އެ ޤަތުލުގެ ސިއްރު (21)
ސައިކުރާ އިބްރާހީމް ނަޢީމް
(30 އޭޕްރީލް 2011 އާ ގުޅޭ...)
މަރުވީ ކޮންބަޔެއް ބާވައެވެ؟ ކާމިޔާބުލިބުނީ ކޮންފަރާތަކަށް ކަމެއް އަދިވެސް ނޭނގެއެވެ. މުޅިތަން އަދި ވެސް ވަނީ އަނދިރިވެފައެވެ. . . . . ކުއްލިއަކަށް މުޅި ނައިޓްކްލަބްގެ އިލެކްޓްރިކް ދިއްލިއްޖެއެވެ. ބިންގަރާސް ކޮޓަރީގެ ތެރޭގައި ދެމީހަކު މަރުވެފައި ތިއްބެއެވެ. ކައިރީގައި ދާހިތްލައިފައި ތިބީ މިސްޓަރ އަންވަރާއި އަޙްމަދު ފިޔަވައި ދެވަނަ ދެ މީހެއްނޫނެވެ. ކައިރީގައި ފިސްތޯލައިގެ ވަޒަންތައް ވަދެ ހުސްވެފައިވާ ދެހަށިގަނޑުގެ ވެރިންނަކީ ކޮންބައެއްތޯ ހޯދިހޯދުމުން އެނގުނީ
އެކަކީ މިސްޓަރ ބޭކަރް ކަމެވެ. އަނެއް މީހާގެ މޭމަތީގައި ބޮޑު ރަތްތަރިއެއް ހުއްޓެވެ. ޖީބުގައި އޮތް ކާޑެއްގައި މިސްޓަރ ޑޭޝް މިހެން ލިޔެފައި އޮތެވެ. އަސްލުގައި އެމީހަކީ ފުލުހުންގެ ވެރިޔާގެ ނައިބް ޝިޔާމްއެވެ.
އާދެ! ހުރިހާ މަސްއަލައެއް ސާފުވީ ދޮގެއްތޯއެވެ؟ މަޝްހޫރު ބޭކަރްއާއި ފުހުންގެ ވެރިޔާގެ ނާއިބް ސިޔާމްގެ ޚިޔާނާތްތެރި މަކަރުތައް ބޭޒާރުވީ ދޮގެއްތޯއެވެ؟ ނަމަވެސް ހިތާމަހުރިކަމަކީ އެ ދެވަގުންގެ ޝަރީއަތް އާންމުންގެ ކުރިމަތީގައި ކުރެވެން ނެތްކަމެވެ.
މި ފާޅުވި ނަތީޖާއާ ވިދިގެން މިސްޓަރް އަޙްމަދު ނަށައިގަތީ އިންތިހާއަށެވެ. ނަމަވެސް މިސްޓަރ އަންވަރު އެދަނޑިވަޅުގައި އޭނާ ކުރަމުން ގެންދިޔައީ އެހެން މަސައްކަތެކެވެ. އާދެ! މިހިނގައިދިޔަ ހާދިސާގެ ސާފު ރިޕޯޓު ނޯޓުތައް ކޮޕީކުރަނީއެވެ. އެކަންތައް ކޮށް ނިމިގެން ނުކުމެ ފުލުހުންގެ ވެރިޔާ އަށް ތެލިފޯނުކޮށްފިއެވެ. އެންގީ، ވަކި ގޮތަކަށް އަންގަންދެން އެ ނައިޓްކްލަބް ފުލުހުންގެ ފަރާތުން ބަންދުކޮށްފައި ބެހެއްޓުމަށެވެ. މި އެންގުމާ ވިދިގެން ލިޔުނު ސިޓީއެއްގައި ލިޔުނެވެ. "އަހަރެން މާދަމާ ހެނދުނު ފުލުސް އިސްޓޭޝަންއަށް ދާނަމެވެ. އެ ތާނގައި، މި ހިނގައިދިޔަ ގަތުލުތަކުގެ ސިއްރާ ބެހޭ ގޮތުން އަދިވެސް ބައިވެރިވާ ކުށްވެރިންނާ މެދު ޝަރީޢަތް ހިންގުން އޮންނާނެ އެވެ. މާދަމާ 9 ޖަހާއިރަށް ޢާއްމު ރައްޔިތުންގެ އެންމެން ފުލުހުންގެ ތަޙްޤީޤު އޮންނަ މައިދާނަށް އެއްވުމަށް އަވަހަށް އިޢުލާނުކުރާށެވެ! އަދި އެތަނަށް ފުލުހުންގެ އެންމެންނާއި ހައިކޯޓުގެ ހުރިހާ އެންމެން ރަސްމީ ހެދުމުގައި ގެންނަން ވާނެއެވެ. މި ޝަރީޢަތްކޮށް ނިމެންދެން މިހާރުއްސުރެން ފެށިގެން ސެވެންއެންޑްބީ އާއި ޑޯރެންސީ ހޮޓަލް ރަނގަޅަށް ބަލަހައްޓާށެވެ!
މިސިޓީ ފުލުހުންގެ ވެރިޔާއަށް ފޮނުވުމަށްފަހު މިސްޓަރ އަންވަރުއާއި އަޙްމަދު އެދެމީހުންގެ ގެއަށް ހިގައްޖެއެވެ. ގޮސް މާދަމާއަށްޓަކައި ހަމަ އެރޭގެ ފަތިހުމެ ދަތުރު ތައްޔާރުކުރަން ފަށައިފިއެވެ.
ޝަރީޢަތުގެ ނަތީޖާ
އަނެއް ދުވަހުގެ ހެދުނު 9 ޖެހިއިރު މުޅި އިންޑިޔާގެ ޢާއްމު ރައްޔިތުންނާއި ޚާއްސުން ވެސް ވަނީ ފުލުހުންގެ ތަޙްޤީޤު މައިދާނުގެ ވަށައިގެން އެތުރި ހަމަޖެހިފައެވެ. އަދު އޮތީ ޝަރީޢަތެއް ކަމެއް، އަދު ހިފެނީ ކޮންފަދަ ވަގުންތަކެއްކަން އެނގޭހަމަ އެކަކު ވެސް ނެތެވެ. އެހެންކަމުން އެންމެންމެ ތިބީ ނޭވާ ހިފަހައްޓައިލައިގެންނެވެ. އެންމެންގެ އިންތިޒާރުގެ ލޯތައްވަނީ އެއް ދިމާއަކަށް ހުއްޓިފައެވެ. އާދެ! މައިދާނަށް ވަނުމުން ހަދައިފައިވާ ބޮޑު ދޮރާއްޓާ ދިމާއަށެވެ.
ކުއްލިއަކަށް އެތިބަ ވަދެގެން އަންނަނީ ޒުވާން ދެމީހެކެވެ. ވަރުގަދަ ދެ މަތިމަސްހުރި ދޮން ދެމީހެކެވެ. ކޮންމެ މީހަކުވަނީ ދާހިއްލައި ފޯވެފައެވެ. ވަދެގެން އައިގޮތަށް އައިސް މައިދާނުގެ މެދުގައި އުސްކޮށް ހަދައިފައިވާ ބޮޑު އިސްޓޭޖްގެ މައްޗަށް އަރައިފައި ދެތިން ނޭވާލައިފިއެވެ. މި ނވާއާއެކު ކުޅިބަލަން ތިބި އެންމެންވެސް ބޭ އިޚްތިޔާރުގައި ނޭވާއެއް ލެވުނު ކަހަލައެވެ. . . . . . . . . . . . . . . . .
އިސްޓޭޖް މައްޗަށް އެރުމާއެކު ދެމީހުންގެ މޫނޫމަތީގައި ޖަހާފައިވާ ދެ މަތިމަސް "އުފުރާލައިފިއެވެ." އާދެ! އެއްވެތިބި އެންމެންނާ ދިމާއަށް ހިނިތުން ކަމާއެކު ބަލައިލައިފި އެވެ. އެ ވަގުތު މުޅި އިންޑިޔާގެ އެންމެން، ވެގެން ދިޔައީ އަޖާއިބުތަކުގެ ތެރެއިން އެންމެ ވަރުގަދަ އަޖާއިބެކެވެ. އާދެ! އެތަކެއް ދުވަސް ކުރީން ރޭލެއްގެ ދަށުގައިވެ މަރުވެފައިވާ ފުލުހުންގެ އިނިސްޕެކްޓަރ މިސްޓަރ އަންވަރު އެހެރީ އެ އިސްޓޭޖް މަތީގައެވެ. އެންމެ ސަލާމަތް ސިއްހަތުގައެވެ. އެންމެ އުފާވެރި ހިނިތުންވުމުގައެވެ. . . . . . . . . . . . . އެވަގުތު އަންވަރު ވާހަކަދައްކަން ފެށިއެވެ.
"އަޅުގަނޑު މިއަދު މިއައީ އެތަކެއް ދުވަސް ވަންދެން މަރުވެފައި އުޅުމަށްފަހުއެވެ. އާދެ! ރޭލެއްގެ ދަށުވެގެން މަރުވުމަށްފަހުގައެވެ. އާދެ! އެކަމަށްޓަކައި ތިޔަ އެންމެ ކަލުން އަޅުގަނޑުގެ ކިބައިން މަޢާފު ކުރައްވާށެވެ!"
"އަޅުގަނޑު މަރުވާންޖެހުނީ އަޅުގަނޑުގެ ކުރިމަތީގައިއޮތް ބޮޑު މަސްއަލައެއް ސާފުކުރުމަށްޓަކައި އަޅުގަނޑުގެ ވިސްނުންދިން މަޝްވަރާއެއްގެ މަތިންނެވެ. އެހެންކަމުން މިއަދު މިއައީ އަޅުގަނޑާ ހަވާލުކުރެއްވި ކަންތައްތައް ކުރުމަށްފަހު ލީލާގެ ޤަތުލުގެ ސިއްރުތައް ހޯދައިގެންނެވެ.
ވާހަކަ ދިގުކުރާކަށް ނެތީމެވެ. އަހަރެމެން ދެމީހުން އެ ޤަތުލާއި އަދި އެނޫންވެސް އެހެން ޤަތުލުތަކުގެ ހެޑްކުވާޓަރކަމަށްވާ ނައިޓްކްލަބްއަށް ވަންރޭ ލޮލަށް ފެނިގެން ދިޔައީ ވަރަށްވެސް ހިތާމަވެރި ނަތީޖާއެކެވެ. އާދެ! ކަމުގެ މުޅި އަޞްލު ކަމަށްވާ ދެމީހުން މަރުވެފައި ތިއްބައި ނޫނީ ނުލިބުނެވެ. އެމީހުން މަރުވީ އެމީހުންގެ އަތުންނެވެ. އެކަކީ މިސްޓަރ ބޭކަރ ކިޔާމީ ހިޖާޒްކަރައިގެ ހިސާބް މުދައްރިސެކެވެ. އެނެކަކީ ދަވްލަތުގެ ވަރަށް މަތީ ދަރަޖައިގެ މީހެކެވެ. ފުލުހުންގެ ކޮންމެވެސް މަތީ މަޤާމެއްގެ މީހެކެވެ. . . . . . . . ނަމަވެސް ދަންނަވަންތޯއެވެ؟ ހަޤީޤަތަކީ އެއީއެއް ނޫނެވެ. އެރޭ މަރުވެފައިއޮތް ބޭކަރް އަދިވެސް ދުނިޔޭގައި އެބަ ހުއްޓެވެ. އޭނާ ގެނައުމައްޓަކައި ސެވެންއެންޑްބި ކިޔާ އިމާރާތުގެ ތެރެއަށް ގޮސް އެތާނގެ ދެކުނުގައި ހުރި ބިންގަރާސް ކޮޓަރިއަށް ފައިބާށެވެ! އަދިވެސް އެތާނގައި ވެއްޖެއެވެ. ދެން މަރުވެފައި އޮތީ ފުލުހުންގެ ވެރިޔާގެ ނައިބް ޝިޔާމްއެވެ.
ނަމަވެސް އަހަރެން އެމީހުންގެ ޖަލުގައިއޮތް ދުވަސްތަކުގެ ތެރޭގައި އެކަންތަކުގެ އެންމެ ބޮޑުމީހާގެ ޚާއްސަ ފާހަގަތައް އަތުލައިގަތީމެވެ. އެހެންކަމުން މަރުވެފައިއޮތް މީހާއަކީ މުޅިން ދޮގާއި ޙީލާތުގެ ކުލަ އެއްކަން އަހަންނަށް އެނގެއެވެ. ލީލާގެ ޤަތުލުގެ ސިއްރުގެ އެންމެ ޚާއްސަ މީހަކީ " ރަތްތަރި" އެވެ. މިސްޓާރ ޑޭޝްމެއެވެ. އެމީހަކީ . . . . . . . . . . . . . . ތިޔަބޭފުޅުންނަށް އަތުގައި ހިފައިފައި ދައްކަންތޯއެވެ؟ އާދެ! މި ދައްކަނީއެވެ. މި ހިފަނީއެވެ. އަޅުގަނޑުގެ ފޮނި ކާމިޔާބީއަށްޓަކައި ތަރުހީބުގެ އަތްތިލަބަޑިތައް ތަޅުއްވާށެވެ. މިސްޓަރ ބޭކަރްގެ އިރުޝާދުގެ މަތިން ލީލާ ޤަތުލުކުރި ނުލަފާ ޤާތިލް މި އިނީ އެވެ.
މިހެން ބުނެފައި ފައިބައިގެން ގޮސް އެ ހުއްޓުނީ މޭޒެއްގެ ކައިރީގައި އެ ޖަލްސާގައި ރަސްމީގޮތުން ބައިވެރިވި އެއްޗެތިތައް ނޯޓްކުރަން އިން މީހެއްގެ ކައިރިއަށެވެ. ހުއްޓުމާއެކުގައި އޭނާގެ މުލައްދަޑީގައި ހިފައިފިއެވެ. އަންވަރުގެ އެއްއަތުން އޭނާ އުފުލާލުމާއެކު ގޮވައިލިއެވެ. ޑިޔަރެސްޓޯހޮޓަލުގެ ފުރޭތަ ރަތްކާރުގެ ޑްރައިވަރް، މިސްޓަރ ޑޭޝް، ލީލާގެ އާޝިޤް އަދި އޭނާގެ ޤާތިލް މުޅި އިންޑިޔާގެ ހައިކޯޓްގެ 1 ވަނަ ސެކްރެޓަރީ މިސްޓަރ މުޚުތާރު ހަސަންއެވެ.
މުޅި މައިދާނުގެ އެންމެން ހަޅޭއްލަވައިގެން ފިއެވެ. ރާސްއަޅައިފައި އެންމެން ތެދުވެ ހޯބޯލަވައި ގެންފިއެވެ. ހަމައެވަގުތު މިސްޓަރ ބޭކަރްވެސް ގެނެސް އޭނާ ހައްޔަރުކޮށް، މުޚްތާރު ހަސަންގެ އަތުގައި ބިޑި އަޅައިފިއެވެ.
ފުލުސް އިނިސްޕެކްޓަރގެ ހެކިތައް
މުޚުތާރު ހަސަންއާއި ބޭކަރްގެ މައްޗަށް ޝަރީޢަތް ހިންގި އިރު މިސްޓަރ އަންވަރު ފިސާރި ކެރިހުރެގެން ވަކާލާތު ކުރަމުން ދިޔައެވެ. އަދި ހުރިހާ ކުށެއްގެ ވެރިންނަކީ އެދެމީހުންކަން ބަޔާންކޮށް ދިނުމަށްޓަކައި ލައްކަ ހެކިތައް ދެއްކިއެވެ. އޭގެތެރޭގައި އޭނާގެ އަޑުގަދަކޮށް ހުށަހެޅި ދެތިން ދަލީލުގެ ތެރެއިން އެއް ދަލީލަކީ "ރަތްތަރި" ގެ ސިޓީތަކުގެ ތެރޭގައި އޮތް އެއް ސިޓީއެވެ. އެ ސިޓީ ލިޔެފައިވާ ކަރުދާސްކޮޅަކީ ވަރަށް އަވަދިނެތި ކޮންމެވެސް ތަނެއްގައި އުޅެމުން އަތުލައިފައިވާ ކަރުދާސްކޮޅެކެވެ. އެ ސިޓީގައި ލިޔެފައިވަނީ މި ޢިބާރާތް ކޮޅު އެކަންޏެވެ.
"ހުޝިޔާރުވާށެވެ! އެޑްމަންޑް ގެންދިޔަމިހުން އޭނާ ދޫކޮށެއް ނުލައެވެ. ދެންމެ އަހަރެންގެ ޖާސޫސްގެ ޚަބަރުދީފިއެވެ. ވީމާ، އެ ބަޔެއްގެ ނުވަތަ އެޑްމަންޑްގެ ދުވަސް ދުއްވާލުމަށް ހަމަ މިހާރު ކަލެއާ ބައްދަލުވާން މިދަނީއެވެ.
ސިޓީ ލިޔުނު ކަރުދާސްކޮޅު ވީދައިލައިފައި ވަނީ، އަވަސްވާން އުޅެން ހަދައިގެން އެގޮތް މިގޮތަށެވެ. އެ ކަރުދާސް ކޮޅުގެ ނުފުށުގައި ޗާޕްދެލީގެ ވަރަށް ކުލަފަނޑު ކޮޕީއެއް އަރާފައި ހުއްޓެވެ. އެ ކޮޕީއަކީ އެ ގަނޑާ ޖެހިގެން ދެން އޮތް ގަނޑެއްގެ ނުވަތަ އެ ސިޓީ ލިޔުމަށްޓަކައި ބޭއްވި ކަރުދާސްގަނޑެއްގައި ހުރި އަކުރު ކޮޅެއްގެ ކޮޕީއެކެވެ. އެ ލިޔުންކޮޅަކީ ހައިކޯޓްގެ 1 ވަނަ ސެކްރެޓަރީ މުޚްތާރު ހަސަންގެ ރަސްމީ އެޑްރެހާއި ފޯން ނަންބަރެވެ. ކޮންމެއަކަސް މި ދަލީލުގެ ސަބަބުން މުޚްތާރު ހަސަންގެ ފަރާތުން އައިސްހުރި ވަކީލުގެ ދާތައް ހިއްލިގަތީ ހާސްކަމާއި ނުތަނަވަސް ކަމުގެ ރާޅެއްގެ ސިފައިގައެވެ.
ސާބިތު ކަމާއެކު އިންޑިޔާގެ އަމާންކަމުގެ މައްޗަށް ވަކާލާތު ކުރަމުން ދެން ދެއްކީ، އަދި އެއަށްވުރެ ވެސް ވަރުގަދަ ދަލީލެކެވެ. އޮފީލިޔާގެ ގެއަށް ވަދެ ހަނގުރާމަކުރި ރޭ އެ ތާނގައި އުޅުނީ މުޚްތާރު ޙަސަންކަމަށްވާނަމަ އޭނާގެ ފައިގެ ބޮޑުވާއިނގިލި ހުންނާނީ ފެޅިފައެވެ. އަދި ފަސޭހައެއް ނުވާނެ އެވެ. މިހެން ބުނުމުން ހަމަ އެވަގުތު މުޚްތާރު ހަސަންގެ ބޫޓް ބާލައިފައި، ފައިތިލަ ބަލައިފިއެވެ. . . މުޅިތަނަށް ވެރިވެގެން ދިޔައީ އަޖާއިބެއް ފަދަ ޙަރަކާތްތެރި ކަމެކެވެ. އެނާގެ ކަނާތުފައިގެ ބޮޑުވާއިނގިލި ވަނީ ބޭސްގަނޑެއް އަޅައި ބަނދެފައެވެ. . . . . . . . އާދެ! އަނެއްކާވެސް އަންވަރުގެ ވަކާލާތެވެ. . . . . . . . . . . . . . . . . އިންސާފް ޤާއިމްކުރައްވާށެވެ! މި ހެކިތަކަށް ނަޒަރު ހިންގަވާށެވެ. އެންމެ ފަހު ރޭ އާދެ! " ނައިޓްކުލަބް" ގޮއްވާލި ރޭ، އެހެން ޢިބާރާތަކުން ބުނާނަމަ މިހުރިހާ ޤަތުލަކާއި ވައްކަމެއްގެ އާޚިރު ނަތީއްޖާގެ ދިޔަފިލި ރޭ އަޅުގަނޑާއި އަޙްމަދު ނައިޓްކުލަބަށް ވަނީ . މުޅި ތަން ގުޅައަކަށް ހަދަމުންނެވެ. އެރޭ، ތެދުތެދަށް ދަންނަވާނަމަ، ހުރިހާ ހަނގުރާމައެއް ކުރީ ، އަޅުގަނޑުގެ އިރުޝާދާ ކުޑަވެސް ތަފާތެއްނުވެ، މިހިރަ ހިތްވަރުގަދަ އަޙްމަދެވެ. ޖެހިހައި ފިސްތޯލައެއް އަދި ތެޅިހައި ތެޅުމެއް ތެޅީ މީނާއެވެ. އަޅުގަނޑު ހިނގަމުން ދިޔައީ އެތާނގެ އެންމެ އަނދިރި އަދި އެންމެ ފުން ހިސާބުގައެވެ. ކުއްލިއަކަށް ބިންގަރާސް ކޮޓަރިން، އަނދިރިގަނޑެއް ކަހަލަ ދެމީހުން ނުކުމެއްޖެ އެވެ. އެ ދެމީހުންގެ ފަހަތުން އެހެން ދެމީހަކު ވެސް ގެންދިޔަ އެވެ. އޭރު ވެސް މުޅި ތާނގައި ތަޅައިފޮޅާ އަޑާއި ފިސްތޯލަ ޖަހާއަޑު އިވެއެވެ. ބިއްލޫރިތައް ތެޅި ފުނޑުފުނޑުވެގެން އޮހޭ އަޑު ވެސް އިވެއެވެ. ކުރިން ހިނގާފަދަ ދެމީހުން ފަހަތުގައި ދެތިން ފޫޓެއްހާ ހިސާބުގައި ތިބެގެން އަނެއް ދެ މީހުން ވެސް ކުރިއަށް ދެއެވެ. އެއީ އެތާގެ ކޮންމެވެސް ދެނޯކަރެއް ކަމާ މެދު އަޅުގަނޑަށް މުޅީން ޔަޤީން ވެސް ވެއްޖެ އެވެ. ހަތަރު މީހުން ސިޑީން މައްޗަށް އަރަން ފަށައިފިއެވެ. އަޅުގަނޑު ދަނީ ފަހަތުގައި ތިބި ދެމީހުންނަށް ވުރެން ތަންކޮޅެއް ފަހަތުން ގުދަށް އޮވެގެންނެވެ. ވަރަށް އުސް ސިޑިއަކުން ކުރިމަތީގައި ދެމީހުން އަރައިފިއެވެ. ދެ ނޯކަރުންވެސް މިހާރު އެތިބަ އަރަނީ އެވެ. ފުރަތަމަ މީހާއަށް އެރިއްޖެ އެވެ. ދެވަނަ މީހާ. . . . . . . . .އަޅުގަނޑު ތެދުވެ އެމީހާ ވަރަށް ކުއްލި ގޮތަކަށް ނަގައި ސިޑީން ތިރިއަށް ދޫކޮށްލައިފީމެވެ. އަދި އެ އަޑުފަށްގަނޑާ އެކުގައި ، ސިޑީގެ ކައިރީގައި ހުރި ދޮރު ލައްޕައި ތަންޑު އަޅައިފީމެވެ. ވައްޓައިލި މީހާ ރޮއިގަތް އަޑު އިވުނެވެ. ނަމަވެސް އެ އަޑަކީ، މުޅި އެތާނގައި އެ ވަގުތު އާއްމުވެފައިވާ އަޑެއްކަމުން، ކުރީގައި ތިބި ދެމީހުން އެއަޑަކާ މެދު ފަރުވާލެއް ނުބަހައްޓައެވެ. އަޅުގަނޑު އަވަސްއަވަހަށް ގޮސް، ދެން ވީ ފަހަތުގައި ތިބި ދެ ނޯކަރުންގެ ތެރެއިން އެކަކަށެވެ. ނަސީބު ރަނގަޅުކަމުން އަޅުގަނޑަށް ވެސް އޭރު ލައިގެން ހުރެވުނީ އަނދިރީގެ ފުރޭތައިން އަޅާ ކަހަލަ. . . . . . . . . . . . އާދެ! އެ މީހުން ވެސް އަޅައިގެން ތިބިކަހަލަ ކަޅު ހެދުމެކެވެ.
ކުރީގައި ތިބިދެމީހުން ކޮޓަރިއަކަށް ވަދެއްޖެ އެވެ. ވަނުމާއެކު އަޅުގަނޑުމެންގެ ދެމީހުން ނަށްދިއްކޮށްލީ ، ޒާތެއްގެ އޮރެންޖް ޖޫސްކަހަލަ ދެ ތައްޓެވެ. މުޅި ކޮޓަރިވަނީ އަނދިރިކޮށްފައެވެ. އަލީގެ އެހީ ހޯދަނީ ވަރަށް ވަގުވަގަށް ޓޯޗުންނެވެ. އެ މީހުން ދިން ޖޫސްތަށި އަޅުގަނޑެއް ނުބޮމެވެ. އެއް ފަރާތަކަށް އުކާލާފައި ހުސްތަށި ދީފީމެވެ. އަނެއް ކަލޭގެ އެ ތަށި ދަމައިލުމާއެކު ކަބަރު ހުސްވެގެން ވެއޓިއްޖެއެވެ. އެހެންކަމުން އަޅުގަނޑުވެސް "ޚަބަރުހުސްވެގެން" ވެއްޓިއްޖައީމެވެ. އެކަމަކު އޮތީ ލޯ ހުޅުވައިގެންނެވެ. އަޅުގަނޑު ގެންދިޔަ ސާމާނަށް ފިސާރި ފަރުވާތެރި ވެގެންނެވެ. ލަހެއްނުވެ. އެމީހުން މސައްކަތް ފަށައިފިއެވެ. ބޭސްތަކެއްކަހަލަ އެޗެއް ގެންސް ވެއްޓިފައި އޮތް އަނެއް ނޯކަރުކަލޭގެ ގެނެސް ކައިރިކޮށްލައިފައި މޫނުގައި އެއްޗެއް ހާކަން ފަށައިފިއެވެ. ހަމަފެނުމާއެކު ކުއްލިއަކަށް އެ ދެމީހުންގެ ދެމެދުގައި ޒުވާބެއް އުފެދިއްޖެ އެވެ. އަޅުގަނޑު އެހުރިހާ ވާހަކައެއް ސާފުކޮށް ޓޭޕްރިކޯޑަކަށް އެޅީމެވެ. އެ ވާހަކަތައް މިހިރީ އެވެ. މިހެން ދަންނަވާފައި، ދަބަހަކުން ނެގި ކުޑަކުޑަ އަޑުފޮއްޓެއް އިންތިޒާމްކޮށް ރޯލެއްލައްވާފައި ހިންގައި ލައިފިއެވެ.
" . . . . . . . . . . ތިޔަ އުޅެނީ ކީއްކުރަންތަ؟ މިއުޅެނީ ފުރާނަ ސަލާމަތްކުރަން ކަމެއް ނޭނގޭތަ؟ . .. . . ކިހިނެއް ހަދަން ކަމަށްތަ؟. . . . . . . . . . . މިދެމީހުންގެ ސިފަބަދަލު ކޮށްލެވޭތޯ . . . . . . . . . އޭރުން އަހަރުމެންނަށް ސަލާމަތް ވެވިދާނެ! . . . . . . . . . . . ކާކުގެ ސިފައެއްތަ ޖައްސަނީ ؟ . . . . . . . . . . . . . މީނާ މިބަދަލުކުރަނީ ކަލޭގެ ސިފައަށް . . . . . . ކޮންކަލެއެއްތަ؟ . . . . . . . . ބޭކަރްގެ ސިފައަށް. . . . . . . . އަނެއްމީހާޔޯ؟ . . . . . . . . . އަނެއްމީހާ. . . . . . . އާނ!. . . . . . . . . . . . . . . . . . . . ފުލުހުންގެ ވެރިޔާ ނައިބް ޝިޔާމްގެ . . . . . . . . . . ސިފައަށް ބަދަލުކުރަންކަމަށް . . . . . . . . . . . . . . ތިޔައީ ރަނގަޅުގޮތެއްތަ؟ . . . . . . އަހަރެންގެ ސިފައިގައި މީހަކު ބޭއްވީމާ. . . . އަހަރެން ސަލާމަތްވާނެ ގޮތެއް ނޯންނާނެ އެވެ. އަދި އެހެން ހަދައިފައި ކަލޭ ތިޔަ އުޅެނީ، މުޅިން ނަން ސިއްރުކޮށްފައ، ޝިޔާމްގެ ސިފަ ޖައްސައިފައި، މީހަކު މަރައިލައިފައި ފިލަން ކަމަށްތަ؟ . . . . . . . . . . އަހަރެން އަދި މިހާރު މިހިރީ އެ މީހުންނަށް ބޭޒާރުނުވެ ފޮރުވިފައެވެ. ކަލޭ ތިޔަހެރީ އެތައް ގޮތަކުން ބޭޒާރުވެފައެވެ. ވީމާ، އޭނާ ކަލޭގެ ސިފައަށް ބަދަލުކޮށްފައި މަރާލީމައި، ކަލޭ މަރުވީ ކަމަށް އެމީހުން ޔަޤީންކުރާނެއެވެ. . . . . . . . . . . . . . . . . އެހެންވިއްޔާ ކަލޭވެސް މަރުވާން އެންމެރަނގަޅު ނޫންތޯއެވެ؟ ތިޔަމީހާގައި ބޭކަރްގެ ސިފަޖައްސަންޏާ، މިއޮތްމީހާގައި މުޚްތާރުހަސަންގެ ސިފަޖައްސަންވާނެއެވެ. އެހެންނާފަހެ! ކަލޭ ސިފަ އޭނާގެ ގައިގައި ނުޖައްސައިފިއްޔާ އހަރެން ކަލޭގެ ފުރާނަ ސަލާމަތްވިޔަ ދޭނެކަމަށް ހީކުރަމުދޯއެވެ؟ މަރުއައިސް ކުރިމަތިވީމާ ޖާނު ސަލާމަތް ކުރަން ނޫޅޭށެވެ! " އޑުފޮށީގައި އޮތް ރޯލު ނިމުނީއެވެ. އަންވަރު ބުންޏެވެ. އެހިސާބަށް ބޭކަރްއާއި މުޙްތާރުއާއި އަރާރުންވުމަށްފަހު ދެމީހުން ހިފައިގަންނަން ދިމާކޮށަލައިފިއެވެ. އަޅުގަޑުވެސް ވަރަށްފަރުވާ އޮވެ ކެމެރާގައި ފްލޭޝްގަން ހަރުކޮށް ކުއްލިއަކަށް އެދެމީހުން ފޮޓޯނަގައިފީމެވެ.
ބޮކި އެދުމާއި، މުޅިކޮޓރި އަލިވުމާއި އަޅުގަޑު އެދެމީހުން ކޮށްޕައިލުމާއި، ކޮޓަރިން ނުކުމެ ރައްކައުވުމާއި އެކުގައި ދުއްވައިލީމެވެ. އެ ފޮޓޯ މިއޮތީއެވެ. މި ތިބީ ދެމީހުން ރުޅިއައިސް ރަތްވެފައެވެ. މި އިނީ މިސްޓަރ ބޭކަރެވެ. ދެން މި އިންނެވީ މުޚްތާރު ހަސަންއެވެ. . . . . .
ފުލުސް އިންސްޕެކްޓަރްގެ ވާހަކަތައް މިހާހިސަބަށް ދިޔައިރު މިސްޓަރ ބޭކަރްއާއި މުޚްތާރުއާއި، އަދި އެދެފަރާތުގެ ދެވަކީލުން ބުނާނެ އެއްޗެއްނެތި އަނގަ ބެދިއްޖެއެވެ. އިތުރު ދަލީލުތަކުން ލަދުގެންނެވުމުގެ ކުރީގައި އެ ދެމީހުންގެ ކުށަށް އިޢުތިރާފުވެއްޖެ އެވެ. އަދި ލީލާ ގަތުލުކުރީ ވެސް ޚުދު މުޚުތާރު ހަސަންގެ އަތުންކަމަށް ވެސް އިޢުތިރާފުވެއްޖެ އެވެ. ނަމަވެސް، އޭނާ ގަތުލުކުރީ މިސްޓަރ ބޭކަރްގެ އޯޑަރަށްކަމަކަށް ބޭކަރްވެސް އިޢްތިރާފްވެ ނިމިއްޖެއެވެ.
ޝަރީޢަތް ނިންމެވީ ދެމީހުންމެ ދަން ޖެއްސުމަށެވެ. އަދި އޭގެ އިތުރަށް މުޚްތާރު ދެ އަހަރު ޖަލުގައި ބޭއްވުމަށްފަހު ދެން މަރައިލުމަށެވެ. ބޭކަރް ހަމަ އެދުވަހު މެރުމަށެވެ.
ހޮލީވުޑް ބައިސްކޯފު ފިލްމަށް
އިންޑިޔާގައި ހިނގައި ދިޔަ އެ ޤަތުލުގެ ސިއްރުގެ ޝަރީޢަތާ ވިދިގެން މިސްޓަރ އަންވަރަށް އެތާނގެ ރައީސްގެ ފަރާތްޕުޅުން ރަންމެޑެލެއް ދެއްވިއެވެ. މިސްޓަރ އަޙްމަދަށްވެސް ހަމަ އެފަދަ ޢިއްޒަތް ލިބުނެވެ. އެއާއެކު އެ ނުރައްކާތެރި ޤަތުލުތަކުގެ ހާދިސާގެ ދިގުވާހަކަ އާދެ! އެގަތުލުގެ ސިއްރު" ގެ މައްޗަށް ދުނިޔޭގެ އެންމެންހެން ދަހިވެތިވެއްޖެ އެވެ. ޚާއްސަކޮށް ދުނިޔޭގެ ބައިސްކޯފް ފިލްމުކުންފުނިތަކުން، އެ ވާހަކަ ފިލްމުކުޅުމަށް އެދެންފަށައިއިފި އެވެ.
މި އެދެމުން ދިޔަ އެދުންތަކާ އެއްގޮތްވާ ގޮތުގެ މަތިން މިސްޓަރ އަންވަރާއި އަޙްމަދު މިއަދު ތިބީ ހޮލީވުޑްގެ އެންމެ ކުލަގަދަ ފިލްމުކުންފުނި ކަމަށްވާ ، އެން،އެފް، ލިމިޓެޑް" ގެ ފަރާތުން ދިން ދަޢުވަތަކަށް ނުވަތަ ކުރި އޯޑަރަކަށް ގޮސް ހޮލީވުޑްގައެވެ. ފެށުނީއްސުރެ ނިމެންދެން "އެ ގަތުލުގެ ސިއްރު" ކިޔައިދިނުމަށް ފަހު ޕްރޮޑިއުސަރާއި ޑިރެކްޓަރ، ފިލްމުގެ މަންޒަރުތައް ރާވައިލައިފި އެވެ. އަންވަރުގެ ބައި ކުޅުމަށް ކަނޑައެޅުނީ އަންވަރެވެ. އަޙްމަދުގެ ބައި އަޙްމަދެވެ.
ދުވަސްވަރަކީ ވަރަށްފިނި ދުވަސްވަރަކަށެވެ. " އެގަތުލުގެ ސިއްރު " ބައިސްކޯފްއަށް ނެގުމަށްޓަކައި ފަރަންސޭސި މަންޒަރުތަކެއް ބޭނުންވެގެން ފިލްމުގެ ބަތަލު ހޮލީވުޑްއިން ފަރަންސޭސިވިލާތަށް އަތުވެއްޖެއެވެ. އޭނާއާއި އެކުގައި ފިލްމުގެ ސަޕޯޓިން އެކްޓަރ މިސްޓަރ އަޙްމަދު ވެސް ގެނައެވެ. މަންޒަރ ކެމެރާއަށް ނަގަން ފަށައިފި އެވެ. އެ މަސައްކަތުގައި އެމީހުން އުޅޭތާ ހަތަރު ދުވަސްވެއްޖެއެވެ. މުޅި ފްރާންސްގެ ތަސްވީރެއް ކަހަލަ ހިއްގައިމު ކޯރެއްގެ ކައިރީގައި މަންޒަރުތައް ކުޅެމުން ފޮޓޯނަގަމުން ގެންދަނީ އެވެ. ކޮންމެ ދުވަހެއްގެ މަސައްކަތްތައް ހުއްޓައިލަނީ، އިރު އޮއްސި 7 ޖެހީމައެވެ. މިގޮތުގެ މަތިން އެމީހުން މަސައްކަތް ކުރަމުންދާތާ އަދަކީ 5 ވަނަ ދުވަހެވެ. އަދު އަޙްމަދަށް ކުޅެންޖެހުފައިއޮތީ ފިލްމުގެ ތަންކޮޅެއް ކުރީގެ މަންޒަރެކެވެ. އެއްފަހަރު ކުޅެ ފޮޓޯނަގާފައި އޮތް އެހެން ނަމަވެސް ޕްރޮޑިއުސަރ މުޅިން ހިންހަމަ ނުޖެހޭ މަންޒަރެކެވެ.
އާދެ! އެމަންޒަރަކީ، ލީލާއާއި އަހްމަދު ކޯރުގެ ތެރޭގައި " ލަވް" ލާންޗުގައި ނަގާ (މިނިވަންކޮށް ދަންނަވާނަމަ ) އިޝްޤީ މަންޒަރެކެވެ. އެތަކެއް ފަހަރު އެކިގޮތްގޮތަށް އެ މަންޒަރު ކުޅުމަށްފަހު، ތެދުތެދަށް ދަންނަވާނަމަ މުޅީން ވަރުބަލިވެގެން ޕާޓީގެ އެންމެން އެބުރި ގެއަށް ހިގައްޖެއެވެ.
އެރޭ މިސްޓަރ އަޙްމަދު ގެއަށްގޮސް ކެއުމަށްފަހު، ލިބުނު ވަރުބަލިކަން ފިލުވާލުމަށްޓަކައި ހަވީރުގެ ނޫހުގެ ޞަފްހާތަކަށް ބަލާލަން ސަރަންފީއެއްގައި އޮށޯވެ އޮތެވެ. ކަނާތުގައި އޮތް ސިގިރެޓް ދުންތައް މަޑުމަޑުން އަރަމުން ދެއެވެ.
ކުއްލިއަކަށް ގޭގެ ފެންޑާމަތީގައި ހުރި ރަނގަބީލު ޖެހިއްޖެއެވެ. އަޙްމަދު ނުކުމެ ބަލާލިއިރު ދެވަން ފުރައިގެ މީހަކު އައިސް ހުއްޓެވެ. އަޙްމަދު ނުކުތުމުން އޭނާ ބުންޏެވެ. " އަދު މިތާގެ ކައިރީގައިވާ ކޯރުގެ ކައިރިއަށް ގޮސް އިންޖީނު ބައްތެއްޔެއްގައި އުޅުނީ ކަލޭހެއްޔެވެ؟

-------------
(ނުނިމޭ)
(ނުނިމޭ)
މި ވާހަކައިގެ މި ބައި:
ޓައިޕްކުރުން: ޢާއިޝަތު ރުޝްދީ/ ލިޔުންތެރީންގެ ގުޅުން
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު