އަދުގެ ޚާއްސަ

Print

އަޑު އެހުމުގެ ނިޒާމު - ޤުދުރަތުގެ އަޖާބު ކުރުވަނިވި ފަރުމާއެއް (1)

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުﷲ އިލްހާމް އިބްރާހީމް

ކުރިއަރާފައި މިވާ ދުނިޔޭގައި، އިންސާނާ ވަނީ ސުވާލުތަކުގެ ތެރޭގައި ޣަރަޤުވެފަ އެވެ. އަޑު އެހުމުގެ ޙަޤީޤަތްތަކާ ބެހޭ ސުވާލުތަކަކީ މީގެ ތެރޭން ފާހަގަ ކޮށްލެވޭ ކަމެކެވެ. އެހެނީ އަޑު އެހުމާއި އަޑު ދެނެގަތުމުގެ ނިޒާމުގެ ސިއްރުތައް ދެނެގަތުމުގައި  އުފެދޭ ސުވާލުތަކާމެދު ހޯދަން ޖެހޭ އެތައް ކަމެއް ހޯދުމުގައި އިންސާނާ ވަނީ ނުކުޅެދިފައެވެ. މިހާތަނަށް ހޯދި ހޯދުންތައް ގޮސް ނިމޭ ހިސާބަކީ، ކުޅަދުންވަންތަ މާތް ﷲ އިންސާނާ އުފައްދަވައިފައިވާލެއް ފުރިހަމަކަމާ މެދު އަޖާބުވެ އަންތަރީސް ވުމެވެ. އެ ޚިޔާލުތަކުގައި އިންސާނާގެ ފިކުރުތައް އޭގެ ނިހާޔަތަށް ދިޔުމެވެ.
ބޯދާ ޒަމާނުގެ އިންސާނާ ޤަބޫލު ކުރަމުން އައި ޗާލްސް ޑާވިން ގެ އިވޮލިއުޝަން ތިއަރީ އަކީ ހަޤީގަތެއްނެތް ޚިޔާލީ ފޮލައެއްކަން މިޒަމާނުގެ ސައިންސް ކަށަވަރު ކޮށްދީފި އެވެ.  އެހެންކަމުން  މީގެ އެތަކެއް ޒަމާނެއް ކުރިން ﷲ ގެ ކަލާނފުޅުގައި ވާ ޙަަޤީގަތްތައް އިތުރަށް އެނގި ހާމަވަމުން ދެއެވެ. އަޑު އުފެދޭ ގޮތާއި އަޑު ދަތުރު ކުރާ ގޮތާއި އަޑު ދަތުރު ކުރާ ބާރުމިނާއި އަޑުގެ  ހަކަތަ އެހެން ހަކަތަ އަކަށް ބަދަލުވަމުން އައްނަ ގޮތްތައް ދިރާސާ ކުރުމުން  ހައިރާން ކުރުވަނި އެތައް އެތައް ނަތީޖާތަކެއް ދަނީ ފެންނަމުންނެވެ. މާތް ﷲ ފިޔަވައި  އެހެން އިލާހަކު ނުވާކަމަށް ބަޔަކު  ޤަބޫލު ކުރަން ބޭނުން ނުވިޔަސް، އެ ފަދަ އިންސާނާ އަށް  ވެސް އެ ދައްކާ ބަހަނާ ތަކުގައި މަތި އެޅޭނެ ގޮތެއް ހޯދުމަށް ވަނީ ނުކުޅެދިފަ އެވެ.

އިންސާނާގެ ކަންފަތުގައި (ކޮކްލިޔާގެ ތެރޭގައި) 4 ބަރިއަކަށް 16000 އާއި 20000 އާއި ދެމެދުގެ އަދަދަކަށް ހެއަރ ސެލްސް (ހިމަ ނާރުތަކެއް) ވާކަން ހޯދުން ތަކުން އެނގެ އެވެ. އަޖައިބުވާ ކަމަކީ އިންސާނާއަށް އިވޭ ކޮންމެ އަޑަކަށް (ފްރީކުއެންސީ އަކަށް) މަސައްކަތް ކުރަނީ މި ދެންނެވި ނާރުތަކުގެ ތެރެއިން އެ އަޑަކަށް (ފްރީކުއެންސީ އަކަށް) ޚާއްޞަ ވެފައިވާ ނާރު އެކަނި ކަމެވެ. ހަމަ އެކަނި މި ހަރަކާތަށް ބަލައި ލުމުން ވެސް  އަޖައިބުވެ އަންތަރީސް ވެ އެވެ. މި ދެންނެވި ހޯދުމުން  އެނގޭ ގޮތުގައި އިންސާނާ އަށް އަޑު އެހުމުގެ ކުޅަދާނަކަން ލިބިގެންވަނީ 16000 އަޑާއި 20000 އަޑާއި ދެމެދު ގެ މިންވަރެކެވެ. (ފްރީކުއެންސީތަކެވެ).

ވަހުމީ އަޑުތައް


ވަހުމީ އަޑުތަކަކީ ހީގެ މައްޗަށް ތިމާ އިޙްސާސްކުރާ އަޑުތަކެވެ. އެހެން ވަނީ ކީއްވެބާ އެވެ؟ ތިބާ އަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޑު އުފެދެނީ ކޮންމެވެސް ދެ އެއްޗެއް ވައިބްރޭޓް ވެގެންނެވެ. ސުވާލަކީ ވައިބްރޭޓް ވާނެ (ދެ އާލާތެއް ޖެހޭނެ) ގޮތެއްނެތި އިންސާނަކަށް އަޑެއް އިވިދާނެ ހެއްޔެވެ؟ ތިމާ އެކަނި ހުއްޓާ މީހަކު ގޮވާލިހެން ހީވި ހެއްޔެވެ؟ އެއްވެސް އެއްޗެއް ނެތް، މާހައުލެއްގައި އަޑެއް އިވުމުން އަޅުގަނޑުމެން  ބިރުން އުޅެމުއެވެ. ބައެއްމީހުން އެއީ ޖިންނި ޝައިޠާނުންގެ ކަމެއްކަމަށް ބަލައި، ފެންކިޔަވައި  ބޯންދީ އުޅެ އެވެ. އެކަމަކު، މިހެން އިވޭ ކޮންމެ  އަޑަކީ ޖިންނިއެއް ޝައިޠާނެއްގެ  އަޑެއް ނޫނެވެ. އެއްވެސް އަޑެއް ކަންފަތާ ހަމައަށް ނަޔަސް، އިންސާނާ އަށް އަޑެއް އިވިއްޖެކަމަށް ހެއަރ ސެލްސް (ކަންފަތުގެ ކޮކްލިޔާގައިވާ ހިމަނާރުތަކުން) އޯޑިޓޮރީ ނާވް މެދުވެރިކޮށް އެ އަޑެއް ސިކުނޑި އަށް ފޮނުވާކަން މިއަދުގެ ހޯދުން ތަކުން ވަނީ ހާމަވެފައެވެ. ތިމާއަށް އެންމެ ގިނައިން އިވޭނަމަކީ ތިމާގެ ނަންކަމުގައި ވެ އެވެ. އެހެންކަމުން އިސްވެ ދެންނެވުނު ފަދަ ޙާލަތެއްގައި ތިމާއަށް އިވޭ އަޑަކީ ތިމާގެ ނަމުން ގޮވާލެވޭ އަޑުކަމުގައި ހީކުރެވުން އެއީ ވަރަށް ކައިރީގައި އޮންނާނެ  ކަމެއް ކަމުގައި ޤަބޫލުކުރެވެ އެވެ. މި ފަދަ ޙާލަތްތަކުގައި ބައެއް މީހުންގެ ހިތް ވަސްވާސްވެ އެވެ. ވަހުމުތައް އުފެދެ އެވެ. މިގޮތަށް ދިމާވާ ކޮންްމެ ފަހަރަކު އެކަން ދިމާވި މީހަކީ، ކޮންމެ ވެސް ދެއްވެއް އަވަލައިފައިވާ މީހަކު ކަމަށް ބަލައި، ނުވަތަ  މޮޔަޔަކަށް ހަދައި ފެން ކިޔަވައި ތަށި ބޯންދީ، ތަވީދާއި އުނުބަޑިތައް އަޅުވައި ހެދޭ  ހިސާބަށް އަޅުގަނޑުމެނަން ދެވެ އެވެ.  ހަޤީގަތް ނޭނގި ގަނެވޭ ގަދަ ބިރެއްގެ ސަބަބުންނެވެ. މި ދަންނަވާ ގޮތަށް އަޑު އިވެނީ ހެއަރ ސެލްސް (ކަންފަތުގެ ކޮކްލިޔާގައިވާ ހިމަނާރުތައް)  އަޑަކާއި ނުލައި އަމިއްލަ އަށް ވައިބްރޭޓް ވާތީ އެވެ. މީ އަޑުއެހުމުގެ ނިޒާމަށް ދިމާވާ ބައްޔެކެވެ. މިކަން އާއްމުކޮށް ދިމާވާނީ ބާރު އަޑުތައް މާގިނައިރު އަޑު އަހާ މީހުންނަށާއި އުމުރުން ދުވަސްވެ ހެއަރ ސެލްސް (ކަންފަތުގެ ކޮކްލިޔާގައިވާ ހިމަނާރުތައް) ބަލިކަށި ވުމުންނެވެ. މިނިޒާމަށް ލިބޭ ގެއްލުންތަކަށް އަދި ޝިފާއެއް ނުހޯދެ އެވެ. އެހެންކަމުން ވަގުތު ފާއިތުވުމުގެ ކުރިން ކަންފަތުގެ މި ނާޒުކު ނިޒާމު ހިމާޔަތް ކުރަން  ނަސޭހަތްތެރިވަމެވެ.
---------------
(ނުނިމޭ)


މި ލިޔުން:

      ފޮނުވުން:    އަލްފާޟިލް ޢަބްދުﷲ އިލްހާމު އިބްރާހީމް
      އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް
      ޝާއިޢުކުރުން:   ''        ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ