ހައްދުންމަތީ ބަހުރުވައިން: އުފަން ރަށްވެހިންނަށް އިލްތިމާސެއް
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ނޯޓު: ހައްދުންމަތީ ކޮންމެ ރަށެއްގައިވެސް ބަހުރުވައިގައި ތަފާތު ހުރެއެވެ. އެހެންކަމުން މި ޅެމުގައި މާވަށާއި މާމެންދުއާއި ގަމުގެ ބައެއް ލަފުޒުތައް ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އިނބައިމެންގެ ރަށަކޫ މިޔޯއޭ ބޮނާށޭ،
އަފައިމެން މިތަން މޮޅަކެރާން ކަންކެރާށޭ!
އިނބައިމެން މުސަޅަ ކުއްދުނަށް ކަންވެވޭޅޭ،
ނުބައި ކަންތެކާ ދުރަވެ ހޭކަން ކެރާށޭ!
އެހެން ރަށްރަށުން އަންނަ މީހުންނަކޫވެސް،
އަޚުންކަން ބަލައިގެން ޖެހޭޅޭ އެހީވާން
ބަހެއް އަދި ބަޔެއްވެސް ނެތޭ ދެރަ ކަލޫނޭ،
އަހިން މީ ބޮނަން ހޭ ބަހެއްކަން ދެކޭށޭ!
ފަށަންވޫއެ ޚިދުމަތްތެކެއް އަދު ކެރާން،
ރަށަށް އަދި މި އަތޮޅަށް މޮޅަށް ކަންކެރާން
ހަށަންބަނދެ ނުހުރެ ކޮޅަކޮޅަށް ދުވެ ހަދާން،
ނަށާން އޮޅުމަކޫވެސް "ކަމެއް"ކަން ދެކޭށޭ!
މި ދުނިޔޭ އެމީހަކު އޮޅެން އިރު ތެދޭ،
އެދުނިޔޭގެ ހެވަތަށް ތިމާ ށޭ އެދޭ
ނިދުން ގިނަނުކޮށް އަމަލުތެއް ގިނަ އެދެން،
ވިދުން ކުރިމަގަށް އަންނަ ކަންތެއް ކެރާށޭ!
އެމީހަކު ކެރީ ހޭކަމެއް ވާން އޮތުއްވާ،
ދެމީހުން ގުޅީގެން ވިޔަސް ވާން އޮތުއްވާ
ދެމީ ތަންކޮޅެއްދޫނުކޮށް މުށުތެރޭން،
އެކަން ދެމި އޮވެއިތޯ އަބަދުވެސް އޮޅޭށޭ!
-------------------
(ނިމުނީ)
މި ޅެން:
ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު