އަދުގެ ޚާއްސަ

Print

ޑަކްޓަރުންނާއި ނަރުހުންނާއި އެހީތެރީންނެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

އަންވަރު އިބްރާހީމް (2020)

 

 

ދުސްތޫރު ނުދެކޭ ބާރުތައް ލިބި، ދުނިޔެ އަދު ހިންގައިދެނީ 

                   ނަސްލާ ޒަމާން ނުދެކޭ އިހަށް ބަޠަލުންގެ ދަރަޖައިގައި ވަނީ 

ތިންބާރު ވާ ހިރިނުލެވިފައި ހާލަތު  ގެނެސްދިން ވޭނުގައި 

                   ކަންކަން މި ގައުމުގެ އެންމެހައި ނިންމާ ވެރީން ކަމުގައިވަނީ  

ޒާތީ ހަޔާތް ނައްތައި ހަނދާން އެކު މައިންބަފައިންނާ އާއިލާ 

                   ރޯތީ ދުނިޔެ ގިސްލައި  މިއަދު އެ އަޑަށް އިޖާބަ ދެމުންދަނީ 

ގޭގައި ތިބޭ އިރު އާއިލާ ބޭރަށް  ނުގޮސް  ހިތި ގައިދުގައި  

                   ރޯގާގެ  ލަޝްކަރު  ބަލިކުރާން  ހަނގުރާމައަށް މެ ނުންނަނީ 

ބުރުސޫރައަށް ނުބަލައި ލިބޭ އަނިޔާތަކާ އަދި ވޭނާ ތުރާ

                   ހުރުމަތް  ފުރާނަތަކަށް  ދެމުން  މި ޖިހާދުގައި ވެސް ތެދުވަނީ 

ފަރުވާ ލިބޭތޯ ރޭދުވާ ހުއްޓާނުލައި ފުރަ ބަންދުގައި  

                   މަރު ނިތް މަތީ ބާއްވާ ދަލުން ގުރުބާން މި ގައުމަށް  ތިޔަ ވަނީ 

ފަހު ނޭވަޔާއެކު ގިސްލަމުން އިއްވާ ވަސިއްޔަތް އަޑުއަހައި  

                   ރަހުމާ ކުލުނު  މުޅި ދުނިޔެއިން  އަދި މަރުނުވާކަން  ބުނެދެނީ 

ގުޅިގެން އެކުވެ މުޅި އާއިލާ ސިއްހީ ނިޒާމުގެ އެންމެހައި 

                   މުޅި ރާއްޖެއާ އަދި ދުނިޔެއަށް  ކުރިމަގު  ހިފަން  މަގުދައްކަނީ  

                 ____________________

އިދާރާ

ވާހަކަ