ޢިލްމީ ދިރާސާއަކީ ކޮބައިހެއްޔެވެ؟
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، ލ. މާވަށް
މައުޟޫޢު ބިނާވެފައިވަނީ މުހިއްމު ސުވާލެއްގެ މައްޗަށެވެ. ޢިލްމީ ދިރާސާ އަކީ ކޮބައިހެއްޔެވެ؟ ޢިލްމީ ދިރާސާއަކީ ކޮބައިތޯ ބަލައިލުމުގެ ކުރިން ދިރާސާއަކީ ނުވަތަ ދިރާސާކުރުމަކީ ކޮބައިތޯ ބަލައިލާނަމެވެ. ދިރާސާއަކީ ޢަރަބި ބަހުން އައިސްފައިވާ ލަފުޒެއް ނަމަވެސް އަޅުގަނޑު މި މަޒުމޫނުގައި މި ބަލައިލަނީ ދިވެހި މާނައިގެ މައްޗަށްކަން ހަނދުމަފުޅު ބެހެއްޓުމަށް ދަންނަވަމެވެ. އެއީ، ޢަރަބި ބަހުގައި މި ލަފުޒުގެ މާނަ ތަފާތުވެދާނެތީ އެ ބަހުސްގެ ތެރެއިން ސަލާމަތްވުމަށް ޓަކައެވެ.
ދިވެހިބަސްފޮތް2006 ގައި، "ދިރާސާކުރުން" ކަމަށް ބަޔާންކޮށްފައިވަނީ [އެއީ]
"ކަމަކާ ބެހޭ ގޮތުން ހޯދުން" ކަމަށެވެ. އެހެންވީމާ ޢިލްމީ ދިރާސާކުރުމަކީ ޢިލްމީ ގޮތުން ކަމަކާ ބެހޭ ގޮތުން ހޯދުން ކަން އެބަ އެނގެއެވެ. މި މާނައަށް ބަލާއިރު ދިރާސާއަކީ މިދެންނެވި ގޮތުން ހޯދާ ހޯދުންތަކެވެ.ދިވެހިބަސްފޮތް2006 ގައި، "ދިރާސާކުރުން" ކަމަށް ބަޔާންކޮށްފައިވަނީ [އެއީ]
(ހ) ދިރާސާގެ ތަޢާރުފު
"ދިރާސާ" މިއީ ނަމެކެވެ. މިއީ ޢިލްމީ އުޞޫލެއްގެ މަތީން ހުޅުވެވިފައިވާ ސިކުނޑިއަކާއެކު ނިޒާމީ ތަޙުޤީޤެއްގެ ތެރެއިން ސާބިތކަމާއެކު މަޢުލޫމާތު ހޯދުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއެވެ. އެކަމުން ހޯދޭ ހޯދުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ކަމެއް ނުވަތަ ގޮތެއް ދެނެގޮަތުމަށްޓަކައި ނުވަތަ އާ މަޢުލޫމާތެއް ލިބިގަތުމަށްޓަކައި ކުރެވޭ ޢިލްމީ މަސައްކަތެއްގެ ތެރެއިން ކަމެއް ދެނެގަނެވުނު ދެނެގަތުމެވެ.
(Research can be defined as the search for knowledge, or as any systematic investigation, with an open mind, to establish novel facts, usually using a scientific method.)
ދިރާސާކުރުމަކީ ކަމެކެވެ. އެއީ (ކުރިންވެސް ދެންނެވި ފަދައިން) އާ މަޢުލޫމާތުތަކެއް ހޯދުމުގެ ގޮތުން ނުވަތަ ކުރިން ހާމަކުރެވިފައިނުވާ މަޢުލޫމާތެއް އުނގެނިގަތުމުގެ ގޮތުންވަކި އެއްޗަކާމެދު ނުވަތަ ވަކި ކަމެއް އޮތް ގޮތާމެދު ތަފްޞީލުކޮށް ކަމެއް ހޯދުމުގެ މަސައްކަތެވެ.
ޢިލްމީ ދިރާސާއަކީ މީހަކު ހޯދައިފައިވާ ހޯދުންތަކެއް ނުވަތަ ބަޔަކު ކޮށްފައިވާ ޢިލްމީ މަސައްކަތަކަށް އިހުމާލުނުވެ، އެފަދަ މަސައަކަތަކަށް އިތުރު އެހީތެރިކަމެއް ލިބޭ ގޮތެއްގެ މަތީން ހަރުދަނާ ނިޒާމީ އުޞޫލެއްގެ މަތީން ހޯދޭ ޢިލްމީ އާ ޙަޤީޤަތްތަކެވެ. އެކަމަކު ދިރާސާކުރުމަކީ މި މަސައްކަތް އަލަށް ފަށައިގަންނަ ދަރިވަރުންނަށް ވަރަށް އުނދަގޫ މަސައްކަތެކެވެ.
(ށ) ޢިލްމީ ދިރާސާއެއްގެ މަޤްޞަދު:
މި ދެންނެވި ބޭނުންތަކަށްޓަކައި ކުރެވޭ ދިރާސާތައް ވެސް ބިނާވެގެންވަނީ މައިގަނޑު 3 މަޤްޞަދެއްގެ މައްޗަށްކަން ފާހަގަކުރެވެ އެވެ. މި ގޮތުން އެންމެ ޢާއްމު އަދި އެންމެ ގިނައިން ކުރެވޭ ދިރާސާތަކުގެ (research) މަޤްޞަދަކަށްވެފައި އޮންނަނީ، ޢިލްމުވެރިކަން ފުޅާކުރުމަށްޓަކައި ނުވަތަ ޢިލްމީ ގޮތުން އުފެދި ޖަވާބު ލިބިފައި ނުވާ ސުވާލަކަށް ޖަވާބުހޯދުމަށްޓަކައި، ކަނޑައެޅިފައިވާ ވަކި ޢިލްމީ ދާއިރާއަކަށް މަޢުލޫމާތު ހޯދުމެވެ.
ދެވަނަ މަޤްޞަދެއްކަމުގައި ފާހަގަކުރެވިފައިވަނީ މަކި ސިޔާސަތެއް ކަނޑައެޅުމަށްޓަކައި ނުވަތަ މަޝްރޫޢެއް ރޭވުމަށްޓަކައި ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ނުވަތަ މަސައްކަތެއް ފެށުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ލިބިގަތުމެވެ. ނުވަތަ ލިބިދިނުމެވެ. މިސާލަކަށް ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުން "ދިވެހިބަހުން" ފާސްވާ ނިސްބަތް ދަށަށް ދަނީ ކީއްވެގެންތޯ ބެލުމަށްޓަކައި ދިރާސާއެއް ކުރެވިދާނެ އެވެ. އެއީ ކިޔަވައިދިނުމުގެ ސިޔާސަތު އަލުން ރޭވުމަށް ނުވަތަ އެކަން ރަނގަޅުކުރުމުގެ އާ މަސައްކަތެއް ފެއްޓުމަށްޓަކައެވެ.
ތިންވަނަ މަޤްޞަދަކީ ވަކި ޚާއްޞަ ކަމެއް ނުވަތަ މައްސަލައެއްގެ ޙައްލު ހޯދުމެވެ. ނުަވަތަ ވަކި ޚާއްޞަ މައްސަލައެއް ފައިޞަލާކުރުމެވެ. މިސާލަކަށް އަލަމާރިގަސްދޮށުގޭ އާދަނު މަރައިލީ ކާކުތޯ ބެލުމަށްޓަކައި ތަޙުޤީޤުކޮށް ތަފާތު ޢިލްމީ ހެކިތައް ހޯދައިގެން އެކަން ކުރި މީހާ ހޯދުމަކީ ވެސް ހަމަ ދިރާސާއެކެވެ.
(ނ) ޢިލްމީ ދިރާސާގެ ބޭނުން:
ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް ކުރެވޭ ދިރާސާއަކުން ހިފޭނެ ބޭނުމެއް ވެސް އޮންނާނެ އެވެ. މި ގޮނުން ޢިލްމީ ދިރާސާއެއްގެ މައިގަނޑު 3 ބޭނުމެއް ފާހަގަކުރެވެެއެވެ.
ފުރަތަމަ ބޭނުމަކީ ވަކި އެއްޗަކާ ނުވަތަ ވަކި ކަމަކާ ބެހޭ ގޮތުން އާ ހޯދުމެއް ހޯދައި އާ ކަމެއް ދެނެގަތުމެވެ. ނުވަތަ ކުރިން ނޭނގޭ ޙަޤީޤަތްތަކެއް ސާބިތުކަމާއެކު ދަސްކުރުމެވެ. މީގެ މާނައަކީ ކަމެއްގެ ޙަޤީޤަތްތަކާއި ޙުއްޖަތްތަކާއި ދަލީލުތަކާ ތިމާއާ ދެމެދު (އޮތް ނަމަ) އޮތް ބީރައްޓެހިކަން ނެތިކޮށްލައި ގާތްކަން އުފެއްދުމެވެ. މިކަމުގެ ސަބަބުން ފަހުން ކުރަން ބޭނުންވެދާނެ ދިރާސާތަކަށްޓަކައި އާ ސުވާލުތަކެއް އުފަންވެގެން އަންނާނެ އެވެ. ކަމަކާ މެދު ހީކުރެވޭ ނުވަތަ ބެލެވޭ ގޮތްތަކާއި އާ ޚިޔާލުތައް ހުށަހެޅޭނެ އެވެ.
ދެވަނަ ބޭނުމަކީ މުޖުތަމަޢުގެ ޙާލަތަކާ ބެހޭ ގޮތުން ނުވަތަ އިޖުތިމާޢީ ގުޅުމަކާ ގުޅޭ ގޮތުން ކުރެވޭ ދިރާސާއަކުން ނުކުންނަ ނަތީޖާ ނުވަތަ ފެންނަ ގޮތް ނެރެ ހާމަކޮށް ބަޔާންކޮށްދިނުމެވެ. އޭގެ މާނައަކީ ފުރިހަމަޔަށް ތަފްޞީލުކޮށް ބަރާބަރަށް އެ ކަމެއް ތަޞައްވުރުކޮށްދިނުމެވެ. މީގެ ސަބަބުން މި ފަދަ މައުޟޫޢެއްގައި ކުރިން ހޯދައިފައިހުރި ޙަޤީޤަތްތަކާއި، އަލަށް ހޯދޭ މަޢުލޫމާތު ބައި ކުރެވި ގިންތިކުރުމުގެ ފުރުޞަތު ފަހިވެގެން އަންނާނެ އެވެ.
ތިން ވަނަ ބޭނުމަކީ ކަމެއް އޮތް ގޮތް ނުވަތަ ހިންގަމުންދާ ކަމެއް އެހެން ވަނީ ނުވަތަ ހިންގަނީ ކީއްވެގެންކަން (ނުވަތަ އެކަމެއްގެ ޙަޤީޤީ ސަބަބު)، ސާބިތުކޮށްދީ އޮޅުންފިލުވައިދިނުމެވެ. އެއީ ޢިލްމީ ގޮތުން ސާބިތުކޮށްދެވިފައިވާ ހޯދުމެއް (ތިއަރީއެއް)ގެ އިތުރު ތަފްޞީލުތައް ގެނެސްދިނުމެވެ. އަދި އެފަދަ ތިއަރީއެއް އާ މައުޟޫޢުތަކަށާއި އާ މައްސަލަތަކަށް ހުޅުވިގެން ދިޔުމެވެ.
(ރ) ދިރާސާގެ މައިގަނޑު ބައިތައް:
ދިރާސާކުރުމުގައި ހިމެނޭ ފުރަތަމަ ބަޔަކީ ދިރާސާގެ މަސައްކަތް މިޞްރާބުކުރާނޭ ސުވާލެއް ނުވަތަ މައްސަލައެއް ނުވަތަ ގަބޫލުކުރެވިފައިވާ [ސާބިތު ނުވާ] ގަބޫލުކުރުމެއް (ހައިޕޮތެސިސް އެއް) އުފެއްދުމަށްޓަކައި އެކަމެއްގެ ފަސްމަންޒަރުގެ މަޢުލޫމާތު ހޯދުމެވެ. ވަކި ހައިޕޮތެސިސް އެއް ކަނޑައަޅައި ނުވަތަ ސުވާލެއް އެކަށައަޅައި ހެދުމަކީ ދިރާސާގެ ފުރަތަމަ ބައިގެ ތެރޭގައި ހިމެނޭ ކަނަކަމެވެ.
ދިރާސާގެ ސުވާލު އުފެއްދުމަށްފަހު ދެން އޮންނާނީ ޙަޤީޤަތްތަކާއި މަޢުލޫމާތު އެއްކުރުމެވެ. މިކަމަށްޓަކައި ތަފާތު ވަސީލަތަތް ބޭނުންކުރެވިދާނެ އެވެ. ތަފާތު އުޞޫލުތައް ކަނޑައެޅިދާނެ އެވެ. އަދަބީ މުޠާލިޢާ އާއި ތަޙުޤީޤާއި ތަޙުލީލާއި ސާރވޭ އާއި އެކްސްޕެރިމެންޓާއި އިންޓަރވިއުއާއި މިފަދަ ތަފާތުކަންކަން ނުވަތަ ހުރިހާ ކަމެއްވެސް ކުރެވިދާނެ އެވެ. ދިރާސާކުރެވޭ ކަމެއްގެ ބާވަތުން ހަމައެކަނި ތަޙުލީލަކުން ވެސް ފުއްދިދާނެ އެވެ. ނުވަތަ ތަޙުޤީީޤަކުން ވެސް ނިމިދާނެ އެވެ. ނުވަތަ ސުވާލުކަރުދާހަކުން ވެސް މިކަންކުރެވިދާނެ އެވެ. މި ކަންކަން ބިނާވެފައި އޮންނާނީ ޙާލަތާއި އެ ކަމަކާ ގުޅޭ ގޮތަކުންނެވެ.
ތިންވަނަ ކަމަށް އޮންނާނީ އެއްކުރެވުނު މަޢުލޫމާތުގެ މައްޗަށް ފުންކޮށް ވިސްނައި ވަޒަންކޮށް (އެނަލައިޒްކޮށް) ނަތީޖާ ކަނޑައެޅުމެވެ.
(ބ) ދިރާސާގެ ވައްތަރުތައް:
ދިރާސާގެ މައިގަނޑު އޮންނަނީ ދެބާވަތެކެވެ. އެއީ ސާބިތު ޢިލްމީ ޙަޤީޤަތްތަކަޢި ތަފާސްހިސާބުން ޢަދަދުކުރެވޭ ގޮތަކަކަށް ކުރެވޭ ދިރާސާއެވެ. (Quantitative Paradigm) މިއީ ޢިލްމީ ހޯދުންތަކެވެ. ޑރ. ޢަލީ ޝަމީމް (2009) ވިދާޅުވާ ގޮތުން ނަމަ މިއީ "ތަފާސްހިސާބުގެ ނަޒަރިއްޔާތު" އެވެ. މި ވައްތަރުގެ ދިރާސާގައި ބޭނުންކުރެވެނީ ތަޙުލީލުކުރުމާއި ތަފާާސްހިސާބުގެ ޢަދަދުތައް ވަޒަންކޮށްގެން ހޯދޭ ހޯދުންތަކެވެ. ޢިލްމީ (ސައިންޓިފިކް) ހޯދުންތަކާއި ތަޙުލީލުކުރުމާއި (އެކްސްޕެރިމެންޓް) ތަފާސްހިސާބުގެ އުޞޫލު (ސްޓެޓިސްޓިކަލް މެތްޑް)ތައް ބޭނުންކުރެވޭނީ މި ވައްތަރުގެ ދިރާސާތަކުގައެވެ.
ދެވަނަ ވައްތަރަކީ އިޖްތިމާޢީ ފިކުރާއި ޚިޔާލުގެ މައްޗަށް ކުރެވޭ ދިރާސާއެވެ. ކުއަލިޓޭޓިވް ޕެރަޑައިމް (Qualitative Paradigm) އެވެ. މިއީ ޑރ. ޢަލީ ޝަމީމް (2009) ގެ ބަހުރުވައިން ނަމަ "ފިކުރީ ޢިބާރާތުގެ ނަޒަރިއްޔާތެވެ." މި ވައްްތަރުގެ ދިރާސާގައި ބޭނުންކުރެވޭނީ މީހުންގެ ފިކުރާއި ޚިޔާލު ހުންނަ ގޮތް ދިރާސާކުރުމުގެ އުޞޫލުތަކެވެ. ބަސްދީގަތުންތަކާއި ސުވާލުކަރުދާސް (ކުވެސްޗަނިއަރ) ފުރިހަމަކުރުވުމާއި ވަކިކަމަކަށް ނުވަތަ ވަކި އެއްޗަކަށް ނުވަތަ މަދު ކަންކަމާއި މަދު ތަކެއްޗަށް ޚާއްޞަ ނަޒަރެއް ދީގެން އެކަމެއް ފުންކޮށް ފުޅާކޮށް ހޯދައިބެލުން (ކޭސް ސްޓަޑީޒް) ފަދަ އުޞޫލުތައް ބޭނުންކުރެވޭނީ މިދެންނެވިފަދަ ދިރާސާގައެވެ.
(ޅ) ޞައްޙަކަމާއި އިތުބާރު:
ދިރާސާއެއްގެ އެންމެ މުހިއްމު އެއް ބަޔަކީ އެ ދިރާސާއެއްގެ އިތުބާރާއި ޞައްޙަކަމެވެ. ރިލައިބިލިޓީ އާއި ވެލިޑިޓީ އެވެ. ރިލައިބިލިޓީ އޭ މި ކިޔަނީ ދިރާސާކުރެވޭ ގޮތާމެދު އޮންނަ އިތުބާރަށެވެ. ވެލިޑިޓީއަކީ ދިރާސާގެ ނަތީޖާގެ ޞައްޙަކަން އޮންނަ މިންވަރެވެ. ފުރިހަމަ ދިރާސާ އަކަށް އެ ދިރާސާއެއް ވާނީ އެ ދިރާސާ އަކީ ރިލަޔަބްލް އަދި ވެލިޑް އެއްޗަކަށްވުމުންނެވެ. (ޢަލީ ޝަމީމް، 2009).
އެހެންކަމުން ކޮންމެ ދިރާސާއެއްގެވެސް ޝައްޙަކަމާއި އިތުބާރު ކަށަވަރުވާނެ ގޮތަކަށް ދިރާސާގެ ކަންތައް ކުރިޔަށް ގެންދިޔުން މުހިއްމެވެ.
(ކ) ދިރާސާގެ ރިޕޯޓު:
ދިރާސާއެއް ކޮށް ނިންމުަމަށްފަހު އެ ދިރާސާއެއްގެ ނަތީޖާ ހާމަކުރެވެނީ ދިރާސާކުރި ފަރާތުން ތައްޔާރުކޮށް ޝާއިޢުކުރާ ނުވަތަ ތައުލީފުކުރާ ރިޕޯޓަކުންނެވެ. އެއީ އެ ރިޕޯޓަކުން މީހުންނަށް މަޢުލޫމާތު ހޯދައި އެޔަށް އިތުބާރުކުރެވޭނީ އެ ދިރާސާއެއް ހެދި ގޮތާއި އެ ދިރާސާއަކުން ނުކުތް ނަތީޖާ ސާފުކޮށް އެނގިގެން ކަމަށް ވާތީ އެވެ. އެހެންކަމުން މިފަދަ ރިޕޯޓެއްގައި ހުންނަންޖެހޭ މުހިއްމު ބައިތަކުގެ މައްޗަށް ބަލައިލުމަކީ ވެސް ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ.
1. ޝުކުރު:
މި ފަދަ ދިރާސާއެއް ހެދޭނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ގިނަ ބަޔެއްގެ ޙިއްޞާއެއް އޮވެގެންނެވެ. އެހެންކަމުން އެކަންކަން ރިޕޯޓު ފަށައިގަތުމުގައި ފާހަގަކޮށް ޝުކުރު ރައްދުކުރުމަކީ މުހިއްމު ކަމެކެވެ.
2. ހޫލަތަކާއި ކުރެހުންތަކުގެ ލިސްޓް:
ރިޕޯޓުގައި ބޭނުންކޮށްފައި ހުންނާނެ ހޫލަތަކާއި ކުރެހުންތަކުގެ ފިހުރެސްތެއް ކުރު ތަޢާރުފަކާއެކު ހިމަނައިލުން މުހިއްމެވެ. މިސާލަކަށް "ކުރެހުން 10: މަސްކައްކާ މެޝިނެއް" ނުވަތަ "ހޫލަ 58: ރާއްޖޭގައި ތިބި ޖަޕާނުބަސް ދަންނަ މީހުންގެ ޢަދަދު" މިފަދަ ގޮތަކަށް ފިހުރިސްތެއް ހަދައިލެވިފައި އޮތުމަކީ ރިޕޯޓު ބަލާ މީހުންނަށް ފަސޭހަވާނޭ ކަމެކެވެ.
3. ރަމްޒުތަކުގެ ތަފުޞީލު
މިއީ ކުރުކޮށްފައި ހުންނަ ލަފުޒުތައް ތަފްޞީލުކޮށް ދިނުމަށް އެ ރަމްޒުތަކުގެ ދިގު ގޮތް ލިޔެފައި ވާ ބަޔެވެ. މިސާލަކަށް "ދިރާގު: ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް" ނުވަތަ "ބީއެމްއެލް: ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑު" ނުވަތަ "ލ.ގ: ލިޔުންތެރީންގެ ގުޅުން" ފަދަ ގޮތަކަށް ރަމްޒުތަކުގެ ތަފްޞީލު ލިސްޓެއް ހިމަނައިލުމަކީ ރިޕޯޓުގައި ދިގ ުނަންތައް ނުލިޔެ ފަރުޖެއްސޭނެ ކަމެކެވެ.
4. ދިރާސާގެ ޚުލާޞާ
މިއީ މުޅި ދިރާސާ އާ ބެހޭ ތަފްޞީލުތަކުގެ ޚުލާޞާއެވެ. މުޅި ރިޕޯޓު ނުކިޔައި ދިރާސާއާ ބެހޭ މުހިއްމު މަޢުލޫމާތު އަންގައިދޭ ބަޔާނެކެވެ.
5. ތަޢާރުފު
މިއީ މުޅި ރިޕޯޓުގެ ކުރު ތަޢާރުފެކެވެ.
6. ދިރާސާކުރެވުނު މައްސަލައިގެ ކުރު ތަޢާރުފެއް
މިއީ ދިރާސާ ކުރެވޭ މައްސަލަ ތަޢރުފުކޮށްދިނުމަށް ލިޔާ ބަޔާނެކެވެ.
7. ދިރާސާގެ މައިގަނޑު ސަބަބުތައް
ކީއްވެގެން ނުވަތަ ކީއްކުރަން ކޮން ސަބަބަކާ ހުރެ ކުރާ ދިރާސާއެއްކަން އަންގައިދޭ ބަޔާނެކެވެ.
8. ދިރާސާގެ ސުވާލު ނުވަތަ ދިރާސާކުރި ހައިޕޮތެސިސް
މި ދިރާސާއަކީ ކޮން ސުވާލެއްގެ ޖަވާބު ހޯދަންކަން ނުވަތަ ކޮން ހައިޕޮތެސިސް އެއް ކަށަވަރުކުރަން ހަދައިފައިވާ ދިރާސާއެއްކަން ރިޕޯޓު ކިޔާ ބަޔަކަށް އެނގެން ބޭނުންވާނެ އެވެ. އެހެންކަމުން މިބައިގައި ދިރާސާގެ ސުވާލު ނުވަތަ ހައިޕޮސިސިސް ބަޔާންކުރަން ވާނެ އެވެ. ދިރާސާ ހަދަނީ ހައިޕޮތެސިސްއެއްގެ މައްޗަށް ނަމަ، އެ ހައިޕޮތެސިސް އަކުން ދިރާސާއަށްޓަކައި އުފައްދާ ސުވާލު ނުވަތަ ސުވާލުތައް ވެސް ބަޔާންކުރެވިދާނެ އެވެ.
9. ދިރާސާގެ ބޭނުން
ދިރާސާ ކުރީ ކޮން ބޭނުމަކުކަން އަނގައިދިނުމަށް ލިޔާ ބަޔާނެކެވެ.
10. ދިރާސާއިން ޙާޞިލުކުރަން ބޭނުންވި ލަނޑުދަނޑިތައް
މި ދިރާސާކުރަނީ ކޮން މަޤުޞަދެއް ޙާޞިލުކުރަންތޯއާއި ދިރާސާގެ އަމާޒަކީ ކޮބައިކަން ހާމަކޮށްދޭ ބަޔާނެވެ.
11. ދިރާސާގެ މަފުހޫމްތަކުގެ ތަޢާރުފެއް
މިއީ ރިޕޯޓުގައި ބޭނުންކޮށްފައިވާ އެކި މަފުހޫމްތަކާއި އިޞްޠިލާޙުތަކުގެ މާނަ ބަޔާންކުރާ ބަޔާނެވެ. މިސާލަކަށް "ގެވެށި އަނިޔާ ކަމަށް ބުނެފައި އެވަނީ ދިރިއުޅޭ ގޭތެރެއިން އެކި މީސްމީހުންނަށް ލިބޭ ނަފުސާނީ އަދި ޖިސްމާނީ ހާނީއްކަތަކަށާއި ދުއްތުރާ ތަކަށެވެ."
12. ދިރާސާގެ ޙުދޫދުތައް
މި ދިރާސާ ކޮށްފައިވަނީ ކިހާ މުއްދަތެއްގައި ކަމާއި ކިހާ ފުންމިނެއްގައި، ކިހާ ފުޅާމިނެއްގައިކަން ފަދަ އިންތައް މި ބައިގައި ބަޔާންކުރާނީ އެވެ.
13. އަދަބީ މުޠާލިޢާ
ދިރާސާއަށް ޓަކައި ބަލައިލާނީ ދިރާސާއަށް ބޭނުންވާ މަޢުލޫމާތު ލިބޭނެ ފޮތްތަކަށެވެ. ނުވަތަ ލިޔުންތަކަށެވެ. މިފަދަ ލިޔުންތަކުން މަޢުލޫމާތު ލިބޭނެކަމަށް ވާނަމަ ދިރާސާކުރާ މައްސަލައާ ގުޅޭ ގޮތުން އެކި ޢިލްމުވެރިން ވިދާޅުވެފައިވާ ވިދާޅުވުންތަކާއި ލިބެން ހުރި މަޢުލޫމާތުގެ މައްޗަށް މިބައިގައި ބަލައިލެވިދާނެ އެވެ.
14. ދިރާސާގެ ފަރުމާ ބަޔާން
މި ބައި ހިމަނާނީ ދިރާސާ ހެދި ގޮތް އަންގައި ދިނުމަށްޓަކައި ލިޔާ ބަޔާނުގެ ތެރެއިން ވަކި އަރިމަތީ ސުރުޚީއެއްގައެވެ. މި ބައިގައި ހާމަކުރާނީ ދިރާސާ ހަދައިފައިވަނީ ކޮން ނަޒަރިއްޔާތެއް ބޭނުން ކޮށްގެން ކަމެވެ. މިސާލަކަށް ކުއަލިޓޭޓިވް ޕެރަޑައިމްތޯ ނުވަތަ ކުއަންޓިޓޭޓިވް ޕެރަޑައިމް ތޯ ނޫނީ މި ދެބައި ބޭނުންކޮށްގެންތޯ އޮޅުންފިލުވައިދޭން ވާނެ އެވެ. އަދި މި ދެންނެވި 2 ނަޒަރިއްޔާތަކީ ކޮބައިކަންވެސް ބަޔާންކުރެވިދާނެ އެވެ.
15. ދިރާސާގެ ނަކަލުގެ ބަޔާން
ނަކަލުގެ ބަޔާން ނުވަތަ ސާމްޕަލް ބަޔާނަކީ ދިރާސާ ކުރުމަށްޓަކައި ސާމްޕަލް ނެގި ގޮތްތަކުގެ މައްޗަށް ލިޔެވޭ ބަޔާނެކެވެ. މިސާލަކަށް ކޮން ޢުމުރު ފުރާ އަކަށް ކޮން ގިންތިއަކަށް ކިހާ ވަރަކަށްކަން ފަދަ މަޢުލޫމާތު މިބައިގައި ހާމަކުރެވިދާނެ އެވެ.
16. ބޭނުންކުރެވުނު އާލާތުގެ ބަޔާން
ބޭނުންކުރި ވަސީލަތްތައް (މިސާލަކަށް ސުވާލުކަރުދާސް، ބަސްދީގަތުން، ސްކޯރ ކުރި ގޮތްތައް ފަދަ ބައިތައް) ނުވަތަ ބޭނުންކުރި އާލާތްތައް މި ބައިގައި ބަޔާންކުރާނީ އެވެ.
17. ދިރާސާ ހެދި ގޮތުގެ ބަޔާން
މި ދިރާސާ ހެދީ ކޮންތާކު، ކިހިނެއް، ކޮން އިރަކުކަން މި ބައިގައި ބަޔާންކުރާނީ އެވެ.
18. ދިރާސާގެ ޞައްޙަކަމާއި އިތުބާރުގެ ބަޔާން
ޞައްޙަކަމޭ ނުވަތަ އިތުބާރޭ މި ކިޔަނީ ކޮން އެއްޗަކަށްކަން ބަޔާންކޮށްދިނުމާއެކު ޞައްޙަކަމާއި އިތުބާރު ކަށަވަރުކުރުމަށްޓަކައި މި ދިރާސާގައި މަސައްކަތް ކޮށްފައި ވާ ގޮތް ބަޔާންކޮށް އެކަން ކަށަވަރު ކޮށްދިނުމަށް މި ބައިގައި މަސައްކަތްކުރާން ވާނެ އެވެ.
19. ނަތީޖާ ތަޙުލީލުކުރުމަށް ބޭނުންކުރި ގޮތްތަކުގެ ބަޔާން
މި ބައިގައި ބަޔާންކުރާނީ ނަތީޖާ ތަޙުލީލުކުރުމަށް ނުވަނަ އެނަލައިޒްކުރުމަށް ބޭނުންކުރެވުނު ގޮތްތަކެވެ.
20. މަޞްލަޙަތާ ފުށުއެރުން
މި ދިރާސާގެ މަސައްކަތުގައި، ދިރާސާކުރާ މީހެއްގެ ޒާތީ މަށްލަޙަތާ ފުށުއަރާކަމެއް ނެތްކަން ނުވަތަ އޮތްކަން ބަޔާންކޮށް ނެތްނަމަ ނެތްކަން ސާބިތުކޮށްދިނުމަކީ މި ބައިގެ ބޭނުމެވެ.
21. ހޯދުނު ހޯދުންތައް
ދިރާސާގެ މަސައްކަތުން ހޯދުނު ހޯދުންތައް ނުވަތަ ދެއްކި ނަތީޖާ މި ބައިގައި ބަޔާންކޮށްލާނީ އެވެ.
22. ދިރާސާގެ މައިގަނޑު ބަހުސް
ހޯދުނު ހޯދުންތަކުގެ އަލީގައި ބަހުސްކޮށް ނަތީޖާ ނެރުމަށް މިބައިގައި މަސައްކަތްކޮށް ދިރާސާއިން ދެއްކި ނަތީޖާ ހާމަކޮށްލާނީ އެވެ.
23. ހޯދުނު ހޯދުންތަކުގެ ކުރު ޚުލާޞާއެއް
ހޯދުނު ހޯދުންތަކާއި ދެއްކި ނަތީޖާ ޚުލާޞާ ގޮތެއްގައި ބަޔާންކޮށްލާނީ އެވެ.
24. ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް:
ހޯދުނު ހޯދުންތަކާއި މުޅި ދިރާސާގެ ޚުލާޞާއަށް ބަލައި އެންމެ ފަހުގެ ނިންމުންތައް ހާމަކޮށްލާނީ އެވެ.
25. ހުށަހެޅުންތައް
ދިރާސާގެ އަލީގައި ހުށަހެޅުންތަކެއް (ރެކޮމެންޑޭޝަންސް) ހުށަހަޅަންވާނެ އެވެ.
26. މި ދިރާސާގެ ސަބަބުން ކުރަން ފެންނަ އެހެން ދިރާސާތައް
ކޮންމެ ދިރާސާއެއް ވެސް ކުރެވިފައި ވާނީ ވަކި ސުވާލެއްގެ މައްޗަށް ވަކި ޙުދޫދެއްގެ ތެރޭގައި ކަމަށް ވާތީ އިތުރު ޙަޤީޤަތްތައް ހޯދުމަށް ކުރެވިދާނެ ނުވަތަ ކުރަން ފެންނަ އެހެން ދިރާސާތައް ހާމަކޮށްލުމަކީ ޢިލްމު ފުޅާކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެކެވެ.
27. ބަހުބަސް (ނުވަތަ ނިންމުން)
ރިޕޯޓުގެ ނިންމުގެ ގޮތުން ބަހުބަސް ބުނެލަންވާނެ އެވެ.
28. ޙަވާލާ ލިސްޓު
މަޢުލޫމާތު ހޯދުމުގައި ރުޖޫޢަވީ ވަސީލަތްތައް ހާމަކޮށް ޙަވާލާދޭ ލިސްޓެއް (ރިފަރެންސް ނުވަތަ ސައިޓޭޝަން) ލިޔަންވާނެ އެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ. ޢިލްމީ މަސައްކަތަކަށް ވާނީ އޭރުންނެވެ.
29. ޖަދުވަލުތައް
ދިރާސާގައި ބޭނުންކުރި ތަފާތު އާލާތްތަކާއި އިތުރު ތަފްޞީލެއްގެ ގޮތުން ގެންނަ ލިޔުންތައް ފަދަ އިތުރު ބައިތައް މި ބައިގައި ހިމަނައިލުން މުހިއްމެވެ. (މި ހިސާބުން ރިޕޯޓު ލިޔެ ނިމުނީއެވެ.)
(ކ) ނިންމުން:
އަޅުގަނޑު މި ބަލައިލީ ޢިލްމީ ދިރާސާއަކީ ކޮބައިކަމާއި މިފަދަ ދިރާސާއެއް ކުރާނެ ގޮތުގެ ވަރަށް ކުރުކުރު ތަޞައްވުރެކެވެ. ނަމަވެސް ހަނދުމަފުޅުބަހައްޓަވަންވީ ޙަޤީޤަތަކީ މި މަޒުމޫނަކީ ދިރާސާއެއް ކުރުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަޔަށް ބަޔާންކުރެވިފައިވާ މަޒުމޫނެއް ނޫންކަމެވެ. މިއީ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންގެ އަރިހުން ދަސްފުޅުކުރައްވާންޖެހޭނެ މަސައްކަތެކެވެ. އަދި މީހަކު ލިޔެލާ މަޒުމޫނަކުން މި ފަދަ ކަމެއް ދަސްކޮށެއް ނުދެވޭނެ އެވެ. ނަމަވެސް ދިރާސާގެ މަސައްކަތަށް އަލަށް ނުކުމެވަޑައިގަންނަވާ ބޭފުޅުންނަށް މި މަޒުމޫނުން މިކަމުގެ މައިގަނޑު ޚިޔާލު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަން ކަށަވަރެވެ.
އެހެން ކަމުން މިއީ ހަމަ އެކަނި ދިރާސާކުރާނެ ގޮތުގެ ތަޞައްވުރެއްކަން ހަނދުމަފުޅު ބެހެއްޓެވުން ވަރަށް ބޮޑަށް އެދޭ ވާހަކަ ދަންނަވައިލަމެވެ.

--------------------------
(ނިމުނީ):
(ނިމުނީ):
ރުޖޫޢަވީ ވަސީލަތްތައް
ޢަލީ ޝަމީމް.(ޕީއެޗްޑީ). ތަޤްރީރުތައް
ސެލީ ރަމްސީ. ހައު ޓު ފައިންޑް އިންފޮރމޭޝަން: އަ ގައިޑް ފޮރ ރިސަރޗާރޒް
އެލިޒަބަތު ޑޮމްހޯލްޓް. ފިޒިކަލް ތެރަޕީ ރިސަރޗް: ޕްރިންސިޕަލްސް އެންޑް އެޕްލިކޭޝަންސް
http://acrlog.org/2009/02/18/academic-research-a-painful-process-for-students
މި ލިޔުން
ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު