ފަންވަތް ޤަބޫލުކުރަންދަތި އެބައިމީހުން މައްޔިތާގެ މަސް ކައެވެ.
ބެލި ޢަދަދު: 3094
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އެބައިމީހުން މައްޔިތާގެ މަސް ކައެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ޤަބޫލުކުރަންދަތި - ޤަބޫލުކުރަންދަތި
07 ޖޫން 2010، 21:08 ހޯމަ

އެބައިމީހުންގެ ނަޒަރުގައި، މައްޔިތާގެ މަސް ކެއުމަކީ، މައްޔިތާގެ މައްޗަށް ހިތާމަކުރުމުގެ ތެރެއިންވާ ކަމެކެވެ.


ޢަބްދުލްމުޢީދު ޙަސަން


"މިތުރުންނޭވެ! މިނިމަސް ކާން އަންނާށެވެ! މައްޔިތާގެ މައްޗަށް ހިތާމަ ފާޅުކޮށް، ޖަނާޒާ ބޭއްވުމުގެ ވަގުތު ޖެހިއްޖެ އެވެ."

މެންދުރު ނުވަތަ ރޭގަނޑު ކެއުމުގެ ވަގުތު ޖެހުމުން މިހެން ގޮވާލާނެ އެވެ. މިއަޑު އިވުމާއެކު، މައްޔިތާގެ ގާތްތިމާގެ އެންމެން އެއްވާނެ އެވެ. ދެން ސަންދޯކުގެ ތެރެއިން މައްޔިތާ ނެރެ، އޭނާގެ ގުނަވަންތައް ބުރިބުރިކޮށްގެން ކާންފަށާނެ އެވެ. އޭރު އެބައިމީހުންގެ ލޯތަކުން ހިތާމައިގެ ކަރުނަތައް އޮހެމުން ދާނެ އެވެ.

ޢިއްޒަތްތެރި ކިޔުންތެރިންނޭވެ. މިއީ، ހަދަހަދައިގެން ކިޔާދޭ ބިރުވެރި ވާހަކައެއް ނޫނެވެ. އެކަމަކު، މިއީ، އެތައް ޤަރުނެއް ވަންދެން މިނިމަސް ކައިއުޅުނު ބަޔެއްގެ ބިރުވެރި ވާހަކަ އެވެ. މިއީ އެބައިމީހުންގެ ޙަޤީޤީ ވާހަކަ އެވެ. ނުރައްކާތެރި ބިރުވެރި ބައްޔެއް ޖެހި، އެބައިމީހުންގެ އެތައް ބަޔަކު މަރުވެއްޖައުމަށް ދާންދެން މިނިމަސް ކެއުމުގެ ސަގާފަތު އެބައިމީހުންގެ ތެރޭގައި ދެމިއޮތެވެ.



ޕަޕުއާ ނިއު ގިނީ ގެ، މިނިމަސް ކާ މީހުންގެ ނަޒަރުގައި އިންސާނާގެ ހަށިގަނޑުގެ އެންމެ މީރު ބަޔަކީ، ސިކުނޑި އެވެ. އިހުޒަމާނުގައި ދެކުނު އޭޝިއާގައި ދަތުރުކުރި، ވިޔަފާރިވެރިންނަށް ވަނީ، ޕަޕުއާ ނިއު ގިނީ އެނގިފަ އެވެ. އެބައިމީހުން އެރަށަށް ދަނީ، "ސުވަރުގޭ ދޫނި" (Bird of Paradise) ނަމަކަށް ކިޔޭ ދޫންޏެއް ހިފުމަށްޓަކަ އެވެ. ނަމަވެސް ރަށުތެރެއަށް އެރުމަކީ އެރަށަށް ފައިބާ މީހުން ޖެހިލުންވާ ކަމެކެވެ. އައްސޭރިފަށުން ދޫންޏެއް ހިފިއްޖެނަމަ، އެބައިމީހުންގެ މުރާދު ޙާޞިލުވީ އެވެ. ރަށުތެރެއަށް އަރައިފިނަމަ، އެރަށުގައި ދިރިއުޅޭ މިނިކާ މީހުންގެ އަތްދަށުން ސަލާމަތްވުމަކީ ނާދިރު ކަމެކެވެ. މިނިކާ މީހުންގެ ގެދޮރު ޒީނަތްތެރިކުރުމުގެ ގޮތުން ބޮލުގެ ނާށިގަނޑު ފަދަ އިންސާނުންގެ ކަށިތައް، އޭރު އެލުވާފައިވެ އެވެ.

މީލާދީން ސޯޅަވަނަ ޤަރުނުގައި، ހުޅަނގުގެ މީހުން، ޕަޕުއާ ނިއު ގިނީގެ އައްސޭރިފަށަށް ގޮސް އެ ސަރަޙައްދު އިސްތިޢުމާރުކުރަން ފެށި އެވެ. ހޯދައި ބެލުމާއި، ނަޞާރާދީން ފެތުރުމުގެ ބޭނުމުގަ އެވެ. އޭރުވެސް، ރަށުތެރެއަށް އެރުމަކީ ނުރައްކާތެރި ކަމެކެވެ. އެހެންނަމަވެސް، ހުޅަނގުގެ މީހުން އެބައިމީހުންގެ މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި، ރަށުތެރެއަށް އަރައިއުޅުނެވެ. ރަށުގައި ވަނީ ބޯ ޖަންގައްޔެވެ. މިނިކާ މީހުން ދިރިއުޅުނީ އެ ޖަންގަލީގަ އެވެ. އޭރު އެބައިމީހުންގެ އަތްދަށުވާ ހުޅަނގުގެ ދޮންމީހުން މަރައިގެން ކައިއުޅުނެވެ.

ޕަޕުއާ ނިއު ގިނީ ގެ ސަގާފަތު ދިރާސާކުރެއްވުމުގެ މަޤުޞަދުގައި މަސައްކަތްކުރެއްވި ސައިންޓިސްޓުން ވެސް އެންމެ ބޮޑު އަހަންމިއްޔަތެއް ދެއްވީ، މިނިކާ މީހުންނަށެވެ. ޖަންގަލީގައި ދިރިއުޅުނު ގިނަ ޤަބީލާތަކުގެ މީހުންނަކީ މިނިކާ މީހުން ކަމުގައިވި އެވެ. ޚާއްޞަކޮށް (Fore) ޤަބީލާގެ މީހުންނެވެ. 1950 ވަނަ އަހަރާ ހަމައަށް އެ ޤަބީލާގެ މީހުން އެބައިމީހުންގެ އާދަކާދަތަކުގެ މަތީގައި ދެމިތިބިކަން ކަށަވަރުވެފައިވެ އެވެ.



(Fore) ޤަބީލާގެ މީހަކު މަރުވެއްޖެނަމަ، މިނިމަސް ކެއުމުގެ ޖަނާޒާއެއް އެބައިމީހުން ބާއްވަ އެވެ. މި ޖަނާޒާގައި އިސްވެ ޙަރަކާތްތެރިވަނީ އަންހެނުންނެވެ. މައްޔިތާގެ ގާތްތިމާގެ މީހުންގެ ތެރެއިން އަންހެންވެރިން އައިސް އޭނާގެ ހަތަރެސް ފަޔާއި ބޯ ކަނޑާލަ އެވެ. އަދި އޭނާގެ ހަށިގަނޑުގައިވާ މަސްތައް ފިހެގެން ކާލަ އެވެ. މައްޔިތާގެ ހަށިގަނޑުގައިވާ ބައިތަކުގެ ތެރެއިން އެންމެ ބޮޑު އަހަންމިއްޔަތެއް ދެނީ ސިކުނޑިއަށެވެ. މަރުވުމާއެކު ބޮލުގެ ނާށިގަނޑު ފަޅާލައިގެން ސިކުނޑި ނެރެ އެވެ. އެބައިމީހުން ސިކުނޑި ކައިއުޅުނީ ރޯފިލުވުމެއް ނެތި، ބޮލުގެ ނާށިގަނޑުގެ ތެރެއިން ނެރޭ ގޮތަށެވެ. އާދަކާދައިގެ މަތިން، މައްޔިތާގެ ހަށިގަނޑުގެ ބައިތައް ވަކިވަކިކޮށްގެން، ކުޑަކުދިންނަށާއި ފިރިހެނުންނަށް ދީ އުޅެނީ އަންހެނުންނެވެ. ޤަބީލާތަކުގެ މެދުގައި ކުރެވޭ ހަނގުރާމަތަކުގައި ހައްޔަރުކުރެވޭ އަސީރުންނާމެދު ވެސް ޢަމަލުކުރަމުން ގެންދިޔައީ، މައްޔިތުންނާމެދު ޢަމަލުކުރާ ބީދައިންނެވެ. މިނިމަސް ކެއުމުގެ ޙަފުލާގައި، މައްޔިތާގެ ހަށިގަނޑުގެ ބޮޑުބަޔެއް ކައިއުޅުނީ އަންހެނުންނާއި ކުޑަކުދިންނެވެ. ބައްޔެއް ޖެހިގެން މަރުވާ މީހެއްގެ މިނިމަސް އެބައިމީހުންނަކު ނުކަ އެވެ. އެއީ އެމީހާއަށް ޖެހިފައިވާ ބަލި، އެބައިމީހުންނަށް ޖެހިދާނެތީ ބިރުންނެވެ.

އެންމެ މަޖާ ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، ހުޅަނގުގެ ދޮންމީހުން މިނިމަސް ނުކާކަން، މިނިކާ މީހުންނަށް އެނގުމުން އެބައިމީހުން ޙައިރާންވާ ކަމެވެ. އެބައިމީހުންގެ ނަޒަރުގައި މިނިމަސް ކެއުމަކީ، ޠަބީޢީ ކަމެކެވެ. މިނިމަހަކީ، އެބައިމީހުންގެ ގާތުގައި އެހެނިހެން ޖަނަވާރުތަކުގެ މަހެކޭ އެއްފަދަ އެއްޗެކެވެ. ކީއްތޯ އެވެ. އެބައިމީހުންގެ ނަޒަރުގައި މިނިމަހަކީ އެންމެ މީރު މަހެވެ. އަދި އެންމެ ކާންފަސޭހަ މަހެވެ. އެހެންކަމުން، މިނިމަސް ނުކާންވީ އެއްވެސް ސަބަބެއް އޮތް ކަމަކަށް އެބައިމީހުންނަކު ޤަބޫލެއް ނުކުރި އެވެ.



މިގޮތުގައި އެބައިމީހުން ގަދަދައްކައިގެން ތިއްބައި، އެބައިމީހުންގެ ތެރޭގައި ފަނާކުރަނިވި ނުރައްކާތެރި ބައްޔެއް ފެތުރިއްޖެ އެވެ. އެބައްޔަށް އެބައިމީހުން ދިން ނަމަކީ "ކުރިއު" (kuru) އެވެ. މި ލަފުޒުގެ މާނައަކީ ތުރުތުރު އެޅުމެވެ. މިބަލި ޖެހޭ މީހުންގެ ހަށިގަނޑު ދާއިމީގޮތެއްގައި ތުރުތުރު އަޅަމުންދެ އެވެ. އެއާއެކު ބޮލާއި ކައްޓާއި ހުޅުތަކުގައި ގަދަޔަށް ރިއްސަ އެވެ. ބަލިޙާލު ބޮޑުވުމުން، ހެލިފެލިވެ ޙަރަކާތްކޮށް އުޅުމަށް ބަލިމީހާ ނުކުޅެދެ އެވެ. އަދި ކާބޯތަކެތި ދިރުވުމަށާއި ނޭވާލުމަށް ވެސް އޭނާ ނުކުޅެދެ އެވެ. މިބަލީގެ ޢަލާމާތްތައް ފާޅުވާތާ އެއް އަހަރުދުވަހުގެ ތެރޭގައި ބަލިމީހާ މަރުވެ އެވެ.

ތުރުތުރުއަޅާ މިބަލި ފާޅުވުމުން، މިނިކާ މީހުން ހީކުރީ، އެއީ ނުބައި ރޫޙުތަކެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށެވެ. އެބައިމީހުން ޤަބޫލުކުރީ، މިނިމަސް ކެއުމާ އެ ބައްޔާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ. މިހެންވެ، އެބައިމީހުން މިނިމަސް ކެއުމުގެ ސަގާފަތު ދެމެހެއްޓި އެވެ. ނަމަވެސް އެބައިމީހުންގެ ތެރޭގައި އިންތިހާ ދަރަޖައަށް އެ ބަލިފެތުރި، އެ ބަލީގެ ނުރައްކާ ޢާއްމުވުމުން ޑަކުޓަރުން އެބަލި ދިރާސާކުރެއްވި އެވެ.

ޑަކުޓަރުންނާއި ބާހިސުންގެ ހޯދުންތަކުން އެނގުނު ގޮތުގައި، އެބަލި ޖެހެނީ، ސިކުނޑީގެ ޖެނެޓިކް ކޯޑަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ. އެބަދަލު އައުމުގެ މައިގަނޑު ސަބަބަކީ މިނިމަސް ކެއުންކަން ހޯދުންތަކުން ކަށަވަރުވި އެވެ. މިނިމަސް ކެއުމުން ޖެހޭ އެ ބައްޔާ، މޮޔަ ގެރީގެ މަސްކެއުމުން ޖެހޭ ބައްޔާ ދާދި އެއްގޮތެވެ. މިނިމަސް ކާ މީހުންގެ ތެރެއިން، އެ ބަލިޖެހޭ މީހުންގެ 90 އިންސައްތައަކީ އަންހެނުން ކަމުގައިވި އެވެ. މިކަމުގެ ސަބަބަކީ، ފިރިހެނުންނަށްވުރެ ގިނައިން، އަންހެނުން މިނިމަސް ކެއުން ކަން ފާހަގަކުރެވުނެވެ.

ޕަޕުއާ ނިއު ގިނީ ގެ މިނިމަސް ކާ މީހުން، މިނިމަސް ކެއުން ހުއްޓާލީ، ނަންގަނެވިދިޔަ ބަލި ދެކެ ބިރުންނެވެ. އަދި އެއާއެކު ޒަމާނީ ހޭލުންތެރިކަން އެބައިމީހުންނާ ހަމައަށް ވާޞިލުވުން ވެސް އެކަމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެ އެވެ. އެބައިމީހުން އެކަން ހުއްޓާލީ މަޑުމަޑުންނެވެ. މިނިމަސް ކާ މީހުންގެ ޢަދަދު މަދުވި ވަރަކަށް، ތުރުތުރު އަޅާ ބަލި ޖެހޭ މީހުންގެ ޢަދަދު މަދުވަމުން ދިޔަ އެވެ. ނަމަވެސް، ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި އެބަލި އެބައިމީހުންގެ ތެރޭގައި ފާޅުވި އެވެ. އަދި 2004 ވަނަ އަހަރު ވެސް އެބަލި އެބައިމީހުންގެ ތެރޭގައި ފާޅުވި އެވެ. މިކަމާމެދު ވާހަކަދައްކާ ބައެއް މީހުންގެ ނަޒަރުގައި، އޭގެ މާނައަކީ، އަދިވެސް ސިއްރިޔާތުގައި މިނިމަސް ކާ މީހުން، އެބައިމީހުންގެ ތެރޭގައި އެބައުޅެ އެވެ. ނަމަވެސް މިރައުޔުގެ އަހުލުވެރިންގެ އަތުގައި، އެކަން ސާބިތުކޮށްދޭނެ މާއްދީ ހެއްކެއް ނެތެވެ.

މިއީ މިނިމަސް ކައިއުޅުނު ބަޔެއްގެ ވާހަކައެކެވެ. މި ނޫނަސް މިނިމަސް ކާ މީހުން ދުނިޔޭގައި އުޅެފައިވެ އެވެ.


މަޞްދަރު:
މަމްލަކަތުލް ޚައުފު.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ ރާއްޕެ, 2010-06-08 03:49:56
ޕަޕުއާ ނިއު ގިނީ އެއް ނޫން. ޕެޕުއާ ނިއު ގެނީ.. ލިޔެފައިވާ ގޮތަކަށް ކޮންމެ ނަމެއް ނުކިޔޭނެ .އެހެންނުން ތޯ؟ އަދި ލިޔުމުގައި އެވާ "ސަގާފަތު" އެއީ ރަނގަޅު ގޮތެއް ނޫން. ރަނގަޅު ގޮތަކީ "ސަގާފަތް" މުޢީދު ލިޔުންތެރިކަމަށް ތިކުރައްކާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރުމެވެ.
...
ލިޔުނީ عبد المعيد حسن, 2010-06-08 16:56:18
ދިވެހި ބަހުން ލިޔެފައިވާ ގިނަ ލިޔުންތަކުގައިވަނީ، ޕަޕުއާ ނިއު ގިނީ އެވެ. ޕެޕުއާ ނިއު ގެނީ އަކީ އިނގިރޭސި ބަހުން ކިޔާގޮތް ކަމަށް ވެދާނެ އެވެ. މީގެ ކުރިން ފަންވަތުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ވެސް ޕެޕުއާ ނިއުގެނީ ލިޔެފައިވެ އެވެ. މި ލިޔުމުގައި ލިޔެފައި މިވަނީ ގިނަ ދިވެހި ލިޔުންތަކުގައި (Papua New Guinea) ދިވެހި ބަހުން ލިޔެވި ދިވެހިވެފައިވާ ގޮތަށެވެ.
...
ލިޔުނީ ސައީދު, 2010-06-12 03:39:36
މިރާއްޖޭގައި ވެސް މިނިމަސް ކާމީހުން ވަކި މަދުކަމަކަށް ނުފެނޭ ! ދެމީހަކު އެއްތަންވެއްޖެއްޔާ ދެން ކާނީ ތިންވަނަ މީހެއްގެ މަހެވެ. ޝުކުރިޔާ މިލުންވެސް ވަރަށް ކަމުހިގައްޖެ
...
ލިޔުނީ ކަކުނި ލޯ., 2010-10-11 12:32:07
ރާއްޕެ ތި ހީކުރީ ގޯސްކޮށެވެ. ރާއްޕެއެވެ. ސަޤާފަތް ލިޔަން ދަސްކުރާށެވެ! ރަނގަޅުގޮތަކީ " ޘަޤާފަތް" މިގޮތެވެ. މުޢީދު ސާ ރާއްޕެއަށް ފިނި ބުއިމެއް ނުދެއްވިކަން ރަނގަޅެވެ. ޘަޤާފަތް މިއީ ޢަރަބި ލަފްޡެކެވެ. ޢަރަބިން ލިޔެފައި އޮންނާނީ " ثقافة " މިގޮތަށެވެ. ދިވެހި ބަހުގެ ތިކިޖެހި ތާނައަށް ބަދަލު ކުރާއިރު ތާގެ މަތީގައި ތިން ނުކުތާ އޮންނާނެއެވެ. ވިސްނިއްޖެތޯއެވެ؟

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3094
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone