ކޮމްޕިއުޓިންގ އާއިި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ތާރީޚުގެ ތެރެއިން ބައެއް ..... (ދެވަނަ ބައި)
އަޙުމަދު ޖަވާދު، ޅ. ނައިފަރު
(11 އޮގަސްޓް 2011 (ބުރާސްފަތި) ގުޅޭ)
1976 ވަނަ އަހަރު
- ސްޓީވް ޖޮބްސްއާއި ސްޓީވް ވޮޒްނިއަކް ގުޅިގެން އެންމެ ފުރަތަމަ އެޕަލް ކޮންޕިއުޓަރ އުފެއްދިއެވެ. އަދި ކުޑަ ދުވަސްކޮޅަކަށްފަހު އެޕަލް ކޮންޕިއުޓަރުގެ 2 ވަނަ ވަރޝަން ވެސް އުފެއްދިއެވެ. އެއާއެކު ސްކޫލުތަކާއި ކޮލެޖްތަކުގައި އެޕަލް ކޮންޕިއުޓަރުގެ މަޤުބޫލުކަން އިތުރުވެގެން ދިޔައެވެ.
1979 ވަނަ އަހަރު
- އެންމެ ފުރަތަމަ ޕަބްލިކް އޮންލައިން ޚިދުމަތްކަމަށްވާ ކޮމްޕުސާވް ތަޢާރަފްކުރިއެވެ.
- ބޮބް ފްރެންކްސްޓަންއާއި ޖޭން ބްރިކްލިން ގުޅިގެން "ވިސި ކަލްކް" ނަމަކަށްކިޔާ ސްޕްރެޑް ޝީޓް ޕްރޮގްރާމެއް އުފެއްދިއެވެ.
1980 ވަނަ އަހަރު
- އައި.ބީ.އެމް ގެ ޕަރސަނަލް ކޮންޕިއުޓަރުތަކުގައި ބޭނުންކުރާނެ އޮޕަރޭޓިންގ ސިސްޓަމްއެއް ހެދުމުގެ ފުރުޞަތު މައިކްރޯސޮފްޓްގެ ކޯ ފައުންޑަރ ބިލްގޭޓްސްއަށް ލިބުނެވެ. މި ލިބުނު ފުރުޞަތުގައި މައިކްރޯސޮފްޓް ޑޮސް އޮޕަރޭޓިން ސިސްޓަމް ތަޢާރަފް ކުރިއެވެ.
- ކޮންޕިއުޓަރު ހާޑް ޑިސްކްގެ އާ ވައްތަރެއްކަމަށްވާ "ވިންޗެސްޓަރ" ހާޑް ޑިސްކް ތަޢާރަފްވެ ފައިލްތައް ރައްކާކުރުމަށް އިތުރު ފަސޭހަތަކެއް ލިބުނެވެ.
1981 ވަނަ އަހަރު
- އައި.ބީ.އެމް ގެ ޕަރސަނަލް ކޮންޕިއުޓަރު މާކެޓަށް ނެރުނެވެ.
- އެންމެ ފުރަތަމަ ކޮންޕިއުޓަރު ވައިރަސް ކަމަށްވާ "އެލްކް ކޮލޯނަރ" ކޮމްޕިއުޓަރު ތަކުގައި ފެތުރެން ފެށިއެވެ. މިވައިރަސް އުފައްދާފައި ވަނީ އެޕަލް 2 ގެ އޮޕަރޭޓިން ސިސްޓަމް އެޅުމަށް ޚާއްޞަކުރެވިފައިވާ ފްލޮޕީ ޑިސްކު މެދުވެރިކޮށެވެ.
1982 ވަނަ އަހަރު
- 3 މިލިއަނެއްހާ ޕަރސަނަލް ކޮންޕިއުޓަރު އުފައްދާ ބާޒާރަށް ނެރެފައި ވެއެވެ.
- ކޮމްޕެކް ކުންފުނި އުފެދި އެކުންފުނިން އައި.ބީ.އެމް ކޮންޕިއުޓަރ ހަދައި މާކެޓްކުރަން ފެށިއެވެ.
1983 ވަނަ އަހަރު
- 1982 ވަނަ އަހަރުގެ އެންމެ މޮޅު މެޝިން އަކީ ކޮންޕިއުޓަރު ކަމަށް މަޝްހޫރު ޓައިމް މެގަޒިން އިން ހާމަކޮށް އެވޯޑް ދިނެވެ.
- ލޮޓަސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފެދުނެވެ. ލޮޓަސްގެ އޮފީސް ބަންޑަޅި ވެފައި ވަނީ އެދުވަސްވަރު އައި.ބީ.އެމް ކޮންޕިއުޓަރުތަކުގައި އެންމެ ގިނައިން ބޭނުންކުރެވުނު ސޮފްޓްވެއަރ ބަންޑަޅި ކަމުގައެވެ.
1984 ވަނަ އަހަރު
- އެޕަލް ކުންފުނީގެ މަޝްހޫރު މެކިންޓޮޝް ނުވަތަ މެކް ކޮންޕިއުޓަރު އެފެއްދިއެވެ.
- ޕަރސަނަލް ކޮންޕިއުޓަރުތަކުގައި ބޭނުންކުރުމަށް ހެދުނު އެންމެ ފުރަތަމަ ލޭޒަރ ޖެޓް ޕްރިންޓަރު ބާޒާރަށް ނެރުނެވެ.
1986 ވަނަ އަހަރު
- މައިކްރޯސޮފްޓަށް އަންނަމުން ދިޔަ ތަރައްޤީއާއި އެކު އެދުވަސްވަރު ދުނިޔޭގެ އެންމެ ކާމިޔާބު ސޮފްޓްވެއަރ ކުންފުނީގެ ގޮތުގައި އެކުންފުނި ވިއެވެ.
1989 ވަނަ އަހަރު
- އަހަރެމެން މިހާރު ބޭނުންކުރަމުން މި ގެންދާ "ވޯލްޑް ވައިޑް ވެބް" ތަޢާރަފް ކުރިއެވެ. "ވޯލްޑް ވައިޑް ވެބް" ތަޢާރަފްކުރީ ޓިމް ބާރނާ ލީ ނަމަކަށް ކިޔާ މީހެކެވެ.
- ނިންޓެންޑޯ ކުންފުނީގެ އެންމެ ފުރަތަމަ ގޭމް ކޮންސޯލް، "ގޭމްބޯއީ" ބާޒާރަށް ނެރުނެވެ.
- އިންޓެލް ކުންފުނީގެ 486 ގެ ނަން ދީފައިވާ މައިކްރޯ ޕްރޮސެސަރ ޗިޕް އުފެއްދިއެވެ. މި ޗިޕުގައި 1،000،000 ޓްރާންސިސްޓަރު ހިމެނެއެވެ. އަދި ސިކުންތެއްގެ ތެރޭގައި 15 މިލިއަން އިރުޝާދަށް ތަބާވުމުގެ ޤާބިލްކަން މި ޗިޕަށް ލިބިފައި ވެއެވެ.
1991 ވަނަ އަހަރު
- ކޮޑަކް ކުންފުނީގެ އެންމެ ފުރަތަމަ އެސް. އެލް އާރ ކެމެރާ އުފެއްދިއެވެ. މި ކެމެރާ ޚާއްޞަކުރެވިފައި ވަނީ ފޮޓޯ ނޫސްވެރިކަމަށެވެ.
- "ވޯލްޑް ވައިޑް ވެބް" ކޮންސޯޓިއަމް އިން "ވޯލްޑް ވައިޑް ވެބް" ބޭނުންކުރުމާއި ކޮންޕިއުޓަރުތަކުގައި ހުންނަ ލިއުންތައް ގުޅުވާލުމަށް ބޭނުންވާ ޤަވާޢިދުތަކާއި އުޞޫލުތައް ހާމަކުރިއެވެ.
1992 ވަނަ އަހަރު
- މައިކްރޯސޮފްޓްގެ އޮޕަރޭޓިން ސިސްޓަމް ވިންޑޯޒް 3.1 ތަޢާރަފްކުރިއެވެ. އަދި 2 މަސްދުވަހުގެ ތެރޭގައި 3 މިލިއަން ކޮޕީ ވިކުނެވެ.
1993 ވަނަ އަހަރު
- އިންޓެލް ކުންފުނީގެ ޕެންޓިއަމް ޕްރޮސެސަރ އުފެއްދިއެވެ. އަދި މި ޕްރޮސެސަރ ބޭނުންކޮށްގެން ކުންފުނިތަކުން ކޮންޕިއުޓަރ އުފައްދަން ފެށިއެވެ. މި ޕްރޮސެސަރުގައި 3.1 މިލިއަން ޓްރާންސިސްޓަރ ހިމެނެއެވެ. އަދި ސިކުންތަކު 112 މިލިއަން އިރުޝާދަށް ތަބާވުމުގެ ޤާބިލްކަން ލިބިފައިވެއެވެ.
- ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް (ޖީ.ޕީ.އެސް) ގެ މަސައްކަތް ފުރިހަމަކޮށް ނިންމާލެވުނެވެ. މި ސިސްޓަމްގައި ޖުމްލަ 24 ސެޓަލައިޓް ވެއެވެ.
- މައިކްރޯސޮފްޓް އޮފީސްގެ ފުރަތަމަ ވަރޝަން ކަމަށްވާ އޮފީސް 3 ޕްރޮފެޝަނަލް މާކެޓަށް ނެރުނެވެ.
1994 ވަނަ އަހަރު
- އޯޕަންސޯސް އޮޕަރޭޓިންގ ސިސްޓަމެއް ކަމަށްވާ ލިނަކްސް ވުޖޫދަށް އައެވެ. މި އޮޕަރޭޓިން ސިސްޓަމް އަކީ އެހެން މީހުންވެސް އެ ސިސްޓަމް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި އިންޓަނެޓުން ހިލޭ ލިބޭ ގޮތަށް ދޫކޮށްލައިފައިވާ ސިސްޓަމްއެކެވެ.
- ޖިމް ކްލާކް އަދި މާކް އެންޑްރެސެންގެ މަސައްކަތުން، ވެބްސައިޓްތަކަށް ވަނުމަށް ޚާއްސަ ކުރެވިފައިވާ ޕްރޮގްރާމެއްކަމަށްވާ، ނެޓްސްކޭޕް ނެވިގޭޓަރ 1.0 އުފެއްދިއެވެ.
- މަޝްހޫރު ދެ ވެބްސައިޓު ކަމަށްވާ ޔާހޫ އާއި އެމޭޒަން ވުޖޫދަށް އައެވެ.
1995 ވަނަ އަހަރު
- އޮންލައިން ވިޔަފާރި ފުޅާވެ އީބޭ ވުޖޫދަށް އައެވެ.
- ސަން މައިކްރޯ ސިސްޓަމްއިން ކޮންޕިއުޓަރު ޕްރޮގްރާމް ކުރާ ބަހެއް ކަމަށް ވާ ޖާވާ އުފެއްދިއެވެ.
- މައިކްރޯސޮފްޓް ވިންޑޯސް 95 ބާޒާރަށް ނެރުނެވެ. ވިންޑޯސް 95 ގައި 10 މިލިއަނަށްވުރެ ގިނަ ކޯޑުފޮޅުވަތް ލިޔެފައި ވެއެވެ.
1996 ވަނަ އަހަރު
- ނެޓްވޯކަށާއި ސާވަރ ތަކަށް ޚާއްޞަކޮށްގެން މައިކްރޯސޮފްޓުން ތައްޔާރުކުރި އޮޕަރޭޓިން ސިސްޓަމެއްކަމަށްވާ ވިންޑޯޒް އެން.ޓީ 4.0 ބާޒާރަށް ނެރުނެވެ.
1997 ވަނަ އަހަރު
- އިންޓެލް އިން ޕެންޓިއަމް 2 ގެ ޕްރޮސެސަރު އުފެއްދިއެވެ. މި ޕްރޮސެސަރުގައި 7.5 މިލިއަން ޓްރާންސިސްޓަރ ވެއެވެ.
- މައިކްރޯސޮފްޓްއިން އިންޓަނެޓް އެކްސްޕްލޯރަރ 4.0 މާކެޓަށް ނެރެ ބްރައުޒަރ މާކެޓުގެ ބޮޑުބައެއް ހޯދިއެވެ.
1998 ވަނަ އަހަރު
- މިހާރު މުޅި ދުނިޔެއަށް މަޝްހޫރު ގޫގުލް ކުންފުނި އުފެދުނެވެ.
- އެޕަލް ކުންފުނީގެ އައި.މެކް ކޮންޕިއުޓަރ ތަޢާރަފްކުރިއެވެ.
- މައިކްރޯސޮފްޓް ވިންޑޯޒް އޮޕަރޭޓިންގ ސިސްޓަމްތަކުގެ ޢާއިލާއަށް ވިންޑޯޒް 98 އިތުރުވިއެވެ.
1999 ވަނަ އަހަރު
- މައިކްރޯސޮފްޓް އޮފީސް 2000 މާކެޓަށް ނެރުނެވެ.
- އިންޓެލް ކުންފުނީގެ ޕެންޓިއަމް 3 ޕްރޮސެސަރ ތަޢާރަފްކުރިއެވެ. މި ޕްރޮސެސަރުގައި 9.5 މިލިއަނަށްވުރެ ގިނަ ޓްރާންސިސްޓަރު ހިމަނާފައި ވެއެވެ.
- 2000 ވަނަ އަހަރު ކޮންޕިއުޓަރުތަކުގެ ތާރީޚަށް ޖެހިދާނެ މައްސަލަތައް ރަނގަޅުކުރުމަށްޓަކައި ކުންފުނިތަކާ ސަރުކާރުތައް ގުޅިގެން ހިންގި ވައި.ޓޫ.ކޭ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސް ނިންމާލިއެވެ. މިކަމަށް ގާތްގަނޑަކަށް 500 ބިލިއަން ޑޮލަރު ޚަރަދު ކުރިއެވެ.
2000 ވަނަ އަހަރު
- މައިކްރޯސޮފްޓް ވިންޑޯޒް 2000 އޮޕަރޭޓިންގ ސިސްޓަމް ތަޢާރަފްކޮށް ބާޒާރަށް ނެރުނެވެ.
- ސިއްޙީ ދާއިރާގައި މިހާރު ބޭނުންކުރާ ޓެކްނޮލޮޖީއެއް ކަމަށްވާ ޓެލެ މެޑިސިން ތަޢާރަފްކުރިއެވެ.
- 2000 ވަނަ އަހަރާ ހިސާބަށް އައި އިރު އީ.ކޮމާސް ކުރިއަރައިގެން ގޮސް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރުގެ އޮންލައިން ވިޔަފާރި ކުރެވެއެވެ. އަދި އޮންލައިން ކޮށް އިޝްތިހާރުކުރުމަށް 5 ބިލިއަނެއްހާ ޑޮލަރު އަހަރަކު ހޭދަކުރެއެވެ.
މިހާ ހިސާބުން އަޅުގަނޑު މި ލިއުމުގެ ދެވަނަ ބައި ނިންމާލަން ޤަޞްތުކުރަމެވެ. ދެން އަންނަ ބައެއްގައި 2001 ވަނަ އަހަރުގެ ފަހުން ފެށިގެން މިއަދާ ހަމައަށް ވެސް ގެނެސްދެވޭތޯ ބަލާނަމެވެ.

----------
(ނުނިމޭ)
(ނުނިމޭ)
މި ލިޔުން:
ފޮނުވުން: އަލްފާޟިލް އަޙުމަދު ޖަވާދު، ޅ. ނައިފަރު
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު