ޑރ. ޢާމިރުއް ނައްޖާރު
ޚުލާޞާ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ޙުލޫލު ޢަޤީދާގެ އަޞްލު، ނަޞާރާ ދީނުން ފެންނަން އެބައޮތެވެ. އެ ދީނުގައިވަނީ، އަލްމަސީޙުގެ އިންސާނީ ހަށިކޮޅާއި މާތް ﷲ އެކުވެވޮޑިގެންނެވި ކަމަށެވެ. އަދި އެގޮތުގެ މަތިން އަލްމަސީޙު އެކުލެވިގެންވަނީ ދެ ޠަބީޢަތަކުން ކަމަށެވެ. މި ވިސްނުމަކީ، ލާހޫތާއި ނާސޫތު ގުޅި ލާމެހުމުގެ ވިސްނުމެވެ. (ކުރުކޮށް ބުނާނަމަ، ލާހޫތަކީ ކަލާނގެ ޒާތުފުޅެވެ. ނާސޫތަކީ އިންސާނާގެ ހަށިގަނޑެވެ.)
ޝީޢީންގެ ތެރެއިން ޣުލުއްވުގެ (1) އަހުލުވެރިން، ޙުލޫލު ޢަޤީދާ ނުވަތަ ލާހޫތާއި ނާސޫތު ގުޅި ލާމެހުމުގެ ޢަޤީދާ ޤަބޫލުކުރެ އެވެ. ދުރުޒީން (2) ޤަބޫލުކުރާ ގޮތުގައި، އަލްޙާކިމު ބިއަމްރި ﷲ ގެ ހަށިކޮޅުގެ ތެރޭގައި މާތް ﷲ ގެ ޒާތުފުޅު ވޮޑިގެންނެވި އެވެ.