އަދުގެ ޚާއްސަ

Print

ރުޅި ކޮންޓްރޯލްކުރުމުގެ މުހިންމުކަން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ


ދިމްނާ ފާކިރު (ދިމީ)


ކޮންމެ އިންސާނެއްގެ ތަބީޢަތުގައި ރުޅީގެ ކޮންމެވެސް މިންވަރެއް އެކުލެވިގެން ވާނެއޭ ބުނުމަކުން ދޮގަކަށްނުވާނެ. މި އިހުސާސް އެކި ދަރަޖަތަކުގައި ބޭނުން ކުރެވޭ. ބައެއްފަހަރު ވަރަށް ބޮޑަށް ރުޅިއަންނަ ފަހަރުވެސްދޭ. ހަމައެހެންމެ ބައެއް މީހުން ރުޅި އަންނަ ވަގުތު ރުޅީގެ މައްޗަށް ގަދަވާ ފަހަރުވެސްދޭ. ރުޅި މިއީ އިހުސާސެއް ނަމަވެސް ގިނަ މީހުންނަށް ރުޅި އަންނަ މީހުން ބަލައިގަންނަން އުނދަގޫވޭ.

ރުޅި މައްސަލަ އަކަށް ވަނީ ގިނަފަހަރު އެ ރުޅި އައުމުން އެކަންތައް ހިފަހައްޓައިގެން ހުންނަމުން ގޮސް އެންމެފަހުން އެރުޅި ފަޅައިގެން ދިޔުމުން ކަމުގައިވެސް ބައެއް މީހުން ބުނޭ. އަދި އެހެންމެ ރުޅި އަންނަ ކޮންމެ ފަހަރަކު ހަޅޭއްލަވާ، އަޑުގަދަކޮށް، އެރުޅި ދުއްވާލަން މަސައްކަތްކުރާ މީހުންވެސް މަދެއްނޫން. މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން ތިމާ އަށާއި ކައިރީގައި އުޅޭ މީހުންނަށް ރުޅީގެ ސަބަބުން ނޭދެވޭ އަސަރުފޯރާލެއް މަދެއްނޫން. އެހެންނޫންތޯ؟

ރުޅި ކޮންޓްރޯލް ކުރުމަކީ މުހިންމުކަމަކަށް ވަނީ ކީއްވެގެންބާ؟ ރުޅި އަންނަ ސަބަބުތަކުގެ ތެރޭގައި އަހަރުމެންގެ ކޮންޓްރޯލްގައި ނުހުންނަ ކަންތައް ވެސް ހިމެނޭ. އަދި ހާސްވުމެއްގެ ތެރޭގައި އުޅޭ މީޙަކަށް ރުޅި އައުން ވަރަށް ގާތޭ ބުނެވިދާނެ. އެހެންކަމުން ރުޅި އައުމުން އެކަމަކާއި ކުރިމަތިލާނެ ރަނގަޅު ގޮތްތަކެއް ދަސްވެފައި ހުރުމުން ކުރާނެ ފައިދާތަށްވެސް ވަރަށް ގިނަވާނެ. އެހެންނޫންތޯ؟

ބައެއްފަހަރު ބައެއް މީހުން ރުޅި އައުމުން އެކަމަކާއި ހެދި ދިރިއުޅުމުގައި މަޖަލާއި ހިތްހަމަޖެހުމަކީވެސް މިއީ އޮންނަ އެއްޗެއް ކަން ހަނދާންނެތޭ. އެ ރުޅި އަކީ އުމުރުގެ ވަރަށް ކުރީގައި ދިމާވެފައިވާ ކަމަކުން އައި ރުޅިއަކަށްވެސްވެދާނެ. އަދި އެރުޅި އައި މީހާގެ ކިބައިން ބަދަލު ހިފަން ބޭނުންވެގެން އުޅޭ މީހުންވެސް އަހަރުމެންގެ ތެރޭގައި މަދުން ނަމަވެސް އުޅެދާނެ. ކޮންމެއަކަސް ރުޅި އެ އަންނަ ވަގުތު އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލަ ބާރުގެ ދަށުގައި ވާ މީހުންނަށް ގެއްލުން ދިނުން މިއީ ވެސް މަދުން ނަމަވެސް ވާކަންތައް. ވަޒީފާގެ މާހައުލުގައިވެސް ނުވަތަ ގޭތެރޭގެ ދިރިއުޅުމުގައިވެސް ރުޅި އައިސް ހިތްހަމަ ނުޖެހިފައި ހުންނަ ނަމަ އެކުރާ މަސައްކަތެއް އެންމެ ރަނަގަޅު ގޮތުގައި ނުކުރެވޭ. އަދި އެންމެ ލޯބިވާ ރައްޓެހިންނާއި އާއިލާގެ މެމްބަރުން މިރުޅީގެ ޝިކާރައަކަށް ވެގެން ގޮސް ރުޅި އައިވަގުތު އެ ކުރެވުނު ޢަމަލު ނުވަތަ ބުނެވުނު ބަހާއި މެދު ހިތްހަމަނުޖެހި އަމިއްލަ ނަފްސު ކުއްވެރިކުރެވޭ ފަހަރު މަދެއްނޫން އެހެންނޫންތޯ؟

ރުޅި އަންނަން މެދުވެރިވާ ސަބަބުތައް ދެނެގަތުމުގެ މުހިންމުކަމަށް ބަލައިލާ އިރު އެކި މީހުން ރުޅި އަންނާނީ އެކި ކަންތައްތަކުގައި. ކުދި ކުދި ކަންތައް ތަކަށް ބަލާއިރު ކިޔުއެއްގައި ގިނަ ވަގުތު މަޑުކުރަން ޖެހުން، ބުނާގޮތް ނޫން އެހެން ގޮތަކަށް ކަންތައް ތައް ވުން. އަދި އެހެންމެ ބައިވެރިޔާގެ ފަރާތުން އުންމީދުކުރާ ކަންތައްތައް ނުވާކަން މިއީ ފާހަގަ ކޮށްލެވޭ ކަންތައް. އެހެންނުންތޯ؟ ބައެއް މީހުންނަކީ އެހާ ފަސޭހައިން ރުޅި އަންނަ މީހުންނަށް ނުވެދާނެ. އަދި ބައެއް މީހުން ވަރަށް ރުޅި އަންނަ ކަމަކީ އަނެއް މީހާއަށް އެއްވެސް ކަމަކަށް ނުވެވެސް ދާނެ. އެހެންނޫންތޯ 

ބައެއް ދިރާސާ ތަކުންދައްކަނީ ރުޅި އަކީ ސިއްޙީގޮތުން އިންސާނާ އަށް ވަރަށް ގެއްލުން ހުރި ކަމެއްކަމަށް އަދި މިގޮތުން ހިތުގެ ބަލި މިއީ ވަރަށް އާންމު ކަމެއް. ރުޅި ކޮންޓްރޯލް ނުކުރެވުމުގެ  ސަބަބުން ރައްޓެހިންގެއްލި އަދި ގާތް ތިމާގެ މީހުންވެސް އެމީހަކު ދެކެ ފޫހިވުންވެސް އެކަށީގެންވޭ. އަދި އެހެންމެ އަލަތު ކައިވެނި ވަރި އަކަށް ބަދަލުވެގެން ދާންވެސް ރުޅި ސަބަބކަށް ވެގެންދޭ. އެހެންކަމުން ރުޅި އެ އަންނަ ވަގުތު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތައް ކޮންމެވެސް ވަރަކަށް ދެނެގަތުމަކީ މުހިންމު ކަމަކަށް ވޭ. އެހެންނޫންތޯ

ރުޅިއައުމުން ކަންތައްކުރެވިދާނެ ގޮތްތަކަކީ ކޮބައިބާ؟ ރުޅި އައުމުން އެމީހާ އެވިސްނާގޮތް އެއީ އެންމެ ރަނގަޅު ގޮތްތޯ ބަލައި، އަމިއްލަ ނަފްސާއި މެދު ވިސްނާ، ކުރެވޭ ކަމަކީ އެހެން މީހަކަށް ގެއްލުން ހުރި ކަމެއްތޯ ބަލައި ލުމަށްފަހު ރުޅި އައިކަން އަނެއްމީހާ އަށް އެނގުން މުހިންމު. ހޮތްހަމަ ނުޖެހޭ ކަމެއް އަނެއް މީހަކު ކުރާ ވަގުތެއްގައި އެއީ އަހަރުމެން ހިތްހަމަ ނުޖެހޭ ކަމެއްކަން ބުނެލަން ބޭނުން ވާހިނދު، އެ ރަނަގަޅު ގޮތުގައި މުޢާމަލާތުކުރުމަށް ވިސްނުން މުހިންމު.

ރުޅި އެއަންނަ ވަގުތު  އެކަމަކާއި ވިސްނާ ރުޅީ އަންނަނީ ކޮންސަބަބަކާއި ތޯ ބަލައި އެއީ އަމިއްލަ އަށް ބަދަލު ކުރެވޭނެ ކަމެއްތޯ ނޫނީ ބާރު ފޯރުވޭ ހިސާބުގައިވާ ކަމެއް ނޫންތޯ ބަލައި އެކަމަކާއި ކުރިމަތި ލުން ވަރަށް މުހިންމު އެހެންނޫންތޯ؟ އަދި ބައެއް ފަހަރު ރުޅި އަންނަ ކަންތައް ދެނެގަނެ އެރުޅި އަންނަ ކަމަކާއި ދުރުވާން މަސައްކަތް ކުރުންވެސް މިއީ އެއްގޮތް. އެހެންމެ އަހަރެންނަށް މިފަދަ ކަމަކާއި ކުރިމަތި ލާން ޖެހިއްޖެ ނަމަ ހަދާނީ ކިހިނެޔްތޯ އަމިއްލަ އަށް ވިސްނައި އަދި މި ކަމަކީ ހަމަ ރުޅި އަންނަން ޖެހެ ވަރުގެ ކަމެއްތޯ ވިސްނާލުން ކީއްތޯ؟ ބައެއް މީހުން ބުނެއުޅޭ ރުޅި އަންނަ ކަމަކާއި ދުރުވެ އެހެން ކަމަކާއި މެދު ވިސްނައި ސިކުނޑި އެހެން ދިމާލަކަށް ގެންދަން މަސައްކަތް ކުރެވިދާނެކަމަށް. ހަމަ އެހެންމެ، މީހަކު ދައްކާ ވާހަކައަކުން އަދި ބުނާ އެއްޗަކީ އަހަރުމެން މާގަޔާވާ އަދި ޤަބޫލުކުރެވޭ ވާހަކައަކަށް ނުވާނަމަ އެކަމަކާއި ދުރުވެވޭނަމަ ދުރުވުން މިއީވެސް އަހަރުމެންގެ ތެރެއިން މީހުން ރުޅި ކޮންޓްރޯލް ކުރަން ޢަމަލު ކުރާ ގޮތެއް. އެހެން ނޫންތޯ؟ އަދި ރުޅި އައިސްފައި ހުންނަ މީހާ ވާހަކަ ދައްކަން އޭނައަށް ފުރުޞަތު ދީ، މެދުކަނޑާނުލައި އަޑުއަހަން ހުރުމުން ބައެއް ފަހަރު އެރުޅި އައި މީހާގެ ރުޅި މަޑުވޭ.

ބައެއް ކަންތައްތަކަކީ އަހަރުމެންގެ ބާރުގައި ވާކަންތައްތަކެއްނޫން. އަދި ބަދަލުކުރެވޭނެ ކަންތައްތަކެއްވެސް ނޫން. އެއްވެސް އިންސާނަކަށް އަނެއް އިންސާނާ ބަދަލުނުކުރެވޭނެ ނަމަވެސް އަމިއްލަ އަށް އެކަމަކާއި ދޭތެރޭގައި ވިސްނޭގޮތް ބަދަލުކުރެވިދާނެ އޭ ބުނުމުން ދޮގަކަށް ނުވާނެ އެހެންނޫންތޯ؟ ބައެއް މީހުން ރުޅި އަންނަ ވަގުތު އެފަދަ ކަމަކާއި ދިމާވެފައިވާ އެހެން މީހަކު ޢަމަލު ކުރިގޮތުން ޢިބްރަތެއް ލިބިގަނޭ އަދި އެހެންމެ އެމީހަކަށް ކުރިން ދިމާވެފައިވާ ކަމަކަށް ވާނަމަ އެކަމަކުން ފިލާވަޅެއް ލިބިގަނެ އެ ކުށް ތަކުރާރު ނުކޮށްވޭތޯ ބަލާމީހުންވެސް މަދެއްނޫން. އަދި އަމިއްލަ ހިތްހަމަޖެހުމަށް ލަވަޖަހައި، މަޖާކޮށްލުން މިއީވެސް ރުޅިން ސަލާމަތްވެވިދާނެ ބައެއް ކަންތައް. މިގޮތަށް އެމީހަކަށް އެންމެ ރަނގަޅު ގޮތެއް ޚިޔާރުކޮށް ރުޅި ކޮންޓްރޯލް ކުރުމާއި އަނެއްމީހާއަށް މާޢާފްކުރުން މިއީ ވަރަށް ރަނގަޅު އާދަތަކެއް އެހެންނޫންތޯ؟
  
އަދި ރުޅި އައިސްގެން ހުރެވޭ ކޮންމެ މިނިޓަކީ ، ގެއްލޭ 60 ސިކުންތުގެ އުފާވެރިކަމާއި މެދު ވިސްނާލަނީ އަހަރުމެންގެތެރެއިން ކިތައް މީހުންބާ؟


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ