Print

މި ރޯދަމަހު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

 

އަންވަރު އިބްރާހީމް (1441ހ.)

 

 

ކަންކަން އިހު ކުރި ގޮތުގައި ނުކުރާން އަންގައިދޭތީ ފުރަބަންދެއްގައި

         ކަންކަން ކުރުމުގެ މަތިވެރި ގޮތުގައި ވިންދޭ ޖަހަނީ ގުނަވަންތަކުގައި 

ގޭގައި އާކޮށް ކުލަލާން ނޭދެން ދައްކަން ނަލަކަން ވަގުތީ ގިރިޓީން  

         ތަގުވާ ހުވަނދޭ ލާނީ މި މަހުން ނަފުސާއި ހިތާ މުޅި ހަށިގަނޑުގައި 

މާހެފުމެއް ވެސް ނުހަފަން މިފަހަރު މާޖައްސައިގެން އެކިއެކި ވައްތަރު 

         ދާހެން  ނެތިގެން ހަފަމުން ދާނީ ނީހައިގެ ހަސަދަ ވީ މޭގަނޑުގައި  

ކަންވާރުތަކާ މޭޒާ ގޮނޑިސެޓު ގަންނާން ނޭދޭ ގިނަ އިސްރާފުން 

         ގަންނާނީ ހެޔޮ ނިޔަތޭ ރުހިގެން، ނައްތާން މިލަތައް ކިބުރުގެ ހިތުގައި

ވައްތަރު ގިނަގުނަ ނުހަދާ ފަންޏާ ހެދިކާތައް ގިނަ ކުޅިއާ ފޮންޏާ

        ފަންޑެއްމެ ހަދައިގެން އެކަނިވިޔަސް ދާނަމެ ހިފަމުން ނިކަމެތި އަތުގައި 

ކެއުމަށް އިހު ބޭއްވި ތަރާވީސްތައް ހުއްޓާލާފައި ޖެހި ފިނި ބުރުތައް

         ތައުބާ  ވާދައިގެ  މުބާރާތްތައް  ބާއްވާނީ  ޒިކުރުގެ  ސިކުނޑީގައި 

ކުޅިވަރުތަކުގައި ނެގި ފޯރި ހެމުން ނުނަގާނަމެ އޭގާ ވަޖިދުވަމުން

         މުޅި ރޫޙުން ގަދަ ފޯރިނަގާނީ  ކިޔަވާން  ގުރުއާން ފަރިތަވި ދުލުގައި 

އަޅުކަމުގެ އިނާމް މަތިވެރި ލިބިގެން ފަޅުކަން ނައްތައި ފިލުވައިލައިގެން 

         ކަޅު ހިތް ސާފުވެ އަލިއަލި ނޫރުން ބޮސްދޭން އެދެނީ މި ފުރާނައިގައި 

                  ((((((((((((((())))))))))))))

އިދާރާ

ވާހަކަ