ފަންވަތް ޤަބޫލުކުރަންދަތި "ޞައްދާމު ޙުސައިނު އެބަހުންނެވި އެވެ."
ބެލި ޢަދަދު: 1650
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
"ޞައްދާމު ޙުސައިނު އެބަހުންނެވި އެވެ." ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ޤަބޫލުކުރަންދަތި - ޤަބޫލުކުރަންދަތި
01 ޖޫން 2010، 00:14 އަންގާރަ

ޤުޞައްޔާއި ޢުދައްޔު ފަދަ ޢާއިލާގެ ބައެއް ބޭފުޅުންނާއެކު، ޞައްދާމު ޙުސައިނު އެބަހުންނެވި އެވެ.


ޢަބްދުލްމުޢީދު ޙަސަން


ކުޅެފައިވާ ފިލްމުތަކަކީ ޙަޤީޤަތެއް ނޫނެވެ. ޙަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން ކުޅުނަސް އެއިން ފެންނާނީ އަޞްލު މަންޒަރުތަކެއް ނޫނެވެ. ޞައްދާމު ޙުސައިނު އަވަހާރަކޮށްލިތަން ފެނިގެން ދިޔަ މަންޒަރުތަކުގައި ވެސް ފިލްމީ ކުލަވަރު ވަރަށް ގަދަ އެވެ. އޭގެތެރެއިން އެއް މަންޒަރަކީ، ޞައްދާމު ޙުސައިނާ ވައްތަރު މީހާ، ޖަލުގައި ހައްޔަރުކޮށްފައި ހުއްޓާ، ޞައްދާމުގެ އަނބިކަނބަލުން ސާޖިދާ، އޭނާއަށް ޒިޔާރަތްކުރެއްވުމެވެ. އެކަމަނާ އެކަން ކުރެއްވީ ކީއްވެތޯ އެވެ؟

ސާޖިދާ ޖަލަށް ވަޑައިގެންނެވީ، ޖަލުގައި ހުރި މީހާއަކީ، އެކަމަނާގެ ފިރިކަލުންތޯ ނުވަތަ ނޫންތޯ ބެއްލެވުމަށްޓަކައިތޯ އެވެ؟ މިކަން ކުރެއްވުމަށްޓަކައި އެކަމަނާ ޖަލަށް ވަޑައިގަންނަވާނީ، އެކަމަނާގެ ފިރިކަލުން ހުންނެވިތަން އެކަމަނާއަށް އެނގިވަޑައިނުގަންނަވާ ނަމަތާ އެވެ. ޖަލުގައި ހުރި، ޞައްދާމާ ވައްތަރު މީހާގެ ފޮޓޯތައް އަޅުގަނޑުމެންނަށް ފެނިފައިވާ ފަދައިން، އެކަމަނާއަށް ވެސް ވަނީ އެމީހާގެ ފޮޓޯތައް ފެނިވަޑައިގެންފަ އެވެ. އެމީހާގެ ވާތު ބުމައާއި ކަންހުޅި ކައިރީގައިވާ ދެ ކަޅުތިލަ އެކަމަނާއަށް ވެސް ވަނީ ޓީވީއާއި ނޫސްތަކުން ފެނިވަޑައިގެންފަ އެވެ. އެއީ ޢިރާޤުގެ ރައީސް ޞައްދާމު ޙުސައިނު ނޫންކަން، ޢިލްމުލް ޔަޤީނުގެ ދަރަޖައަށް އެކަމަނާއަށް ވަނީ އެނގިވަޑައިގެންފަ އެވެ.

އެހެންނާފަހެ، ޞައްދާމަކީ، އެކަމަނާގެ ބޮޑުބޭބޭފުޅުގެ ދަރިކަލުންނެވެ. ޞައްދާމަކީ، އެކަމަނާއަށް ލިބިވަޑައިގަތް ހުރިހައި ބޭފުޅުންގެ ބައްޕާފުޅެވެ. ޞައްދާމަކީ، އެކަމަނާއާއެކު ޙަޔާތުގެ ރާސްތާ އެންމެ ދުރަށް ކަޑައްތުކުރި ފަހުލަވާނެވެ. އެކަމަނާއަށް އެނގިވަޑައިނުގަންނަވާ ކުޑަކުޑަ ނުކުތާއެއްގެ މިންވަރު ވިޔަސް ޞައްދާމުގެ ހަށިކޮޅުގައި ނުވެ އެވެ. މިކަންކަން މިމަގަށް ހުރުމާއެކުވެސް، ޝައިޚު ޒާޔިދުގެ އެހީތެރިކަން ހޯއްދަވައިގެން ކަމާކަންފަށާ އެކަމަނާ ޖަލަށްވަޑައިގެން، ޞައްދާމާ ވައްތަރު މީހާއާ ބައްދަލުކުރެއްވީ ކީއްވެތޯ އެވެ؟

މިސުވާލަށް އޮތީ އެންމެ ޖަވާބެކެވެ. ސާޖިދާ މިކަން ކުރެއްވީ އެމެރިކާއިން ދުރާލާ ރާވާފައިވާ ރޭވުމެއްގެ މަތިންނެވެ. އެކަމަނާ ކުރެއްވިހައި ވެސް ކަމަކީ، އެމެރިކާއިން ތައްޔާރުކޮށްފައިވާ ސިނާރިއޯއެއްގައި އެކަމަނާއަށް ކަނޑައެޅިފައިވާ ދައުރު އަކުރުން އަކުރަށް އަދާކުރެއްވުމެވެ.

އަނެއް ސުވާލަކީ، މިހާރު ސާޖިދާ ކޮބައިތޯ އެވެ؟
މިސުވާލުގެ ޖަވާބަކީ، މިހާރު އެކަމަނާ ވަނީ، އެކަމަނާގެ ފިރިކަލުން އަޞްލު ޞައްދާމު ޙުސައިނާ އެކުގަ އެވެ. މިޖަވާބު ދިނުމާއެކު ކުރިމައްޗަށް ފުންމައިގެން އަންނަ ސުވާލަކީ، ޙަލާ ކޮބައިތޯ އެވެ؟ ޙަލާއަކީ، ޞައްދާމު ޙުސައިނުގެ ހަގު ދަރިކަނބަލުންނެވެ. ހަމަކަށަވަރުން ޙަލާ ވަނީ، އޭނާގެ ދެ ދައްތަ ކަމުގައިވާ ރަޣަދާއި ރަނާއާއެކުގައެއް ނޫނެވެ. މި ދެ ބޭކަނބަލުންވަނީ ޖޯޑުންގަ އެވެ.

ޞައްދާމު ޙުސައިނު ލޯތަކަށް ނިވާވި ފަދައިން ޙަލާ ވެސް ވަނީ ލޯތަކަށް ނިވާވެފަ އެވެ. ޞައްދާމަށް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އޭނާ އެންމެ ލޯބިފުޅުވަނީ، ޙަލާދެކެ އެވެ. ޙަލާއާ ވަކިން ދިރިއުޅުއްވުމަކީ ޞައްދާމަށް ފަސޭހަފުޅު ކަމެއްކަމުގައި ނުވެ އެވެ. ޞައްދާމާއެކު އޭނާގެ ދަރިކަނބަލުން ޙަލާ، ލޯތަކަށް ނިވާވެފައިވުމުގެ ސިއްރަކީ މިއީ އެވެ.

މިތަނުގައި އުފައްދަން ޖެހޭ މުހިންމު އަނެއް ސުވާލަކީ، ޢިއްޒަތު އިބްރާހީމު ކޮބައިތޯ އެވެ؟
މިސުވާލުގެ ޖަވާބަކީ އޭނާ ވެސް ވަނީ ޞައްދާމާ އެކުގަ އެވެ.
އެއީ ކީއްވެތޯ އެވެ؟
މިސުވާލުގެ ޖަވާބުގައި ދަންނަވަން ޖެހެނީ، ޢިއްޒަތު އިބްރާހީމަކީ ބަޢަސް ޕާޓީގެ ވެރިޔާ އެވެ. މިޝީލް ޢަފުލަޤަށްފަހު، އެޕާޓީގެ ރައީސަކީ އަދި ޤާއިދަކީ ޢިއްޒަތު އިބްރާހީމެވެ. އޭނާއަކީ، ޞައްދާމަށް އެންމެ ވަފާތެރި، އެންމެ އިޚުލާޞްތެރި މިތުރެވެ. ކީއްތޯއެވެ. ޞައްދާމުގެ މުނިއަވަސްފިލުވައި ދެއްވުމަށްޓަކައި، ސަމާސާ ވާހަކަތަކާއި ޖޯކުތައް ވިދާޅުވެ ދެއްވާ ނަދީމަކީ ވެސް ޢިއްޒަތެވެ. މިހެންވެ، ޞައްދާމުގެ އަރިހުގައި އޭނާ ހުންނަވަން ޖެހެ އެވެ.



ޔަޤީންކަމާއެކު ބުނެދޭން އެނގޭ ޚުލާޞާއަކީ، ޞައްދާމު ޙުސައިނާއި ސާޖިދާ އާއި ޙަލާއާއި ޢިއްޒަތު އިބްރާހީމާއި ޤުޞައްޔާއި ޢުދައްޔު ދިރިތިއްބެވި ކަމެވެ. ޔަޤީންކަމާއެކު ބުނެދޭން ނޭނގޭ އަރަތަކީ މި ބޭފުޅުން ދިރިއުޅުއްވަނީ ކޮންތާކު ކަމެވެ.

އަނީސުގެ ފޮތުގައި ލިޔެފައިވާ މިވާހަކަތަކަށް ނަޒަރުހިންގާލުމުން، މިފޮޅުވަތްތައް ލިޔުނު މީހާގެ ހިތުގައި ވެސް ސުވާލެއް އުފެދުނެވެ. ކެންސަރުގެ އާލާސްކަންފުޅެއްގައި ޞައްދާމު ޙުސައިނު އަވަހާރަވެއްޖެ ކަމަށް ދެކެވުނު ވާހަކައިގެ ޙަޤީޤަތަކީ ކޮބައިތޯ އެވެ؟

އަނީސުގެ ޖަވާބަކީ، އެއީ ޞައްދާމު އަވަހާރަކޮށްލުމަށްޓަކައި އެމެރިކާއާއި އިސްރާއީލުން ދިން ދެ ހަމަލައަކަށްފަހު ދެކެވުނު ވާހަކައެކެވެ. އެއް ހަމަލަ ދީފައިވަނީ ފަނާކުރަނިވި ލޭޒަރުންނެވެ. އަނެއް ހަމަލަ ދީފައިވަނީ، ޞައްދާމު އަވަހާރަކޮށްލުމަށްޓަކައި، ވަރަށް ބޮޑަށް ބަލައިގެން ކަނޑައަޅާފައިވާ އަމާޒަކަށް ފޮނުވި މިސައިލަކުންނެވެ. މި ދެ ހަމަލައަށްފަހު، ޞައްދާމު ދުނިޔޭގައި ހުންނެވި ކަމުގެ އެއްވެސް މާއްދީ ހެތްކެއް ނުފެނުމުން، ލަފާކުރެވުނީ ޞައްދާމު އަވަހާރަވެއްޖެ ކަމަށެވެ. މިއީ ޞައްދާމަށް ފާރަލާ މީހުންގެ ލޮލުގައި އޭނާ އެޅުއްވި އަނދުނެއް ކަމުގައި ނޫނީ ނުވެއެވެ. ޞައްދާމު ބޭނުންފުޅުވީ މިގޮތުގެ މަތިން ފަރުދާވެވަޑައިގަތުމަށެވެ. ޞައްދާމަށް ފާރަލާ ފަރާތްތަކުގެ ޤިޔާދަތުން ވެސް ބޭނުންވީ ހަމަ މިގޮތެވެ. މިގޮތުގެ މަތިން ލޯތަކަށް ޞައްދާމު ނިވާކޮށްލެވުނީ އެވެ. އެއަށްފަހު، އޭނާ ދިރިއުޅުއްވަން ހަމަޖެހިފައިވާ ތަނުގައި، ކަނޑައެޅިފައިވާ ގޮތުގެ މަތިން އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ އެވެ.


މަޞްދަރު:
ޞައްދާމު ލަމް ޔުޢުދަމް (ފޮތެއް)


އަޞްލު ޞައްދާމު ޙުސައިނު ކޮބާ؟

"ޞައްދާމު އަވަހާރަކޮށެއް ނުލެވެ އެވެ."



މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ‰‰‰މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-06-01 03:00:22
ޢަބްދުލް މުޢީދު ޙަސަންއެވެ. ފޮތުގެ ތަރުޖަމާއާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ. ފޮތުގައި ބަޔާންކޮށްފައިވާ އެވާހަކަތަކުގައި ބޮޑު އޮޅުންތަކެއް ހުރިނަމަވެސް ފޮތް އެކީ ނިމެންދެން ތަރުޖަމާކޮށްދެއްވުންއެއީ އަޅުގަނޑު އުއްމީދުކުރާ ގޮތެވެ. ބޭނުމަކީ މިފޮތުގައި މިބުނާ ވާހަކަތަކުން ޙަޤީގަތަކާއި ހަމައަށް ވާޞިލުވެވޭތޯ ބެލުމެވެ. ސައްދާމް ދިރިހުންނެވި ނަމަ ފިއްލަވައި ވަޑައިގެން އުޅުއްވާ ސަބަބެއްވެސް ބަޔާން ކުރަންޖެހޭނެއެވެ. އޭނާ ޝަޚްޞިއްޔަތު ދުނިޔެއަށް އެނގިފައިވާ މިންވަރުން އޭނާއަކީ ޢިރާޤް ދޫކޮށްފައި ފިލައި ހުންނާނެ ފަދަ ޝަޚްޞިއްޔަތެއް ނޫނެވެ.
މިހާތަނަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތަކީ ނުވަތަ މީހާރުވެސް ޤަބޫލުކުރާ ގޮތަކީ ސައްދާމް ޙުސައިން ވަނީ ދަންޖައްސާ އަވަހާރަކޮށްލެވިފައި ކަމެވެ.
...
ލިޔުނީ އިހްސާން, 2010-06-01 15:19:48
ވަރަށް ރަނގަޅު ފޮތެއް ކަން ޔަގީން. ސައްދާމް އިރާގުގެ ރައީސްކަމަށް ގެނެސްދީ، އެކަމުގެ ސަބަބުން މުޅި އަރަބި ކަރަ އެމެރިކާގެ ބާރުގެ ދަށަށް އައުމަށް މުޖުބޫރު ކުރުވި މީހާ ކޮންމެ އަގެއް ދީފަ ނަމަވެސް ސަލާމަތް ކުރާނެ ކަން ޔަގީން. ސައްދާމު އެމެރިކާ އާއި ޔަހޫދީން ނަށާއި ޝައިތާނާއަށް އަޅުކަން ކުރާ މޭސަނުންނަށް ކޮށްދީފައިވަނީ އަގުނުކުރެވޭނެ ފަދަ ހިދުމަތްތައް. ޑީއެންއޭ އާއި ހުރިހާ އެއްޗެއް ބަދަލު ކޮށްލެވޭ ޒަމާނެއްގައި ސައްދާމުގެ ހިދުމަތް ތަކުގެ އަގު ސައްދާމަށް ބާރު ދިން މީހުން ވަޒަން ކުރާނެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1650
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone