ރަނގަޅު ވިސްނުން ނެތީވިއްޔާ
ޙަސަން ޝާކިރު މުޙައްމަދު
ޒަމާނުގެ އޮއިވަރާއެކުގައި މިތާބެހިގެން ދިޔުންގާތޭ
އަމާޒެއްނެތި އުޅޭއުޅުމުން މަގުން ކަސިޔާރިވުން ގާތޭއިވޭއެކިރާގުތައް އިވުމުން އަވައިގައިޖެހެވިގެން އެމަގުން
ނިވޭނޭކަން ނަސީބުގެބައްތިވެސް ނޭނގުން ވަރަށް ގާތޭ
އަވާމެންދުރުގެ ހުވަފެނުގައި ދުވާލާ ރޭގަނޑާ އޮޅިގެން
އަމާންކަން ގެއްލިހިތްދަތިކަންލިބުން މިއަދަށްވިޔަސް ގާތޭ
ރަނގަޅު ސިދާވިކަންކަންވެސް ނުސީދާކަންކަމަށްފެނިގެން
އަގަލު ކުލުނާއިވެސް އެކުގައި ހަށީގައި ހަރުނުލުން ގާތޭ
މިދީނުގެ އެންމެހާ އަޅުކަންތަކާއިދުރަށް މުޅިންދެވިގެން
ނިދީގައި ޣަފްލަތާއެކުގައި ޢުމުރު ހުސްކޮށްލެވުން ގާތޭ
ޔަޤީނުން ހަތަރުއުދަރެސްބެދި ހަޤީޤަތްވެސްމުޅިންއޮޅިގެން
ޢަޤީދާއެއް ރަނގަޅުނުމެލިބި ނަފުސު ވީރާނަވުން ގާތޭ
* * * * * * * *