ޕޮމްޕޭގެ ނިމުން
އިބްރާހިމް އަޙުމަދު (ކަކާ) ރ.ކަނދޮޅުދޫ
އިޓަލީގެ ޤަދީމީ ރަށެއްކަމުގައިވާ ޕޮމްޕޭގެ ރައްޔިތުންނަކީ، އިހުގެ ރޯމަނުންގެ ތެރޭގައި އުޅުނު އެންމެ ބޮޑެތި މުއްސަދިން އުޅެމުންދިޔަ ރަށްކަމަށް ބެލެވެއެވެ. އުފަލާއި މަޖަލުގައި 600 އެތައް އަހަރެއް އެމީހުން ހޭދަކޮށްފައިވާކަމުގެ ހެކިތައް ފެންނަން އެބަ ހުއްޓެވެ. ބުނެވޭ ގޮތުގައި އެ މީހުންނަކީ ޖިންސީ އުފާ ހޯދުމާއި، އެއް ޖިންސުގެ ގުޅުން ހިނގުމާއި، ރާބުއިމާއި، ޖުވާ ކުޅުމާއި، އަޅުންނަށް އިހާނެތި ގޮތްތައް ހަދައި މެރުމާއި، ދުނިޔަވީ އެންމެހާ މަޖަލުުގައި ހައްދު ފަހަނަޅައިފައިތިބި ޣާފިލް ބައެއް ކަމަށްވެއެވެ.
ގާތްގަނޑަކަށް ވިހިހާސް މީހުންގެ އާބާދީއެއް އޮތް ޕޮމްޕޭއަކީ އެދުވަސްވަރު އެފަދަ ދެވަނައެއް ނުވާ ޒަމާނީ ވަސީލަތްތަކާއި، ރީތިކަމުގައި ނަން މަޝްހޫރުވެފައިއޮތް ރަށެކެވެ. ޕޮމްޕޭގައި އެމީހުން ބިނާކޮށްފައިވާ ގެދޮރާއި، މަގުތަކާއި، އިމާރާތްތަކަކީ އެޒަމާނުގެ އެންމެ ޗާލޫވީ ތަންތަނެވެ. ފަރުބަދަތަކުގެ އަޑިން ހެދިފައިވާ ގޮނޑުދޮށްތަކުގެ ހިތްގައިމު މަންޒިލާއި، ވަށައިގެންވާ ފަރުބަދަތަކުގެ ޤުދުރަތީ ރީތިކަމަކީ ޕޮމްޕޭގައި އެދުވަސްވަރު ދިރިއުޅެމުންދިޔަ ހަމަކޮންމެ މީހަކު އެކަމަށް ޓަކައި ފަޚުރުވެރިވާ ކަންތައްތަކެކެވެ. އެހެންކަމުން ޕޮމްޕޭގައި ދިރިއުޅޭ ކޮންމެ ފަރުދަކުވެސް އެރަށް ދޫކޮށްލާފައި ހިތާއި ދެކޮޅަށް ނަމަވެސް ދާކަށް ބޭނުމެއް ނުވެއެވެ.
މިފަދަ އަރާމާއި ލައްޒަތުގައި ދިރިއުޅެމުންގެންދިޔަ ރައްޔިތުންތަކެއްގެ ދިރިއުޅުން އެންމެ ދުވަހެއްގެ ތެރޭގައި ނިމުމަކަށް އައީ އެ ރަށުގެ ކައިރީގައިވާ އަލިފާން ފަރުބަދަތަކެއް ގޮވުމުގެ ސަބަބުންނެވެ. އެހެނަސް އަލިފާން ފަރުބަދަތައް ގޮވަން ކައިރިވަމުންދިޔަ ވަރަކަށް އެކި ފަހަރު އެކި ގޮތަށް އެ މީހުންނަށް އިންޒާރުތައް ލިބެމުންދިޔަ ކަމަށްވެއެވެ. މިގޮތުން މިހާދިސާ ހިނގުމުގެ ކުރިން، ޕޮމްޕޭގައި ފެން ސަޕްލައި ކުރުމަށް ގުޅާފައިވާ ހޮޅިތަކުން ފެން ދައުރުވުންވެސް ހުއްޓުނުކަމަށް ވެއެވެ.

ލިބެމުންދިޔަ އިންޒާރުތަކަށް ކުޑަވެސް ބެލުމެއް ނެތި އެމީހުންގެ ދިރިއުޅުން ކުރިއަށް ގެންދިޔައީ "އެއީ ކުޑަ ދުވަސްކޮޅެއްގެ ކަމަކަށް" ދެކިގެންނެވެ. އެހެނަސް "މަތިވެރި ނިޢުމަތްތަކުގެ ވެރި އަހުލުވެރިން" ކަމުގައި އަމިއްލައަށް ދެކިގެން ތިބި ޕޮމްޕޭގެ ރައްޔިތުންގެ ޣާފިލްކަމުގެ ނަތީޖާ ނިކުތީ ވަރަށް ވެސް ހިތި ގޮތަކަށެވެ. ވިސްނައިފި މީހަކަށް މިކަމުން އިބުރަތެއް ޙާޞިލްވާނެކަން ކަށަވަރެވެ.
ވަގުތުގެ އަޖަލު ހަމަވެއްޖެއެވެ. ފަރުބަދަތަކުން ފައިބަމުންދިޔަ ވިހަ ގޭހާއި އަޅިތައް ރަށުތެރެއަށް ފައިބައި ރަށުތެރޭގައި ވައި ބަންދުވިއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންތިބި ގޮތަށް އެހަރަކާތުގައި ތިބެ ފަނާވެދިޔައީއެވެ. އެހެނަސް އެމީހުންގެ މޫނުތަކުން އެއް ކަމެއް ފާހަގަކުރެވިފައިވެއެވެ. އެއީ ހައިރާންކަމާއި، ބިރުވެރިކަމެވެ.
އެމީހުންގެ ހަށިތައް މިއަދާ ހަމައަށް ވެސް ފެންނަންހުރީ އެމީހުންގެ އެންމެ ފަހު ސިކުންތުގެ ހަރަކާތާއިއެކުއެވެ. ކުޑަކުއްޖާއަށް ކާންދެން އިން އަންހެން މީހާ އަދިވެސް އިނީ އެހަރަކާތާއިއެކުއެވެ. އެއްތަނެއްގައި ޖިންސީ ގުޅުން ހިންގަންތިބި އެތަށް ބައެއްގެ ހަށިތައްވެސް ފެންނާންހުރީ ހަމައެގޮތަށެވެ. މޭޒު ދޮށުގައި ފިލާއޮތް މީހާވެސް އޮތީ އޭނާގެ ދެއަތް މައްޗަށް ނަގައި ސަލާމަތަށް ގޮވަގޮވާއޮތް ހާލުގައި އެހަރަކާތުގައެވެ. މިނޫނަސް އަޖައިބުކުރަނިވި އެތައް ގޮތަކަށް ތަފާތު ސިފަސިފާގައި މިމީހުންގެ ނިމުން މިއަދުގެ ޖީލަށް ފެންނަން އެބަހުއްޓެވެ.
ޕޮމްޕޭގެ މި ހާދިސާއާއި ގުޅިފައި ވަރަށް އަޖައިބުކުރަނިވި ކަންތައްތަކެއްވެއެވެ. ޕޮމްޕޭ ހިމެނޭ ސަރަހައްދަކީ އެހާދިސާގެ ކުރިން ބިންހެލުމެއް އަދި އެނބުރޭ ތުފާނެއް އައިސްފައިވާ ސަރަހައްދެއްކަމަށް ނުބެލެވޭކަމަށް މިތަން ބަލާ ތަޙްޤީޤްކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިސަރަހައްދުގައި ގޮވާ އަލިފާން ފަރުބަދަތަކާއި، ބިންހެލުންފަދަ ހާދިސާތައް ޕޮމްޕޭއަށް އައި ތޫފާނުގެ ކުރިން ހިނގައިފައިވާކަމަށް ބޮޑަށް ބެލެވެނީ އެ ރަށުގެ ބޭރުންކަމަށް އެ ފަރާތްތަކުން ހޯދިހޯދުންތަކުން ބެލެވެއެވެ. އޭގެ ހެތްކެއްގެ ގޮތުގައި އެ ފަރާތްތަކުން ބުނެފައިވަނީ އެ އަލިފާން ފަރުބަދަތަކަކީ ޕޮމްޕޭ ފަނާވުމުގެ ކުރިން ވެސް އެތައް ފަހަރަކު ގޮވައި، އެކަމުގެ އެއްވެސް އަސަރެއް ޕޮމްޕޭއަށް ކޮށްފައި ނުވާ ފަރުބަދަތަކެއް ކަމަށެވެ.
ޕޮމްޕޭގެ ނިމުމުގެ ސިއްކަޖެހިފައިވަނީ އީސާގެފާނު ދުނިޔެއަށް ފާޅުކުރެއްވުމުގެ 79 އަހަރު ކުރިން، "ވާސުވިއަސް" ނަމަކަށް ކިޔާ އަލިފާން ފަރުބަދައެއް ގޮވައި އެއިން ބޭރުވި ވިހަ ގޭސްތަކާއި އޭގެ އަޅިތަކުގެ ސަބަބުންނެވެ. ޕޮމްޕޭ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެމީހުން މަރުވެފައިވަނީ އަލިފާން ފަރުބަދަ ގޮވަން ކައިރިވުމާއި ގުޅިގެން 8 ގަޑިއިރު ވާންދެން ހުއްޓުމެއްނެތި ޕޮމްޕޭގެ ތެރެއަށް ފޭބި ވިހަ ގޭހާއި، އަޅިއާއި، އަލިފާން ފަރުބަދައިން ފޭބި ބޮޑެތި ހިލަތަކުގެ ސަބަބުންނެވެ. މިސަރަހައްދަކީ ވަށައިގެން ފަރުބަދަ ހިމެނޭ ސަރަހައްދެއްކަމުން އޭގެ ތެރެއިން އެއްވެސް މީހަކު ސަލާމަތްނުވެ މަގުތައް ބަންދުވީއެވެ. އަދި ޕޮމްޕޭއަށް، އަލިފާން ފަރުބަދައިން ފޭބި ހޫނު ހިލަތައް ދިޔާވެގެން ފައިބާފައިވަނީ އެމީހުން ނިމިގެންދިޔަތާ އެތަށް ގަޑިއިރެއް ފަހުންކަމުގައި ބެލެވެއެވެ.
"ވާސުވިއަސް" ފަރުބަދަ ގޮވަން ފެށުމުގެ ކުރިން ލިބެމުންދިޔަ އިންޒާރުތަކަށް ނިމުމެއް އައިސް، ދޮންވެ ރަތްވެފައިވާ އަލިފާން ފަރުބަދައިން ވިހަ ގޭހާއި، އަޅިއާއި، ހިލަތައް ޕޮމްޕޭގެ ތެރެއަށް ފައިބާން ފެށުމުގެ ނަތީޖާއެއްގެ ގޮތުން އެރަށުގެ ތެރޭގައި ކަޅު ވިލާގަނޑެއްފަދައިން ދުންތައް ފެތުރިގެންދިޔައެވެ. މިހާދިސާގައި ޕޮމްޕޭގެ ހާލަތު ސިފަކުރަމުން ގިނަ މީހުން ބުނެއެވެ. "އެހާދިސާ ސިފަވަނީ ހަނދުވަރުގެ އަލިކަމެއް ނެތް ކަޅުފޮއި ރެއެއް ހެންނެވެ. ނުވަތަ ބަންދުކުރެވިފައިވާ އަދިރި ކޮޓަރިއެއް ހެންނެވެ." މިފަދައިންނެވެ.
މިބިރުވެރި ހާދިސާއިން ސަލާމަތްވުމަށް ޓަކައި އެއް ބަޔަކު އެރަށުގެ ކައިރީގައިވާ އަމަލްފީ ގޮނޑުދޮށުގެ މޫދުގައި ހޭދަކުރިކަމަށްވެއެވެ. އެހެނަސް މޫދުގެ ލޮނުގަނޑު ހޫނުވެގެން ކެކި އެރިއެވެ. އަނެއް ބަޔަކު އިމާރާތްތަކަށާއި، އެހެންވެސް ހިޔާވާނޭ ތަންތަނަށް ވަދެ ތިބި ކަމަށްވެއެވެ. އެހެނަސް ރަށުތެރެއަށް ފެތުރެމުންދިޔަ ވިހަ ގޭހުގެ ސަބަބުން އެމީހުންގެ އެންމެ ފަހުވަގުތު އައިސް ކުރިމަތިކުރުވީއެވެ. ފަރުބަދަތަކުގެ މައްޗަށްއަރައި ސަލާމަތްވާން ދުވި މީހުންވެސް ނިމިގެންދިޔައީ ހަލުވިކަމާއެކު ފެތުރެމުންދިޔަ ހޫނު ވިހަ ގޭހުގެ ސަބަބުންނެވެ. ކޮންމެ ތަނެއްގައި ފިލައި އޮތްކަމުގައި ވިޔަސް "މަރު" އައިސް ޖެހުމުން، އެއްވެސް މީހަކަށް ސަލާމަތެއް ނުވެވޭނެ ނޫންތޯއެވެ! ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޕޮމްޕޭގެ ހަލަބޮލި މާހައުލު ހަމަހިމޭން ސަހަރާއަކަށް ބަދަލުކޮށްލި މިހާދިސާއަށްފަހު މި ސަރަހަށްދަކީ ދޭތެރެ ދޭތެރެއިން ބިންހެލުންތައް އަންނަމުންދާ ސަރަހައްދެކެވެ. އަދި މިއީ އިޓަލީއަށް ދަތުރުކުރާ ފަތުރުވެރިންގެ ވަރަށް ޚާއްޞަ މަންޒިލަކަށްވެސް އޮންނަނީ ވެފައެވެ.

------------------
(ނިމުނީ)
(ނިމުނީ)
މި ލިޔުން:
ފޮނުވުން: އަލްފާޟިލް އިބްރާހިމް އަޙުމަދު (ކަކާ) ރ.ކަނދޮޅުދޫ
އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމަލު އަބޫބަކުރު
ޝާއިޢުކުރުން: '' ''