ލިޔުމެއްގެ ސަބަބުން، އެއްވެސް މީހެއްގެ ކަރާމާތާއި، އަބުރާ ޢިއްޒަތަށް އުނިކަމެއް ލިބިގެން ނުވާނެއެވެ.
4. އިސްލާމްދީނުގެ ފަރުޢީ ކަންތައްތަކާއި، މަޒުހަބީ ތަޢައްޞުބުތަކަށް ހިތްވަރުދޭ ފަދަ، ނުވަތަ އެފަދަ ޝުޢޫރުތައް އާލާކުރުވާ ފަދަ ލިޔުންތައް ފަންވަތުގައި ހިމަނައިގެން ނުވާނެއެވެ.
5. މި ސައިޓަށް ހުށަހެޅޭ ކޮންމެ ލިޔުމަކީ، އެ ލިޔުންތެރިޔާ ލިޔުނު ލިޔުމަކަށް ވާކަށް ނުޖެހެއެވެ. އެހެން ނަމަވެސް އެލިޔުމަކާބެހޭ ހުރިހާ ޒިންމާއެއް އުފުލާނީ، އެލިޔުމެއް ހުށަހެޅި ފަރާތަކުންނެވެ.
6. އެހެން ލިޔުންތެރިއެއްގެ ލިޔުމެއް ހުށަހަޅާނަމަ އެ ލިޔުމެއް ހުށަހަޅަންވާނީ، އެ ލިޔުނު މީހާއާއި، ހުށަހެޅި މީހާ އެނގޭނެ ގޮތަށެވެ.
7. ކިއުންތެރިން ފޮނުއްވާ ޚިޔާލުފުޅުތައް ޝާއިޢު ކުރުމާއި ނުކުރުމާއި އަދި އެ އެޑިޓްކުރުމުގެ ޙައްޤު މިސައިޓުގެ އެޑިޓަރުންނަށް ލިބިގެން ވެއެވެ.
8. މިސައިޓުގައިވާ ލިއުމަކާމެދު ނުވަތަ ޚިޔާލަކާމެދު އެއްވެސް ޝަކުވާއެއް އޮވެއްޖެނަމަ، އެ ލިއުމެއް ނުވަތަ އެ ޚިޔާލެއް ޝާއިޢުކުރިތާ އެއްމަސް ދުވަހުގެ ތެރޭގައި އެކަން މިކަން މިސައިޓަށް އަންގަންވާނެއެވެ. އެމުއްދަތުގެ ފަހުން ކުރާ ޝަކުވާތައް ބަލައި ނުގަނެވޭނެއެވެ. ނަމަވެސް މީހެއްގެ ޙައްޤަކަށް ނުވަތަ އަބުރަށް ގެއްލުމެއް ލިބޭފަދަ ލިއުމަކަށް ނުވަތަ ޚިޔާލަކަށް ވެއްޖެނަމަ، އެ މިސައިޓުން އުނިކުރެވޭނެއެވެ.


ފަންވަތަށް ލިޔުން ހުށަހެޅުން:

މި ސައިޓަށް ލިޔުން ފޮނުއްވަން ބޭނުންވާ ބޭފުޅުން، This e-mail address is being protected from spambots. You need JavaScript enabled to view it އަށް ލިޔުން ފޮނުއްވުން އެދެމެވެ.



ނޯޓް:
މުސްތަޤުބަލުގައި ދިމާވާ ކަމަކާ ގުޅިގެން، ފަންވަތުގެ ހަމަތަކަށް އިޞްލާޙާއި ތަރައްޤީ އައުމަކީ އެކަށީގެންވާ ކަމެކެވެ.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (37)Add Comment
...
ލިޔުނީ ހެޔޮއެދޭ ފަރާތެއްގެ އިލްތިމާސެއް, 2009-01-02 07:04:26
ފަންވަތުގެ ހިންގުންތެރިންނާއި ލިއުންތެރިން ތިކުރައްވާ މަސައްކަތަށް ސާބަހާއި ޝުކުރު ރައްދުކުރަމެވެ.

މަތީގައި އެވާ ފަންވަތުގެ ހަމަތައް ކިޔައި، ލިއުން ޝާއިޢުކުރުމުގެ އުޞޫލުތައް ބަލައި މުރާޖަޢާ ކޮށްފީމެވެ. އޭގައިވާ ގޮތުން ފަންވަތުގެ ލިއުންތެރިން ވަނީ، މަޞްލަޙަތުހުރި ޙުދޫދެއްގެ ތެރޭގައި ހިފެހެއްޓިފައެވެ.

ތިކަނޑައަޅުއްވާފައިވާ އުސޫލުތަކާ އެއްގޮތަށް ފަންވަތުގެ ލިއުންތެރިން ލިޔެފާނެއެވެ. ނަމަވެސް، ޚިޔާލު ހުށަހަޅާފަރާތްތަކުން، ތިއުސޫލުތަކުގައި ހިފަހައްޓަފާނެތޯއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި، ފަންވަތުގައި ވަނީ، ޚިޔާލު ހުށަހެޅުމުގެ ދޮރު ހުޅުވާލެވިފައެވެ. ފަންވަތަކީ، ބަޔަކު އޭގެ ބޭނުން ނުބައި ގޮތުގައި ހިފަން ބޭނުންވެއްޖެނަމަ، މިހާރު އެކަމަށް ތަނަވަސްވެފައިވާ ވަރަށް ބޮޑު މައިދާނެކެވެ.

ތިބާވަތުގެ އެހެން ވެބްސައިޓްތައް ވެސް އަޅުގަނޑު ބަލަމެވެ. މިހާތަނަށް އަޅުގަނޑަށް ފެނުނު ހަރުދަނާ ވެބްސައިޓްތަކުގައި ވަނީ، ޚިޔާލު ހުށަހަޅާ ފަރާތްތައް ވެސް ޒިންމާދާރު ކުރުވާފައެވެ. އެފަދަ ވެބްސައިޓްތަކުގައި ޚިޔާލު ހުށަހެޅޭނީ މެންބަރުންނަށެވެ. މެންބަރަކަށް ވުމަށްޓަކައި އޭނާއާ ބެހޭ ބައެއް މަޢުލޫމާތު ވެބްސައިޓަށް ދޭންޖެހެއެވެ. މިސާލަކަށް، ނަމާއި ޢުމުރާއި ޤައުމާއި އީމެއިލް އެޑްރެހެވެ. މީގެ ތެރެއަށް، އައިޑީ ކާޑުގެ ނަންބަރު އިތުރުކުރުމަކީ ބުއްދިވެރި ކަމެއް ކަމުގައި ދެކެމެވެ.

ޝުކުރު ޙައްޤުވެގެންވާ ފަންވަތުގެ ހިންގުންތެރިންނޭވެ! ކުރިޔަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު، ޓީޗަރުންނާއި ދަރިވަރުން، ތި ވެބްސައިޓަށް ވަންނާނެކަމަށް ލަފާކުރެވެއެވެ. ތި ވެބްސައިޓްގައިވާ ތަކެއްޗަށް ބަލާލުމުން މިކަން އެބަ އިހުސާސްވެއެވެ. މިހާރު ތިސައިޓް ތިއޮތްގޮތުން އަޅުގަނޑު ވަރަށް ބޮޑަށް އެބަ ޖެހިލުންވެއެވެ. މިހެންވެ، މިހާރަށްވުރެ ބޮޑަށް ލިއުންތެރިންނާއި ކިއުންތެރިން ޒިންމާދާރު ކުރެއްވުމުގެ ގޮތުން މިދަންވާ ފިޔަވަޅުތައް ހުށަހަޅަމެވެ.

1. ލިއުންތެރިޔާގެ އަމިއްލަ ނަމުގައި ނޫނީ، އެއްވެސް ލިއުމެއް ހުށަނޭޅުން.
2. ތިވެބްސައިޓްގައި ރަޖިސްޓަރީކޮށް، އައިޑީކާޑުގެ ނަންބަރު ދީފައިވާ މެންބަރަކަށް ނޫނީ ޚިޔާލު ހުށަނޭޅޭ ގޮތަށް އޮތުން.

މި ދެނުކުތާ މި ހުށަހެޅީ ތި ސައިޓްގައިވާ ލިއުންތަކާއި ޚިޔާލުތަކަށް ބެލުމަށްފަހުގައެވެ. މި ދެއިސްލާހު ގެންނަވައިފިނަމަ، ތިވެބްސައިޓުގެ ލިއުންތެރިންނާއި ކިއުންތެރިންގެ މެދުގައި ގުޅުން ބަދަހިވެގެން ދާނެ ކަމަށް ދެކެމެވެ. އަދި ތި ވެބްސައިޓަކީ، އެބޯޅޭ މިބޯޅޭ މީހުންގެ ބަދަލުގައި ތައުލީމުޔާފުތާއިންގެ ސައިޓަކަށް ވެގެން ދާނެ ކަމަށް ވެސް ދެކެމެވެ.

ޝުކުރިއްޔާ.
...
ލިޔުނީ ހެޔޮ އެދޭ ފަރާތެއް, 2009-01-13 03:47:10
ފަންވަތް ލެޓިން އަކުރުން ލިޔުއްވާފައިވަނީ ރަނގަޅަކަށް ނޫނެވެ." ވީއޭއައި" ލިޔުއްވުމުން އެއީ " ފަންވައި " އެވެ. ފަންވަތަށް ވާނީ ވީއޭއައިވައި fanvaiy
...
ލިޔުނީ ފަންވަތު ޖަވާބު, 2009-01-13 04:10:15
ހެޔޮ އެދޭ ފަރާތަކުން ތިޔަ ދެއްވި ބައިވެރިވެވަޑައިގަތުމަށްޓަކ
...
ލިޔުނީ މީހެއް, 2009-01-29 04:35:34
ވަރަށް ރނގަޅު. ކުރިއަށް ގެންދޭ އިނގޭ!
...
ލިޔުނީ KUDA KUHJEH, 2009-03-03 07:56:25
VARAH BODU MAULOOMAATHEH BEYNUN VEGEN ULHEYTHAA VRH GINA DHUVAS VEJJE. ALHUGANDU BEYNUN VANII MARU VEEMA HINGAA KANTHAH THAH THARUTHEEBUN ENGEN. FURAANA GENDHAVAA GOTHAA MALAAIKATHUN GE VAAHAKA AA ADHI KUDA KUDHINNAH VAANY KIHINEHTHO. EKUDIN DHAANY HAMA SUVARUGE THO ADHI KITHAH AHARUN DHASHUGE KUDHIN THO EII. DHN MAHUSHARU DHUVAHU EKUDHINGE AMAL THAH HUNNAANE GOIY. VEEMAA ALHUGANDU UMMEEDHU KURAN THIBEYFULHUN ALHUGANDAH MI MAULOOMAATHU THAH GENES DHEVVAANE KAMAH.
...
ލިޔުނީ SCHOOL KUJJE , 2009-03-30 07:51:33
DHIVEHI ADHEEBUNAA BEHEYGOATHUN KOMEVES KAHALA MAULOOMATHU THAKEH MI SITE GA HIMANA DHEVIDHAANE THA ADHI MEEGE ITHURAH RAJJE GE PRESIDENTUN THAKU GE NAMAA ADHI RASRAS KALUNGE VAAHAKA HIMANAALA BALA PRESIDDENTUNGE THAARAFAKAA LIYUNTHAKEH VARAH MUHIMUVAANE ADHI ALHUGADU KAHALA 12 AHARUGE SCOOL KUJJA KHA MI SITE AH EVES ECH FOANU VIDHAANE THO ALHUGADA KEE VARAH DHIVEHI ECHEHI LIYE HADHAA KUJJE
ALHUGADU GE ILTHIMAAS AKEE MI SITE AH REETHI KURUVAHAAKA THA HURUN ADHI KUDAKUDHINA TAKAA COLUMN EH OYHUN E COLUMUGAA KUDA KUDHINGE 12 AHARUMATHEE GE KUDHINGE LIUNTHA HURUN MI KANTHA VARAH AVAHA VAANE KAMU GAA HEEKURAN
ADHI MI SITE AKEE VARAH GINA MAULOOMATHU LIBEE SITEH
PLEASE RAAJE GE KULHIVARAA BEHEYGOATHUN VES MI SITE GA VAHAKATHA HURUN HAASAKOH KUDAKUDHINGE MUBAARAITHAKUGE VAAHAKA AAI ADHI MINOONVES KANTHATHA
MI THI KIYAAFA MI KANTHA KKOHDHEVEYTHO BALADHEYTHI NOONEE KUDAKUDHINAH HAASHA SITEH HULUVAN GASDHUKURAVACHE
...
ލިޔުނީ faxyl, 2009-04-05 03:04:33
mi kamu gai isve thi ulhuvvaa beyfulhun nah alhu gandu varah ihlaas theri kamaa eku sukuru adhaa kuran.mi fadha kan thah thakaky mihaar ge mi mujuthamau in nufenna adhi fennaane kamah alhu gandu ummeedh kuri kameh ves noone. sababakah vany dhu vahakah vure dhu vaheh mi muju thamaun mi fadha adhaby adhi dhivehi bas kuri eru vumah baar libeyy fadha kan thah fenna mun dhaa leh madhu kan. insha allah thi kuraa masah kathu gai kaamiyaab lahvaashi
...
ލިޔުނީ aminath nashia, 2009-04-05 12:29:44
alhugandah mi site aai behey mauloomaath libunee miadhuge hendhunu hendhunaa programme ge zareeaa inneve. E vaguthu alhugandu inee ofeehuga eve. Ehen kamun site ge nan note fothuga note kollaigen ofees nimumun geyah ais mi site ah vadhe balaileemeve. Dhannavaalan othee mi ee varah furihama site eh kameve. Masool veri faraaiy thakun thiya kuravvaa masakkathah shukuru kurameve. Dhivehi bahun thayaaru koffaivaa mifadha mauloomaath mussandhi site eh mi vujoodh ah annanveethaa kithamme dhuvahekeve. Alhugandu edhenee mi site ah kuriah oiy thanugai mussandhi kamaai kuri erun libumeve. Shukuriyyaa
...
ލިޔުނީ ފާރޫޤު އަޙްމަދު, 2009-04-06 13:01:37
ދިވެހި އަދަބީ އަދި ބަހާބެހޭ މަޢުލޫމާތު ހިމެނޭ ސައިޓަކަށްވާތީ ، މިގޮޅީގެ ތިރިން 2 ، 3 ، އަދި 4 ވަނަ ފޮޅުވަތުގައިވާ ޢިބާރާތް ކޮޅު ، އަދީބެއްގެ ލަފަޔާއެކު ނަމަވެސް އިޞްލާޙުކޮށްލެއްވުން ރަނގަޅުވާނެ ވާހަކަ ދެންނެވީމެވެ.

2 ވަނަ ފޮޅުވަތުގައި ފޮނުވާދެއްވާ! ގެ ބަދަލުގައި ފޮނުއްވައިދެއްވާ ! މިގޮތަށް ބަދަލުކޮށްލެއްވުން ކީއްތޯއެވެ ؟
3 ވަނަ ފޮޅުވަތުގައި ، ރަގަޅަށް ގެ ބަދަލުގައި ރަނގަޅަށް މިގޮތަށް ބަދަލުކޮށްލެއްވުން ކީއްތޯއެވެ ؟
4 ވަނަ ފޮޅުވަތުގައި ، އަކުރުތަށް އަކުރުތައް އަށް އަދި ބްރަކެޓްގެ ތެރޭގައިވާ (އިގިރޭސި) ( އިނގިރޭސި) އަށް ބަދަލުކޮށްލެއްވުން ކީއަތޯއެވެ ؟
މިއީ ތިޔަކުރައްވާ އަގުހުރި ޚިދުމަތަށް އެހީތެރިކަމެއްކަމުގައި ބައްލަވައިފިނަމަ ވަރަށްބޮޑަށް ޝުކުރުވެރިވާނަމެވެ.
...
ލިޔުނީ ibrahim , 2009-04-14 14:48:47
this site is very goog
...
ލިޔުނީ عبد المعيد حسن, 2009-04-17 18:20:08
ފަންވަތުގެ "މަގުބޫލު" މިބަޔަށް އިޞްލާޙެއް އަންނަން އެބަޖެހެއެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި މިބައިގައި އޮންނަންވީ، ކޮންމެ ހަފުތާއަކު ނުވަތަ ކޮންމެ މަހަކު އެންމެ މަޤުބޫލުކަމަށް ހޮވޭ ލިއުންތަކުގެ ސުރުޚީތަކެވެ. އެއާއެކު، އެންމެ މަޤުބޫލު 100 ލިއުމެއްގެ ސުރުޚީ އެކަމަށް ޚާއްޞަ ޞަފުޙާއެއްގައި، ކިއުންތެރިންނަށް ފެނިވަޑައިގަންނަވާނެހެން އޮންނަންވީއެވެ.

މި ޚިޔާލާމެދު، ފަންވަތުގެ ލިއުންތެރިންނާއި ކިއުންތެރިން ވިދާޅުވަނީ ކީކޭތޯއެވެ؟

އެހެން ބޭފުޅުން ވިދާޅުވާ އެއްޗަކަށް ނުބައްލަވައި، މި ޚިޔާލު ތަންފީޒުނުކުރެއްވުމަށް، ދާރީގެ އަރިހުން އެދެމެވެ.
...
ލިޔުނީ ع, 2009-04-18 07:11:52
މުއީދުގެ ހިޔާލަށް ތާއީދު
...
ލިޔުނީ ‰ª™¦‡°‰¦‹ª ’¦”§‚° ‡¦„°‹ªò, 2009-05-14 07:32:16
best of the best
...
ލިޔުނީ ފަންވަތުގެ ލިޔުންތެރިއެއް އަދި ކިޔުންތެރިއެއް, 2009-05-15 07:40:28
ފަންވަތުގެ "މަގުބޫލު" މިބަޔަށް އިޞްލާޙެއް އަންނަން އެބަޖެހެއެވެ. އަޅުގަނޑު، އުސްތާޒް މުޢީދުގެ އެ ޚިޔާލަށް ތާއީދު ކުރަމެވެ. އަދި ހަމަ އެއާއެކު އަހާލާ ހިއްވެއެވެ. "މިއަދުގެ ޚާއްޞަ" އޮޕަރޭޓްކުރާ އުސޫލަކީ ކޮބައިތޯއެވެ.
...
ލިޔުނީ މުހައްމަދު ސާޢިފް, 2009-05-22 01:59:02
އެހެންވީމައި މިސާލަކަށް އަޅުގަނޑު އަމިއްލައަށް ލިޔެފައިވާ އަޅުގަނޑުގެ ލިޔުމެއް ހުށަހެޅުމަކުން އެއީ މައްސަލައެއް ނޫން ދެއްތޯއެވެ!

އެކަމަކު އަޅުގަނޑު މި ސައިޓްގެ ބޭފުޅުން ހިމަނާލަން ބޭނުންވަނީ :
އަދަބީ ބަސް އަދި އޭގައި އެބުނާ ވާހައެއް
ރައިވަރު ތަކަކާއި އޭގެ މާނަ
ޅެން ތަކާކާއި އޭގެ މާނަ
އަދީބުންގެ ހިދު މަތްތަކާއި އަދަބިއްޔާތުގެ މައުލޫމަތު

މަތީގައިވާ ކަންތައް ކިޔުއްވައިފި ނަމަ އެނގިގެން ދާނީ އެއީ SSE އިމްތިހާނަަށް ކުދިން ބޭނުންވާ މަޢުލޫމާތުތަކެއް ކަމެވެ. ގިނަކުދިން އެންމެ ދަށީ ދިވެއްސަށެވެ! އަޅުގަނޑުވެސްމެއެވެ!

ޝުކުރިއްޔާ!
...
ލިޔުނީ ރޭޝް, 2009-05-25 05:52:17
އަދަބީ ގޮތުން އެއްވެސް އޮއްޓަރެއް ނެތް ލިޔުންތައް ތިޔަ ސައިޓުގައި ޕަބްލިޝް ކުރައްވާތީ، ތިޔަ ސައިޓަކީ އަޅުގަނޑުމެންގެ ދިވެހި ބަހަށް މާބޮޑު ސަމާލުކަމެއް ނުދޭ ސައިޓެއްކަން ސާބިތުވޭ! ލިޔުންތައް އެޑިޓްކުރައްވާ ބޭފުޅަކީ ރަނގަޅަށް ދިވެހިބަހުގެ ގަވާއިދުތަކާއި ހަމަތަކާއި އުސޫލުތައް އެނގޭ ބޭފުޅަކަށް ހެއްދެވުން ވަރަށް މުހިއްމު! އެހެން ނޫނީ ތިޔަފަދަ ސައިޓުތަކުގެ މަގުސަދު ނުވަތަ ބޭނުން ނުވަތަ އަމާޒުތަކުގެ ތެރޭގައި މިފަދަ އިބާރާތް "ދިވެހިންގެ ތާރީޚާއި ސަގާފަތު، ދިވެހިވަންތަކަމާއި ޤައުމިއްޔަތު، ދިރުވާ އާލާކުރުމަށް މަގުފަހިކޮށްދޭނެ ތަފާތު މަޢުލޫމާތު ފޯރުކޮށްދިނުން." ނުލިޔުއްވާށެވެ.  
މިއީ ތިޔަކުރައްވާ އަގުހުރި ޚިދުމަތަށް ފޯރުކޮށްދެވޭ އެހީތެރިކަމެއްކަމުގައި ބައްލަވައިފިނަމަ ވަރަށްބޮޑަށް ޝުކުރުވެރިވާނަމެވެ.
...
ލިޔުނީ ސަމީޢު, 2009-05-28 03:07:49
ހިޔާލު ފޮނުވޭގޮތް މިއަށްވުރެ ފަސޭހަ ކުރައްވާނެނަމައޭ ހިތަށް އަރައެވެ. މިދެންނެވީ އިރުއިރުކޮޅާ ބަސްބަދަލުކުރުމަކީވެސް ފަސޭހަކަމެއްނޫން ދެއްތޯ؟ މިޒަމާ މިވަނީ އެއަށްވުރެ ކުރިއަރާފައި އިގިރޭސީގެ ބަދަލުގައި ދިވެހި އަކުރުވެސް ސެކިއުރިޓީ އިމޭޖުގައި ބޭނުން ކުރެވިދާނެ
...
ލިޔުނީ ޞަލާޙު, 2009-06-28 09:11:18
ފަންވަތުގެ މެންބަރަކަށް ވެވޭނީ ކިހިނެއްތޯ؟
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-06-30 04:42:26
ޞަލާޙުއެވެ. އަޅުގަނޑުގެ ނަޒަރުގައި، ފަންވަތުގެ މެންބަރަކަށް ވުމުގެ ބޭނުމެއް ނެތެވެ. ފަންވަތުން އެވަނީ، ލިޔުމުގެ ދޮރު އެންމެނަށް ހުޅުވާލާފައެވެ. ޞަލާޙު ވެސް ލިޔުއްވާށެވެ. ފެންނަ ފެނުމުގައި، މިހާރު ފަންވަތުގެ މެންބަރުންނަކީ، ފަންވަތުގެ ލިޔުންތެރިންނެވެ.
...
ލިޔުނީ ތުއްފާށަނާ, 2009-07-08 10:35:00
ލިޔުމުގެ އެބްސްޓްރެކް (މައިޞަފްޙާގައި ފެންނަ ލިޔުމުގެ ބުރިވަރު) އާއެއްކޮށް އެލިޔުމަށް ހުށަހެޅޭ ޚިޔާލުގެ ޢަދަދު، ރޭޓިންގެ ގާތުގައި، ފެންނަގޮތް ވެއްޖެއްޔާ ވަރަށް ރަނގަޅު... ޚިޔާލު މިހުށަހަޅަނީ ލިޔުމުގައިހުރި އަދަބީ ކުލަވަރާމެދު ބަހުސްކުރުމަށް... މިކަން މިގޮތަށް ކުރެވިއްޖެނަމަ ބަހުސްގެ މުވާލާ ކެނޑިގެނެއް ނުދާނެ... ހަމައެހެންމެ ޚިޔާލު ވަގުތުން ހުށަހެޅޭނެ ކަހަލަ ނިޒާމެއް، ކުރިންހެން، ޤާއިމްކުރުން މުހިންމު... ތިޔަބޭފުޅުން މިހާރު ތިޞައްޙަކަން ބައްލަވާ ސަބަބު ކިތަންމެހާވެސް ރަނގަޅު... ސައިޓަށް ހުށަހެށޭ ލިޔުންތަކުގެ އިތުރުން ޚިޔާލުތަކުގައިވެސް އިޖްތިމާޢީ އަދި ދީނީ (އަދި ސިޔާސީ) ފޭރާން ހެޔޮވާންވާނެ...× މިކަން ކުރަން ފަންވަތުގެ ކިޔުންތެރިންނަށް ދޫކޮށްލުން ކިހިނެއްތޯއެވެ. އެގޮތުން ކޮންމެ ޚިޔާލެއްވެސް ރިޕޯޓް ކުރެވޭނެ އަދި ސްޕޭމްގެ ގޮތުގައި މާކްކުރެވޭނެ ކަހަލަ އުޞޫލެއް ޤާއިމްކުރެވިދާނެ... އޭރުން ތިޔަބޭފުޅުން ހަމައެކަނި ބައްލަވަން ޖެހޭނީ ރިޕޯޓްކުރެވޭ ޚިޔާލްތައް އެކަނި... މުވާލާތްވެސް ކެނޑިގެނެއްނުދާނެ... ކިޔުންތެރިން އަދި ޚިޔާލުތައްވެސް ޒިންމާދާރު ކުރެވުނީ... މިއީ އެމް.އެސް.އެން، ފޭސްބުކް ފަދަ ބޮޑެތި ނެޓްވޯކް ތަކުގައި، އަޅުގަނޑަށް އެނގިގެން، ހަދާގޮތްކަން މިފުރުޞަތުގައި ފާހަގަކޮށްލަން...
...
ލިޔުނީ އަފޫ, 2009-07-21 09:59:33
މިސައިޓުގައި ހިމަނާލަން ބޭނުންވަނީ ސިއްހަތާ ބެހޭގޮތުން
...
ލިޔުނީ އަފޫ, 2009-07-21 10:04:54
ފަންވަތުގެ މެންބަރަކައް ވެވެނީ ކިހިނެއްތޯއެވެ
...
ލިޔުނީ ZAEEM, 2009-07-21 13:33:50
ފަންވަތުގެ ހިންގުންތެރިންނަށް ފޮނުވާ އެއްވެސް ލިޔުމަކަށް މީހާރު ޖވާބެއް ނު ފޮނުއްވައެވެ!
...
ލިޔުނީ ފަންވަތް , 2009-07-23 13:07:34

ޝުކުރިއްޔާ!

އަފޫ އަށް؛ ފަންވަތުގެ މެންބަރުންނަށްވެވަޑައިގަތުމ
...
ލިޔުނީ ވިޔަފާރިވެރިޔެއް, 2009-07-24 17:29:51
އަހަރުމެންނަށް މިސައިޓުގައި އިސްތިހާރު ކުރެވޭނެ ގޮތެއް ހައްދަވައި ދެއްވަންވީނު އޭރުން ހިންގުމުގެ ޚަރަދަށްވެސް ކުޑަލުއިކަމެއް ލިބޭނެއްނުން !ބޭންވޭ އިސްތިހާރު ދޭން !
...
ލިޔުނީ ފަންވަތް , 2009-07-27 16:56:41
ތިޔަ ދެއްވާ އެއްބާރުލެއްވުމަށް ނުހަނު އުފާކޮށް، ޝުކުރު ދަންނަވަމެވެ. އިޝްތިހާރު ޖެއްސެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކ
...
ލިޔުނީ ޒިޔާ, 2009-07-29 17:19:44
ފަންވަތަކޭ ދަންވަރަށް ފޮޅޭ މަލެކޭ އެއްގޮތެވެ.
...
ލިޔުނީ ތުއްފާށަނާ, 2009-08-04 07:56:33
ފަންވަތުގެ ޖަވާހިރަށް ބަދަލު ނާންނަތާ ވަރަށް ދުވަސްވެއްޖެ ދެއްތޯ؟ ދެން ފަންވަތުގެ ފަރާތުން ދެއްވާ ޖަވާބު ހުންނަނީ ވަކި ހިސާބަކުން ކެނޑިފައެވެ. މިސާލަކަށް...

ތިޔަ ދެއްވާ އެއްބާރުލެއްވުމަށް ނުހަނު އުފާކޮށް، ޝުކުރު ދަންނަވަމެވެ. އިޝްތިހާރު ޖެއްސެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކ

އަފޫ އަށް؛ ފަންވަތުގެ މެންބަރުންނަށްވެވަޑައިގަތުމ

މިވަނީ ކިހިނެއްތޯ ބައްލަވާލަދެއްވާ އިޞްލާޙްކޮށްލަދެއްވުން އެދެން.
...
ލިޔުނީ ސްލީޕިންގ ބިއުޓީ, 2009-08-05 21:58:20
ތުއްފާށަނާ,ގެ ވާހަކައަށް އަޅުގަނޑުވެސް ތާއީދެވެ.މިހެންވެފައި ހުންނަނީ ހަމައެކަނި ފަންވަތުގެ ހައެއްގައެއްނޫނެވެ. ކިޔުންތެރިން ފޮނުވާ ބައެއް ކޮމެންޓު ތަކުކުގައިވެސް މިމައްސަލަ ވަރަށް ފާހަގަކުރެވެއެވެ. އެއާއި އެކު އަޅުގަނޑުވެސް އިތުރު އެއް ދަންނަވާލަން ވެފައި އެބައޮތެވެ. ކޮންމެ މަހަކު ލިބޭ ހިޓުސް ވަކިން އެގޭނެހެން އޮތުން އެއީ ވަރަށް ރަނގަޅު ކަމެއްކަމުގައި ދެކޭވާހަކަ ދަންނަވާލަމެވެ. މިސާލަކަށް މީހަކު އިސްތިހާރެއް ޖަހަންބޭނުންވިޔަސް ފުރަތަމަ ބަލާނީ މަހެއްގެ މައްޗަށް ކިތަށް ހިޓުސް ލިބޭތޯ އެވެ.
...
ލިޔުނީ އޮޅުން ނުފިލި މީހާ, 2009-08-07 02:16:05
ފަންވަތުން ހާދަވަރަކަށް ލޮލަށް އޮޅުވާލަ އެވެ. މިބުނީ ''މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ'' މިހެންޖައްސަވާފައި އޮންނަ ގޮޅީގެ ތިރީގައި ވަރަށް ރަނގަޅަށް ބަލައިފައި ދެވަނަ ފަހަރަށް ވެސް ޗެކްކޮށްފައި ފޮނުވައި ލީމައިވެސް އަރަނީ ތިޖެއްސި އަކުރުތައް ރަނގަޅެއް ނޫނެވެ. އަޅުގަނޑަށް ޔަގިނޭ ރަނގަޅުވާނެކަން !
...
ލިޔުނީ ފަންވަތް , 2009-08-07 16:24:22

ސަލާމަތީ އަކުރުތަކަށް މައްސަލައެއް ދިމާވާކަމަށް ހުށަހެޅުއްވި ކިޔުންތެރިޔާއަށް ދަންނަވާލަމެވެ. ސަލާމަތީ (އިނގިރޭސި އަކުރުތައް) ލިޔާވަގުތު، ރަނގަޅު ނޫން އަކުރުތަކެއް ކަމަށް ފަންވަތުން ބުނާ ކަމަށް ތިޔަ ވިދާޅުވި ވާހަކައަކީ ތިޔަ ބޭފުޅާއަށް އަރާ ކުޑަ އޮޅުމެކެވެ. އެ ދިމާވާ މައްސަލައަކީ، L އަކުރާއި، I އަކުރު ވަކި ކުރައްވަން ދަތިފުޅުވަނީ އެވެ. މި ތަޖުރިބާ އަޅުގަނޑުމެން ވެސް ކުރަމެވެ. މި ނުކުތާގައި އަދި އެހެން ކަމެއް ވެސް ފާހަގަ ކޮށްލަމެވެ. ބައެއް ފަހަރަށް، އެކްސްޕްލޯރަރ ގައި ކުދިކުދި މައްސަލަ ދިމާވެ އެވެ. ފަންވަތް ވިދާޅުވުމަށް ބޮޑަށް ފަސޭހަވާނީ ފަޔަރފޮކްސް އެވެ.
...
ލިޔުނީ AM, 2009-08-13 10:42:15
?Registry kuran hadhany kihnetha?
...
ލިޔުނީ އޭނާ , 2009-08-16 04:30:42
އެއްފޮޓޯއެއް ހުރިހާލިއުމެއްގައި ހުރީމައި ވަރަށް ލޮލަށް އުނދަގޫވޭ އަނެއްކައި އެރޯއެއްބާ؟
...
ލިޔުނީ ބޭބެ, 2009-08-16 04:33:20
ހުރިހާ ލިޔުމެއްގައި އެއްފޮތޯއެއް ޖަހާފައި ހުރުމުން ވަރަށް ލޮލަށް އުނދަގޫވޭ!
...
ލިޔުނީ ފަންވަތް , 2009-08-16 06:54:29
ބޭބެއާއި، އޭނާގެ ނަމުގައި ޚިޔާލު ހުށަހެޅުއްވި ބޭފުޅުންނަށް، ޝުކުރު އަދާކުރަމުން ޖަވާބުގައި ފަންވަތުގެ ބަސް ދަންނަވައިލަމެވެ.

01- އެއްމައުޟޫޢެއްގައި އެއްފޮޓޯއެއް ގެންގުޅުމަކީ ފަންވަތުން ދެމެހެއްޓޭތޯ ބަލާ އުސޫލެކެވެ. އެކަމަކު އެކަން އެހެން ނުވެވެސް އެބަ ހުރިމެ އެވެ. އެއްފޮޓޯއެއް ތަކުރާރުވާކަމަށް ތިޔަ ފާހަގަ ކުރެއްވި ނުކުތާގައި އެ ކަން އެގޮތަށް ހިނގައިފައިވަނީ ''ރޯދައާއި ބެހޭ ފަތުވާތަކެއް'' ގަ އެވެ. އެކަމަކު ފޮޓޯ ބަދަލު ކޮށްލުމަކީ ވެސް (ތިޔަ ވިދާޅުވި ސަބަބަށްޓަކައި) ހަމަ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ.

02- ފަންވަތުގައި ރަޖިސްޓަރީވުމުގެ އިންތިޒާމު، ނުވަތަ މެންބަރަކަށްވުމުގެ އިންތިޒާމު އަދި ހަމަޖެއްސިފައެއް ނުވެ އެވެ. އެއީ ފަންނީގޮތުން އަދި އެކަން އެކުލަވައިލެވިފައި ނެތީ އެވެ. މި ނުކުތާގައި ވަރަށްތަފުޞީލުކޮށް، މަތީގައި ލިޔެވިފައިވާނެ އެވެ. ދެއްވި ޚިޔާލުފުޅަށްޓަކައި ދެބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ!

...
ލިޔުނީ ތުއްފާށަނާ, 2009-10-07 00:13:43
އަނެއްކާވެސް ފޮށި ނެންގެވީތޯ؟ ކިހިނެއްތޯ ތިހައްދަވަނީ؟
...
ލިޔުނީ ތުއްފާށަނާ, 2010-01-19 09:46:09
ފަންވަތުގެ ފަރާތުން ޚިޔާލު ހުށަހަޅުއްވާއިރު ނުވަތަ ލިޔުމަށް އެއްޗެއް އިތުރުކުރައްވާއިރު އެއްނަމެއް ބޭނުންކުރައްވަން ފެނެއެވެ. ބައެއް ފަހަރު އިދާރާ އަނެއްބައި ފަހަރު ފަންވަތް އަނެއްބައިފަހަރު ފަންވަތުގެ ބަހެއް މިހެން ހުރުމުން އޮޅޭގޮތް ވެއެވެ. އަދި ލިޔުންތެރިންވެސް ލިޔުމާ ބެހޭގޮތުން ކޮމެންޓް ކުރައްވާއިރު އެބޭފުޅެއްގެ އަޞްލު ނަން ބޭނުންކުރައްވަން ފެނެއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 

މިވަގުތު ފަންވަތުގައި

މިވަގުތު 12 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ފަންވަތުގެ ޖަވާހިރު


''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.''
- މުޙަންމަދު އަމީން-

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 725422
ބެލި ޢަދަދު: 8703