އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނަކީ. . . .

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކީރިތ ރަސޫލަށް ދެއްވި މާތް، ބޮޑު މުޢުޖިޒާތް، ޤުރުއާނަކީ
               މޫރިތި  ކިތާބުﷲ އޭ،   ކަތިކަން  ނުވާ   ޤުރުއާނަކީ

ހުރިހައި ފަޞާޙާތެއް އެއިން، ފުރިހަމަ ބަލާޣާތްތެރިކަމާ
               ފުރިހަމަ ވެފައިވާ ބަސްފުޅޭ (މަތިވެރި ކަލާމް) ޤުރުއާނަކީ

ޖަހުލާ ޟަލާލާ ފޮހެލުމަށް، ވަހުމާ ޚުރާފާތް ނެއްތުމަށް
               "އަހުލުން"ގެ މައްޗަށް ލެއްވި މާތް ރަޙުމަތްފުޅޭ ޤުރުއާނަކީ

ޢިލްމީ ދިރާސާ އިން މިއަދު،  ހޯދާ ޙަޤީޤަތް، މާކުރީން
                          ފިލްމެއް ފަދައިން  މާ ސާފުކޮށް  ދެއްކެވި ފޮތޭ ޤުރުއާނަކީ

ތާރީޚު ޢިލްމު، ފަރާއިޟާ، މަތިވެރި ސުލޫކާ ޚުލްޤުތައް
                          މާ  ރީތިކޮށް  ތަންޒީލުވީ  މަތިވެރި  ފޮތޭ    ޤުރުއާނަކީ

އިސްވާނެހައި ކަމަކާ، ފަހުން ވާން އަޒަލުގައި އޮތްހައި ކަމެއް
                         "ވިސްނޭ ވަރަށް ވުރެ" މާ މަތީން ގެންނެވި ފޮތޭ ޤުރުއާނަކީ

މަތިވެރި ބަޝާރާތާ  އެކީ،  ބިރުވެރި  ޢިޤާބުގެ  ބަސްފުޅާ
                         ކަތިކަން ނުވާ   ލަހުޖާ އަކުން، އިއްވެވި ފޮތޭ، ޤުރުއާނަކީ

އިންސާނުނާ ޖިންނީންވެގެން އެއް ފަދަ މިސާލެއް ނުމެ ހެދޭ  
                          އިން،  ސާފުކޮށް ފެންނާނެ ފަދަ ގޮންޖެހުމެކޭ  ޤުރުއާނަކީ

އަދަބުގެ އުޞޫލުން މާ މަތީ ބަސްފުޅުތަކެއް ލެއްވެވި އެއީ
                          ބަދަލެއް އައުން  ދުވަހަކު ނުވާ މަތިވެރި ފޮތޭ  ޤުރުއާނަކީ    
                        -----------------------
                            (ނިމުނީ)
މި ލިޔުން:
     ފޮނުވުން:       ޢަބުދުލްޢަޒީޒު ޖަމާލު
އަބޫބަކުރު
     އަލުން ބެލުން:   ޢަބްދުލްޢަޒީަޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑް ގެ ފަރާތުން)
     ޝާއިޢުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު                

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ