ބިދޭސީންގެ ސުވާލު
އަންވަރު އިބްރާހީމް (2020)
ކޮން ކަމެއްހޭ ކޮށްނުދީ އަހަރެން ހުރީ ތިޔަ ހައްގުގައި
އެންމެ ބޭނުންވީ ވަގުތު އެއްލައި ލަނީހޭ ފާޅުގައި
އެންމެ އަގުހެޔޮ ކުޑަ މުސާރައިން ނުފުދިގެން ގޮތްހުސްވިކަން
ދަންނަނީ ފަހެ ކާކުހޭ މި ތެޅޭ ތެޅުން ގަނަ ހާލުގައި
ރައްކަލެއް ނެތް ހޮހަޅައިން ތޮއްޖެހި އުޅޭ ބިކަ އުޅުމުގައި
ހައްގުތައް މަންމަން ވިޔަސް ކިޔަމަން ނުވަންހޭ ވޭނުގައި
ގައިދުރެއް ނެތި އިޖުތިމާޢީ އުނދުނުގައިވާ ކުޑަ ތަވައިން
ގައި ފިހުނު އިރު ވެސް ރުއިންހޭ ހޫނުގައި މި ޢަޒާބުގައި
ކާނެ އެއްޗެއް ބޯނެ އެއްޗެއް ނުލިބި ގަންނަން ގޭދޮށުން
ދާނެ ހޮޓަލެއް ފަހެ ކޮބައިހޭ؟ ބަނޑު ތޮޅޭ ހައިހޫނުގައި
ހުސްވެ ގޮތް ނެތް ހިނދު އިތުރު ޔާރެއް އިޔާރެއް މި ތަނުގައި
"ބޮސް" ކޮބައިހެ ފިލައިފިޔޭ އެއްލައިލަމުން ފުރަބަންދުގައި
އޮންނަ ގޮތްހޭ މީ އަޅުންނަށް އިމްތިހާނުގެ ވަގުތުގައި
އަންނަހާ ކަރުނުން ކުރާ މި ސުވާލު އަހަޔޭ މި ހިތުގައި
___________________________