ފަންވަތް ޤަބޫލުކުރަންދަތި އަޞްލު ޞައްދާމު ޙުސައިނު ކޮބާ؟
ބެލި ޢަދަދު: 1468
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އަޞްލު ޞައްދާމު ޙުސައިނު ކޮބާ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ޤަބޫލުކުރަންދަތި - ޤަބޫލުކުރަންދަތި
30 މެއި 2010، 22:17 އާދީއްތަ

ޢަބްދުލްމުޢީދު ޙަސަން


ޞައްދާމު ޙުސައިނު ދަންޖައްސައި އަވަހާރަކޮށް ނުލެވޭ ކަމަށް، ބުނާ ފޮތުގައި ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ދީފައިވެ އެވެ. އޭގެތެރެއިން އެއް ސުވާލަކީ، ޞައްދާމު ޙުސައިނު ހުންނެވި ތަނަކާމެދު ކުރެވޭ ސުވާލެވެ. ފޮތުގެ މުއައްލިފު، އަނީސުއް ދަޣީދީއަކީ، ޞައްދާމުގެ ޢާއިލާއާ ގާތް ގުޅުމެއް އޮތް މީހެކެވެ. މިހެންކަމުން، ޞައްދާމު ހުންނެވި ތަނެއް އޭނާއަށް އެނގިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

އަނީސުގެ ފޮތުގައިވެ އެވެ.

ޞައްދާމު އަވަހާރަކޮށްލުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެ އެވެ. ޢިރާޤުގެ އެތެރޭގައި އެމަސައްކަތްތައް ހިނގަމުން ދިޔަ ފަދައިން، ޢިރާޤުން ބޭރުގައި ވެސް އެމަސައްކަތްތައް ކުރެވެމުން ދިޔަ އެވެ. މިހެންވެ، ޞައްދާމު އުޅުއްވީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކުރައްވައިގެންނެވެ. ނަމަވެސް ޞައްދާމަށް ވަރަށް ނުރައްކާތެރި އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އެއީ، ކެންސަރުގެ ވައްތަރެކެވެ. ޞައްދާމުގެ ލިމްފަޓިކް ނިޒާމަށް ކެންސަރު ޖެހިފައިވާ ކަމާއި، އެއަށް ފަރުވާއެއް ނެތްކަން އެމެރިކާގެ ސީއައިއޭ އަށް ވެސް ވަނީ އެނގިފަ އެވެ.

1999 ވަނަ އަހަރުގެ ތެރޭގައި ޞައްދާމު ޙުސައިނު އަވަހާރަވެދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ. އެހެނީ، 1998 ވަނަ އަހަރުން ފެށިގެން އަޞްލު ޞައްދާމު ޙުސައިން ފެނުން ވަނީ ހުއްޓިފަ އެވެ. އަދި ޢިރާޤުގެ ސިޔާސީ މަސްރަޙުގައި ކަންތައް ހިނގަމުން ދިޔަ ގޮތަށް ބަލާއިރު ވެސް އެއީ ޞައްދާމު ޙުސައިނުގެ ސިޔާސަތު ނޫންކަން ވަނީ ކަށަވަރުވެފަ އެވެ. އޭރުއްސުރެ، ޞައްދާމުގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔައީ، ޞައްދާމާ ވައްތަރު މީހެކެވެ. އެމީހާ ލައްވާ ކަންތައްތައް ހިންގެވުމަށް، އެމީހާގެ ފަހަތުގައި ތިއްބެވީ ޞައްދާމުގެ ދެ ބޭފުޅުން ކަމަށްވާ، ޤުޞައްޔު އާއި ޢުދައްޔު އެވެ. ޤައުމުގެ ޙަޤީޤީ ވެރިންގެ ގޮތުގައި ތިއްބެވީ މި ދެ ބޭފުޅުންނެވެ.

ޞައްދާމާ ވައްތަރު މީހުންގެ ތެރެއިން ނަން އެނގޭ މީހުންގެ ތެރޭގައި، ޖާސިމު ޢަލީ އާއި، ރާފިޢުލް ޢުޖައިލީ އާއި ޚާލިދުއް ތިކުރީތީ އާއި ފައްވާޒުލް ޢައްމާރީ އާއި މިޚައިލް ރަމަޟާން އާއި ވަލީދުއް ދޫރީ ހިމެނެ އެވެ. މީގެ ތެރެއިން ފައްވާޒު ވަނީ ޢިރާޤުގެ ސަރުކާރު ވެއްޓުމުގެ ތިން ދުވަސް ކުރިން ހިނގި ހާދިސާއެއްގައި މަރުވެފައި ކަމަށް ބުނެވުނެވެ. އެމެރިކާގެ ލަޝްކަރުގެ މަރުކަޒުގެ ކައިރިން މީސްތަކުންގެ ކުރިމަތީގައި ހުރެގެން ދިޔައީ އޭނާ ކަމަށް ޤަބޫލުކުރެވެ އެވެ.


މި ފޮޓޯގައިވާ ޞައްދާމާ ވައްތަރު މީހަކީ ފައްވާޒެވެ. އޭނާގެ ކައިރީގައި ބޮޑު މަތިމަހެއް ލާފައި ވަނީ ޢަބުދު ޙައްމޫދެވެ.

މި ހާދިސާ ރަނގަޅަށް ދިރާސާކޮށްލުމުން، އެމެރިކާގެ ހަމަލައިން ފައްވާޒު މަރުނުވާކަން އެނގެ އެވެ. އެހެނީ، އޭނާގެ ކައިރީގައި އޭނާއާ ޖެހިގެން ހުރި، ޢަބުދު ޙައްމޫދު ވަނީ އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވެފަ އެވެ. އެ ހަމަލައިން ފައްވާޒު މަރުވުމުގެ އިތުރުން، އެބައިމީހުން ތިބި މަގު ސުންނާފަތިވި ކަމަށް ބުނާއިރު، ފައްވާޒު ކައިރީގައި ތިބި އެހެން މީހުން ވެސް ވަނީ ސަލާމަތްވެފަ އެވެ. މިކަންތައްތައް ދިރާސާކުރުމުން ޤަބޫލުކުރެވެނީ، މި މައްސަލަ، ޢަބުދު ޙައްމޫދު އެމެރިކާއަށް ވިއްކާލީ ކަމަށެވެ. ... އޭނާ އެމެރިކާގެ ބާރުތަކާ، ފައްވާޒު ހަވާލުކުރުމުން، އެމެރިކާގެ ބާރުތަކުން މަގުމަތި ސުންނާފަތިކޮށްލީ އެވެ. ... އަދި ފަހުން ޞައްދާމު ހައްޔަރު ކުރެވިއްޖެ ކަމަށް ޚަބަރު ފަތުރާއިރު ޞައްދާމު ކަމަށް ދެއްކިދާނެ މީހެއްގެ ގޮތުގައި ފައްވާޒު ހައްޔަރުކޮށްފައި ބެހެއްޓީ އެވެ. ނުވަތަ، މަކުނުވާ ހޮރެއްގެ ތެރެއިން ނެރެގެން ޞައްދާމުގެ މައްޗަށް ނިޔާ ކަނޑައެޅުމުގެ ތަމްސީލު އެހެން މީހަކު ލައްވާވެސް ކުޅުވިދާނެ އެވެ. އެކަމަށް، މިޚައިލް ރަމަޟާން ވެސް ފުދޭނެ އެވެ.

ޞައްދާމު ޙުސައިނުގެ އާލާސްކަންފުޅަށް ޝިފާއެއް ނުލިބޭ ކަމަށް، 2001 ވަނަ އަހަރު މިޚައިލް ރަމަޟާން ހާމަކޮށްފައިވެ އެވެ. އަދި ޞައްދާމު ޙުސައިނު، އެއްވެސް މަސައްކަތްޕުޅެއް ކުރެއްވުން، ޑަކުޓަރުން ވަނީ މުޅިން މަނާކޮށްފައި ކަމަށާއި، ޞައްދާމުގެ ސިފައިގައި ފެންނަ މީހަކީ، ޖާސިމު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. މިޚައިލް ރަމަޟާން ލަފާކުރާ ގޮތުގައި، އޭރު ޞައްދާމު އަވަހާރަވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމަށްވަނީނަމަ، ސިއްރިޔާތުގައި ޞައްދާމުގެ ހަށިކޮޅު ވާނީ ފަސްދާނުލެވިފަ އެވެ.

(މާތް ﷲ، މަރްޙޫމު ޞައްދާމު ޙުސައިނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ! އާމީން!)

ޞައްދާމު ޙުސައިނު ކޮބާތޯ ކުރެވޭ ސުވާލުގެ ކުރިމަތީގައި މިވަގުތު ގެނެސްދިނުމަށް ޤަޞްދުކުރި ހިސާބަށް ލިޔެ ނިމުނީ އެވެ. އެހެން ފޮޅުވަތްތަކެއްގައި އިތުރު ރައުޔުތަކާއި މަޢުލޫމާތު ގެނެސްދެވޭތޯ ބަލާނަމެވެ.


މަޞްދަރު:
ޞައްދާމު ލަމް ޔުޢުދަމް (ފޮތެއް)


"ޞައްދާމު ޙުސައިނު އެބަހުންނެވި އެވެ."

ޞައްދާމު އަވަހާރަކޮށެއް ނުލެވެ އެވެ.



މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ސައީދު, 2010-05-31 07:29:32
މިވީ ކިހިނެއްތޯ! ފެށުނު ތަނަށްތޯ މިނިމުނީ! ޞައްދާމު ދުނިޔެއަކު ނެތް ދޮގެއްތޯ؟

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1468
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone