އެ ޤަތުލުގެ ސިއްރު (16)
ސައިކުރާ އިބްރާހީމް ނަޢީމް
(25 އޭޕްރީލް 2011 އާ ގުޅޭ...)
އެކަކު ޓޯޗަކުން މުޅި ޤަބުރުސްތާނުގެ ތެރެއަށް އަލި ކުރަމުންގޮސް ދާދިފަހުން ވަޅުލައިފައިވާ މީހެއްގެ މަހާނަ ކައިރިއަށް ހުއްޓިއްޖެ އެވެ.
އެއޮއް ބޮޑު ފަޅު ތާނގައި ޓޯޗެއްގެ ފަނޑު އަލީގެ ތެރެއިން އެ ތިން މީހުން ފެންނަނީ ބިރުވެރި ކަޅު ތިން ހިޔަނީގެ ސިފައިގައެވެ. އެކަކު އަތުން އިޝާރާތްކޮށްފި އެވެ. އެންމެ މިނިޓެއްވެސް ލަސްނުކޮށް އެބައިމީހުންގެ މަސައްކަތް ފެށިއްޖެ އެވެ. . . . . . . . . މަހާނަ ކޮންނަނީ އެވެ. ކަނު އަނދިރީގެ ތެރޭގައެވެ. އަލިކޮށްލަނީވެސް ބައެއް ފަހަރު އެވެ. އަތުން މެނުވީ ވާހަކަދެއްކުމެއްވެސް ނެތެވެ. . . . . . ވަރަށް ފުނަށް ވަޅު ކޮނެލައިފި އެވެ. މިހާޜު އެ ވަޅު ތެރޭގައި ހުރި ސަންދޯއް އެބައިމީހުންނަށް ފެނިއްޖެ ކަމާމެދަކު ޝައްކެއް ނެތެވެ. ތިން މީހުން ވަޅުތެރެއަށް ގުދުވެއްޖެ އެވެ. ކުއްލިއަކަށް ޤަބުރުސްތާނުގެ ތެރެއިން ތަންކޮޅެއް ދުރުން ބިންމަތީގައި ރެދަންގަޑެއްކަހަލަ އައްޔެއް ދިއްލިއްޖެއެވެ. ދެތިން ސިކުންތެއް ވަންދެން އަލިއޮތުމަށްފަހު ވީއެއްނުވީއެއް ނޭގި އެ އަލި ގެއްލިއްޖެއެވެ. . . . . . . . . . . . . . .
އެމީހުން މަސައްކަތް ހުއްޓާލާފައި ތެދުވެ ބަލަހައްޓައިގެން އެތިބީ ލިބުނު ކުއްލި ހައިރާން ކަމެއްގެ ސަބަބުންނެވެ.
ނަމަވެސް ގިނައިރު ނުތިބެ އަނެއްކާ ވެސް މަސައްކަތް ފަށައިފިއެވެ. މަޑުމަޑުން ސަންދޯއް ވަޅުންނަގައި ބަހައްޓައިފިއެވެ. އަނެއްކާވެސް ޤަބުރުސްތާނުގެ ތަންކޮޅެއް ދުރުން ބިން މަތީގައި ރެދަންގަޑެއް ލައިފިއެވެ. . . . . . . . . . . ސަންދޯކުގެ ކައިރީގައިތިބި 3 މީހުން ވަށައިގެން ހޯދަމުން ހިނގަންފަށައިފި އެވެ. ކުޑަކޮށް ބިރުން ތިބި ކަހަލައެވެ. ދެތިން ހަތަރުދިމާއެއް ހޯދައިފައި ތަންކޮޅެއް ދުރުގައި ހުއްޓިގެން ތިއްބައި އެ މީހުންގެ ކުރިމަތިން އަނެއްކާ ވެސް ވަރަށްގަދައަށް އަލިވެގެންފިއެވެ. މި އަލި އެ 3މީހުންގެ މޫނަށް އެޅިގެން ދިޔަވަގުތު އަންވަރު ފިލާއޮވެފައި ކުޑަކުޑަ ކެމެރާއަކުން އެ 3 މީހުން ފޮޓޯނަގައިފި އެވެ. އެ ތަންވަޅު ބިރުން ތުރުތުރު އަޅާއަޑަކުން އަޙުމަދު އަޙާލިއެވެ. "ތިޔަކުރަނި ކީއްހެއްޔެވެ؟ މިކަހަލަ ނާމާން ވަގުތެއްގައި ކަލޭ ސަކަރާތް ނުގަނެ އޮތުން ކީއްހެއްޔެވެ؟ "
އަންވަރު:- މި ބާވަތުގެ މޮޅު ފުރުސަތު އަހަރެން ހޯދިޔަދޭށެވެ! ހުންނައިސް ފުދޭވަރަށް ކަލޭ ބިރުގަތަކަސް އަހަންނަށް ވަރިހަމައެވެ. މާކަންބޮޑު ވެއްޖެއްޔާ އެ ކޮނުނު ވަޅުގައި ކަލޭވަޅުލައި ފާނަމެވެ.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
އެ 3 މީހުންވެގެން ސަންދޯކުގެ މަތިގަޑު ނަގައިފިއެވެ. ވަރަށް ކުޑަކުޑަ އައްޔެއް އަޅުވައިފައި ބަހައްޓައިގެން އެތެރޭގައި ކަފުންކޮށްފާއޮތް މީހާ ނަގައިފިއެވެ. އެމީހާ ނެގުމާއިއެކު މުޅި ޤަބުރުސްތާނުގެ ތެރެއިން އަޑެއް އިވޭންފަށައިފިއެވެ. މީހަކު ކުކުރާ އަޑާއި ރޯއަޑުހެންވެސް ހީވިއެވެ. މަރުވާންވެގެން ލާކަހަލަ ދިގު ނޭވާތަކެއް ލާއަޑު ވެސް އިވެއެވެ. ޒާތެއްގެ ބޫންއަޑެއް ވެސް އިވެއެވެ. މިއިން އެއްވެސް އަޑެއް އަންނަ ވަކިދިމާއެއް ނޭގެއެވެ. ޤަބުރުސްތާނުގެ ކޮންމެ ފަރާތަކަށް ވިސްނި ނަމަވެސް އެ އަޑު އާދެއެވެ.
ވަރަށް ޖެހިލުންކުޑަ ކަހަލަ ގޮތަކަށް އެމީހާގެ ކަފުން މޮހާލުމަށްފަހު ސަންދޯކާއި ކަފުން ވަޅުތެރޭގައި ވަޅުލާފައި، އެތާގެ ފަސްގަޑު ރީތިކުރުމަށްފަހު އެމީހާ ކޮޅަށް ނަގައިގެން ހިފަހައްޓައިލައިފި އެވެ. އެކަކު ދުވެފައި ސެވެންއެންޑްބީގެ ފުރަގަހަށް ގޮސް އިރުކޮޅެއް ވުމަށްފަހު ކާރެއްގައި އައިސް މަޑުމަޑުން އެމީހާކާރަށް ލައިފިއެވެ. އެ ޤަބުރުސްތާނުގެ ތެރެއިން އިވޭ އަޑުތަކަށް ހުއްޓުމެއް ނާރައެވެ. ރެދަން ލުމަކަށް ވެސް ބަދަލެއް ނާދެއެވެ. ނަމަވެސް މި އިންކަމެއް ތަޙްޤީޤުކޮށް ބަލާކަށް އެ މީހުން މަސައްކަތެއް ނުކުރެއެވެ. އެމީހުންގެ އަވަސް ވާޖިބަކަށް ހެދީ މަރުވެފައިވާ މީހާގޮވައިގެން ފިލުމަށެވެ. އެ މީހަކީ ކައްވަޅުގައި އޮންނަތާ ހައެއްކަ ދުވަސް ވެފައިވާ މީހެއްކަމުން އަންނަ ވައިރޯޅިއާއެކު ޒާތެއްގެ ނުބައިވަހެއް ވެސް އާދެއެވެ.
ފާރައަށް ތިބި ދެމިހުން ވެސް ގޮވައިގެން ކާރު ގޮސް އޮބައިލައިފި އެވެ. އެ މީހުން ގޮސް މުޅިތަން އަމާންވުމުން އަންވަރު ތެދުވެއްޖެ އެވެ. އަދި ޓޯޗަކުން އަލިކުރަމުން ގޮސް ޤަބުރުސްތާނުގެ ބިންމަތީގައި ހެދިފައިވާ ވިނަތަކުގެ ތެރެއިން ދިގުނަރުބޮޑިއެއް ނަގަން ފަށައިފިއެވެ. މިނަރުތައްވަނީ މުޅި ޤަބުރުސްތާނުގައި ވަޅުލާފައެވެ. ތަންތަން ކޮޅުގައި ބޮނޑިބޮނޑިއަށް ވެސް ވަޅުލާފައި ހުއްޓެވެ. އަދި ހަތަރުފަރާތަކުން ކުޑަކުޑަ ހަތަރު އަޑުފޮށިވެސް ވިނަތަކުގެ ތެރެއިން ދަމައި ނަގައިފި އެވެ.
އަހުމަދު:- ތިޔައީ ކޮންފަދަ ސާމާނެއް ހެއްޔެވެ؟ މިރޭ މިފެނުނު ހުރިހާ ކަރާތްމާތްތެރިކަމެއްގެ އަސްލަކީ ތިޔައީހެއްޔެވެ؟
އަންވަރު:- އާއެކެވެ! އަހަރެން މިރޭ އިރާކޮޅު އައިސް މި މަސައްކަތްކުރިކަމުން ވަރަށް ބޮޑު ފައިދާ ވެސް ކޮށްފިއެވެ. އިރުއިރުކޮޅާ ތަންތަން ކޮޅުން ވަމުންދިޔަ އަލި އެ ތިންމީހުންގެ މޫނަށް އެޅޭތޯކުރި މަސައްކަތް ކާމިޔާބު ވީއެވެ. ފޮޓޯނަގާނެ ފުރުސަތު ލިބުނީއެވެ. ކޮންމެއަކަސް ތަނާ މެދު އެބައިމީހުންގެ ހިތުގައި ބިރުތަކާއި ވަހުމްތައް ނުއުފެދިއެއް ނުދާނެއެވެ.
އެރޭގެ ދެންއޮތް ވަގުތުކޮޅުގެ ތެރޭގައި އަންވަރާއި އަޙުމަދު މަސައްކަތްކުރީ ނެގުނު ފޮޓޯ ސާފުކުރުމުގައެވެ. ނަމަވެސް މުޅިއަކުން ކާމިޔާބެއް ނުވިއެވެ. ފޮޓޯއިން ފެންނަ 3 މީހުންގެ ތެރެއިން އެކަކީ މިސްޓަރ ބޭކަރްއެވެ. ނަމަވެސް އަނެއް ދެމީހުންގެ ދެލޯފިޔަވައި އެހެން އެއްވެސް ތަނެއް ފެންނާކަށް ނެތެވެ. މުޅިމޫނުގައިވަނީ ނުބައިފާޑަކަށް ކުރަހާފައިވާ ހަމުގެ މޫނުމައްޗެއް އަޅާފައެވެ. އެހެންކަމުން މިފޮޓޯ ތަންކޮޅެއް ފަހަށް ބޭއްވުމަށް އަންވަރު ގަސްދުކޮށްފި އެވެ. . . . . . . . . . ދެންއޮތީ އޮފީލިޔާ ޤަތުލުކުރާތަނަށް ޑޯރެންސި ހޮޓަލަށް ދިއުން ކަމުގައިވާތީ އަންވަރު ގަސްދުކުރީ ކަމާބެހޭ މަސައްކަތްތައް ކުރީންކޮށްލުމަށެވެ.
ޖާސޫސު މަރައިލައިފި
ހެދުނުގެ ސައި އަޙުމަދާއި އަންވަރުގެ ކޮޓަރީގައި، ތައްޔާރުވެފައި ހުންނަތާ ކުޑައިރުކޮޅެއް ވެއްޖެއެވެ. ތަށިތައް އަތުރާލިއިރު ސައިން އަރައަރާހުރި އާވިވެސް މަޑުވަމުންގޮސް މިހާރު މުޅިން ހިހޫވެއްޖެ ކަހަލައެވެ. އަޙުމަދު ކޮޓަރީގައި އެކަނިމާއެކަނި އިދެއިދެފޫހި ވެއްޖެއެވެ. މިހާރު 8 ޖަހާ އެތަކެއް މިނިޓްވެސް ހިގައިފިއެވެ. . . . . . . . . ކުއްލިއަކަށް ދޮރުހުޅުވާ ލުމަށްފަހު ކޮޓަރިތެރެއަށްވަނީ މިސްޓަރ އަންވަރުއެވެ. ހުރީހިސާބަކަށް ދާހިއްލާފައެވެ. އޭރުވެސް އޭނާގެ ނިތްކުރީގައި 4 ރާޅުކަހަލަ ބޮޑު 4 ރޫ ހުއްޓެވެ. ކުރަމުން އައި ޚިޔާލަކުން ދެބުމަވަނީ މުޅީން ގޮށްޖެހިފައެވެ. އައިސް ވަނުމާއެކު އަހުމަދު ހަޅޭލަވައިގެންފިއެވެ.
އަހުމަދު:- ކަލޭތިޔައީ ރޭއަޅުކަން ކުރާމީހެއްކަމެއް މަށެއް ނުދަންނަމެވެ. ފަތިސްނަމާދުވެސް ކުރަނީ ފަތިފައްޗަށް ދޯއެވެ؟ މިއަދު އަނެއްކާ ރޯދަދުވަހެއް ހެއްޔެވެ؟ އަހަރެން ބަޑަށް މެރުންފިޔަވައި އެހެންކަމެއް ނޫނެވެ.
އަންވަރު:- އަހަންނާ ކަލެއާ ދެމީހުން މިއަދު ރޯދައަށް ތިބުން މަޖުބޫރެވެ. މިސްޓަރ ބޭކަރް މުޅިން ހާސްވެއްޖެއެވެ. އިހަށްރޭ ނައިޓްކުލަބް ފުށުން ޖަހައިލި ބަޔަކު އޭނާއަށް އެނގޭތޯ މިހާރު އަބަދު ވިސްނަނީއެވެ. އަހަރެން ރޭދަންވަރުއްސުރެ ފަތިހާ ޖެހެންދެން ބޭކަރަށް ފާރަލީއެވެ. އޭނާގެ ގޭގައި ރަތްތަރިއާއެކުގައި ވަރަށް ސިއްރުވާހަކަތަކެއް ދައްކަން ފަތިސްވަންދެން އިނެވެ. އެ ހުރިހާ ވާހަކައަކާ އެކުގައި ސިފަބަދަލުކުރާ ބޭސް ވެސް ހަދަމުން ގެންދިޔައެވެ.
އަޙުމަދު:- ރަތްތަރިވެސް ދުށީމުހެއްޔެވެ؟ ހުރީ ކޮންކޮން ފާހަގައެއް ހެއްޔެވެ؟
އަންވަރު:- އަހަރެން އޭނާދުށީމެވެ. ނަމަވެސް، އޭނާހުރީ މުޅީން ފޮރުވިގެންނެވެ. ބޮޑުމޫނު މައްޗެއް އަޅައިގެންނެވެ. ހެދުމުގެ ބޭރަށް ތަންތާގައިހުރީ އުރަލައްވާ ދަވާދުހާކައި ފޮރުވާފައެވެ. އެ ގޭގައިއުޅޭ ޚާދިމުކަލޭގެ ދެކެ ވެސް އޭނާވަރަށް ބިރުގަންނަ ކަހަލައެވެ. އަހަރެން ވިސްނާވެސް އޭނާގެ ސިފައެއް ފާހަގައެއް ނުކުރެވުނެވެ.
އަހުމަދު:- ދެއްކީ ކޮންވާހަކައެއް ހެއްޔެވެ؟ . . . . . . އެކަމަކު އިހަށް އަހަރެން އެކަނި ނަމަވެސް ސައިބުއިމުގެ އަމުރުދޭށެވެ!
އަންވަރު:- އަހަރެން ސައިތަށިވެސް ކަލޭބޯށެވެ! ދެއްކިވާހަކައަކީ، . . . . .. . . .. ދެއްކި
ވާހަކައަކީ، ނައިޓްކްލަބްއަށް ދެ ވަގުން ވަން ރޭގެ ވާހަކައެވެ.
އަޙުމަދު:- ތިޔައީ ދޮގެކެވެ. ތިޔަހުރިހާ ވާހަކަތައް ދެއްކިކަން ކަލެއަށް އެގުނީ ކިހިނެއް ހެއްޔެވެ؟ ކަލެއަށް އެ ގެއަކައް ނުވަދެވޭނެ އެވެ. ތިޔަ ދެން ކަލޭ ވެސް ކަންތައް ވެވޭވަރަށްވުރެ ބޮޑުކޮށް ފޮނިކަނޑަނީއެވެ. ބޭކަރް އެހާ ރައްކައުތެރި ކޮށް ބަންދުކޮށްގެން ގެންގުޅޭ ކޮޓަރިއަށް ވަދެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟
އަންވަރު:- އަހަންނަށް މާތްކަލާނގެ ދެއްވާފައި މީނދަ މޮޔަ ރަޙްމަތްތެރިޔާ އެވެ! އަހަންނަށް ވެސް އެވަރުގެ ކަމެއް ކުރެވިދާނެކަމަށް ހީކުރާށެވެ! އަހަރެން އެ ގެއަށް ދިޔައީ، ވަރަށް ޙާލުދެރަ މުސްކުޅި ބެއަކަށް ވެގެންނެވެ. ގޮސް ގޭގެ ދޮރުކައިރީގައި ކުކުރާން ފެށުމުން ޚުދު ބޭކަރް ނުކުމެ ޙާލުގެވާހަކަ އެހިއިރު އަހަރެންގެ ފުރާނަދަނީ އެވެ. އަހަރެން މަރުވަމުން ބުނިއެއްޗަކީ، އަހަރެން މަރުވާތާ 1 ގަޑިފަހުން، ހިލްބާންސްރޯޑްގެ 14 ނަންބަރު ގެއަށް އަހަރެންގެ ޚަބަރުދޭށެވެ. މަގޭ ނަމަކީ މުސްތަފާއެވެ.
މި ޙިކުމަތުގެ ބޭނުން އަހަރެންކުރީ މާބޮޑު ކާމިޔާބީއެއް ލިބެނޭކަމަކަށް ހީކޮށްގެންނެއް ނޫނެވެ. ނަމަވެސް ، ކަންދިމާވީ އެހެންނެއް ނޫނެވެ. އެޔަށްވުރެ މާ ނަސީބުވެރި މާ ބާއްޖަވެރި ގޮތަކަށެވެ. އަހަރެންގެ ފުރާނަ ދިޔައީ ވަރަށް ގިނަ އިރުންނެވެ. މޫނުމައްޗަށް މަރުގެ ވަރަށް ބިރުވެރި ޢަލާމާތްތައް އައުމަށްފަހުގައެވެ. އެ ސަކަރާތްގަނޑުގެ ތެރޭގައި ތަނކޮޅެއް ފިނިވާނެ ގޮތެއް ހަދައިދޭނަންތޯ އަހައިލީމެވެ. އޭރު ބޭކަރ ގެ ހިތުގައި ވެސް އަހަރެންގެ މައްޗަށް ރަޙުމް އުފެދުނެވެ. ކަމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ކޮޓަރީގައި ހުރި އެނބުރޭ ފަންކާއެއްގެ ކައިރިއަށް ގެންގޮސްފި އެވެ. އެކަމަކު އެ ވަގުތުކޮޅުގެ ތެރޭގައި ވެސް އަހަރެން އޭނާގެ ކޮޓަރިއަށް ގެންދިޔައީ މޫނުމަތީގައި ފޮތިގަނޑެއް އަޅައިގެންނެވެ. ކޮންމެއަކަށް ގިނަ އިރުތަކެއް ނުވެ، އަހަރެން މަރުވެއްޖައީމެވެ. ދެން އެ ތަނުގައި ތަޅުންގަނޑު މަތީގައި އަހަރެން ބާއްވައިފައި އޮތީ އެވެ.
އަޙުމަދު:- ނާ ތެދެއް ހެއްޔެވެ؟ އެ ވަގުތު އެ މީހުން ލައްކަ ވާހަކަ ދެއްކި ހެއްޔެވެ؟
އަންވަރު:- އާނއެކެވެ! މިސްޓަރ ބޭކަރ ބުނަނީ "އެ މީހުންގެ މަސައްކަތަށް ފާރަލާ ވަރަށް ވެސް ވަރުގަދަ ބަޔަކު އުޅޭ ކަމަށެވެ. އެ ތިން މީހުންގެ މަސައްކަތަށް ކުޑަވެސް ކާމިޔާބީ އެއް ނުލިބޭނެ ކަމަށެވެ. އެޑްމަންޑް ގެންދިޔަ ރޭ އެ ތަނަށް ވަން ދެ މީހުންނާއި، ނައިޓު ކްލަބުގެ މައްސަލަ ޖެހުނުރޭ އެ ތަނަށް ވަން ދެ މީހުންނާ އެއީ އެއް ބަޔެއް ކަމަށެވެ. އަދި ބުންޏެވެ. އަހަންނަށް ވެގެން ވަންޏާ އެއިން މީހަކާ މެދު ޝައްކެއް ހިނގާ ޒާތުގެ މީހަކު ފެނުނަސް އެއްވެސް އިންސާފެއް ނެތި މަރައިލާނަމެވެ."
ވާހަކަދައްކާން ތިބެފައި ރަނގަބީލަކަށް އޮބައިލުމުން އެ ތަނަށް އައީ އެ ގޭގައި ގެންގުޅޭ ނޯކަރެކެވެ. ނުވަތަ އެބައިމީހުންގެ މަސައްކަތުގެ ޚާއްޞަ އެހީތެރިޔެކެވެ. އޭނާ އައުމުން ވަރަށް ޢިއްޒަތުގައި ގޮނޑިއެއްގައި ބައިންދައިފައި ބޭކަރު ބުންޏެވެ. "ނާޒިމެވެ! މާދަމާ ހެނދުނުއްސުރެ ކަލޭ ނުކުންނާންވީ އަހަރެން ބުނާ މީހަކު ހޯދުމަށެވެ. ހަމަ ކަށަވަރުންވެސް މި އިންޑިއާ ސަރަހައްދުގެ ތެރޭގައި ކޮންމެވެސް ސިފައެއްގައި އެ މީހަކު އުޅޭނެ އެވެ. އޭނާގެ ސިފަ ކޮންމެ ގޮތަކަށް ބަދަލުވި ނަމަވެސް، ބަދަލުކޮށްނުލެވޭނެ ޚާއްޞަ ފާހަގައެއް ހުންނާނެ އެވެ." (މިހެން ބުނެފައި އަނެއް މީހާ އަށް އިޝާރާތްކޮށްލައިފައި އެ ފާހަގަ ކިޔައިދޭށޭ ބުނުމުން އޭނާ ފަށައިފި އެވެ.)
"އެ ފާހަގައަކީ . . . . . . . އަބަދުވެސް އިރުއިރުކޮޅާ އާފުރޭނެއެވެ. އާފުރޭއިރު މަތީ ދަތްޕިލަޔަށް ބަލާށެވެ! ދެ ދަތް ދުރުވާނެ އެވެ. ކުފި ދަތެއް ހުންނާނެ އެވެ. ދުލުގައި ލަފެއް ހުންނާނެ އެވެ."
ބޭކަރ:- ކަލޭގެ ހުރި ހުޝިޔާޜު މަސައްކަތުން އޭނާ ހޯދުމަށް ފަހު މި ހިސާބަށް ގެނެސްދޭށެވެ! ނޫންނަމަ އޭނާ އުޅޭ ތަނެއްގެ އެޑްރެސް ގެނެސްދޭށެވެ!
ނާޒިމު:- އެންމެ ރަނގަޅެވެ. ދެކޮޅުހަދައިފި ނަމަ ހަދާނީ ކިހިނެއްހެއްޔެވެ؟
ބޭކަރ:- މާ ނުރައްކާވެއްޖިއްޔާ މަރައިލިޔަސް އެންމެ ރަނގަޅެވެ. ނަމަވެސް މާ ގަދައެއް ނަހަދާނެ އެވެ. މިސްޓަރ އަންވަރު މަރުވުމަށްފަހު އޭނާގެ ހިތްވަރު ހުންނާނީ އެތަކެއް ދަރަޖައަށް ބަލިވެފައެވެ. އުންމީދު ހުންނާނީ ރަނގަޅަށް ކެނޑިފައެވެ. . . . . . . .
މިހެން ބުނެފައި ދެން ފެށީ އޭނާގެ ސިފަ ބަދަލުކުރުމަށެވެ. އެއްކަލަ ބޮދލުގެ ނާށި ގަނޑުން ނެގި ދިޔާ އެއްޗެއް އޭނާގެ މޫނުގައި ހާކާންފަށައިފި އެވެ. ނާޒިމު ދިލަ ނަގާތީ ހަޅޭއްވެސް ލެވި އެވެ. އަދި ބައެއް ފަހަރު ރުޅިވެސް އާދެއެވެ. ނަމަވެސް ދެ މީހުންވެގެން އޭނާގެ ސިފަ ބަދަލުކޮށްފި އެވެ.
އަންވަރުު:- ބިރުހުރި ކަމަކީ ތިޔައީ އެވެ. އަހަރެންވެސް އޮތީ "މަރުވެފައި" ކަމުން އޭނާގެ މޫނެއް ނުފެނުނެވެ. ކޮން ފަދަ ސިފައެއް ކަމެއްވެސް ހަމަ ނޭނގުނެވެ. އެ މީހުންގެ ވާހަކަަކުންވެސް އެނގޭތޯ ބެލީމެވެ. ނަމަވެސް އެ މަސައްކަތް ފެށީއްސުރެ އަނގައަކުން ނުބުނެ އެވެ.
ނާޒިމްގެ ސިފަ ބަދަދަލުކޮށްދީފައި އޭނާ ފޮނުވައިލުމަށްފަހު، ބޭކަރގެ މޫނުގައިވެސް އެއްޗެއް ހާކައިގެން ސިފަ ބަދަލުކުރީ އެވެ. އެއީ މިރޭ ޑޯރެންސީ ހޮޓަލަށް ދިޔުމަށްކަން އަހަންނަށް އެނގޭތީ ވަރަށް ފަރުވާތެރިކަމާއެކު ބަލަން އޮތީމެވެ. އޭނާ ވީ އެމެރިކާގެ އެންމެ ޒުވާން ފުރާގެ ދޮން މީހަކަށެވެ.
އަޙުމަދު:- (މާނޭވާއެއްލައިފައި) ހިތާމަހުއްޓެވެ! ތިޔަ އާފުރޭ މީހަކީ އަހަންނެވެ. ވީމާ ތިޔަ ޖާސޫސް ކަލޭގެ ހުރި ސިފައެއްވެސް އަހަންނަށްޓަކައި އޮޅުންފިލުވައެއް ނުދިނީމުއެވެ. އިރާޑަކުރެއްވިއްޔާ އަދު ނުކުމެގަންނަ ތަނުން ތިޔަ ކަލޭގެ އަހަރެން ހިފާނަމެވެ.
އަންވަރު:- ހިތާމަނުކުރާށެވެ! ތިޔަ ހުރިހާ ބިރެއް މި ގޭގެ ދެކުނު ހުޅަނގު ކޮޓަރީގައި ގުޅަޔަކަށް އޮންނާނެ އެވެ.
އަޙުމަދު:- އެއީ ކޮން އެއްޗެއް ހެއްޔެވެ؟
އަންވަރު:- ސިފަ ބަދަލުކޮށްފައި ކަލޭ ހޯދަން ފޮނުވި ނޯކަރު ކަލޭގެ އެވެ. އެހެން ޢިބާރާތަކުން ބުނާ ނަމަ މިސްޓަރ ބޭކަރ ގެ ޖާސޫސް ޖެނެރަލް ނާޒިމެވެ.
އަޙުމަދު:- ސަމާސާ ނުކުރާށެވެ! އޭނާ އަތުލައިގަތީ ކިހިނެއްހެއްޔެވެ؟
އަންވަރު:- އަހާށެވެ! އަހަރެން އޮތީ "މަރުވެފައެވެ." އަހަރެން މަރުވަމުން ވަޞިއްޔަތްކުރީ އޭގެ އެއް ގަޑި އިރު ފަހުން ހިލްބާންސް ރޯޑްގެ 14 ނަންބަރު ގެޔަށް އަހަރެންގެ މަރުގެ ޚަބަރު ދިނުމަށެވެ. އެހެންކަމުން ބޭކަރ އެ ގަޑިޔަށް ގެއިން ނުކުމެގެން ހިނގައްޖެ އެވެ. އަދި އޭނާޔާ އެކުގައި އަނެއް މީހާ ވެސް ދިޔައެވެ.

-------------
(ނުނިމޭ)
(ނުނިމޭ)
މި ވާހަކައިގެ މި ބައި:
ޓައިޕްކުރުން: ޢާއިޝަތު ރުޝްދީ
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު