ކީރިތި ޤުރުއާން ލިޔެފައިވާ ކުކުޅުބިސްތަކެއް
ޢަބްދުލްމުޢީދު ޙަސަން
އިސްލާމީ ފަންނުތަކުގެ ތެރެއިން އަރާހުރި އެއް ފަންނަކީ، އަތުލިޔުމެވެ. މިފަންނުގައި، މުސްލިމު ފަންނާނުންނަކީ، ވަރަށް ވެސް ފުންނާބު އުސް ބަޔެކެވެ. މި ފަންނާއެކު ކުރިއަރާފައިވާ އަނެއް ފަންނަކީ، އިސްލާމީ ޒަޚުރަފާކުރެހުމުގެ ފަންނެވެ.
ތިރީގައި މިވަނީ، ސަޢޫދީ އަރަބިއްޔާގެ ކުޅަދާނަ ފަންނާނެއްގެ އާދަޔާ ޚިލާފު މަސައްކަތްތަކެކެވެ. އޭނާވަނީ، ކުކުޅު ބިސްތަކެއްގައި ކީރިތި ޤުރުއާން އެއްކޮށް ލިޔެ، އޭގައި ޒަޚުރަފާ ކުރަހާފައެވެ. އޭނާގެ ނަމަކީ، އަޙުމަދުލް ޢަބްދާނެވެ. ހޮބީއެއްގެ ގޮތުގައި އަތުލިޔުމުގެ މަސައްކަތް އޭނާ ކުރާތާ ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ބުނެވެއެވެ. ކުކުޅު ބިހެއްގައި، 4460 އަކުރު އޭނާ ވަނީ ލިޔެފައެވެ.
ތިރީގައި މިވަނީ، އޭނާ ކޮށްފައިވާ ބައެއް ފަންނީ މަސައްކަތްތަކުގެ ފޮޓޯއެވެ. ބައެއް ފޮޓޯތަކަށް ބެއްލެވުމުން އޭގައިވާ ކުކުޅު ބިހުގައި ލިޔެފައިވަނީ، ކީރިތި ޤުރުއާން ކަން އެނގިވަޑައިގަންނަވާނެއެވެ.
މަޞްދަރު: އައްޞާއިރާ ޑޮޓް ކޮމް