އަދުގެ ޚާއްސަ

Print

މުސްލިމް ސައިންސް ދާނުން - 31

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އައްޝައިޚް އަޙްމަދު ފަހުމީ 

أَبُو الْحَسَنُ عَلِي بْنِ عَبْدِ الرَّحْمَنِ بْنِ يُونُسُ صُوفِي

395/1009
ތަޢާރުފު 

މީނާ އަކީ، ފަލަކީ ޢިލްމުގެ މާހިރެކެވެ. މީނާ " إِنْحِرَافُ دَائِرَةِ الْبُرُوجِ"  INCLINATION OF ECLIPTIC ގެ މިންވަރު ފުރިހަމައަށް ހޯއްދެވި އެވެ. 

ޙަޔާތުގެ ކުރީޅާއި ތަޢުލީމާއި ތަރުބިޔަތު

މީނާއަކީ، މިޞްރުގެ ޤާހިރާގެ އަހުލުވެރިއެކެވެ. އުފަން ތާރީޚު ސާފުވާކަށެއް ނެތެވެ. އަވަހާރަވީ، 395/1009 ގަ އެވެ. އާދައިގެ ޢުމުރެއް މީނާއަށް ލިބިވަޑައިގަތެވެ. 
 
މިޞްރުގައި، ފާޠިމީ ވެރިކަން އޮތް ދުވަސްވަރު ވެސް ޢިލްމީ ކުރިއެރުމަށް ޤަދަރު ކުރެއްވި އެވެ. މިޞްރަކީ، ޤަދީމް
 ތަހްޒީބެއްގެ ވެރިތަނެކެވެ. 

މީލާދީން 953 ގައި، اَلْمُعِزُّ بْنِ مَنْصُورُ ގެ ވެރިކަމުގައި މިޞްރަށް ވަރަށްގިނަ އިޞްލާޙުތައް ގެނެވުނެވެ. ޤައުމު ވަރަށް ބޮޑަށް ތަރައްޤީ ކުރެވުނެވެ. ޤާހިރާ ބިނާކުރެވުނީ މީނާގެ ޒަމާނުގަ އެވެ. އަދިވެސް މިޞްރުގެ ވެރިރަށަކީ، ޤާހިރާ އެވެ. މީނާގެ ޒަމާނުގައި ކުރެވުނު އަނެއް ކަމަކީ، ޢިލްމީ އިދާރާއެއް ޤާއިމް ކުރެއްވުމެވެ. ސައިންސު އެކަޑަމީ އަކީ، މީނާގެ ހަނދާންތައް ތާއަބަދު ދެމިހުންނާނެ ވަރުގެ ހެޔޮ ޢަމަލެކެވެ. 

މި ސައެންސު އެކަޑަމީ ނުވަތަ ބައިތުލް ޙިކްމަތުގެ ސަބަބުން ބޮޑެތި ޢިލްމުވެރިން އެއްތަން ކުރެވުނެވެ. ޢިލްމީ ކުރިއެރުމުގައި މި އެންމެން ވެސް ޙިއްޞާކުރި އެވެ. މި އަލިވެގެންވާ ދުވަސްވަރުގައި ޢިލްމީ މައިދާނުގައި ކުރިޔަށް ދިޔަ މީހުންގެ ތެރޭގައި أَبُو الْحَسَنُ عَلِي بْنِ عَبْدِ الرَّحْمَنِ بْنِ يُونُسُ صُوفِي ގެ ނަންފުޅު ވެސް އާދެ އެވެ. 

މީނާގެ އުސްތާޒުންނާ ބެހޭ މަޢުލޫމާތެއް ވެސް ސާފުވާކަށެއް ނެތެވެ. އެހެންނަމަ ވެސް މީނާ އަކީ، މިޞްރުގެ ތިން ވެރިއެއްގެ ދަވްރު ދެކެވަޑައިގެންފައިވާ ބޭފުޅެކެވެ. އެއީ އަލްމުޢިއްޒު އާއި ޢަޒީޒު އާއި ޙާކިމް އެވެ. އޭނާ އެ ދުވަސްވަރުގެ މޮޅު އުސްތާޒުންގެ އަރިހުން ޢިލްމު ޙާޞިލުކުރައްވައިފައި ވާނޭކަމާ މެދަކު ޝައްކެއް ނެތެވެ. 

އިބްނި ޔޫނުސްގެ އެއް ހޯއްދެވުމަކީ، " إِنْحِرَافُ دَائِرَةِ الْبُرُوجِ"  INCLINATION OF ECLIPTIC އެވެ. މީނާގެ ތަޙްޤީޤުން ދައްކަނީ، 23 ޑިގްރީ 35 މިނިޓެވެ. މިއީ މި ޒަމާނުގެ ޢިލްމުވެރިންނަށް ވެސް ހޯއްދެވިފައިވާ ގޮތެވެ. 
 
އިބްނި ޔޫނުސްގެ ދެވަނަ އީޖާދަކީ، " أَوْجُ الشَّمْسِ " ނުވަތަ  SUN’S APOGEE ގެ   طُولُ الْفَلَكِ LONGITUD   އެވެ. އޭނާ ހޯއްދެވި ގޮތުގައި އެއީ، 86 ދަރަޖަ 10 މިނިޓެވެ. މި ޒަމާނުގެ ހޯދުން ތަކުން ވެސް ފެނިފައިވަނީ މި ގޮތަށެވެ. 

އިބްނި ޔޫނުސްގެ ތިންވަނަ އީޖާދަކީ، إِسْتقْبَالُ الأِعْتِدَالَيْنِ- PRESESSION OF EQUINOXES އެވެ. އޭނާ ބަޔާން ކުރެއްވި ގޮތުގައި އެއީ އަހަރަކު 51.2 ސިކުންތެވެ. މިއީ އާދަޔާ ޚިލާފަށް އުނދަގޫ މައްސަލައެކެވެ. މި ހޯދުމާ މި ޒަމާނުގެ ހޯދުމާ ހުރި ފަރަގަކީ، ވަރަށް ކުޑަކުޑަ ފަރަގެކެވެ. މި ޒަމާނުގެ ހޯދުންތަކުން ދައްކަނީ، އެއީ އަހަރަކު 53.7 ސިކުންތު ކަމުގަ އެވެ. މިއީ ތަފާތެއް ކަމަކަށް ނުބެލެވޭނެ އެވެ.  


ބިމުގެ ނާރެސް 

ބިމުގެ ނާރެސް ނުވަތަ އެކްސިސް ޤުޠުބުތަރިއާ ދިމާލުން އެއްވެސް ޙަރަކާތެއް ނެތި ހިމޭނުން ނުވަތަ ހުރި ދިމާލުން އަތަކަށް ނުޖެހި ހުންނަ ކަމުގައި ވަރަށް ގިނަ ޒަމާން ތަކެއް ވަންދެން މީހުންނަށް ހީކުރެވުނެވެ. ނަމަވެސް ޙަޤީޤަތުގައި ބިމުގެ ނާރެސް ޙަރަކާތް ކުރެ އެވެ. މަޑުމަޑުން ވަށް ބުރެއް އަޅަ އެވެ. އެކަމަކު މި ޙަރަކާތް، ހިމޭންކަމުގެ ސަބަބުން އެއްގޮތަކަށް ވެސް އިޙުސާސެއް ނުކުރެވެ އެވެ. އާދެ އެއީ 26000 އަހަރު ދުވަހުގެ ތަރޭގައި 360 ޑިގްރީ އެވެ. 69 އަހަރު ދުވަހުގެ ތެރޭގައި 1 ޑިގްރީ އެވެ. މިކަން ހޯއްދެވީ އިބުނު ޔޫނުސް އެވެ. 

މީނާގެ އެންމެ މަޝްހޫރު ފޮތަކީ، ފާޠިމީ ދަވްލަތުގެ ޢަޒީޒަށް ހައްދަވައި ދެއްވި زِيْجُ الْحَاكِمِي އެވެ. ޢިލްމުވެރިން ދެކެވަޑައި ގަންނަވާ ގޮތުގައި މިއީ، އެންމެ ފުރިހަމަ އެސްޓްރޮނޮމިކަލް ޓޭބަލް އެވެ. 

(ނިމުނީ)

މި ލިޔުން؛

  ފޮނުވުން:   
އައްޝައިޚް އަޙްމަދު ފަހުމީ (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
  އަލުންބެލުން: 
އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
  ޝާއިޢުކުރުން:    ''         ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ