އަދުގެ ޚާއްސަ

Print

ގޭގައިލާނީ އެގެއަކާ އެކަށީގެންވާވަރުގެ ފުރާޅެކެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


މުސްލިމް މުޚްލިސް

ޤަދީމީ ޗައިނާގެ ޙިކްމަތްތަކުގެ ތެރޭގައި ވެއެވެ. ރައްޔިތުންގެ ތެރެއިން ފަޤީރަކަށް ރަނގަޅު އިނާމެއްދެއްވުމަށް ރަސްގެފާނު ހިތްޕުޅަށް އެރިއެވެ. ދެން އެމީހާ ދަރުބާރަށް ހާޒިރު ކުރައްވައި  ވިދާޅުބަސްފުޅު އިއްވެވި އެވެ.  މި ހިސާބުން ފެށިގެން ކަލެއަށް ހިނގާފައި ދެވުނު ހިސާބަކާ ހަމައަށް އެކުގައި ކަލެއަށް މިލްކުކޮށް ދެއްވާނަމަވެ. އަވަހަށް ގޮސް އެކަން ފުރިހަމަ ކޮށްފައި  އެނބުރި އަންނަންދާށެވެ. ދެން އެމީހާ ވީއުފަލުން ހިނގަންފެށިއެވެ.

އެތައްއިރަކު ހިނގިފަހުން އެކަލޭގެ ވަރަށް ވަރުބަލިވެއްޖެއެވެ. ވަރަށްބޮޑުބިމެއް ލިބޭނެކަން ޔަޤީންވުމުން ދެންއެނބުރި ރަސްގެފާނު އަރިހަށް ދާން ހިތަށްއެރިއެވެ. އިރުކޮޅަކުން އަނެއްކާވެސް ޚިޔާލުބަދަލުވެއްޖެއެވެ. އަދިވެސް އިތުރު ސަރަހައްދެއްގައި ހިނގިއްޖެނަމަ ލިބޭ ބިން ބޮޑުވާނެކަން އެނގި އަނެއްކާވެސް ހިނގަންފަށައިފިއެވެ. މިގޮތަށް އެތައްއިރަކު ހިނގުމުން އަނެއްކާވެސް ވަރަށްބޮޑަށް ވަރުބަލި ވެއްޖެއެވެ. އެނބުރި ރަސްގެފާނު އަރިހަށް ދާން ހިތަށް އަރާފައި ވެސް ކުރީގެ ޚިޔާލު އައުމުން އަނެއްކާވެސް ހިނގުމައިގެން ކުރިއަށްދާން ފެށިއެވެ. މިގޮތަށް ހިނގުމުގައި ކުރިއަށްދިޔަ އެވެ.

ރަސްގެފާނުއަރިހަށްދާން ހިތަށްއަރާ ހަމަކޮންމެފަހަރަކުވެސް ލިބޭ ބިން ބޮޑުކުރުމުގެ ޚިޔާލު ގަދަވެގަނެއެވެ. މި ޚިޔާލުގައި އުސްފަރުބަދަތަކާއި، ފުންވާދީތައް، އަދި ބޯ ޖަންގަލިތައް ހުރަސްކުރަމުންދިޔައެވެ. މިގޮތަށް އުޅެނިކޮށް ޖަންގަލީގެ ތެރެއަށް މިކަލޭގެ ގެއްލިއްޖެއެވެ. އެނބުރި ރަސްގެފާނު އަރިހަށް އަންނާކަށް ނޭނގުނެވެ. އެހެން އުޅެނިކޮށް ވަލުޖަނަވާރެއް މިކަލޭގެއަށް ހަމަލަދީ އެސޮރުގެ ޝިކާރައަކަށް ވެ މީނާގެކަންތައް ނިމިއްޖެއެވެ. ތިމާއަށް ފުދޭމިންވަރަކީ ކިހާވަރެއްކަން ނޭނގޭ ހަމަކޮންމެމީހަކުވެސް ނިމިދާނީ މިކަހަލަ ގޮތަކަށެވެ. އިންސާނީ ކޮންމެ މުޖުތަމަޢެއްގައި ވެސް  މިފަދައެތައްބަޔަކު އުޅެތެވެ.  ވަލުޖަނަވާރެއްގެ ޝިކާރައަކަށް ނުވިކަމުގައި ވިއަސް ވަގުތުގެ ޝިކާރައަކަށްވެ މީހާގެ ޢުމުރު ނަގައިލާ އެތައްބަޔަކު އުޅެތެވެ.

މަޝްހޫރުކަމާއި، މުއްސަނދިކަމާއި، ޖާހާއި، ވެރިކަމަކީ، ދަހިވެތިވުމަކީ އޭގައި ހައްދެއްވާ ކަންކަމެއް ނޫނެވެ. މި ދުނިޔޭގެ މިފަދަ އެދުންތަކަކީ ވަކިފުރާޅެއްގެ ދަށުގައި ބަންދުވެފައިވާ އެއްޗެއްނޫނެވެ. ވިސްނުން ތޫނު މީހުންނަކީ " މިވަރުން ތިމަންނައަށްފުދެޔޭ، ދެން ބޭނުމެއްނޫނޭ" ބުނަންޖެހޭވަގުތު އެނގި، އެވަގުތު އެހެންބުނަން އެނގޭމީހުންނެވެ. 
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ