ހަނގުރާމަ އާ ނުލައި ފަތަޙަ
ޢަބްދުﷲ ނަޢީމު އިބްރާހީމް
ޖަޕާނާބެހޭ ގޮތުން އެމެރިކާގެ ހަފުތާ މަޖައްލާއެއް ކަމަށްވާ، ''ޓައިމް'' ގެ 4 ޖުލައި 1988ގެ ޢަދަދުގައި މަޒުމޫނެއް ޝާއިޢު ކުރެވުނެވެ. މި މަޒުމޫނުގެ ސުރުޚީން ދޭހަވާ މާނައަކަށް އޮތީ، ސުވާލެކެވެ. އެއީ އިޤްތިޞާދީ ވަރުގަދަ ބާރެއް، ދުނިޔޭގެ ބާރަކަށްވެގެން ހިނގައިދާނެ ހެއްޔޭ މި ސުވާލެވެ.
?Super Japan: Can an economic giant become a global power
ޖަޕާނުގެ މައްޗަށް ލިބުނު ފަތަޙަ އެމެރިކާއިން ފާހަގަކުރީ، 1945ވަނަ އަހަރު އެވެ. އެ ދުވަހު ބަލިވި ޖަޕާނު މި އަދު އެމެރިކާގެ މައްޗަށް ފަތަޙަ ހޯދައިފި އެވެ. ފެށުނު އިރު މި ފަތަޙަ އޮތީ ހަމައެކަނި، އިޤުތިޞާދީ ދާއިރާގެ ކަމެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް، މި ހާރުދަނީ އެހެން ދާއިރާތަކުން ވެސް ފަތަޙަ އާ ދިމާޔަށް، ދަތުރު ކުރަމުންނެވެ. އެމެރިކާއަކީ، މި އަދު ދުނިޔޭގައި އެންމެ ބޮޑަށް ދަރާފައި އޮތް ޤައުމެވެ. އެ ޤައުމުގެ ދަރަނި 400 ބިލިޔަން ޑޮލަރަށްވުރެ ބޮޑެވެ. މިޔާ ޚިލާފަށް، ޖަޕާނަކީ އެހެން ޤައުމުތަކަށް އެންމެ ގިނައިން، ދަރަނި ދޫކޮށްފައިވާ ޤައުމެވެ. އެހެން ޤައުމުތަކުން ޖަޕާނަށް 240 ބިލިޔަން ޑޮލަރު ދޭން ޖެހިފައިވެ އެވެ.
އެމެރިކާގައި މި ހާރަކަށް އައިސް ލިޔެވޭ ގިނަ ފޮތްތަކާއި މަޒުމޫނުތަކުގައި ބަޔާން ކޮށްފައިވާ ގޮތުގައި އެމެރިކާ ހަލުއިކަމާއެކު ވެއްޓެމުންދަނީ އެވެ. އަދި ޖަޕާނު ހަލުއިކަމާއެކު ތަރައްޤީ ކުރަމުން ދަނީ އެވެ. ތިރީގައި މިވަނީ މި ދެންނެވި ފަދަ އެއްފޮތުގެ ނަމެވެ.
''ޓައިމް'' މަޖައްލާގައި ޝާއިޢު ކުރެވުނު މަޒުމޫނު ކިޔައިފައި ވަރަށް ގިނަ މީހުން އެ މަޖައްލާ އަށް ސިޓީ ފޮނުވި އެވެ. އޭގެ ތެރޭން ބައެއް ސިޓީ ވިދިގެން އައި ޢަދަދުގައި (25ޖުލައި 1988ގައި ނުކުތް ޢަދަދުގައި) ޝާއިޢު ކުރެވުނެވެ. މި ސިޓީތަކުގެ ތެރޭގައި ޕްރިންސްޓަންގެ ބްރަޔަން މާރސްކީ،
(Brian Mirsky) ފޮނުވި ސިޓީއެއް ހިމެނެ އެވެ. އޭނާގެ ކުރު ސިޓީގައި ލިޔެފައިވާ ގޮތުގައި ޖަޕާނުގެ އިޤުތިޞާދީ ކާމިޔާބީގެ މައްޗަށް ޓައިމް ގައި ޝާއިޢު ކުރެވުނު މަޒުމޫނުގެ ސަބަބުން ފާޅުވެ، އެނގުނު ކަމަކީ ހަނގުރާމައިގެ ކާމިޔާބީ އެމެރިކާ އަށް ލިބުނު ނަމަވެސް ޞުލްޙައިގެ ކާމިޔާބީ ލިބުނީ ޖަޕާނަށް ކަމެވެ.
ޖަޕާނުގެ ކުރި އެރުމުން އެނގޭ ކަމަކީ މި ދުނިޔޭގައި ﷲ ސުބްޙާނަހޫ ޥަތަޢާލާ ލައްވައިފައިވާ ފުރުޞަތުގެ ގިނަ ކަމެވެ. ދެކޮޅުވެރިޔާއާ ހަނގުރާމަ ނުކޮށް، އެއްވެސް ކަހަލަ އަރައިރުމެއް ނުވެ، ބަލިވާ މީހަކަށް އޭނާގެ މައްޗަށް ފަތަޙަ ހޯދި މީހާ ބަލި ކޮށްލުމަކީ މި ދުނިޔޭގައި ކުރެވިދާނޭ ކަމެކެވެ.

.Prof. Paul kennedy, The Rise and Fall of the Great Powers
''ޓައިމް'' މަޖައްލާގައި ޝާއިޢު ކުރެވުނު މަޒުމޫނު ކިޔައިފައި ވަރަށް ގިނަ މީހުން އެ މަޖައްލާ އަށް ސިޓީ ފޮނުވި އެވެ. އޭގެ ތެރޭން ބައެއް ސިޓީ ވިދިގެން އައި ޢަދަދުގައި (25ޖުލައި 1988ގައި ނުކުތް ޢަދަދުގައި) ޝާއިޢު ކުރެވުނެވެ. މި ސިޓީތަކުގެ ތެރޭގައި ޕްރިންސްޓަންގެ ބްރަޔަން މާރސްކީ،
(Brian Mirsky) ފޮނުވި ސިޓީއެއް ހިމެނެ އެވެ. އޭނާގެ ކުރު ސިޓީގައި ލިޔެފައިވާ ގޮތުގައި ޖަޕާނުގެ އިޤުތިޞާދީ ކާމިޔާބީގެ މައްޗަށް ޓައިމް ގައި ޝާއިޢު ކުރެވުނު މަޒުމޫނުގެ ސަބަބުން ފާޅުވެ، އެނގުނު ކަމަކީ ހަނގުރާމައިގެ ކާމިޔާބީ އެމެރިކާ އަށް ލިބުނު ނަމަވެސް ޞުލްޙައިގެ ކާމިޔާބީ ލިބުނީ ޖަޕާނަށް ކަމެވެ.
Your article on Japan's economic success makes it obvious that although the U.S. won the war, Japan won
the peace

(ނިމުނީ)