އަދުގެ ޚާއްސަ

Print

ހިތްޕުޅު ބަލި ބޭފުޅަކު، މި މައުޟޫޢު ވިދާޅުނުވާތި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ފޮނުވީ: އެމް

މި މައުޟޫޢުގައި ހިމަނާފައިވާ ފޮޓޯ ނެގި ނޫސްވެރިޔާ ދަންޖެހި މަރުވީއެވެ.

ފޮޓޯގައިވާ މަންޒަރު ފެނިފައި އޭނާގެ ހިތަށް ވެރިވި ހިތްދަތިކަން ތަޙައްމަލު ނުކުރެވިގެންނެވެ.

ތިބޭފުޅާއަކީ ހިތްޕުޅު ބަލި ބޭފުޅެއް ކަމަށްވަނީނަމަ، "އިތުރަށް" ވިދާޅުނުވާށެވެ.


މިއީ، 1994 ވަނަ އަހަރު، ސޫދާނަށް އައި ބަނޑުހައިހޫނު ކަމުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެކެވެ. މުޅި ދުނިޔޭގެ ސަމާލުކަމަށް އައި، މި ފޮޓޯގައި އެވަނީ، ކާއެތިކޮޅެއް ލިބޭތޯ ފިރުކިފައިދާ ކުއްޖެކެވެ. މި ކުއްޖާއާ، އަލިފުދާލުގެ ކާބޯތަކެތީގެ އެހީ ދޭ މަރުކަޒަކާ ދެމެދުގައިވަނީ، އެއްކިލޯމީޓަރުގެ ދުރުމިނެވެ. (އެއްކިލޯމީޓަރަކީ، އެއްހާސް މީޓަރެވެ. މީޓަރަކީ، ސަތޭކަ ސެންޓިމީޓަރެވެ.) ނަމަވެސް، ފަހަތުގައިވާ ބާޒު އެއިނީ، މިކުއްޖާ މަރުވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.




މި ކުއްޖާ ގޮވައިގެން ކާބޯތަކެތީގެ އެހީ ދޭ މަރުކަޒަށް ދިއުމަށް، މި ފޮޓޯނެގި ނޫސްވެރިޔާއަކަށް ނުކެރުނެވެ. މިފަދަ ކުދިންނާ ގާތްވާ މީހުންނަށް ނުރައްކާތެރި ބައްޔެއް ޖެހޭކަމަށް ބުނާ ލިއުމެއް ފަތުރާފައިވާތީއެވެ. އެއަށްފަހު، މި ކުއްޖާއަށް ވީގޮތެއް އެއްވެސް މީހަކަށް ނޭގެއެވެ.

އެތައް މިލިޔަން ފޮޓޯއެއްގެ ތެރެއިން، މި ފޮޓޯވަނީ، އެންމެ އަސަރުކުރުވަނިވި ފޮޓޯގެ ގޮތުގައި ހޮވިފައެވެ. އެހެން ނަމަވެސް، މި ފޮޓޯނެގި ނޫސްވެރިޔާ، ކިވިން ކާރޓަރ، މި ފޮޓޯ ނެގިތާ ތިންމަސް ފަހުން ފެނުނީ ދަންޖެހިގެން މަރުވެފައި އޮއްވައެވެ. އެއީ، މި ފޮޓޯއިން އޭނާއަށް ކުރި ހިތްދަތި އަސަރު ތަޙައްމަލު ނުކުރެވިގެންނެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ