އަދުގެ ޚާއްސަ

Print

ފަޒާގެ ތަނަވަސްކަން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ޢަޤީދާ


ހާރޫން ޔަޙްޔާ
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

މި ކާއިނާތުގައި ހިމަނައި ކޮޅުން ނުލާހައި ގިނަ ނިޒާމްތައް އެބަ ހިނގަ އެވެ.  އަޅުގަނޑުމެންނަށް އިޙްސާސް ނުކުރެވުނު ކަމުގައި ވިޔަސް މި ހުރިހައި ނިޒާމެއް ކޮންޓްރޯލް ކުރައްވަނީ ﷲ އެވެ. މިސާލަކަށް އަޅުގަނޑުމެން ނިދާފައި ތިބޭ އިރު ވެސް އަދި ފޮތް ކިޔާ އިރުވެސް ނުވަތަ ހިނގާ އިރުވެސް އަޅުގަނޑުމެން މި ތިބެނީ ﷲ ގެ ކޮންޓްރޯލްގެ ދަށުގަ އެވެ. ﷲ މި ކާއިނާތާއި މި ކާއިނާތުގައި ލައްވާފައިވާ ގިނަގުނަ ތަކެތި ހައްދަވާފައި ވަނީ އެކަލާނގެ ކުޅަދުންވަންތަކަން އަޅުގަނޑުމެންނަށް ދެއްކެވުމަށްޓަކަ އެވެ. ކާއިނާތު ހައްދަވައި ހިންގަވާ ސަބަބު އަންގަވައި ދެއްވުމުގެ ގޮތުން ކީރިތި ޤުރްއާންގައި ﷲ އަންގަވާފައި ވަނީ މި
 ފަދައިންނެވެ. "ﷲ އީ، ހަތް އުޑު ހެއްދެވި ރަސްކަލާނގެއެވެ. އަދި ބިމުންވެސް އެފަދައެވެ. (އެބަހީ: އެކަލާނގެ ހަތްބިން ހެއްދެވިއެވެ.) އެތަންތާނގައި އެކަލާނގެ އަމުރުފުޅު ހިނގަހިނގާ ހުރެއެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ ކަމާއި، ހަމަކަށަވަރުން، ﷲ ގެ ޢިލްމުފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައި މީހުންނަށް އެނގުމަށްޓަކައެވެ." (ސޫރަތުއްޠަލާޤް: 12) ކާއިނާތުގެ ނިޒާމުގައި އަޅުގަނޑުމެންނަށް ހިތަށް ވެސް ނުގެނެވޭ ފަދަ އެތައް އެއްޗެއް ﷲ ވަނީ ލައްވައިފަ އެވެ. އެއިން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ވިސްނުން ހިންގާކަށްވެސް އަޅުގަނޑުމެންނަކަށް ނޭނގޭނެ އެވެ.

މިސާލަކަށް ކާއިނާތަކީ ވަރަށް ތަނަވަސް ފުޅާ އަދި ބޮޑު ތަނެއްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު އެ ތަނަވަސްކަމަކީ ނުވަތަ އެ ބޮޑު މިނަކީ ކޮބައިކަމާމެދު ވިސްނަން ފެށީމާ އަޅުގަނޑުމެންގެ ވިސްނުން ދަތުރުކޮށްފައި ދަނީ ފަސޭހައިން ބޮލަށް ވަންނަ ކަހަލަ ކަންތައްތަކެއްގެ ތެރެއަކަށް ނޫނެވެ. އިރުގެ ވަށަ މިނަކީ ދުނިޔޭގެ ވަށަ މިނަށް ވުރެ 103 ބައި ބޮޑު ވަށަމިނެކެވެ. މި މިސާލު ތަންކޮޅެއް އާދައިގެ ގޮތަކަށް ގެންނަމާތޯއެވެ؟ ދުނިޔެއަކީ ފަސް އޮށެއް ކަމަށް ބައްލަވާށެވެ. އެހެން ކަމަށް ވާ ނަމަ އިރުގެ ބޮޑު މިނުގައި ފުޓްބޯޅައެއްގެ ދެ ގުނަ ހުންނާނެ އެވެ. މީގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދުނިޔެއާއި އިރާ ދެމެދު ހުންނަ ދުރުމިނެވެ. މި ދުރުމިން ބަލައިލުމުގެ ގޮތުން މިސާލެއް ޖަހާ ނަމަ ކުރިން ދެންނެވުނު ފަސް އޮށް ބާއްވަން ޖެހެނީ ފުޓުބޯޅައިގެ ދެގުނަ ހުންނަ ވަރުގެ ބޯޅަ އަކާ 280 މީޓަރު (920 ފޫޓު) ދުރުގަ އެވެ. އަޅުގަނޑުމެންނަށް ކާއިނާތުން މި ފެންނަ ތަރިތައް ބަހައްޓަން ޖެހެނީ (ފަސްއޮށާ) އެތައް ކިލޯމީޓަރެއްގެ ދުރުމިނުގަ އެވެ.

މި މިސާލަށް ބައްލަވައިލެއްވީމާ ސޯލާ ސިސްޓަމްގެ ބޮޑުކަމާއި ތަނަވަސްކަން ހިތްޕުޅަށް ގެންނެވޭނެ އެވެ. އެކަމަކު ސޯލާ ސިސްޓަމް އެ ނިޒާމެއްގައި ހިމެނޭ މިލްކީވޭ ގެލަކްސީ ނުވަތަ މަޑިކިލަނބަށް ބަލައިލާ އިރު ސޯލާ ސިސްޓަމް ފެންނާނީ ވަރަށް ކުޑަ ކުޑަ އެއްޗެއްގެ ގޮތުގަ އެވެ. އެހެނީ މިލްކީވޭ ގެލަކްސީގައި އިރު ފަދަ ގާތަގަނޑަކަށް 250 ތަރި ހިމެނެ އެވެ. މީގެ ތެރެއިން ގިނަ ތަރިއަކީ އިރަށް ވުރެ އެތައް ގުނައެއް ބޮޑު ތަރި އެވެ.

އަޅުގަނޑުމެންނަށް މި ފެންނަ، އިރު ހިމެނިފައި ވަނީ މި ދެންނެވުނު ގެލަކްސީގަ އެވެ. މި ކަމުގައިވެސް އެންމެ ފާހަގަ ކުރެވޭ ކަމަކީ މުޅި ޖައްވަށް ބަލާ އިރު މިލްކީވޭ ގެލަކްސީގެ ކުޑަ ކަމެވެ. އެހެނީ ޖައްވުގައި މި ނޫނަސް އެތައް ގެލަކްސީއެއް ހިމެނެ އެވެ. ބައެއް އަންދާސާ ކުރުންތަކުން ދައްކާ ގޮތުގައި ޖައްވުގައި 300 ބިލިއަން ގެލަކްސީ ހިމެނެ އެވެ.

މި ދެންނެވުނު ކުޑަ ކުޑަ މިސާލުންވެސް ކާއިނާތު ހެއްދެވުމުގައި ﷲ އަށް ލިބިވޮޑިގެންވާ ކުޅަދުންވަންތަކަމާއި އެހެން އެއްވެސް ބާރަކުން އެކަމެއް ނުކުރެވޭނޭކަން އެނގެ އެވެ. އަދި އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވާކަން ވެސް ވަރަށް ރަނގަޅަށް އެނގެ އެވެ. މި ކަންކަމާމެދު ވިސްނުން ހިންގަން  އަޅުގަނޑުމެންނަށް އަންގަވަނީ މި ފަދައިންނެވެ.

"ހެއްދެވުމުގައި އުނދަގޫކަން ބޮޑީ ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އުޑު ހެއްޔެވެ؟ އެކަލާނގެ އެ އުޑުގެ ބިނާ ކުރެއްވީ އެކަލާނގެއެވެ. އެކަލާނގެ އެ އުޑުގެ ބިނާ އުފުއްލެވިއެވެ. ދެން އެ އުޑު ފުރިހަމަ ކުރެއްވިއެވެ." (ސޫރަތުއްނާޒިޢާތު: 27، 28)
----------------------
(ނިމުނީ)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

ވާހަކަ