އިދާރީސުލޫކީ ނަމޫނާ
އިބްރާހީމް ރަޝީދު މޫސާ
މާތްﷲ އެކަމަނާއަށް ރުއްސުންލެއްވި ސައްޔިދާ ޢާއިޝަތުގެފާނު އަރިހުން ރިވާވެގެންެވެއެވެ. ރަސޫލުﷲ صلى الله عليه وسلم ، ތިމަންކަމަނާގެ ގެކޮޅުގައި އިންނަވާ ދުޢާކުރެއްވި އަޑުފުޅުއެއްސެވީމެވެ. اللهمَّ منْ وَلىَ منْ أَمْرِ أُمَّتِى شَيْئًا فَرَفَقَ بِهِمْ فارْفقْ بهِ وَمنْ شقَّ عليهمْ فاشققْ عليهِ – رواه مسلم وأحمد والبيهقى - ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ!