އަދުގެ ޚާއްސަ

Print

ފުރާނައަށްދޭ ރޫޙާނީ ކާނާއެވެ.

ޝާޢިއުކުރީ އާދަމް ޝަރީފް މުޙައްމަދު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ޝަރީފް މުޙައްމަދު ، ރޯޒީ/ ށ.ފުނަދޫ

ރާނާމީހާ ގެއެއް ޢިމާރާތް ކުރެއެވެ.
އޭނާގެ ހުނަރާ ފަންނުވެރިކަން އެއިން ދައްކުވައިދެއެވެ.
ފާރުތަކުގެ އޮމާންކަމާ ދޮރުތަކުގެ އޮފުދާރުކަމުންނެވެ.

ފަހުގެ ގޮތްތަކަށް ފަރުމާ ކުރެވިފައި ވެއެވެ.
އެތަން ޒަމާންތަކަކަށް ދެމިހުންނާނެއެވެ.
ރާނާމީހާއެވެ. ތިބާގެ މަޝްހޫރުކަން ދުވަސްތަކަކަށް ދެމިގެންދާނެއެވެ.

ކިޔަވައިދޭ މީހާވެސް ގެއެއް ޢިމާރާތް ކުރެއެވެ.
ލޯތްބާ ހުސްވުމެއްނެތް އެހީތެރިކަމާ އެކުގައެވެ.
ކޮންމެ ދޮރުދާރައެއް ހަދަނީ އަޅާލުމާ އެކުގައެވެ.

ކޮންމެ ގަލެއްބާއްވަނީ ދުޢާކުރާ ޙާލުގައެވެ.
އެއްވެސްމީހާކު އޭނަގެ ހައިރާންކުރުވަނިވި
ރޭވުންތެރިކަމެއް ނުދެނެ ހުރެއެވެ.
މިޢިމާރާތް މީހުންގެ ލޯ މައްޗަކަށް ނުފެނެއެވެ.

ރާނާމީހާ ބިނާކުރިގެ މަރާމާތަށް ބޭނުންވެއްޖެއެވެ.
ފާރުތަކުގައި ރެނދު އަޅައްޖެއެވެ.
ޓިނުތަކުގައި ދަބަރުޖަހައި ދޮރުކަނިތައް ފީވެއްޖެއެވެ.

އެކަމަކު ކިޔަވައިދޭ މީހާ ބިނާކުރިގެ ދުވަސްވިވަރަކަށް
އޭގެ ރީތިކަން ވަނީ އިތުރެވެ.
މިރީތި ނުފެންނަ ގެއަކީ
ކުޑަކުއްޖެއްގެ ފުރާނައަށްދޭ ރޫޙާނީ ކާނާއެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ