ކެޕްސްލޮކް ފިތަށް އޮބޭއިރަށް އެނގޭގޮތަށް ހަދާނީ ކިހިނެއް؟
ޝަމްސުލް ފަލާޙް
ކޮމްޕިޔުޓަރުން ލިޔަމުންގެންދާއިރު، ބައެއްފަހަރު އޮޅިގެން "ކެޕްސް ލޮކް" ފިތަށް އޮބޭނަމަ، އެކަން ޙައްލުކުރާނީ ކިހިނެއް؟
ޖަވާބު: އަނދިރިތަނެއްގައި ލިޔާއިރު، ނުވަތަ ކޮޕްމިޔުޓަރުން ލިޔަމުންގެންދާއިރު، ކެޕްސް ލޮކް ފިތަށް އޮބިއްޖެނަމަ އެނގޭގޮތަށް ހެދިދާނެއެވެ.
ޖަވާބު: އަނދިރިތަނެއްގައި ލިޔާއިރު، ނުވަތަ ކޮޕްމިޔުޓަރުން ލިޔަމުންގެންދާއިރު، ކެޕްސް ލޮކް ފިތަށް އޮބިއްޖެނަމަ އެނގޭގޮތަށް ހެދިދާނެއެވެ.
> "ކޮންޓްރޯލް ޕެނަލް" ހުޅުވާށެވެ.
> "އެކްސެސިބިލިޓީ އޮޕްޝަންސް" އަށް ޑަބަލް ކްލިކްކޮއްލާށެވެ.
> ދެން ފެންނަ ވިންޑޯގެ ތިރީގައިވާ "ޔޫސް ޓޮގަލްކީސް" ލިޔެފައިވާ ދިމާލުގައިވާ ގޮޅިއަށް ކްލިކްކޮއްލާށެވެ.
> "އެކްސެސިބިލިޓީ އޮޕްޝަންސް" އަށް ޑަބަލް ކްލިކްކޮއްލާށެވެ.
> ދެން ފެންނަ ވިންޑޯގެ ތިރީގައިވާ "ޔޫސް ޓޮގަލްކީސް" ލިޔެފައިވާ ދިމާލުގައިވާ ގޮޅިއަށް ކްލިކްކޮއްލާށެވެ.
އޭރުން، "ކެޕްސް ލޮކް"، "ނަމްލޮކް" އަދި "ސްކްރޯލްލޮކް" މިއިން ކޮންމެ ފިތަކަށް އޮބައިލެވުނަސް އަޑެއްގޮވާނެއެވެ.
ނޯޓް: އަޅުގަނޑު ކުރިން ލިޔެފައިވާ މަޒުމޫނުގައި "ކްލިކް" ގެ ބަދަލުގައި "ކޮއްޓުން" މިބަސް ބޭނުންކުރުމުން ކިޔުންތެރިންގެ މެދުގައި ވަރަށް ޚިޔާލުތަފާތުވެފައިވެއެވެ. އެޚިޔާލުތައް ކިޔުމަށްފަހު އަޅުގަނޑަށްވެސް ވިސްނުނީ "ކޮއްޓުން" އެބަސް ބޭނުންކުރުން އެހާ ރަނގަޅު ނޫންކަމުގައެވެ. އެހެންކަމުން، މިލިޔުމުގައި އެކަންތައްވާނީ ރަނގަޅުކޮއްފައެވެ.
އަދި ކުރިއަށްއޮތްތާގައިވެސް ހަމަ އެފަދަ ޚިޔާލުތަކާއެކު އަޅުގަނޑުގެ ލިޔުންތައް ފެނިވަޑައިގަންނަވާނެވާހަކަ މިފުރްޞަތުގައި ދަންނަވާލަމެވެ.