އަދުގެ ޚާއްސަ


މަރުޙަބާ

ފަންވަތުގެ ހިޔާވަހިކަމަށް ޒިޔާރަތް ކޮށްލެއްވިކަމަށްޓަކައި ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައި، ޝުކުރު އަދާކުރަމެވެ. ފަންވަތަށް ލިޔުމެއް ހުށަހަޅުއްވައި އެރޮނގުން ކިޔުންތެރިންނަށް އަގުހުރި ހަދިޔާއެއް ކުރައްވާނަމަ ޝުކުރު ތަކުރާރު ކޮށްލަމެވެ. ލިޔުން ޝާއިޢު ކުރެއްވުމުގެ ކުރިން، ނުވަތަ ލިޔުން އީމެއިލް ކުރެއްވުމުގެ ކުރިން ''ފަންވަތުގެ ހަމަތައް'' ވިދާޅުވެލެއްވުން މުހިންމުކަމުގައި ދަންނަވަމެވެ.



ފަންވަތުގެ ހަމަތައް



ތަޢާރުފު:

 
މިއީ، ޚަބަރާއި ސިޔާސަތާ ދުރު، މަޢުލޫމާތުގެ ސައިޓެކެވެ.
މިސައިޓުގެ މޭސްތެރިއަކީ އަދި މަސްއޫލުވެރިޔަކީ، ޢަލީ މަނިކު (ދާރީ) އެވެ.
މި ސައިޓަށް ލިޔުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައި ވެއެވެ.
 

މަޤުޞަދު:

1. ދިވެހިންގެ ދީނީ ޝަޚުޞިއްޔަތު، ދިވެހިންގެ ތާރީޚާއި ސަގާފަތު، ދިވެހިވަންތަކަމާއި ޤައުމިއްޔަތު، ދިރުވާ އާލާކުރުމަށް މަގުފަހިކޮށްދޭނެ ތަފާތު މަޢުލޫމާތު ފޯރުކޮށްދިނުން.
2. އިންސާނީ ސުލޫކާއި ރިވެތި އަޚްލާޤަށް ފަރިތަވެފައިވާ ތަހުޒީބު މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ވުމަށް ބޭނުންވާ ރަނގަޅު އަދަބީ ލިޔުންތައް ފަންވަތުގެ ބައިވެރިންނާ ހިއްސާކުރުން.
3. ދުނިޔެ ދެކެމުންދާ ޢިލްމީ ފަންނީ ކުރިއެރުންތަކަށް ފަންވަތުގެ ބައިވެރިން އަހުލުވެރި ކުރުވުން.
4. މުނިފޫހި ފިލުވައިދޭ މަޢުލޫމާތާއި އެފަދަ ސިކުނޑީގެ ކަސްރަތުތައް ގެނެސްދިނުން.
5. ތަފާތު އުމުރުފުރާތައް، އާއިލީވެށީގައި، ހިއްސާކޮށްލެވޭނެ ގޮތުގައި މަޢުލޫމާތު ގެނެސްދިނުން.


ލިޔުން ޝާއިޢު ކުރުމުގެ އުސޫލުތައް:

1. މި ސައިޓުގައި ހިމަނަންވާނީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރާއްޖޭގެ ޤާނޫނާއި، ދިވެހިންގެ ޒަމާންވީ ރީތި އާދަކާދަތަކުގެ ޙުރުމަތްތެރިކަން ހިފަހައްޓައިދޭ ލިޔުންތަކެވެ.
2. މި ސައިޓުގައި ހިމެނޭ އެއްވެސް ލިޔުމަކުން، އެއްވެސް ފަރާތެއްގެ  ސިޔާސީ މަޞްލަޙަތަކަށް އުނިކަމެއް، އަދި މަންފާއެއް  ލިބިގެން ނުވާނެއެވެ.
3. މި ސައިޓުގައި ޝާއިޢުކުރާ އެއްވެސް ލިޔުމެއްގެ ސަބަބުން، އެއްވެސް މީހެއްގެ ކަރާމާތާއި، އަބުރާ ޢިއްޒަތަށް އުނިކަމެއް ލިބިގެން ނުވާނެއެވެ. 
4. އިސްލާމްދީނުގެ ފަރުޢީ ކަންތައްތަކާއި، މަޒުހަބީ ތަޢައްޞުބުތަކަށް ހިތްވަރުދޭ ފަދަ، ނުވަތަ އެފަދަ ޝުޢޫރުތައް އާލާކުރުވާ ފަދަ ލިޔުންތައް ފަންވަތުގައި ހިމަނައިގެން ނުވާނެއެވެ.
5. މި ސައިޓަށް ހުށަހެޅޭ ކޮންމެ ލިޔުމަކީ، އެ ލިޔުންތެރިޔާ ލިޔުނު ލިޔުމަކަށް ވާކަށް ނުޖެހެއެވެ. އެހެން ނަމަވެސް އެލިޔުމަކާބެހޭ ހުރިހާ ޒިންމާއެއް އުފުލާނީ، އެލިޔުމެއް ހުށަހެޅި ފަރާތަކުންނެވެ.
6. އެހެން ލިޔުންތެރިއެއްގެ ލިޔުމެއް ހުށަހަޅާނަމަ އެ ލިޔުމެއް ހުށަހަޅަންވާނީ، އެ ލިޔުނު މީހާއާއި، ހުށަހެޅި މީހާ އެނގޭނެ ގޮތަށެވެ.
7. ކިއުންތެރިން ފޮނުއްވާ ޚިޔާލުފުޅުތައް ޝާއިޢު ކުރުމާއި ނުކުރުމާއި އަދި އެ އެޑިޓްކުރުމުގެ ޙައްޤު މިސައިޓުގެ އެޑިޓަރުންނަށް ލިބިގެން ވެއެވެ.
8. މިސައިޓުގައިވާ ލިއުމަކާމެދު ނުވަތަ ޚިޔާލަކާމެދު އެއްވެސް ޝަކުވާއެއް އޮވެއްޖެނަމަ، އެ ލިއުމެއް ނުވަތަ އެ ޚިޔާލެއް ޝާއިޢުކުރިތާ އެއްމަސް ދުވަހުގެ ތެރޭގައި އެކަން މިކަން މިސައިޓަށް އަންގަންވާނެއެވެ. އެމުއްދަތުގެ ފަހުން ކުރާ ޝަކުވާތައް ބަލައި ނުގަނެވޭނެއެވެ. ނަމަވެސް މީހެއްގެ ޙައްޤަކަށް ނުވަތަ އަބުރަށް ގެއްލުމެއް ލިބޭފަދަ ލިއުމަކަށް ނުވަތަ ޚިޔާލަކަށް ވެއްޖެނަމަ، އެ މިސައިޓުން އުނިކުރެވޭނެއެވެ.


ފަންވަތަށް ލިޔުން ހުށަހެޅުން:

މި ސައިޓަށް ލިޔުން ފޮނުއްވަން ބޭނުންވާ ބޭފުޅުން، This email address is being protected from spambots. You need JavaScript enabled to view it. އަށް ލިޔުން ފޮނުއްވުން އެދެމެވެ.



ނޯޓް:
މުސްތަޤުބަލުގައި ދިމާވާ ކަމަކާ ގުޅިގެން، ފަންވަތުގެ ހަމަތަކަށް އިޞްލާޙާއި ތަރައްޤީ އައުމަކީ އެކަށީގެންވާ ކަމެކެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ