އަދުގެ ޚާއްސަ

Print

ކާކު އެދެނީ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

އަހަރެމެން ކުރެ ކާކު އެދެނީ އަނެކުނަށް ވުރެ ރަނގަޅުވާން

     ފަހަރުގައި ވެވުނަސް ކުށެއް އެ ކުށުން އިޢާދަވެ ބަދަލުވާން

ނުނިޔަތާ ނީހައިގެ އަސަރެއް ފެނިލިޔަސް އޭނާ ކިބައިން،

     ތުނި އޮމާން ހިތަކާއެކީ ގޮސް އިސްވެ ލޯބިން ޞުލްޙަވާން

 

މަދަދަކަށް އެދި އަތް ދަރައިލީ ދުވަހު މުށް ލައްޕައިލިޔަސް

     އަދަބުވެރި ތަހުޒީބު ގޮތުގައި ނަޒަރު އަބަދުމެ ފޯރުވާން

ޙައްޤަކަށް މިތުރާގެ އޭނާ އަތް ދަރާލިކަމަށް ވިޔަސް، 

     ޙައްޤުތައް އޭނާގެ ރައްކާތެރިކުރާށަ ސަމާލުވާން

ދުޝްމަނާ އަނެކުންގެ ދޭ ދަޢުވަތުގެ މަޤުޞަދު ވިސްނަމުން

     ފުސް ހުތުރު މޫނެއް އެއަށް ދައްކައި އެ ގޯހުން މިންޖުވާން

މުޖުތަމަޢު ނަފުރަތުކުރާ ކުށަކުން އަޚަކު ނަން ހަޑިވިޔަސް

     މުޖުރިމެއްކަމުގައި ނުބުނެ މަގު ދެއްކުމަށް އިޞްލާޙުވާން

ފަންޖިފުޓިތަކުގައި ނުކައި ރޮއިރޮއި އެ ތިބަ އުޚުތުން އަޚުން

     ނަން ހިނގާ ތަނަވަސް ޝަހަރުތަކުގައި ހެމުން އާބާދުވާން

ކެހިތަކާ ދިން ވޭންތަކުން މާޒީގެ ފޮތް ބަރުކޮށް އޮތަސް

     މި ހިނދަށާ މުޅި އުމުރުދުވަހަށް އޭގެ މާފުން ސާފުވާން

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ