މަ ބިރުގަނޭ
އާދަމް ނަޞީރު އިބްރާހީމް (2012)
ޤައުމަށްޓަކާ ފުރާނަ ދޭން އަހަރެން ފިސާރި ބިރުގަނޭ
ޝައުޤާ އެކީ ފިދާވެދާން ޖެހިލުންވެ ހާސްވެ ބިރުގަނޭ
----- ------ --- -----
ދީނުގެ ކަރާމަތަށްޓަކައި ދީނުގެ ޙިޔާމަތަށްޓަކައި
ދީނުގެ ދިފާޢުގައި ޝަހީދުވެދާން އެހާމެ ބިރުގަނޭ
މިނިވަންކަމާ ސިޔާދަތާ ދެމެހެއްޓުމަށް ޖިހާދުކޮށް
ހިނިތުންވެ ހުރެ މި ރޫޙުދޭން [މިނަކާނުލައި] މަ ބިރުގަނޭ
ދިވެހިންގެ ރީތި އާދަތައް، ދިވެހިންގެ މާތް އުސޫލުތައް
އުވިދިޔަ ނުދޭށަ ޖާނު ދޭން ހުވަޔޭ މަ ހާދަ ބިރުގަނޭ
އޭ ކީއްވެތޯ ތިބާ ކުރާ، ތިޔަ ހޫނު ގިނަ ސުވާލުގައި
ކީކޭހެ އަދު ބުނަން އޮތީ، މި ޖަވާބު ދޭން މަ ބިރުގަނޭ
ޤައުމުގެ ޒުވާން ދަރިންތިބީ ދިރިތިބެ މިހާރު މަރުވެފައި
ޤައުމާއި ދީން އެ މީހުނަށް ދޫކޮށްލުމަށް މަ ބިރުގަނޭ
---------------------
މި ލިޔުން:
ފޮނުވުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް
ޝާއިޢުކުރުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)